ރާއްޖޭގައި އޮންނާނީ ހަމައެކަނި އިސްލާމްދީން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އިނގިރޭސިވިލާތުގެ އެސްއޯއޭއެސް ޔުނިވާސިޓީގައި ދެއްވި ތަގުރީރެއްގެ ތެރެއިން މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
"ރާއްޖެ އިސްލާމް ދީން މަތީ އޮންނަ އޮތުން ބަދަލު ކުރާކަށް ނޫޅެން. އެކަން އޮންނަން ޖެހޭނީ އެގޮތަށް" ރާއްޖޭގައި ހަމައެކަނި އިސްލާމް ދީން އޮންނަ އޮތުމާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވިއިރު މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެސް ވަނީ ކެމްޕެއިންގެ ތެރޭގައި ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އިބޫ ވިދާޅުވީ ރާއްޖޭގައި އެހެން ދީނަކަށް ފުރުސަތު ފަހިވުމަކީ، ރައްޔިތުން ބޭނުންވާ ކަމެއް ވެސް ނޫން ކަމަށެވެ. ކޯލިޝަންގެ އެއްވެސް ބޭފުޅަކު ގަބޫކުރައްވާނެ ކަމެއް ވެސް ނޫން ކަމަށެވެ.
"ސައްހަ އިސްލާމީ އަގީދާގެ މަތީގައި މުޖުތަމައު ބިނާކޮށް ކުރިއެރުވުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން. އެއީ އެކަން ވާންޖެހޭނެ ގޮތަކީ. ދިވެހިރާއްޖޭގައި އިސްލާމްދީން އޮންނަތާ 800 އެތައް އަހަރެއް ވެއްޖެ. އަޅުގަނޑުމެންގެ ދީނީ ސިޔާސަތަކަށް ވާނީ ދިވެހިރާއްޖޭގައި ސައްތައިން ސައްތަ އިސްލަމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުމަށް ކުރާ މަސައްކަތް ކުރުމުގެ ސިޔާސަތު. ރާއްޖޭގައި އެހެން ދީނަކަށް ފުރުސަތެއް ނުދެވޭނެ. މިއީ ކީއެއް ރައްޔިތުން ގަބޫލު ކުރާނނޭ ވެސް ކަމެއް ނޫން" އިބޫ ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދާއި އިބޫ މިހެން ވިދާޅުވިއިރު މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި މިހާރު ވެރިކަން ކުރާ ޕީޕީއެމް އިން ވަނީ އިދިކޮޅު ފަރާތްތައް ރާއްޖޭގެ ވެރިކަމަށް އަތުވެއްޖެނަމަ އެހެން ދީންތަށް ރާއްޖެ އަށް ތައާރަފްކުރާނެ ކަމުގެ ތުހުމަތު ކޮށްފައެވެ.
ވިސްނިއްޖެދޯ މިރާއްޖޭގެ ދީނާނުކުޅެވޭނެކަން. މިހާރު ތިރާވަނީ ތިހެން ކިޔައިގެންތިބެ ދީނުގެ ދުވަސް ދުއްވާލަން ރައްޔިތުން ވާވައްދައިގެން ހިތުން ތިހެން ކިޔައިގެން. ބަލަ ނުބުންޏަސް އިނގޭ ތީ ކިހިނެއް ވިސްނާ ކޯޗެއް ގަބޫލްކުރާ ބައެއްކަން. ހަމަހިލާ މިރާއްޖޭގެ ދީނަކާ ކަލޭމެނަކަށް ނުކުޅެވޭނެ.
މިހާރުބުނާނިތިހެން އެކަމު ރިޔާސީއިންތިހާބައް ތި ޑެންމާކު އަދި އެމެރިކާ ތަންތަނުން އެންޑީޕީއަށް ޑޮލަރުންނާއި އެހެނިހެން ގޮތްގޮތުން އެހީވީ މިގައުމުގައޮތް އިސްލާމްދީން ުޑުނފުނޑުކޮއްލަ ދޭނަމޭބުނެގެން
ކަލޭ އެހެން ބުނެފިއްޔާ، އެ ޔަޤީންވީ މިޤައުމުން އިސްލާމްދީން ފޮހެލަން ކުރެވެންހުރި ހުރިހާ ކަމެއް ކުރާނެކަން.
