އެމްއެންޑީއެފް ދޮށަށް އެއްވާން ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ދަރުވަމުންދާ މެސެޖަކީ ދޮގެއް ކަމަށް ޕީޕީއެމް އިން ބުނެފިއެވެ.

ޕީޕީއެމްގައި ނަމުގައި ފޮނުވަމުންދާ މެސެޖެއް ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ މެސެޖުގައި ބުނެފައިވަނީ އިންތިހާބުގެ ނަތީޖާއާ މެދު އުފެދިފައިވާ ސުވާލުތަކާ ގުޅޭގޮތުން ޝުއޫރު ފާޅުކުރުމަށް މިރޭ 9 ޖަހާއިރު އެމްއެންޑީއެފް ހެޑްކުއާޓަރު ކުރި މައްޗަށް އައުމަށް ގޮވާލާ ކަމަށެވެ.

މިކަމާ ގުޅިގެން ޕީޕީއެމް އިން ބުނީ "އެއްވެސް ވަސީލަތެއް މެދުވެރިކޮށް އެމްއެންޑީއެފް ހެޑްކުއާޓަރު ދޮށަށް އެއްވާން ގޮވާލާފައި ނުވާނެ" ކަމަށެވެ.

މިކަން ޕީޕީއެމް އިން ދޮގުކޮށްފައިވާއިރު އިންތިހާބުގެ ނަތީޖާއާ މެދު އެ ޕާޓީން އަންނަނީ ސުވާލު އުފައްދަމުންނެވެ. އެގޮތުން ޕީޕީއެމްގެ ބައެއް އިސްވެރިން ދާދިފަހުން ވަނީ އިންތިހާބުގެ ނަތީޖާ ބާތިލުކުރުމަށް ވެސް ގޮވާލާފައެވެ.

ނަތީޖާއާ މެދު ސުވާލު އުފެއްދުމުގެ އިތުރުން ޕީޕީއެމް އިން މިހާރު ގެންދަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. އެތުހުމަތުތަކަށް ބާރު ލިބޭ އޯޑިއޯއެއް ދާދިފަހުން ވަނީ ލީކް ކޮށްލާފައެވެ. ލީކް ކޮށްލާފައިވާ އޯޑިއޯގައި ވާހަކަ ދައްކަވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފާއި އެހެން މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ދިމްނާ ފާއިޒް

  ޕީޕީއެމް ނުނިކުންނާނެ އެއްވުން މަނާތަންތަނަކަށް! ޕީޕީއެމް އެއްވިޔަސް އެއްވާނީ އޮންނަ އުޞޫލުތަކާ ޤަވާޢިދުތަކަށް ބަލައިގެން އެގޮތަށް!

 2. ސާމް

  އިދިކޮޅު ބައިގަނޑު ގޮތްހުސްވެގެން ތެޅިބާލަނީ

 3. އަހުމަދު ނިޔާޒު

  ޕީ ޕީ އެމް ކުދިން ނޫޅޭ ހޭބަލިވެގެންނެއް އެވެރިން ނުކުޅޭނެ ރާއްޖޭގެ ދިފާއީ ބާރަކަށް

 4. ސޯޕް ލައިޓް ބްރަދަރ

  އެވާނީ އެމްޑިޕީ މީހުން އެއްވާހިތް އޮނަލެއް ބޮޑުކަމުން ތެޅިއަރުވަނީކަމަށް.

 5. ދދދދދދ

  ތި މެސެޖް ފޮނުވާ ބަހައްޓާފަ ޕީޕީއެމް މީހުން ކަމަށް ހެދިގެން ކުނަމެހި ބައިގަނޑު އެތަނަށް އެއްވެސް ވެދާނެ. ކޮން ބައެއް! ލާދީނީ ބައިގަނޑެއްނު!