ބައެއް ހާލަތްތަކުގައި އަނިޔާވެރިންނަށް މަޢާފު ދިނުމަށްވުރެ، ހައްޤު އަދަބު ދިނުން މާ މަސްލަޙަތު ބޮޑު ކަމަށް ރާއްޖޭގެ ދީނީ އިލްމުވެރިޔާ ޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޒައިދު މިގޮތަށް ވިދާޅުވެފައި ވަނީ މިއަދު އޭނާ ކުރެއްވި ޓްވީޓުގައެވެ. އެ ޓްވީޓުގައި ޝައިޚް ޒައިދު ވިދާޅުވީ، އަނިޔާވެރިންނަށް މަޢާފު ދިނުމަށްވުރެ ހައްޤު އަދަބު ދިނުން މާ މަސްލަޙަތު ބޮޑުކަމަށާއި، އަދި މިފަދަ އެއްވެސް މީހަކު ފިލައިގެން ދިއުމުގެ ފުރުސަތު ނުދިނުމަށް އެމްއެންޑީއެފް އާއި ފުލުހުންނަށް އިލްތިމާސްކުރާ ކަމަށެވެ.

"ޒުލްޤަރނައިން ރަސްގެފާނުވެސް ވަޑައިގެން އަނިޔާވެރި ޤައުމުގެ މީހުންނަށް އަދަބު ދެއްވި! ބައެއް ފަހަރު ބައެއް ހާލަތްތަކުގައި އަނިޔާވެރިންނަށް މަޢާފު ދިނުމަށްވުރެ ހައްޤު އަދަބު ދިނުން މާ މަސްލަޙަތު ބޮޑު! އަދި މިފަދަ މީހަކު ފިލައިގެން ދިއުމުގެ ފުރުސަތު ނުދިނުމަށް އެމްއެނޑީއެފް އާއި ފުލުހުންނަށް އިލްތިމާސްކުރަން،" ޝައިޚް ޒައިދުގެ ޓްވީޓުގައި ވެއެވެ.

ޝައިޚް ޒައިދު މިގޮތަށް ޓްވީޓު ކުރައްވާފައި މިވަނީ، ރާއްޖޭގައި ނިމިދިޔަ ރިޔާސީ އިންތީޚާބަށްފަހު އިދިކޮޅު ކެންޑިޑޭޓް، އިބްރާހީމް މުޙައްމަދު ސޯލިހު (އިބޫ) ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ހޯއްދެވުމާއި ގުޅިގެން ރައީސް ރާއްޖެއިން ފިއްލަވަން އުޅުއްވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކަށް ތާއީދުކުރާ މީހުން މީސް މީޑިއާގައި އެފަދަ ތަފާތު އެކި ވާހަކަތައް ދައްކަމުންދާ ދަނޑިވަޅެއްގައެވެ.

މި ވާހަކަތައް ވެރިކަން ކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ދޮގުކޮށްފައިވާއިރު، މިއަދު ޤައުމާއި މުޚާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ، ސިޔާސީ މަސައްކަތްތަކުގައި ރާއްޖޭގެ ރައްޔިތުންނާއި އެކު ހުންނަވާނެ ކަމަށެވެ. އަދި އެމަނިކުފާނު އަދިވެސް ހުންނަވާނީ ޤައުމަށް ހެޔޮއެދޭ، ޤައުމަށް ވަފާދާރު ރައްޔިތެއްގެ ގޮތުގައި ކުރިޔަށް ދިއުމަށް ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

 1. ޟަކީލް

  މިއީ ހާދަ ފޫހިވާ މީހެކޭ! ޝެއިޚެކޭ ބުނާވަރެއްވެސް ނުވޭ

 2. Anonymous

  ތީ ނަމުގަ ޝޭހެއް. ޤައުމު ފަސާދަކުރަން އުޅޭމީހެއް

 3. ރައްޔިތުމީހާ

  ޔާމިން އައްވުރެކުރިން ކަލެޔައް އަދަބު ދިނުމައް ގޮވާލަން.. ރައްޔިތުން ފަސާދަ ކުރާ ޓުވީޓް ނެރެ މި މުޖުތަމައު ހަލަާކު ކުރީ ތިކަހަލަ މީހުން... އިލްމުވެރިންގެ ތާޖު އަޅައިގެން ތިބި މިކަހަލަ ޚާއިނުން ބަލިކުރައްވައި އަޅަމެންގެތެރެއިން ނެތިކުރައްވާންދޭވެ.. މިހާރު ކަލެއައްވެސް އިނގޭނެ ކަލޭ ނެތިކުރައްވަން އެދޭ ބަޔަކު މިގައުމުގަ ވާކަން...

