އިލެކްޝަންސް ކޮމިޝަނުންގެ ނިންމުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމާމެދު އުފެދިފައިވާ ޚިލާފު އިލެކްޝަންސް ކޮމިޝަނުން އިއްޔެ ނިންމި ނިންމުގެ ސަބަބުން ނެތިގެން ހިނގައްޖެ ކަމަށާއި ގޮނޑި ގެއްލުމާއި ގުޅޭގޮތުން ސުޕްރީމް ކޯޓުން ދެން އިތުރަށް ބަލަންޖެހޭ މައްސަލައެއް ނެތް ކަމަށް ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
އަލީ ހުސައިން މިހެން ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ނިންމުން ސުޕްރީމް ކޯޓުން ރޭ ބާތިލް ކޮށްފައި ވަނިކޮށެވެ.
"ވީޓީވީ" ގައި މިރޭ ވާހަކަފުޅު ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ 12 މެމްބަރުންގެ ގޮނޑިއާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅީ އެ މެމްބަރުންގެ ގޮނޑި ގެއްލިއްޖެކަމަށް އިލެކްޝަންް ކޮމިޝަނުން ކަނޑައެޅުމުން ކަމަށާއި މައްސަލަ ނުނިމި ލަސްވާތީ އެ 12 މެމްބަރުން ވަނީ އިލެކްޝަންސް ކޮމިޝަންގެ ނިންމުން ގާނޫނާ ޚިލާފު ކަމަށް ބަޔާންކޮށް އެ ނިންމުން މުރާޖާކޮށްދޭން އެދިފައި ކަމަށެވެ. މެމްބަރުން އެދުމުން އެ ނިންމުން މުރާޖާކޮށް ކުރިން ނިންމި ނިންމުން ބާތިލްކޮށްފައިވާއިވާ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.
"އިލެކްޝަންސް ކޮމިޝަނުން ގާނޫނު އަސާސީއާ ޚިލާފަށް ނިންމި ނިންމުމެއް ކަމަށް ބަޔާންކޮށް 12 މެމްބަރުން އިލެކްޝަންސް ކޮމިޝަނަށް މި ހުށަހަޅަނީ. ދެން އިލެކްޝަންސް ކޮމިޝަނުން މި ބުނަނީ އާނ އޯކޭއޭ ތިމަންނަމެންގެ މައްސަލައެއް މިހާރު ނެތޭ. 12 މެމްބަރުން އެބުނަނީ ހަމަ ރަނގަޅު ވާހަކައެކޭ. އެމީހުންނަކީ ހަގީގަތުގައި ވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނޭ. އެމީހުންގެ ގޮނޑިއެއް ނުގެއްލެއޭ. އެހެންވީމަ އިތުރަށް ސުޕްރީމް ކޯޓުން މައްސަލަ ބަލަންޖެހޭ ސަބަބެއް ނެތެއް ނޫންތޯ. މައްސަލަ ނިމުނީ ނޫންތޯ" އަލީ ހުސައިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގޮނޑި ގެއްލިއްޖެ ކަމަށް ކުރިން ނިންމި ނިންމުން މުރާޖާކޮށް ގޮނޑި ނުގެއްލޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުނުން ސުޕްރީމް ކޯޓުގައި އޮތް މައްސަލައަށް ވަނީ ހައްލު ލިބިފައި ކަމަށެވެ.
"އަޅުގަނޑު ދަންނަވަން މިއުޅެނީ އެ ޚުސޫމަތު ނެތި ދިޔައީއޭ، އެ ޝަކުވާ ނެތި ދިޔައީއޭ. އެއްވެސް ޝަކުވާއެއް ނެތޭ. މައްސަލައެއް ނެތޭ. ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮތް މައްސަލަ އިތުރަށް ކުރިއަށްގެންދަން ޖެހޭނެ އެއްވެސް ސަބަބެއްވެސް ނެތޭ،" އަލީ ހުސައިން ވިދާޅުވިއެވެ.
