ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް އަބްދުﷲ ޔާމީން އާއި ގުޅޭ އެއްވެސް ވާހަކައެއް ދެކެވިފައިނުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާއި ބައްދަލުވެ ދެކެވުނު ވާހަކަތަކުގެ ތެރޭގައި، ރާއްޖެއާ ގުޅޭގޮތުން ދެކެވުނު ވާހަކަތަކުގައި ވިދާޅުވީ ސައުދީން ގުޅުން ބާއްވަން ބޭނުންވަނީ އެ އިރެއްގައި އޮންނަ ސަރުކާރަކާއެކު ކަމަށެވެ.

"ރައީސް ޔާމީން އާއި ގުޅޭ އެއްވެސް ވާހަކައެއް ވިދާޅެއް ނުވޭ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ސައުދީ އަށް ވަޑައިގެންނެވީ، އެގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ދައުވަތަކަށް ކަމަށްވާއިރު އެގައުމަށް ކުރެއްވި ދަތުރުފުޅަށްފަހު ނަޝީދު މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ.

މި ދަތުރުފުޅުގައި މަޝްވަރާ ކުރެވުނު ކަންތައްތަކާ ގުޅޭގޮތުން އެއްވެސް ފަރާތަކުން އަދި މައުލޫމާތެއް ހާމަކުރައްވާފައެވެ.

ރައީސް ނަޝީދު ސައުދީއަށް ވަޑައިގެންނެވިއިރު ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އަށް ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒާއި އެގައުމުގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވަނީ މީގެކުރިން ފޯނުން ގުޅުއްވާ މަރުހަބާ ވިދާޅުވެފައެވެ.

މީގެއިތުރުން ސައުދީ ރަސްގެފާނުގެ ހާއްސަ މަންދޫބަކު ވެސް ވަނީ އިންތިހާބީ ރައީސް އިބޫ އާއި ބައްދަލު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ވަގުކަލޭގެ

  ސައުދީއިން ރޔާމީންއަށް އެންގީ ބަލިޤަބޫލްކޮށްފަ އިސްތިއުފާދެން.. ވަރަށް އަވަހަށް ރޔާމީން އިސްތިއުފާދޭނެ..

  • Anonymous

   މައިބަދަ ރަނގަޅުވީތޯ އެހީ

 2. މޮކި

  ނަޝީދަކީ ވެސް ހަމަ އާދައިގެ ދިވެހި ރައްޔިތެއް. ދައުލަތުގެ އެއްވެސް ކަމަކާ ބަސްބުނެވޭނެ މީހެއް ނޫން. ހަމައެކަނި ތަފާތަކީ އޭނަ ރައީސް ކަން ކުރިކަން.

  • ރެސސެ

   އެކަމަކު ބޮޑުވަޡީރު ހެދިފައި ގޮސް މަތިން ބައިންޖެހިގެން އުޅޭނީ ކީޢްވެ.
   މިކަލޭގެ އަތުއޮޅުވާލެވެއްޖެއްޔާ ގައުމު ދަވާލެވޭނެކަން އިނގޭތީ ހުރިހާ މީހުން ރައީސްކަމަށް ހޮވުނު މީހާޔަށްވުރެ ބޮޑަށް މީނަ ފަހަތުން ދަނީ.

   • އަހަންމަދު

    ކަލޭމެން ހާދަ ރުޅިޔެކޭ ދޯ ތި އަންނަނީ ރައީސް ނަޝިދު ދެކެ. ކޮންމެ ގޮތއްވިޔަސް ރައީސް ނަޝީދު ދެކެ ދިވެހި ރައްޔުތިންގެ ގިނަމީހުން ވާލޯބި ޔާމީނަކަށް ނުހޯދުނު. ތިމީހުންނަކަށްވެސް ޔާމީނު ދެކެ އެފަދަ ލޯތްބެއް ނުވެވުނު. އެކަމު ދެން ކޮރަޕްޝަނާ ކޮރަޕްޝަނާ ގުޅޭނޭ. އެދެން ޔަގީން

  • އާންމު އާދުމީ

   ހެހެހެ އެހެންވެތާ ސައުދީން އެބުނީ ތިމަންނަމެން އަބަދުވެސް އެއިރެއްގެ އޮންނަ ސަރުކާރާއޭ ގުޅުން ބާއްވާނީ ނަޝީދަކާއެއް ނޫނޭ. ދެން އެމީހުން ބުނިއެތީގެވެސް އެއްބައި ފޮރުވައިގެން އެއުޅެނީ. އެއްވެސް ކަހަލަ ހައިސިއްޔަތެއް ނެތް ޟިހަކު ވަލީ އަހުދާ ބައްދަލުކުރަން ދިޔައީމަދޭނެ ޖަވާބެއް އެދިނީ… ހެހެހެހ… އިބޫ ހޮވުނީ..ނަޝީދެއްނޫން.

