ރިޔާސީ އިންތިހާބު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން ވަގުތުކޮޅަކަށް މެދުކަނޑާލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގެ އަޑުއެހުން މެދުކަނޑާލާފައިވަނީ 15 މިނެޓަށެވެ.

އަޑުއެހުން މެދުކަނޑާލިއިރު ދައުވާ ކުރައްވާ ރައީސް ޔާމީންގެ ފަރާތުންނާއި، ދައުވާ ލިބޭ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ވަނީ ޝަރީއަތަށް ހުށަހަޅަންޖެހޭ ލިޔުންތަށް ހުށަހަޅާފައެވެ.

ސުޕްރީމް ކޯޓު އަޑުއެހުމަށް ވަތް ނޫސްވެރިން ކޯޓުން ބޭރަށް ނިކުތުމުގެ ފުރުސަތު ނެތުމުން އަޑުއެހުން މެދުކަނޑާލި ސަބަބެއް ސާފުވެފައެއް ނުވެއެވެ.

މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބު ބާތިލްކޮށް އަލުން ރިޔާސީ އިންތިޚާބު ބޭއްވުމަށް އަމުރު ކޮށްދިނުން އެދި ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީޢަތް ސުޕްރީމް ކޯޓުގައި ފަށާފައިވަނީ މިއަދު މެންދުރު 13:00 ގައެވެ.

އިންތިޚާބު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން އެ އިދާރާ އިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ.

ޕީޕީއެމް އިން ބުނިގޮތުގައި ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓުލުމުގެ މަރުހަލާގައި އޮޅުވާލުންތަކަކާއި މަކަރާއި ހީލަތް ހިމެނުމާއި، ގާނޫނާއި ހިލާފު ތަފާތު އާލާތްތައް ބޭނުންކޮށްގެން ލެވޭ ވޯޓާއި އަދި ޖުމްލަ ނަތީޖައަށް އުނި އިތުރު ގެންނަން މަސައްކަތް ކުރުމާއި ރީ ރެޖިސްޓްރޭޝަނާއި ލިސްޓުތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިހާބާ ގުޅޭ އެކި އޮފިޝަލުންގެ އަމަލުތައް ގަވާއިދާ ހިލާފަށް ހުރުން ފަދަ ކަންތައްތައް ހިމެނޭ ކަމަށެވެ.

އިންތިހާބާއި ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، ރައީސް ޔާމީންއާ ވާދަކޮށް މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ. އެގޮތުން އިބޫ އަށް ވަނީ 134،705 ވޯޓު (58.4 ޕަސެންޓް) ލިބިވަޑައިގެންފައެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންފައިވަނީ 96،052 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޓިމްބަރ

    މިފަހަރު ރިޔާސީ އިންތިޚާބުގައި ސީދާ ހުރީ ވައްކަން ކޮށްފައި ކަމަށް މަމެން މިދެކެނީ އިލެކްޝަންސް ކަމިޝަން އިން މިހާ ދުވަހު ވޯޓް ކަރުދާސް ޕްރިންޓް ކުރި ޔުޓިލިޓީ އިން ވޯޓް ކަރުދާސް ޕްރިންޓް ކުރަން ހުށައަޅާފައި ވަނި ކޮށް ޔުޓިލިޓީ އަށް ވުރެން ބޮޑު އަގުގައި އެމްސެވެން އަށް ވޯޓް ކަރުދާސް ޕްރިންޓް ކުރަން ދެވޭނެ އެއްވެސް ހަމަ އެއް ނެތޭ ރިޔާސީ އިންތިޚާބުގައި އެފެތެނީ ސީދާ ގާނޫނު ނަމްބަރު 2/2000 ގެ 13 ވަނަ މާއްދާ އާއި 14 ވަނަ މާއްދާގެ ދަށަށޭ އެ ދެ މާއްދާގައިވާ ކުށް އެވަނީ އިލެކްޝަންސް ކަމިޝަން އަށް ކުރެވިފައޭ ވޯޓް ކަރުދާސް ޕްރިންޓް ކުރީ ސީދާ އެއީ ވޯޓް ކަރުދާސް އިން ވައްކަން ކުރުމުގެ ނިޔަތުގައޭ އެހާތަނުން މިއިންތިޚާބުގެ ސައްހަ ކަމާއި ދެފުށް ފެންނަ ކަން ދިޔައީއޭ ދެން ސްޕްރީމް ކޯޓު ދޮށަށް އެއްވެ ބަޔަކު ފެލުނު ނަމަވެސް އެއީ ވެސް ވޯޓް އިން ވައްކަން ކުރި މީހުން ކަން ނޭގޭ އެންމެ ބޮޑަށް އަޑުގަދަ ކުރަމުން ދަނީ ރިޔާސީ އިންތިޚާބުގެ ނަތީޖާ ސައްހަވާނެ އެއްގޮތެއް ވެސް ނޯންނާނެއޭ މިހެން ކަންކަން ހުރުމުން އިންތިޚާބުގެ ވޯޓްގެ ނާތީޖާ ބާތިލޭ ޓިމްބަރ ޓިމްބަރ ޓިމްބަރ...

  2. ނަހުލާ

    އެމްޑީޕީ މީހުން ކުރާނީ ވައްކަން ވަރައް ސަލާމް