އަލީ ހުސައިން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން މިހާރު މަސައްކަތް ކުރަމުން އެގެންދަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި މީގެކުރިން ގޮނޑީގެ މައްސަލާގައި އެ ކޮމިޝަނުން ގޮތް ނިންމީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެ ކޮމިޝަނަށް ނުފޫޒު ފޯރުވާފައި ވަނިކޮށް ކަމަށެވެ.
ރައްޔިތުން މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމިތާ ހައެއްކަ ގަޑިއިރު ފަހުން ދެންމެ ސުޕްރީމް ކޯޓުން ނެރުއްވި އަމުރެއްގައި ވިދާޅުވީ ރައްޔިތުން މަޖިލީހަށް ކުރިމަތިލުމުގެ ޝަރުތު މީހެއްގައި ހަމަވޭތޯ ނުވަތަ އެ މަޖިލީހުގެ މެންބަރަކު މަގަމުން ވަކިކުރާން ޖެހިއްޖެތޯ ބެލުމުގައިނުވަތަ އެމަޖިލީހުގެ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެ ކަމާއި މެދު ހިލާފެއް އުފެދިއްޖެނަމަ އެމައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަމަށް ޤާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރަށް ތަބާވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ރޭ ވަނީ ވިދާޅުވެފައެވެ.
ވޯޓު ވަގު! ހަމަހޭގައި ހުރޭ! ބޮޑު ލަޝްކަރެއް އެކުވެގެންވެސް މޮޅުވެވުނީ ވައްކަންކޮށްގެން! ވޯޓު ވަގު! ވޯޓު ވަގު! ވޯޓު ވަގު! ވޯޓު ވަގު!
ދެން މަޑުކޮށްލާ 5 އަހަރު ނިމެންދެން ހަޖަމްކޮށްލާ
ސްޕްރީމް ކޯޓް އިން ބަލަން ޖެހޭ މައްސަލަ އެއްތޯ ނޫންތޯ ނިންމާނީ ކަލެޔެއް ނުން.އެވެސް ކަލޭ ބޭނުންގޮތައް ނަމަ އެ އޯކޭ ވާނެ.
މީކާކު. ކަލޭގެ ގޮނޑިވެސް ގެއްލުނުތަ. އަނގަ ފުޅާކޮށް ހަޅޭލަވާނެކަމެއްނެތް. ގޯސްކަންތައްހަމަ ގޯސްކަމަކަށްވާނީ. ތިކަމާ ނޫޅެ ގާސިމަށް މަރުހަބާކިޔަށް ބްރިޖްމަތިން އެއަރޕޯޓަށް ދޭބަލަ. ދެން ގާސިމް ރައީސުލްޖުމްހޫރިއްޔާކަމަށް ގެނެވެންހުރި ގޮތްހޯދައި އެކަމާއުޅެބަލަ.
އަލީ ހުސޭނު ގޯތީގަ އެ މައްސަލަ ބަލާ!
ޢަޅެ މިހުސައިނާ މީ ހަދަހާ ވާ ނުބައި ެަނގައެއް ދެއްވާފަ އޮތް މީހެހެކޭ
ގޮނޑި ގެއްލުނު މައްސަލަ މިހާރު ސުޕްރީމް ކޯޓުން ބަލާކަށް ނުޖެހޭ ކަމަށް ބުނާނަމަ އޭނާ އެހެރީ ގާނޫނުގެ ހުކޫމަތުން ބޭރުވެ އައިރު ގާނޫނީ ކަންކަމަށް ހިތްވަރު ދޭން ނިކުމެއޭ އެފްރިކާގެ ބޮކޯ ހަރާމްގެ ލީޑަރު ނިކުމެ ހުރި ގޮތަށް ކަން މިހެން ހުރުމުން މި ބޮކޯ ހަރާމްގެ ލީޑަރު ސައިޒުން ކަނޑާ ތިރި ކުރުމަށް ޓަކައި ސްޕްރީމް ކޯޓުން އެބަޖެހޭ މީނާ އަށް ހުކުމެއް އިއްވަން ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް އިއްވަގަ ހުކުމް ހަމަ މިހާރުން މިހާރަށް.