 4. Kamaal

  ކަލޯ ކިހާވަރެއްދީގެން ރީލޯޑުކޮށްފަ ތިހިރީ، ފަހުޒަމާނުގެ އަލާމާއި.

 5. Miadhu

  ޒާތީ ނުވެ ތިފަދަ ޢިލްމުވެރިޔަކު ބުނެނަލަ އިސްލާމް ދީނުގައި އެކަން އޮތްގޮތް

 6. Anonymous

  ކަލެއަށް ދޯ އެނގެނީ ޙައްޤު އަދަބު ދޭންވި އިރާ މަޢާފް ކުރަންވި އިރާ

 7. ؟؟؟؟

  ޒައިދު ކަލޭވެސް އިސްކޮޅަށްވުރެ ބޮޑެތި ބަސް ބުނަން ފެށީތަ. މިހާރުވެސް ޒުވާން އ.ކ ދީބަލަ ނުބަލާނެ އެއްވެސް ދަލީލަކަށް.

 8. Anonymous

  ގާޒީ ވަގައްނެގީމަ އަހަރެމެން މިރާއްޖޭގެ އެންމެން ނިދާފަ ތިއްބަ ވަގައް.ނަގާފާނެތީވެ ބިރުނ އަންނި އައް މައާފުނުދީ އަދަބުދިނީ. ދެން ކަލޭ ދެފަޔާ އަނގަޔައް ހަރުފައެއް ވަދެގެން އުޅެހެން ހީވީ . ތިކަހަލަ ދީނީ އިލްމުވެރިންނައް ހަލާކު ހުރި.

 9. ޜަށުމީހާ

  ހަލޯ ޒައިދޫ ކަލެއަށް އިންގޭތަ އަނިޔާވެިން ވަކިކުރަން ބަލާތި ކަލޯމެން އަދި ތި އިބުލަށް ވޯޓު ދެވުނީތީ ފަރުގަބޯތަޅާ ރޯދުވަސް އަންނާނެ ލަހެއްނުވެ މާތް ﷲ އިރާދަކުރެއްވިޔާ

 10. ދިވެއްސެއް

  އެއްމެބޮޑެތި އަނިޔާވެރިންނަކީ ދީނީ ޢިލްމް އުގެނިތިބެ ފިތުނަ އުފައްދާ މީހުންނެވެ

 11. ހުސޭނުބޭ

  އަނިޔާވެރިންގެ ތެރެއިން އިންސާނުންނަށް އަދަބުދޭން ނޭގޭ ވައްތަރެއް އުޅެއެވެ. އެއީ ޙައްޤުބަސް ވަންހަނާކޮށް ދުނިޔަވީ މަންފާއަށް ނަފްސް ވިއްކާލާ މީހުން މަގުފުރައްދަމުން ދުވާ ޝައިޚުންނެވެ. މިކަން ސެއިޚް އަލީ ޒައިދަށް އެނގިލައްވާނެއެވެ.

 12. ނޫރާ

  ކަލޯ ނަޝީދު ގާޒީއަކު ވަގަށްނަގާ އަނިޔާވެރިވެ، ޖަލު ހުކުމް އިއްވީމަ ފިލައިގެން ދިޔައިރު ކަލޭ ނުކުރެ ޓްވީޓެއް...ކީއްވެތޭ ކަލޯ؟

