އައްޑޫ ސިޓީ ލިންކް ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ނިޔާވެއްޖެއެވެ.
މިރޭ އައްޑޫ ކުނި ކޮށި ސަރަޙައްދުން މި އެކްސިޑެންޓު ހިނގާފައި ވަނީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ނިޔާވީ ސައިކަލު ދުއްވަން ހުރި ފިރިހެންމީހާ އެވެ. މި އެކްސިޑެންޓު ހިނގުމާއެކު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް އޭނާ ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.
މި ހާދިސާގައި ކާރުގައި ތިބި އިތުރު ތިން މީހަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުންނެވެ. ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.
މިރޭ ހިނގި މި އެކްސިޑެންޓުގައި ކާރަށާއި ސައިކަލަށްވެސް ވަނީ ބޮޑެތި ގެއްލުން ވެފައެވެ.
ފުލުހުން މިހާރު ދަނީ މި އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބު ބަލައި ހާދިސާ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.
ތަފްސީލު ތީނީފޮޓޮއިން ފެންނަން ވ ދެރަ
ކުއްވެރިވާނީ މަގު. ކުރީގަވެސް ވާގޮއިދޯ
ޜައީސްމީހާ ކުއްވެރިވާނީ އިދިކޮޅުބައިގަނޑަޢް
ހަހަހާ ތިބުނީ ވަރަށްބޮޑު ތެދެއް....
"ޜައީސްމީހާ ކުއްވެރިވާނީ އިދިކޮޅުބައިގަނޑަޢް" ރައީސް މީހާއޭ ޤައުމުގަ ހިނގާ ހުރިހާ ކަމެއަގެ ޒިންމާއެއް ނަގަން ޖެހެނީ. ނުވަންޔާމު ބަހައްޓާފަ ދިޔައީމަ ވީނު..
ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. މިކަން ކަން ހައްލު ކުރަން ތަމެން ރަށަށް ދޭބަލަ މާލޭގައި މުޒާހަރާ ކުރަން ނުތިބެ. ދަގަ ރަށަށް. ރަށަށް ދޭބަލަ ދެން މިކަން ކަން ރަނގަޅު ކުރަން. ދޭބަލަ ދެން.
މީހާދަ ފަކުރުފާޑަކަށް ކޮމެންޓޮކުރާ މީހާގަޑެކޭދޯ. އަބަދު އެހެން???
މިކަން ހައްލު ކުރަނއ މާލޭގަ ތިބި ބަޔަކު އަންނާކައް ނުޖެހޭނެ.. ދުއްވާނެ ތަނާ މީހުންނާ ކާރުތަކާ ސައިކްލް ހުރިއްޔާ ކޮންނެ ތަނެއްގާ ވެސް މިކަހަލަ ކަންކަން ހިގާނެ.. މީދުނިޔޭގެ ތަރައްގީވެފާވާ މުޖްތަމައުތަކުގަ ހިނގާ ކަންތައްތަ... އަނެއްކާ މީޒުވާނުންގެ ސަރުކާރު.. ބިއްޖެހިފަ ޒުވާނުން ހެސްކިޔާފަ ދުއްވާނެ.. ވަރައް ސަލާން..
އަދި ބާރާށް ނުދުދެވެނީ....
މީހަކު މަރުވިޔަސް ޕޮލިޓިކްސް. ކިހާ ދެރަކަމެއް.
ޢަދިވެސްގާނޫނުައަށްތަބާވާންނުވޭތޯOk
ޓުރެފިކުގަޥާެެއިދައްހުރުމަތްތެރިވާންދަސްކުރޭ
ޜަނގަޅު