މީކާކުތަ މާމޮޅުމީހެއް.
ހިތް ތިރި ކުރޭތޯ ނުވަތަ ހިތް މަތި ކުރޭތޯ ނުވަތަ ހިތް މެދުކުރޭތޯ އެއް ނޫން ބަލަން ޖެހޭނީ ބަލަން ޖެހޭނީ އިންސާފުވެރި ރިޔާސީ އިންތިޚާބެއް ތޯ ބޭއްވީ ނޫން ނުބާއްވާ ދޯ ކޮރަޕްޓް ވޯޓް ގައި ވަގާއި މަކަރާއި ހީލަތް ހެދި އިންތިޚާބެއް ދޯ ބޭއްވީ ދެން އެކަން ފުރަތަމަ ބަލަން ޖެހޭނީ ހިތް ތިރި ހިތް މަތި ހިތް މަދު ބަލާނީ އޭގެ ފަހުން ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..
ޢަލީ ޙުސައިނޫ ބަލަ ތިއަނގައިން ނޫންތޯ ކުރިން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ މެމްބަރުކަމުގެ ގޮނޑި އާމެދު ގޮތެއް ނިންމުމަކީ އިލެކްޝަން ކޮމިޝަނުގެ އިޙްތިސޯސް ތެރޭގައި ހިމެނޭކަމެއް ނޫނޭ. ކިޔަވާފަހުރި އެއްޗެއްގެ އަލީގައެއްނޫން ތިވާހަކަ ދައްކަނީ ސިޔާސީ ވިސްނުމުގައި ، މީ ތިބޭފުޅުންގެ ޙާލަތު، ކީއްކުރާނީދޯ.
ރޯނު އެދުރު
ބަލަގަ ޤާނޫނީ ބީތާޔާ... ހަމަ އޯކޭ އޯކޭ ކީޔަކަސް ކަލޭގެ ބުރާންތިކަން މިދަނީ އިންތިހާއަށް ރައްޔިތުންނަށް އެގި ފާޅުވަމުން އިލެކްޝަން ކޮމިޝަންގެ މެންބަރުން ބޭނުން ކަމެއް ނުކުރެވޭނެ އެމީހުންނަށްވެސް އޮތީ ޤާނޫނުގެ ތެރެއިން ކަންކަން ނިންުގެ ބާރު ގޮޑި ގެއްލޭގޮތަށް ޤާނޫނެއް ހަދާ ނިންމާފަ އޮތީ އެހެންވީމާ 4ކޭ 4 ކޭ ނުކިޔާ
މިހާރު ކަލޭމެންނަށް އިލެކުޝަންކޮމިސަންރަނގަޅުވީ ކުރިންބުނީއިލެކުސަންކަމިޝަނަކަށް އަމުރެއްނުކުރެވޭނޭ މިހާރުތިބުނަނީ ސުޕްރިންކޯޓަކަށްއަމުރެނުކުރެވޭނޭ ކަލޭމެންކޮންތާކުންކިޔަވައިގެން ހަދާގާނޫނެއްހޭ ތިތަނަށްވަންނަމީހުން ތަޢުލީމީގަޮތުން ސަރުތުތަކެއްކަނޑައަޅަންޖޭހޭނެ ގާނޫންހަދަންއެނގޭނީ ގާނޫންދާއިރާއިން ކިޔަވައިފައިތިބި މީހުންނަށެވެ.