 3. ރައްޔިރުން

  މިސްކިތުގަ ހުޅުޖެހީ އަހަންނޭ އެބަ ކިޔާތަ؟

 4. ޙަސަން

  ތި ކަލޭގެ ލިބުނު ފުޞަތުގައި ޢުމުރާ ވިބާ

 5. ތަގެ އަމާ

  ކަލޭ ގޮސް އެވާހަކަ ނުދެއްކިޔަސް ހެޔޮ... ތީ އެހާ މުހިއްމު މީހެެއް ނޫން... ދުވަސް ކޮޅަކުން ތިޔަ ބަ..ރި ސިފްޓް ޑިލީަޓް ވާނެ..

 6. ފުލޯކު ވާހަަކަ

  ތިޔަ ބުނާ ބައްދަލުވުމާ ބެހޭގޮތުން ސަޢޫދީގެ އެއްވެސް މީޑިއާއަކަުން ރިޕޯޓްކޮށްފައެއްނުވޭ. ޥަކިން ޚާއްޞަކޮށް ޝާހީ ޢާއިލާއާ ގުޅޭ ޚަބަރުތައް ގެނެސްދޭ ސަޢޫދީ ޕްރެސް އޭޖެންސީއިން ވެސް ރިޕޯޓްކޮށްފައިނުވޭ.

  • ކާފަ

   އެބުނީތާ ސައުދީން ބާއްވާނީ އެއިރެއްގަ އޮންނަ ސަރުކާރަކާއޭ ގުޅުން. މާނައަކީ ނަޝިދަށް ދިން ޖަވާބު އެއީ. ވިސްނާލާ.. އެއްވެސް ޚަބަރަކަށް އަރާނީ ކަމެއް ހިނގީމަތާ. ހަމަ އެހެންދެން ފަރުދަކު، ޚާއްސަކޮށް ޖަލުހުކުމާ ފިލައިގެން އުޅޭ ކުއްވެރިއަކު ބޭރަށްގޮސް އެއްޗެކޭ ބުނީމަ އަހަރުމެން ދެންވީ އޭތި ގަބޫލުކުރަން.

 7. ނައިންޓީ

  މި ދަނޑިވަޅުގަ ރ ނަޝީދު އިސްވެ މާ ބޮޑެތި ވާހަކަ ދައްކަން އުޅުން ރަނގަޅެއް ނޫން. ރައިސް އަކަށް ދެން ހުންނާނީ އިބޫ. ނަޝީދަކީ ވެރިކަން ކުރި ރައިސެއް. އިބުއާ އެކު އިއްތިހާދުން ވެރިކަން ކުރިޔަދީ. އިބޫއަށް ވޯޓުދީފައިވަނީ އިއްތިހާދުން ނެރުނު އިއްތިހާދީ ވެރިޔަކަށް. އެމްޑީޕީއަކަށްނޫން. އެކަން އެއްވެސް މީހަކު އޮޅުވާނުލުން ބުއްދިވެރި.

 8. ހުސޭނު

  ނަސީދު ސައުދީ ރަސްގެފާނު ކުރިމައްޗައް އަންނަން ހާޒިރުވާން އަންގާ އަމުރުކުރީ. އެއީ ދިން ދައުވަތެއްނޫން އެއީ ސައުދީން ނަސީދައް ކުރި އަމުރެއް. އެއަމުރައް ނަސީދު ޖެހޭނީ ތަބާވާން ނޫނީ މިހާރު އުޅޭގޮތައް ނޫޅެވޭނެ ކަމައް އެންގީ. ސައުދީން ބުނީ ރ.ޔާމިން ވެރިކަމުގަ ފ އަތޮޅައް ސައުދީން ގެންނަން އުޅުނު އިންވެސްޓްމަންޓް ރައްޔިތުންެތެރޭ ފިތުނަ އުފައްދައިގެން އެކަމައް ހުރަސް އެޅީ މޑޕ ނޫން ހޭ. އެހްންވީމަ ދެން ހަމަ އެއިންވެސްޓްމަންޓް ފ އަތޮޅައް ގެންނާނީ އިންތިހާބީ ސަރުކާރުގެ ދައުރުތެރޭން ހަމަ މޑޕ ލައްވާ އޭރުކީ ރައިވަރު ފަރިއްސައް ބަދަލު ކުރުވައިގެންނޭ. އެވާހަކަ އަންގާލަން ނަސީދު ސައުދީ އައް ހާޒިރުކުރީ.

 9. އާބިދާ

  ކަލޭ ނުދައްކަމޭ ބުނެފިއްޔާ ޔަގީނުންވެސް ދައްކާނެ

 10. ސެކިއުލަރިޒްމް

  މިހާރު އޮތް ސައޫދީ ރަސްކަމާއި ނަޝީދު އާއި އެއްވެސް ތަފާތެއް ނެތް. ތިއީ ހަމަ އެއްބައެއް.