ހައުސިން މިނިސްޓްރީ އިން މިއަދު އިއުލާން ކުރި ގޮތައް ހުޅުމާލެ އިން ގޯތި ނުދޭންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހްމަދު ނިހާން ވިދާޅުވެއްޖެއެވެ.

ނިހާން މިހެން ވިދާޅުވީ ހުޅުމާލެ އިން ގޯތި ވިއްކުން ހުއްޓާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ސަރުކާރަށް އަންގާފައި ވަނިކޮށެވެ.

ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަރަށް ހާލުގައި ބޯހިޔާވަހިކުރާ ރައްޔިތުން ދަފްތަރުގައި ވެސް އަދި މާލޭ ރައްޔިތުންގެ ގޮތުގައި ވެސް އެބަތިއްބެވި ކަމަށެވެ.

"ކުޑަ އަގަކަށް 1000 އަކަ ފޫޓް އެފަދަ ފަރާތްތަކަށް ނުދޭންވީ އެއްވެސް ސަބަބެއް ނެތް. ހުޅުމާލޭ-2 ހިއްކާފައި ވަނީ ރައްޔިތުންނަށްޓަކައި." ނިހާންގެ ޓްވީޓްގައި ވިދާޅުވިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކުމަށް ހައުސިން މިނިސްޓްރީން ނިންމާފައިވާ ކަން އިއުލާން ކުރީ މިއަދު އެވެ. ގޯއްޗެއް ވިއްކުމަށް ހަމަޖެހިފައި ވަނީ ހަތަރު ލައްކަ ރުފިޔާ އަށެވެ.

ގޯތި ދޫކުރުމަށް ހަމަޖައްސާފައި ވަނީ އަންނަ ހަފުތާގައި، އެންމެންނަށް ހުޅުވާލައިގެން ބާއްވާ ގުރުލުމަކުން ކަމަށް ހައުސިން މިނިސްޓަރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވިއެވެ.

"ބިމުގެ އަގަކީ 400 ރުފިޔާ އަށް އަކަފޫޓެއްގެ މަގުން 1،000 އަކަފޫޓު. އެހެންވީމާ 4،000ރ. އަށް މާލޭގެ ރައްޔިތުންނަށް، ދަފްތަރުގެ ޖެހިފައިވާ ފަރާތްތައް ވެސް ހިމެނޭ ގޮތަށް މި ފުރުސަތު ލިބިގެންދަނީ،" މިނިސްޓަރ މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ހުޅުވާލި 400 ގޯއްޗާއެކު، ތޮއްޖެހިގެން ދިރިއުޅޭ މާލޭގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެއް ލިބި، ހިތްހަމަޖެހުން ގެނެސްދޭނެ އެވެ.

ނަމަވެސް އޭސީސީ އިން އަންގާފައި ވަނީ ގޯތި ވިއްކުމުގެ މަސައްކަތް ހުއްޓާލުމަށެވެ. އޭސީސީ އިން އެގޮތައް އެންގި ފަހުން ވެސް މިއަދު ގޯތި ވިއްކުމަށް ފޯމް ދޫކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. އަބްދުއްލާ

  އިންތިހާބު ވެފައިވާ މީހަކު ހުރުމަކީ ސަރުކާރުން ކުރަންޖެހޭ ކަންކަމާ ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތް ހުއްޓުވަންޖެހޭސަބަބެއްނޫން. ހުރިހާކަމެއްވެސް ހުއްޓުމަކާ ނުލާ ނޮވެމްބަރ 17 އާހަމަޔަށް ގެންދެވޭނެ.

