ރިޔާސީ އިންތިޚާބު ބާތިލް ކުރަން ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކާމިޔާބުކޮށް، އިންސާފުވެރި އިންތިޚާބަކަށް އިރާދަކުރެއްވިއްޔާ އަދި ދާނަން ކަމަށް ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ ޕީޕީއެމްގެ އޮފީސް ކައިރީގައި މިހާރު ކޮންމެ ރެއަކު ވެސް ސިލްސިލާކޮށް ބާއްވަމުންދާ އެއްވުމުގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
އަދުރޭ ވިދާޅުވީ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުދިނުމުން، އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް ވަނީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް މަންފާ ލިބޭ ގޮތަށް އިންތިޚާބުގެ ކަންކަން ކުރައްވައިފަ އެވެ. އަދި ސުޕްރީމް ކޯޓުގައި މިކަން ސާބިތު ކޮށްދެއްވަން ތައްޔާރު ކަމަށް ވެސް ވިދާޅުވި އެވެ.
ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި އަދުރޭ ވާހަކަ ކުރިއަށް ގެންދަވަނިކޮށް، ވަކި ހިސާބަކުން ރައީސް ޔާމީން ވަނީ އޮފީހުން ނުކުމެވަޑައިގެން ކާރަށް އެރުއްވުމުގެ ކުރިން އަބްދުއްރަހީމްގެ އަތުގައި އޮތް މައިކް ނަންގަވައި، އެއްވުމުގެ ބައިވެރިންނަށް ސަލާމް ގޮވާލައްވައިފަ އެވެ. އެއަށް ފަހު، ހިނިތުންވެ ހުންނަވައި ރައީސް ޔާމީން ކާރަށް އަރުއްވައިގެން ވަޑައިގެންނެވީއެވެ.
"ޝަރީފަށް ޖެހޭނީ ކުޑަކަކޫ ޖެހެން މި މައްސަލައިގައި. އަޅުގަނޑުމެންގެ މައްސަލަ އަޅުގަނޑުމެންނާ އެއްކޮޅަށް ކާމިޔާބުކޮށްގެން ނުކުމެ، ތިޔަ ބޭފުޅުންނާ އެކީގައި ދެވަނަ ފަހަރަށް އިންސާފުވެރި އިންތިޚާބަކަށް ދާނަން،" ރައީސް ވަޑައިގެންނެވި ވަގުތު އަދުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީން ހުންނެވީ ދިވެހިންނާ އެކުގަ އެވެ. ރައީސް ޔާމީނަކީ ބިރުފުޅު ގަނެގެން ފިލާ ގޭގައި އޮންނަވާނެ ބޭފުޅެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އަދި ރައީސް ޔާމީން ރާއްޖެ ދޫކުރައްވާ ވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބު ބާތިލްކޮށް އަލުން އިންތިޚާބެއް ބާއްވަން އަމުރު ކޮށްދިނުން އެދި ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ދެވަނަ އަޑުއެހުން މިއަދު އޮންނާނެއެވެ.
އިންޝާއަﷲ ރަގަޅުވާނެ! 126000 ވޯޓު ރައީސް ޔާމީނަށް ޔަޤީން އިން ޝާ އަﷲ
އަދުރޭ ބުނަން ވާހަކައެއް. މިފަހަރު އަދުރޭ ތިޔަބުނާހެނެއްނުވާނެ. މިރާއްޖޭގެ އެއްލައްކަ ތިރީސްހަތްހާސް މީހުންނާއި ، ދުނިޔޭގެ ހުރިހާ ގައުމުތަކުން ބުނަނީ ޔާމީނަކީ އަނިޔާވެރިއެކޭ. އެހެންކަމުން އަނިޔާވެރިކަން މިއޮތީ ނިމިފައޭ. މިއަކަށް ދެން ބަދަލެއް ނާންނާނެޔޭ. އަދުރޭ ނޫންތޯ ނައިފަރު ދޮހޮއްކޮގެ ލަވަ ހަނދާން ކޮށްދިނީ. އޮތުންމޮޅު ކޮންމެ ވެރިކަމަކަށް މަތިން ދެއްވާނެ ގަދަބާރެއް. އެހެންވީމާ ޔާމީނުގެ ވެރިކަން އޮތުން މިވަގުތަށް މޮޅު ނޫންވީމާ ވެރިކަންދެއްވިފަރާތުން ގަދަބާރު ގެންދެވީ. މީތަގުދީރު. މިއާކުޅެންދެންނޫޅެ. އުޅުނަސް ތަގުދީރުގެ މައްޗަކަށް އަދުރޭމެން ކުރާ ތަދުބީރު ގަދައެއްނުވާނެ.