 13. ޥަހުޝީ

  ކަލެއަށް ކިޔަންވީ ޝެއިހެއް ނޫން. އަހަރެމެން އެންމެ ކުޑައިރުން ފެށިގެންވެސް އަހަރެމެން އަޑުއަހަނީ އބަދުވެސް މަޢާފް ކޮށްދޭށޭ ބުނާއަޑު. ކިތައްމެ ބޮޑު ދެރައެއް ދިނަސް އެމީހަކު ކުރި ކަމެއް އެމީހަކަށޭ. އެހެންވީމަ ކަލޭ ތިބުނާ އެއްޗެއް ނުވިަސްނުނު. ކަލެއަށް ކިޔާ ނމެއް ގޫގުލް އިން ސަރޗް އެބަކުރަން. ﷲ ތިޔަކަހަލަ ޝެއިހުން އަހަރެމެންގެ މައްޗަށް ނުލައްވާނދޭ!

 14. ޢޭބީތާ

  ކަލޭ މައުމޫނު އަނިޔާވެރިއެއްް ކަމަށް ބުނި.
  ޢެކަމަކު އޭނަ ކޯލިށަންއަށްލައިގެން ތިއުޅެނީ.
  ކިހާހެއްވާ.

 15. މަކުނުދޫ

  ކަލޭ ގަބޫލްކުރަންތަ ޝައިހް އިމްރާންއަށް ލިބެނީ ހައްގު އަދަބުކަން. އޭނާގެ ސަބަބުން އަނިޔާލިބުނު މީހުން ޖަލުގަޔާއި އެކި ތަންތަންތަނުގައި އެބަތިބި. އަނިޔާވެރިވުމަށް ދޮގު ހެކި ހިފައިގެން ނިކުމެ ހުރެ ގޮވާލާނީ އަނިޔާވެރިން.

 16. ބޮޑޭ

  ކަލޭ ތުނުޅިލައިގެން ހޭބަލި ނުވެބަލަ

 17. ތުބުޅި ލީ ގައްދާރު

  ފުރަތަމަ އަނގަހައްދެއް ޖަހަންޖެހޭނީ މިކަލޭގެ ދެން ޔަހޫދީންނާއި އިންޑިޔާއިން ރިސްފަތު ހިފި ގައްދާރުންނަަސް މިކަހަލަ ދީނީ ތާކިހާ އަޅާތިބި ލާދީނީ އިލްމުވެރިން ދީނުދެނަމުގަ މީހާގެ ނަފުސާ ހަށިވިގަނޑުވިއްކާގެން އުޅޭ ގައްދާރުން

 18. ހާދޫ

  މީ ދީނީ އިލްމުވެރިޔެއްނޫން.މީ ދީނުގެނަމުގަ ނިކުމެގެންއުޅޭ ރަންޑިޔެއް ކައިބޮއި އުޅެނީ މިގޮތަށް ފިތުނަފަސާދަ އުފައްދާގެން

 19. ސިޔާސީ

  މީގެ ކުރިން ކީއްވެބާ އަނިޔާވެރިންގެ ވާހަކަ ނުދެއްކީ؟ އަނިޔާވެރިން ވަކިކުރަން އެނގޭބާ؟ ހާދަފޫއްސެއް ވެޔޭ،

 20. ބަލަަަަަާާާާ

  ފިލާކަށް ނޫޅެޔޭ ބުނީމަވެސް މިގޮލާވެސް ކޯޅޭޝަންގެ ދޮގު ވާހަކަތައް ޤަބޫލުކޮށްގެން ޓްވީޓް ކުރަނީ. މިދެން ދެރަވެއްޖެ ކަމެއްނު؟ ކޮންކަހަލަ ސޭކެއްތަ މީ! ކިތައްފަހަރު ތަ ބުންނަވީ ރައީސް ފިއްލަވާކަށް ނޫޅެޔޭ ނޫޅެޔޭ ނޫޅެޔޭ ނޫޅެޔޭ! ފިލި މީހުން ގޮސް ފިލާފަ ޑިއު ޑޭޓް ހަމާވީމަ އެނބުރި އައިސް އެ އުޅެނީ. އެމީހުން ފިލުން އޯކޭ؟ އެމީހުންނާ މެދު އެއްޗެއް ނުބުނެވޭ ދޯ؟ އެކަމްވެސް ޙައްޤު ބަސް ބުނުމުގަ އޯ ދެމި ތި ހުންނަނީ. ވަރަށް ރީއްޗެއްނު. ތިކަހަލަ މީހުންނާ ހެދި އަހަރެމެންގެ ދުލަށް ފާފަވަނީ. އެއްޗެއް ނުބުނެ ހުރެވޭތޯ ވަރަށް މަސައްކަތް ކޮށްފިން. އެކަމަކު ދެން ނުހުރެވޭނެ.