ޢަބުދުﷲ ޔާމީނު އެލެކުޝަން ކޮމިޝަނަށް ނޫފޫޒު ފޯރުވިކަމަށް ތިޔަބުނަނީ 12 މެންބަރުންނާ ދެކޮޅަށް ކޮމިޝަނުން ގޮތެއްބުނުން! އެއހންވީމާ 12 މެންބަރުންނާ އެއްކޮޅަށް ކޮމިޝަނުން ބަހެއްބުނުމުން ދެން ކޮމިޝަނަށް ނުފޫޒުފޯރުވާނީ 12 މެންބަރުންތާ! އޭ މިހިރަ އަލިހުސޭނާ ޔާމިނު ކޮމިޝަނަށް ނުފޫޒު ފޯރުވިކަމަށް ބުނާއިރު އެކަމުގެ ހެކި ކޮބައިތަ! ތިޔައީ ގާނޫނީވަކީލެއްދޯ! ދެކޮޅުނުޖެހޭ ވާހަކަ ނުދައްކަބަލަ!
މަނަމަވެސް ކަޑަވާނެ.
އޮޅެނީ އޮޅެނީ މިހާއަވަހަށް އޮޅެނީ.. ތިޔަހެންނުހައްދަވާ!! ބާރަކީ ލިބިގެއްލިދާކަމެއް . ސ ކޯޓް ގެ ނިންމުމާ މެދުގޮތްނުކިޔާ!! ކަމަކުނުދާނެ . މައަމިއްލަ އިޚްތިޔާރުގަ ގޮސް ސ ކޯޓުގަ އެދިފަ އެކޯޓުން ބަލަންފެށީމާދެން ހެވޭ ދެންއޯކޭ އޭބުނެނިންމާލަންވީ؟މިއުޅެނީއަޅެބަތްކައްކާކުޅެންތަ؟
ދެންނީމޭނީ ހަމަ ތިޔަބާރަ މެމްބަރުްންނާ އެއްކޮޅަށޭ .މަޑުކޮށްލަބަލަ.
ﷲގެރަހުމައްފުޅުން12ގޮޑިގެއްލޭނެއިންޝާﷲ
ފުރާޅުން ޓިނުނަގަން ޖެހިދާނެެތީވެ ނެރުން ހުކުމެއް..
ގާނޫނީ ވަކީލުންނަކީ ހުވައެއްކޮށްގެން އެމީހުންގެ
ޚިދުމަތް ރައްޔިތުންނަށް ދެދުވެރިކަމާއި އަމާނާތްތެރި ކަމާއިއެކު ފޯރުކޮށްދިނުމަށް އަހްދުވެފައިވާ ބަޔަކަށްވާއިރު
އަމިއްމަސްލަހަތު ހިމާޔަތްކުރުމަށާއި މަޝްހޫރު
ވުމަށް ހަގީގަތް އޮޅުވާލުމަކީ ބައެއްވަކީލުން
ގަސްތުގައި ކުރަމުންދާކަމެކެވެ މިފަފަ މީހުންގެ
ހުއްދަ ބާތިލްކުރަން ޖެހެއެވެ.
އިދިކޮޅު އެމްޑީޕީ އަށް ވީމާ ހިތް މަތިވަނީ ދޯ ތަމެންގެ 12 މެމްބަރުން ކަަމަށް ތަމެން މީޑިއާ އިން ޕްރޮޕެގެންޑާ ފަތުރާ މީހުންނަށް 2017 ވަނަ އަހަރު ސްޕްރީމް ކޯޓުން ނެރެފައިވާ ސްޕްރީމް ކޯޓުގެ ގަޒިއްޔާ ނަމްވަރު 19 ، 20، 21 އަދި 22 ނުފެންނަނީ ތޭ ފެނޭދޯ ދެން ތަމެންގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެ އީސީގެ މެމްބަރުން ގަނެލައިގެން ބަޔާން ތައް ނެރުނު ނަމަވެސް އެކަން އެގޮތަށް ނުދާނެއޭ އެއީ ހިތް ތިރި އެއް ނޫނޭ އިނގޭތޭ މަހަށް ދޭބަލަ ދެން. މަހަށް މަހަށް ދޭބަލަ..
މަސް ކަޑަން ދޭ މާރުކޭޓަށް?
އަލީ ކަލޭޕާޓީންވެސް ކަލެއަކަށް ގޮނޑިއެއްނުލިބުނު ދެންކޮންވާހަކައެއް ތިދައްކަނީ.
