2008 ވަނަ އަހަރު އިންތިހާބުވި އެމްޑީޕީގެ ސަރުކާރުގެ ނައިބު ރައީސް ޑޮކްޓަރ މުހައްމަދު ވަހީދު އަކީ ކުޑަކޮށް ނޯޓީ ބޭފުޅެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ލަންކާގެ ޓީވީ ޗެނެލަކަށް ދިން އިންޓަވިއުއެއްގައި އެމްޑީޕީގެ ވެރިކަން ނިމުނުގޮތާއި ބެހޭގޮތުން ނަޝީދު ވިދާޅުވީ ކުރީގެ ނާއިބް ރައީސް ޑޮކްޓަރ މުހައްމަދު ވަހީދު އަކީ ކުޑަކޮށް ނޯޓީ ބޭފުޅެއް ކަމަށާއި އެމަނިކުފާނު ވެރިކަން އަތުލީ ކަމަށެވެ.
ވެރިކަން އަތުލެއްވީ ކުރީގެ ރައީސް ޑރ ވަހީދު ކަމަށް ނަޝީދު ތުހުމަތު ކުރެއްވިއިރު ނަޝީދު މީގެ ކުރިން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރާއި ދެކޮޅަށް ބަޣާވާތެއް ހިންގާފައިވާ ކަމަށާއި އެބަޣާވަތުގެ އަޑީގައި ހުންނެވި އެއްބޭފުޅަކީ ރައީސް މައުމޫން ކަމުގައެވެ.
2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު ވެރިކަމުން އަމިއްލައަށް އިސްތިއުފާ ދެއްވުމަށް ފަހު ވެރިކަމާއި ހަވާލުވި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު އަކީ ބާޣީއެއް ކަމަށާއި، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ބަޣާވާތަކުން ކަމަށް، ނަޝީދު އާއި، އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީ އިން ތަކުރާރުކޮށް އޭރު ދިޔައީ ބުނަމުންނެވެ.
ނަޝީދުގެ ވެރިކަން ބަދަލުވީ، އިދިކޮޅު ފަރާތްތަކުން އަދިވެސް ގަބޫލު ކުރާ ގޮތުގައި، ބަޣާވާތަކުންނެވެ. އެކަމަކު، ބޭރުގެ ފަރާތްތަކުގެ ބައިވެރިވުމާ އެކު އެކަން ބެލުމަށް ތަހުގީގީ ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) ވަނީ އުފައްދާފައެވެ.
މި ކޮމިޝަނުން ތަހުގީގު ކުރުމަށް ފަހު ނެރުނު ރިޕޯޓް ބުނާގޮތުން ފެބްރުއަރީ 2012 ވަނަ ދިވެހިރާއްޖޭގެ ވެރިކަން ބަދަލުވެފައިވަނީ ގާނޫނު އަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަމަށާއި ފެބްރުއަރީ 6، 7 ގައި ހިނގާދިޔަ ހާދިސާތަކުގެ މައިގަނޑު ސަބަބަކީ ކުރީގެ ރައީސް ނަޝީދުގެ އަމަލުތައް ކަމަށެވެ. އަދި ކުރީގެ ރައީސް ނަޝީދު އިސްތިއުފާ ދެއްވީ އަމިއްލަ އިހްތިޔާރާ އެކު، ގާނޫނާ ހިލާފު މަޖުބޫރުކުރުމެއް ނުވަތަ ބިރުދެއްކުމެއް ނެތި ކަމަށެވެ.
ޢަންނި މާ ނޯޓީ ??