 21. ގައްފާރު

  ތީ ސުކޫލުގަ އުޅުނުއިރު އަންހެން ކުއްޖަކާއެކީ ފާހާނަގޮޅިޔަށް ވަދެ ބަދުއަހުލާގީ އަމަލެއް ހިންގައިގެން ޕްރިފެކްޓް ކަމުން ވަކިކުރި މީހެކޭ

  • ކަސޯޓީ

   އަސްލުވެސް............. އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެ! ކޮންމެ ކަންވާރަކުން ތިކިޖަހާނީ އޭގެ އެތެރޭގައިވާ އެއްޗަކުން! އެހެންވެ މިކަލޭގެއަށް ވާ ގޮތް ތިއީ!

 22. ޒަރާ

  ނަޝީދު އަނިޔާވެރިކޮއް ރޭގަނޑު ދަންވަރު މީހުން ވަގައްނަގާ ރަހީނުުރީމަ ޖެހެނީ ދޫކޮއްލަން މީ މިމީހުން ގެންގުޅޭ ދީނީކާޑުތަކުގަ އިންނަ ހަމަޔާ އިންސާފަކީ

 23. އަލީ

  ދީނީ އިލްމު އުގެނެގެން ހުރި ޖާހިލެއްތީ! ޒައިދަށް އިގޭތޯ އަނިޔާކުރީ ކޮންބައެއްކަން/ ބަލަގަ އަގަބަހުން ނަމަވެސް މީހަކަށް އަނިޔާއެއް ލިބޭފަދަ ބަހެއް ބުނުމަކީވެސް އަނިޔާ/ ވެރިކަން ދޫކޮށްލާފައި މުޅިގައުމު ހުޅުޖެހިމީހާ އެކުރީ ކިހާ ވަރެއްގެ އަނިޔާއެއްކަން ދެނަހުރީމުތޯ އެއިރު ކީއްވެތޯ ތިޔަކަހަ ޓޤއިޓްތައް ނުކުރީ މިވެސް އަދުލަށް ކުރެވޭ އަނިޔާއެއް ނޫންތޯ! ބަލަ ރައީސް ޔާމީނުގެ ވެރިކަމުގައި ފުލުހުންނަށް އަނިޔާކުރި، ދައިލަތުގެ މާލިއްޔާއަށް އަނިޔާދިން ދައުލަތުގެ އެންމެ މަތީ މުއައްސަސާ ސްޕުރީން ކޯޓްގައިތިބި ފަޑިޔާރުންނަށް ރިސްވަތުދީގެން އަނިޔާވެރިކަން ހިންގި މިއީވެސް ހައްތާވެސް އަނިޔާ! ރައީސް ޔާމީނު މި މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް ދައުލަތުގެ ޝަރުޢީ ނިޒާމުގެ ތެރެއިން އަދަބުނީމައި މިއީ އަނިޔާތޯ ހިއްވަރުހުރިއްޔާ ޒައިދު ބުނެބަލަ!

 24. ފަޤީރު ކަލޯ!

  އުންމަތުގެ ތެރޭގައި ފިތުނަ އުފައްދާ ޢިލްމުވެރިން ޤަތުލު ކުރުމަކީ ވެރިމީހާގެ މައްޗަށް ލާޒިމު ކުރައްވާފައިވާ ކަމެއް! އެއީ ޢިލްމީ ފަތުވާގެ ތެރެއިން ފިތުނަ އުފަން ކުރުވާތީ! އެމީހުންނަކީ ހަމަ ޝައިތޯނުންނެވެ.

 25. ކަޅު

  ޝޭޚް ކަލޭވެސް ލިބުން ފައިސާމަދުވީތޯ