މީ އިސްލާމްދީނާ ޖޯކް ޖެހި މީހެއް މިހާރު ކޮން ވާހަކައެއް ދައްކާކަށް މީހުންގެ ސަމާލުކަން ހޯދަން.
ކޮންމެވެސް މީހަކު މީނަކައިރީ ބުނެފި އެހެން ބުނާށޭ. ދެން އެބުނީ ދުލުގެކުރިން. އެކަމަކު ކަންވާގޮތް ފެންނާނެ ވެރިކަން ޤާއިމުވެއްޖެއްޔާ!
ޕާޓީ ކުރުމާއި މަޖާކުރުމަކީ އޮންނަންޖެހޭނެކަމެއް! ދީނަށް އުޅެންބޭނުންވާމީހުންނަށް އުޅެވޭނެ ނުއުޅެންބޭނުންވާމީހުންނަށްވެސް އުޅެވެންޖެހޭނެ!
ނުއުޅެންބޭނުންވާ މީހުން ދާނެ ތަންތަން އެހެރީ ބައިވަރު. ކޮންމެހެން މިތަންވެސް ފަސާދަކޮށްގެން އަނބުރާނެ ކަމެއްނެތް. ކާބަފައިން ޤުރުބާންވީ އިސްލާމްދީނަށްޓަކާ. ކަލޭމެންގެ ބުދުތަކާ ޕާޓީތަކަކަށް ނޫން. ކޮންމެތަނެއް ކަލޭމެންބޭނުންވާހާ ގޮތަކަށް ފާކުރާނެކަމެއްނެތް.
އަދި މިހާތަނަށް މީނަ ބުނިވާހަކަޔެއްވިއްޔާ ހުރީ އެބުނިބުނުމާ މުޅިން ދެކޮޅަށް ކަންތައްވެފަ
ސާބަހޭ ރައީސް ނަޝީދް ތީ އަހަރުމެން ލޯބިވާ ރައީސް އަކީ އަޅުގަޑުމެން މިތިބީ މަނިކްފާންގެ އިންތިޒާރުގަ 1 ނޮވެމްބަރުގަ މަނިކްފާނަށް މަރުހަބާ ދެންނެވުމަށް ތައްޔާރަށް
ދޮގެއްހެދެންއޮއްވާ ތެދެއްހަދާނެ.؟ އެހެންނޫނަސް މިހާރު ތިޖައްސަނީ ކޮންގޭމެއްކަން އެނގޭ. ﷲގެ ކުޅަދުންވަންތަކަން މާމަތިވެރި. އިންޝާﷲ . މިމާތްވެގެންވީދީން މިގައުމުގަ ތާއަބަދައްލައްވާށި. އާމީން
ނަޝީދުވެސް ހެޔޮ ވާހަކައެއް ބުނެފިއްޔާ އަހަރެމެން ޤަބޫލުކުރާނަން! އެއްވެސް ބަޔަކު އަނެއްބަޔަކާ ޒާތީވެގެންނުވާނެ! އަހަރެމެންނަށް އެއްވެސް މީހެއްގެ ހިތެއްނޭންގޭ، އެމީހަކު ކުޅަކަމެއް އެމީހަކަށް!
އީޔޫ މީހުން ބުނޭ ކަލޭ ބުންޏޭ މަގޭދީނަށް ނޫޅެވިގެން އަޅުކަން ކުރާނެ ފައްޅިއެއް އަޅާދޭށޭ.މަގޭދީނުގާ ހުރެގެން އިންތިހާބަށް ކުރިމަތިލެވޭގޮތް ހަދާދޭށޯ މިހާރު ގާނޫނުއަސާސީގަ އޮތްގޮތް ބަދަލު ކޮށްދޭށޯ މިހާރު ތިޔަ ކިޔަނީ ކީކޭ ތިޔައީ ހުސްފޭކެ
ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔަވާކަށް ތިމަންނާއަކަށް ނުޖެހޭނެޔޭ ބުނި މީހަކު މިހާރު މިހެން މިބުނީ އަނެއްކާ ކިހިނެއްވީބާ؟ އަނެއްކާވެސް ކޮންމެވެސް ރޭވުމެއް ރާވަނީކަމަށް ވާނީ.
ތައުބާވުމުގެ ފުރުސަތު ކޮއްމެމީހަކަށްވެސް އޮންނާނެ.