ތީ ލޯޔަރެއްތަ ނޫނީ މަސްވެރިއެއްތަ؟ ލަދެއް ނުގަނޭތަ؟
ބްރޯ ދެޓް އިޒް ޔުއަރ އޮޕީނިއަން.... ބޯހަމަނުޖެހޭ މީހާވެސް އޭނަގެ ހިޔާލު / ފެންނަ ގޮތް ބުނާނެ... އެއަކުން ކުރާނެ އެއްކަމެއްވެސް ނޯންނާނެ....
ބޮޑަވަގާ. ކަލޭމެންކޮޅައްހުކުމެއް ނުނިއްމާ ކަމައްވާނަމަ ދެން އެގޯސްވީ. ރއްޔަތުންގެ ވޯޓުން ވައްކަންކެރި ވަގުން
ކަލެއަށް ކޯންޗެއްތަ އިގޭނީ! ޢެއޮތީ އަނެއްކާ ކުޅެންއުޅުނު ޑުރާމާ ބާތިލްކޮށްފާ..
ދެންލަލާ...ލަލާ...ލަލާ
ޝަރީފް މެން ވިކި ހުސްވެފަކަން ހަމަރަނގަޅަށް މިއޮއް ފަޅާއަރާ ނިމުނީ. ބަލަގަ މިއަދަކު ނޫން ދޯ ޝަރީފް ވެސް މިކަހަލަ ކަންކަން ކުރަން ވީޔަކީ. ވަކިބަޔަކު ބޭނުންވާގޮތަށް ކަންކުރާކަން މިހާރު ހާމަވެ ނިމިއްޖެ. ދެން ޝަރީފް ހިފާ ހައްޔަރުކުރަން ގޮވާލަން.
ޓިޔަކޯޓްގާތިބީ ކުފޫ ހަމަނުވާމީހުން ކޮބާ އެދުވަހު ނެރު ހުކުމް ކަލޯމެން އޭގާ ސޮއި ކުރި އިރު ހަމަ ބުއްދި ކޮބާ؟
ވޯޓްވަގު، އަބަދުވެސްކިޔާނީ ވޯޓުވަގު. މިކަލޭގެ މިހުރީ ކޯޓްތަކަުގެ މަތީގައިދޯ ؟ ހާދަވަރަކަށް މިފުއްޕަނީ،،
މީ ދެން ކާކުތަ ސްޕްރީމް ކޯޓުގެ މައްޗަށް ބަސްކިޔަން. ތިމާ ނިސްބަތްވާ ޕާޓީންވެސް ބަލައިނުގަންނަ މީހެއް
ދާއިރާއައް ހަރާންކޯރުވި ބޮޑުވަގު ވޯޓުވަގު
ތިޔަ 12މެމްބަރުންގެ މައްސަލައަށްވެސް ހައްލެއްނުލިބި މިހާރު ކިހާދުވަހެއް ތިޔަ ކަންތައްތައްވެސް ޙައްލު ކުރުމަށް ރައްޔިތުންނާ ޙަވާލުކުރޭ....
ސްޕްރީމްކޯޓުގެ ނިންމުމުން ކަށަވަރުވި ކަމަކީ އަދި މިހާތަނަށް އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭކަން
އަލީ ހުސައިން މިހެން ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ނިންމުން ސުޕްރީމް ކޯޓުން ރޭ ބާތިލް ކޮށްފައި ވަނިކޮށެވެ. ބަލަކަލޯ މިހިރަ އައްޔާ މޮޔަފުޅުވީތޯަ ކަލޭތީ ކާކުތޯ ކޯޓަށް ފާޑުކިޔަން މާފޯީރިގަދަކުރަނޏާދެންފެންނާނީ ތިގޮނޑިވެސް އަދަގޮނޑިއަކަށްވާތަން
ގާނޫނުގައިވާ ގޮތުގެ މަތީން އެމައްސަލައެއް ކޯޓުން ބަލަމުން ދަނިކޮށް ކޯޓުން ނިމުމުގެ ކުރިން އެއްވެސްފަރާތަކުން އެއަށް ހުކުމެއްނުނެރެވޭނެ.