 2. އަދިކިރިޔާ

  އަދިކިރިޔާތަ ކަލެއަށް ތިކަން އެނގުނީ

 3. އަހުމަދު

  އަނެއްކަަާ ދަފްތަރުގަ ތިބޭ މީހުނންކީ ވެސް ހަމަ ދިވެހި ރައްޔިތުން ދެއްތޮ.. އެފަދަ ފަރާތްތަކަށް ގޯތި ލިބޭނެ އެހެން ބިމެއް ނެތް މީހުން ދިރިއުޅޭ ރަށެއް ނެތް.. ވެރިކމުގަ އަދި ހުރީ ޔާމިން އިބޫ އެއް ނޫން.. ހުވާ ކުރަަ ހިސާބުން އަހަރުމެން އިބޫ ގަބޯލު ކުރާނީ.. ކޮންކަމަކާތަ ބިރުން މިއުޅެނީ.. ގައިމު ވަޒީފާ ގެ ބިރެއް ނޯންނާނެޔޯ މިސަރުކާރުގަ

 4. އަސޭލާ

  ހުޅުމަލެއިން ގޯތި ދޭންވީ ސަބަބެއް ނެތް .ދެނެއް ނިހާނުމެނެއް ނުވިކޭނެ.މިފަހަރު މަޖިލީހަށް ސަލާމް ބުނޭ.

  • ރަންގަޅަށް ކިޔާލާ

   ރަންގަޅަށް ސުރުހީ ކިޔާލާފަ ކޮމެންޓު ކޮއްލާ

 5. ރައްޔިތުން

  އޭސީސީގެ އެންގުން ތަކަށް ގޮންޖަހާ މީހުން ފުލުހުން ބޭނުންކޮށްގެން ހިފައި ހައްޔަރު ކުރަންޖެހޭ.

 6. އަބްދުއްލާ

  އެމްޑީޕީ ސަރުކާރުންވެސް ހުޅުމާލޭގަ ގޯތިތައް ބަހާލި ހަމަ ދިނީ އެމްޑީޕީ މީހުނަށް މިހާރުވެސް ނިކަން ހިގާ ބަލާލަބަލަ. މިއީދޮގެއްތޯ ވީމާ ހުއްތާނެ ކަމެއްނެތް . ގާނޫނަކު ނޯވޭ މީހަކު އިންތިހާބު ވީމާ ސަރުކާރު ހުއްޓުމަކަށް ގެންނަންޖެހޭ ވާހަކައެއް .ވީމާ ބަހާ ނިންމާލަ ޕީޕީއެމް ކުދަިންނަށް ދީ ނިންމާ އެގްރީމެންޓް ވެސް ކޮށް ނިންމާލާ އެގްރީމެން ޓް ކުރަނީ އިންޑިޔާ ބަޔަކާ އެކު ނޫންދޯ

 7. ޒާ

  މިހާރު ތަ ގޯތި ދޫކުރަންވީ 5 އަހަރު މި ވަނީ ނިހާން މެން ހުޅުމާލެއިން އަދި ރާއްޖެތެރޭ ރަށްރަށުން ވެސް ގޯތި ދޫކުރީ އެއްނޫން.ތި އުޅެނީ ޖެއްސުން ކުރާކަށްނޫން ތަ އަޅެފަހެ.

 8. ލީ

  ތިއުޅެނީ ތަމެންގެ މީހުނަށް އަވަހަށް ގޯތިތަށް ދޭންދޯ.ވެރިކަމުން ފައިބަން ވާއިރަށް.ނޫނޭ ތަމެން ގެ ބޯބޮޑު.

 9. ސަން

  ގޯތި ލިބެންވާނީ އަގު ހެޔޮކޮށް މާލޭގެ ރައްޔިތުންނަށް.. އެކަން ޖަޒީރާ ރާއްޖޭގެ ބޭފުޅުންވެސް ހަދާން ބަހައްޓާތި... އަހަރެމެން އިބޫ ހޮވީ އަހަރެމެން ނަށް ރަގަޅުގޮތް ވުމަށް ... 6 ކުދިން ގޮވައިގެން އަމާގެ ތަރިކައިން ލިބުނު 200 އަކަފޫޓް މި އުޅެނީ...
  ނިހާނު އަށް މިފަހަރު ތާއީދު ގޯތި ދެގޮތް ރަގަޅު