10 އަހަރުފަހުންވެސް ތިހެން ބުނެވިއްޖެކަން ރަނގަޅު. ﷲ ތަޢާލާ އަހަރުމެން އެންމެންނަށް ހިދާޔަތް ދެއްވާށި. އަދި އަހަރުމެން އެންމެން އެއްބައިވަންތަ ކުރައްވާށި. އަދި ކާފަރުންނާއި މުނާފިގުންގެ މަކަރުވެރި ރޭވުންތަކުން ސަލާމަތްކުރައްވާށި. އާމީން.
މާނައަކީ: ރާއްޖޭގެ ނޯންނާނީ ހަމައެކަނި އިސްލާމްދީން.
މީނަ ބުނާގޮތް ނޫންގޮތަށް އަބަދުވެސް ކަންކުރާނީ....ޚާއްޞަކޮށް ރަނގަޅު ކަނތަކުގަ
މިނަޝީދަކީހިމާރަކަށްވުރެހުތުރުއެއްޗެއްދިވެހިންގެކައިރީއޭނާގެބަސްމަގުމާނަކުރަންވާނީބުނާއެއްޗާދިމާއިދިކޮޅަށްއެއީއޭނާނުކުރަންބުނިކަމެއްވިއްޔާމިހާތަނަށްހުރީކޮށްފަ
ތި އެޖެންޑާ މިފަހަރު ވަރަށް ސިއްރިޔާތުގަ ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފަ އޮތްކަން ތިކަމުން އެނގިއްޖެ. ބިރުވެރިކަން އިހުނަށްވުރެ ބޮޑުވީ ތި.
މީނާއަކީ މިހަރު މީހެއްނޫން މީނަގެ ބަރެއް އިރަދަކުރެއްވިޔާ މިޤައުމަކަށް ނުހިގާނެ!
އެލެކުނިއްޔާ މިގައުމުގެ ރައްޔިތުންގެ ޢަގީދާ ފާސިދުކުރަން މިތާގައި ފައްޅި އަޅަންވެގެން އަރުވާޖަހާފައި ކުރިން އެ އުޅުނިއްޔޯ....؟
ކޮން ދޮގު ވާހަކަތަކެއް ދައްކާކަށް. ކަލެއަށް ތިހެން ބުނެވޭނީ ކަލޭގެ ބާރެއް އޮތް ނަމަ އެންނު. ބަލަ ކަލޭތީ ޔަހޫދީންގެ ޕަޕެޓެއް ކަން އެނގޭ ދިވެހިންނަށް. ޔަހޫދީން ފައިސާ ދިނީމަ އެމީހުން ބުނާގޮތަކަށް ކަންކުރާ މީހެއް ކަލެއަކީ.
ނަޝީދު އެއްޗެކޭ ބުނެފިއްޔާ އެބުނި އެއްޗެކާއި އިދިކޮޅަށް ވިސްނީމާ ރަނގަޅުވާނެ. އިސްލާމްދީން ނޫން އެހެން ދީނެއް ނައަންނޭ ބުނެފިއްޔާ ބަލަން ޖެހޭނީ އެހެން ދީންތައް އަންނާނެ ކަމަށް!
އެކަލޭގެއެބުނަނީ އެހެންދީންތަކަށް ފުރުޞަތުދޭނެ ވާހަކައެވެ.
އަންނި ކަލެއަށް އަދި އެނގުނީ ދިވެހިރާއްޖެއިސްމާލްވި ދުވަސް ލކަލޯގެ ވެރިކަމުގއވެސް ނޭގުނު އިސްލާމް ދީން އޮންނަކަމަށް ބުނާއިރު އައްޑޫ ސިޓީގައި ކީވެތޯ ބުދުބެހެއްޓުނީ
އޭނާގެ ޙަޔާތުގައިވެސް އަދިކިޔާ ކަންނޭގެ އެހެން އެބުނީ
މިކަލޭގެ މިހެން ބުނެފި ނަމަ މިކަން އިދިކޮޅަށް ޖަހާނެކަމޭ ޝައްކެއް ވެސް ހުރި ކަމެއް ނޫން.