މީނަ މިދައްކާ ވާހަކަ ދެކޮޅު އެބަޖެހޭތަ ؟؟؟؟
އަޅުގަނޑު ދެކޭގޮތުގާ ނަޝީދަކީ އެއްވެސްް ތާކުންތާކުން ނުޖެހޭ މީހެއް
ބަގާވާތެއް ނޫންނަމަ ދައުލަތުގެ ސިއްރެއްގެ ގޮތުގަ ކޯނީ ރިޕޯޓް ބާއްވަން ނުޖެހުނީހެވެ. 50 އަހަރަށް އެރިޕޯޓް ބޭވުނަކަ ނުދޭނަމެވެ. ބަލަން ތިބެމާ ހިގާށެވެ
ކޯނީ ރިޕޯޓް ސިއްރުކުރީ ކާކު؟ ކުތުބުޚާނާގައިވެސް އެބަ އޮތް. ކޮން ގައުމަކު ތި އުޅެނީ؟
މީކާކު
ކަލޭތީ މާބޮޑަށްވެސް ނޯޓީ މީހެއް. އަދި ސިކުނޑިވެސް ހަމަނުޖެހޭ މީހެއް؟ ކަށަވަރު
ވާނުވާ ނޭނގޭ ރަޢީސް.
ހުސްފޭކު. މީދެއުޅިއެއްނުވާ ބުރާންޗެއް
އެބަޣާވަތުގެ އަޑީގައި ހުންނެވި އެއްބޭފުޅަކީ ރައީސް މައުމޫން ކަމުގައެވެ. އެކަމަކުވެސް ހެޔޮފުޅު ކަމުން ކޯލިޝަންވެސް ހެދީދޯ ވެރިކަން ބޭނުންވެފައި ހުރިވަރުން.. ބިތާ....
އެހެންވީމަ ތިބުނަނީ 7 ފެބްރުއަރީ އަކީ ކަލޭމެން ދެމީހުން ކުޅެލި ޑްރާމާއެކޯދޯ! އަނެއްކާ މީނާ މިއަދު މިއިނީ އެއްކަލަ ބުނާގޮތަށް ވެފައިބާ!
ޢަޅުގަނޑުގެ މިހާރުގެ ނައިބު ރައީސްއަކީ ކާކުތޯ އެކަން ފުރަތަމަ ބުނެދެއްވާ
ހިތުން މިހާރުވެސް ނައިބުރައީސް އާއެކު ވެރިކަމުގަދޯ.؟ ދެން މިހާރުގެނައިބިރައީސް ކޮބަޔޯ؟ ކުރީގެ ނައިބުރައީސްތާ ތި ނޯޓީވީ...
މިހާރު ދެން ވިސްނާނީ އަވަހަށް ވެރިކަމަށް އާދެވޭނެ ގޮތަކަށ. ރާއްޖެއާދެވޭ ހިސާބުން ތި ކޯލިސަން ގޮވަން ފަށާނެ
މީހަމަ ރަނގަޅައްވެސް ބޮލުގަ އެތިފާރެއް ޖެހިފައިން ކައްޓަފުޅިއެއް
އެއްގޮޅިން އަނެއް ގޮޅިއަށް ދަތުރު ކުރާ ފާހަގަ އާއި މެޖިކް އަނގޮޓިއާއި ޑރ ވަހީދުގެ ބަގާވާތާއި އެއްވެސް ތަފާތެއް ނެތް.
ނަސީދަކީ މުޅިންވެސް ފަލަ ސުރުހީ މަތީގަ އުޅެންބޭނުންވާ މީހެއް.
ތީނަ އަކީ ކުޑައިރުވެސް ހަމަ ނުޖެހޭ ބުރާންޗެއް
އެއްކަލަ މަގުމަތީ ކަލޭގެ! ރާއްޖެ އަށްނަހިތުން މޮޔަވެގެން' ކިޔޭ ނުކިޔޭ ވެސް ނޭގެ! މީނާޔަށް ހީވާ ކަހަލަމީނާ ކިޔާ ކޮންމެ އެއްޗަކަށް މަމެން އަތް ޖަހާނެޔެ. ބަލގަ މިއޮތީ ކޯލިޝަނެކޭ! ކަލޭގެ މޑޕ އެއް ނޫނޭ