 10. މާނީ

  ތިއަކަން އިންތިޚާބުގެކުރިން ތިހަމަނުޖެހޭ ސިކުނޑިތަކަށް ވިސްނުނުނަމަ ލިބުނު ވޯޓު ކުޑަ ތަންކޮޅެއް އިތުރުވެއްޖައީސް، ނަމަވެސް މިހާރު ރައްޔިތުން އެވަނީ ވަރަށް ބާރަށް ތިއަ ބައިގަނޑު ފޮޅާލާފަ، އެހެންވީމަ ދެން ޖެހޭނީ ޖަލަށް ދާން 5 އަރުގައި ހިންގި ޖަރީމާ ތަކުގެ ސަނބަބުން

 11. ާަާަަައަސްލު

  ޢަލްހަމްދުލިﷲ

 12. Anonymous

  ފަސްއަހަރު ނިމިގެންދިއައިރު ކިތައްވައްކަން ކުރެވުނު ކާކުބުނީ ނިކަމެތި ލޮބުވެތިރައްޔިތުންގެ
  ރެހެންދީ ފުލެޓުތައްދަމާ ގައްނާށޭ. އަދިވެސް ނުއަގުގަވިއްކާފައިދޮންކެއުގަޑެއްގަނެވޭވަރުވޭތޯ
  އަޅެ
  އިންސާނެއްވިއްޔާ ކޮއްމެވެސްވަރެއްގެހަޔާތެއް
  ވެސްހުއްނާނެ ހަމަބިމައްތިރިވާނެ އިންޝާﷲ

 13. ގުނބޯ

  އޭ.ސީ.ސީން އެކަން ނުކުރަން އެންގީމަ ދެން ނުކުރާނީ އެއީ އޭސީސީ އެއް އޮތުމުގެ ބޭނުކީ ނީހާނު ދެން މަޖިލީހުން އޭނަ ބޭރުކޮށްލާނީކީނޫން

 14. މީޒްލީ

  ނިހާނު ތިކަން އިބޫ ފުރިހަމަ ކުރާނޭ ، ތެޅިގަނެގެން ތިއުޅެނީ ކީއްވެ

 15. ލަބީބު

  ގޯތި ނުވިއްކަން އެންގީ! ފޯމު ދޫނުކުރާކަށް ނާންގާ!

 16. ސިޒާ

  ޝުކުރިއްޔާ ރައީސް ޔާމީން. އެމްޑީޕީން ހާސް މިވަނީ ރައްޔިތުންނަށް ހެޔޮއަގުގައި ބޯހިޔާވަހިކަން މިރައީސް ފޯރުކޮށްދޭތީދޯ

 17. ޜޮލެކްސް

  ހަމަ ދޭންވީ. އެކަމަކު ވެރިކަމުން ފޮޅާލީމަކާނޫން.

 18. އާންމު މީހާ

  އަދިކިރިޔާތަ ތިބޭފުޅާއައް ތިކަން އިނގިލެއްވީ..؟ 5 އަހަރުގެ ވެރިކަމެއް ނިމުނީމަތޯ ތިކަން ކުރަން އިނގުނީ..؟ ދެން ނިކުމޭ 400 ގޯއްޗަށް ފޯމު ނެގި އެންމެން ގޮވައިގެން މަގުމަޗައް..!

 19. ޢަބްދުﷲ

  އިނތިޚާބީ ރައީސާއި މަޤާމު ޙަވާލުކުރުމުގެ ކުރިން، އިންތިޚާބީ ރައީސަށް ސަޕޯޓް ދެއްވުމުގެގޮތުން ނަމަވެސް މިހާރު ހުންނެވި ރައީސްގެ މަޤާމުގެ ބާރުތައް ޤާނޫނާއި ޚިލާފަށް ނިގުޅައި ގަތުމަކީ، އެއްވެސް ޝަރުޢީ އަދި ޤާނޫނީ ހަމައެއްނެތި ކުރެވޭ ކަންކަމެވެ.