ރާއްޖޭގައި އިސްލާމްދީން އޮންނާތީއުފާކުރަން އެއީ މީގެ އެތަށްއަހަރެއްކުރިން ﷲ ދިވެހިންނަށް ދެއްވިބޮޑުނިއުމަތެއް އިސްލާމްދީނުގައި ހުރިހާކަމެއްފުރިހަމަވެގެންވޭ
ދެ ދުނިޔޭގެ އަމާންކަމާ ރަށްކާތެރިކަން އެދީނުގައިވޭ މިފަދަފުރިހަމަދީނެއް ކަމުނުގޮސް
ހިތަށްއެރިހާގޮތަކަށްނޫޅެވޭތީ އެދީނަށް ހަޖޫކިޔާ ވާހަކަދައްކާ ފަރާތްތަކެއްވޭ އެފަދަ
ފަރާތެއް ތިބޭފުޅާވެސްތިއީ ރާއްޖޭގައި ހަމައެކަނި އިސްލާމްދީންއޮންނާތީދެރަފުޅުވަނީތޯ/
ނޫނީ އެހެންދީންތައްނޯންނާތީ ކަމުނުދަނީތޯ؟ ނުވަތަ އެހެންދީންތައްގެނައުމަށް ޚިޔާލް
ކުރައްވަނީތޯ ރާއްޖޭގައި އިސްލާމްދީންނޫން އެހެންދީނެއް ގެނައުމަށް މަސައްކަތް
ނުކުރައްވައްޗޭރާއްޖޭގައި އިސްލާމްދީންއޮތުމަކީ ވަރަށްގިނަދިވެހިން އެދޭގޮތް ރާއްޖޭގައި
އެހެންދީނެއްއޮތުމަށް ފެންނަބަޔަކުވެސްތިބެދާނެ ނަމަވެސްއެއީ ދިވެހިންގެ މެޖޯރެޓީ
އެއްނޫން ދިވެހިންގެމެޖޯރީޓއަށް ތަބާވެވަޑައިގަންނަވާ އަހަރެންފަދައިން ރާއްޖޭގައި
އިސްލްދީންނޫން އެހެންދީނެއްއޮތުމަށް ނުރުހޭ އަދި އެހެންދީނެއް އަޔަނުދިނުމަށް
މަސައްކަތްކުރާ ވަށްގިނަ ދިވެހިންތިބޭނެ
ހިތްތައް މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އަޅަމެން އެކަލާނގެއަށް ވަކީލުކުރަން. މި ޖަޒީރާތަކުގެ ނިކަމެތީންގެ ކާބަފައިން ފާޅުވެގެންވާ މަގުފުރެދުމެއްގައިވަނިކޮށް އެކަލާނގެ ރަޙުމަތްވޮޑިގެންފިހިނދު، ސީދާވެގެންވާ ސާފު މަގު، އެ މަގުގެ ރެޔާއި ދުވާލު އަލިވެގެންވާ މަގަށް ހިދާޔަތް ދެއްކެވިއެވެ. ދިވެހީން މި ނިޢުމަތަށް އުރެދޭނަމަ އެ ނިޢުމަތް މި ޖަޒީރާގެ އަހުލުވެރިންކިބައިން އުފުއްލަވާފާނެތެވެ. އަދި އެކަލާނގެއަށް ޝުކުރުވެރިވެ އިސްލާމް ދީނަށް ޙައްޤުގޮތުގައި ނަޞުރުދޭނޭ ބަޔަކު ނެރުއްވާފާނެތެވެ. އަދި އެކަލާނގެއަށް ކިތަންމެ ކުޑަނަމަވެސް ގެއްލުމެއް ނުދެވޭނެތެވެ. އެކަލާނގެ ނިޢުމަތްތަކަށް އަބަދުމެ މުހުތާދުވެ ބޭނުންޖެހިގެން އެއްވެސް ހަސްފަހެއް ނެތް ޙާލު ނިކަމެތި ފަޤީރުންގޮތުގައި ސަލާންޖަހާ ބަޔަކީ ހަމަ އަހަރަމެންކަން ދަންނާށެވެ. ﷲއީ އެންމެހާ ޢާލަމްތައް ފިޔަވާ ފުދިވޮޑިގެންވާ ޙަމްދުލިބިގެންވާ އެއްކައުވަންތަ އިލާހެވެ. އަޅަމެންނަކީ އިބަރަސްކަލާނގެ ކަލިމަދުޅު މަތިވެރިކޮށް އިސްލާމް ދީނަށް ނަޞުރުދޭ އެ ދީންދެކެ ލޯބިވާ ބަޔަކު ކަމުގައި ލައްވާންދޭވެ.