ކިޔަވަންއުޅެއުޅެ ފާސްނުވެގެން ލިބުނު ސެޓްފިކެޓްގަނޑުގެ ފެންވަރެއް ނެއްކަން މިއެނގި ފާޅުވީ. އިންޑިއާ ޕޭމަންޓްމަތިން ސެޓްފިކެޓް ޕްރިންޓްކުރީމާ ވާނެހައެތި ތިއޮއްގެންވަނީ. އަދި ކިތައްމީހުންނާ އިނދެވަރިކުރާނަމޭ ހިތުއަޅާއިގެންބާ އަނގަފުޅާކުރަނީ.
މީދެންކާކުތަ މިބަކަރީންނަކަ ނޯވޭހެޔޮ އެއްގޮތެއްވެސް
ވެރިކަމާ ހެދި ހާދަ
ވަރެކޭ ދޯ ތިވަނީ
ރައީސް ބަލިވުމުން ތުހުމަތުގެ އިނގިލި އަވަށްޓެރި ގައުމަކަށް ކުރާނެ ނޫންތޭ އެކަން ހިނގީ ސީދާ އިންޑިއާގެ އަތެއް އޭގައި އޮވެގެން ނޭ އިންޑިއާ އިން އެތައް މިލިއަން ޑޮލަރެއް ގެނެސްގެން އިންޑިއާ މީހުން ރިޝްވަތު ދިނޭ ވަރަށް ގިނަ މީހުން ނަށް އަދި އިންޑިއާ އިން ފޭކް ވޯޓް ކަރުދާސް ވެސް ގެނައޭ އަދި ހަމަ އޭގެ އިތުރަށް އިލެކްޝަންސް ކަމިޝަންގެ މެމްބަރުން ގަތުން އެއީ އިންޑިއާ އާއި ހަވާލު ކޮށްފައިވާ މިޝަން އަކީ މިކަން އެމެން ކުރާނެ ކަމަށް މަމެން ޔަގީން ކުރަމޭ ބިކޮޒް އެމެން އިންޑިއާ އެމްބަސޭ ވަނީ 2013 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކަމިޝަން އަށް ރޭގަނޑު ދަންވަރު ވަދެފައޭ.
އެންމެންނަށް ހަމަހަމަކަމާއެކު އިންސާފު ހޯދައިދޭން ވެރިކަމަށް އައި މީހުންގެ ހަޤީޤީ ކުލަ ތި ފެންނަނީ. އިންސާފު ތިހުރީ ތިރިން މައްޗަށް މަތިން ތިރިއކަށްނު! ކޯޓެއް ޝަރީޢަތެއްނެތް! ސިންގާ ރަސްގެފާނުގެ ޙުކުމް. އެމީހަކު ބޭނުން ގޮތެއް!
އިންޑިއާ އަށް މަމެން ކުރަނީ ތުހުމަތެއް ނޫނޭ މަމެން ޔަގީން ކުރަމޭ އިންޑިއާ އިން މިފަހަރު ރިޔާސީ އިންތިޚާބުގައި ވޯޓް އޮޅުވާލާ ވޯޓް އިން ވައްކަން ކުރަން އީސީގެ މެމްބަރުން ނަށް ރިޝްވަތު ދިން ކަން މީ މަމެންނަށް ޔަގީންވެ ކަށަވަރުވާ ކަމެކޭ އެވްރީ މަނީ ދޭ ޓޭކް އޭޒް އަ ކަމިޝަން ވީވާރ ވޮޗިންގް ދެމް ވޮޗިންގް ދެމް ވޮޗިންގް ދެމް...
ކަލޭތިޔަ ދައްކާވާހަކަ ކެންދޫމީހުންވެސް ޤަބޫލުނުކުރާނެ.