ބަލަ މައްސަލަ ކާމިޔާބުކޮށް އިންސާފުވެރި އިންތިޚާބަކަށް ދާނަމޭ ބުނާ އިރު ކުޅަދުންވަނަތް ކަލަކު ވޮޑިގެން ވާކަން ހަދާންވޭތ؟ ބަލަ އަދުރޭ އަމިއްލައަށް ފޭހި ހުރިހާ އިލޮއްޓެއް އަމިއްލަ ލޮލަށް ތިތިބީހެރިފާ މަކަރާހީލަތްހަދަން ރޭވި ހުރިހާ ކަމެއް ނެތިކުރައްވާ ﷲ ޙައްޤަށް ޏަޞްރު ދެއްވީ ދެން ވޯޓް ނަގާފިއްޔާ %25ޕަސެންޓް ވެސް ނުލިބޭނެކަނަ ހަދާންކުރާތި ﷲ އަނިޔާއާއި، މަކަރާ ޚިޔާނާތް ނެތިކުރައްވާނެ
ކުޑަކަކޫ ޖަހަހިގެން، ހަހާ، ބޮއިލާ، ބޮއިލާ، ބަލަން މިތިބީ، ސްޕްރީމް ކޯރޓުން ނިންމާ ގޮތް ހަޖަމް ކުރާތި،
އަދުރޭ ކަލޭގެ ލަދު ޙަޔާތުގެ މިންވަރެއްވެސް ނެތީތަ ޔާމީން ފާތުމަ ދޭންބުނެގެންތަ ތިވަރަކުން ތި ތެޅިބާލަނީ
ބަލަ އަހަރުމެން ނޫޅެމޭ އިންސާފު ނުލިބިގެނެއް… ރައްޔިތުން ބޭނުންވާ ގޮތް އެއޮތީ ނިންމާފަ… އެއަށް އިޙްތިރާމްކޮށްބަލަ…… 2 ވަނަ އިންތިހާބެއްގަ ދެން ލިބެންއޮތް ވޯޓް ކޮޅުވެސް ނުލިބޭނެ…
ގަދަބާރުންވެސް ތިކަންކުރާނެ. ޔާމިނު އޭއެހުރީ ނިކުމެ. ތިހަމަ ވުންގާތްކަމެއް. ހުރިހާކޯޓު ތަކާ ބޯޓުތަކާ އަތްދަށުލާއިގެން އުޅޭ ދެފުއްކެހެރިއެއް އެއީ. ފެނުނަސް ??????
އަދުރޭ ބޭނުންވީމަ ކަންކަން ކުރިޒަމާން ނިމުމަކައް ނާދޭތަ އަދިވެސް
އެހާ ހެޔޮލަފާ އިކޮނޮމިސްޓް ޔާމީން މުޅިން ހަލާކު ކޮށްލީ ތިޔަ ބޮޑު ހާމާނު އަދުރޭ ހާމާނުގެ ނިމުން ވަރަށް ހިތިވާނެ، ޔާމީން ވާނީ އެކަން ޕްލޭން ކޮށްފަ.
ހިތްފުރެންދެން ރައީސްޔާމީން އަށް ބަވާ. ބޭނުންއެއްޗެއްގޮވާ !! ކިޔަންބޭނުންއުރިހާއެއްޗެއްގޮވާ ހިތަފުރާލައިގެން ހިތްހަމަޖައްސާލާ!! އެކަމަކު ރައީސްޔާމިން އަކީ ވަކިގޮތެއްގަ ހުންނަވާބޭފުޅެއް.. ކޮންމެގޮތެއްވަރިހަމަ ބޭފުޅެއްނޫން. އެހާފައްސޭހައިން ކަންކަމުންއަތްދޫކޮށްލައްވާ ކަނކަންބޮލާލާ ޖައްސަވާ ބބޭފުޅެްއްނޫންކަމުން ކެރުމާއެކު ކަންކަމާކުރިމަތިލައްވާބޭފުޅެއް. ނަތީޖާ ހާސިލްކުރައްވާ ބޭފުޅެއް. ވައްކަމޭ އަނީޔާއޭ ކިޔާ ބޮޑެތިއިލްޒާމްތައް އެޅުވިނަމަވެސް ވަކިރަށެއް ވަކިއުމުރެއް ވަކިޖިންސެއް ބެއްލެވުމެއްނެތި ފާއިތުވި ވެގެނމިދާ ފަސްއަހަރަކީ މުޅި ދިވެހިރާއްޖެ ނުދެކޭ ފަދަ ތަރައްގީ އާއި ކުރިއެރުން ލިބިގެންދިޔަ ފަސްއަހަރުކަން ކޮންމެފަރާތަކުންވެސްގަބޫލްކުރޭ. އޮތްހާވެސްމައްސަލައަކި އިދިކޮޅުފަރާތްތަކާ ގުޅުންހުރި ބޮޑެތި މައްސަލަތައްބެލި ތަހުގީގުތައްކުރެވި އަދަބުލިބުން. އަމިއްލަވަންތަކަންދެމެހެއްޓުމުގެ ލާސީލްނަމޫނާ ދެއްކެވިބޭފުޅެއް. ހަގީގަތަކީ ރައީސްޔާމީންގެހިކްމަތްތެރިކަމާ ދުރުވިސްނުންތަކުގެ ސަބަުން އިދިކޮޅޭމެން ރުޅިގަދަވެ ރޫރޫއއަޅައިގެންދަނީ ވަކިހިސާބެއްގަ ތިބިބަޔަކު މަކަރާހީލަތްތެތިކަމާއެކު ރޭވިރޭވުން ތަކާކެރިގެންކުރިމަތިލައްވާ އެސިއްރުއެޖެންޑާތައް ފެއިލްކޮށްލައްވާ ކާމިޔާބީތައްހާސިލްކުރްއވަމުން ގެންދެވުމާއެކު ކެތްނުކުރެވި އެފަރާތްތަކުގެ ހިތްތަކުގަ ހަސަދަވެރިކަމުގެ ޒާތީހުޅުގަނޑެއްހިފާ އަނދަމުންދިއުން.