ރިޔާސީ އިންތިހާބާއި ބެހޭ މައްސަލަތަށް ފުލުހަށް ހުށަހަޅަން ޕީޕީއެމް އިން ތައްޔާރުވެއްޖެއެވެ.
އިންތިހާބާ ބެހޭ މައްސަލަތަށް ފުލުހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވީ ޕީޕީއެމްގެ ވައިބާ ގްރޫޕެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ މިއަދުގެ ހުކުމުން ޖިނާއީ ތަހުގީގަށް އޮތް ފުރުސަތު ބަންދު ނުވާ ކަމަށެވެ. އަދި އިންތިހާބާއި ބެހޭ މައްސަލަތަށް ޕީޕީއެމްގެ ފަރާތުން ފުލުހަށް ހުށަހަޅުއްވާނެ ކަމަށްވެސް މިނިސްޓަރު ސައީދު ވިދާޅުވެފައިިވެއެވެ.
މިނިސްޓަރު ސައީދުގެ އެ ވާހަކަތަކަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވަނީ ތާއީދު ކުރައްވާފައެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބާތިލުކޮށްދިނުމަށް އެދި ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުން ވެއްދި މައްސަލައިގައި އެ ކޯޓުން މިއަދު ވަނީ އިންތިހާބު ބާތިލުކުރަން ނުފެންނަ ކަމަށް ހުކުމްކޮށްފައެވެ.
ސުޕްރީމް ކޯޓަށް ވެއްދި އެ މައްސަލައިގައި ވަނީ ވޯޓުގެ މައްސަލައިގައި ތަހުގީގެއް ކުރުމަށް ފުލުހުންނާއި ސިފައިންގެ މައްޗަށް އަމުރެއް ނެރުމަށް ވެސް އެދިފައެވެ.
އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ވިދާޅުވެފައިވަނީ ހުށަހެޅިފައިވާ ކަންކަން ތަހްޤީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރަވިސް އަދި ދިވެހި ސިފައިންގެ މައްޗަށް އަމުރެއް ނެރެންޖެހޭފަދަ ހެއްކާއި ގަރީނާ ހުށަހެޅިފައި ނެތް ކަމަށެވެ.
އެކަށީގެންވާ ހެއްކާއި ގަރީނާ މައްސަލަ ހުށަހެޅި ރައީސް ޔާމީންގެ ޤާނޫނީ ޓީމަށް ދެއްކިފައި ނުވާތީ މައްސަލަ ތަހްޤީގު ކޮށްދިނުމަށް ސްޕްރީމް ކޯޓުން ފުލުހުންނާއި، ސިފައިންގެ މައްޗަށް އަމުރުކުރާނެ ތަނެއް ނެތްކަމަށް ކަނޑައެޅި ނަމަވެސް، ނިމިދިޔަ ރިޔާސީ އިންތިޚާބާއި ގުޅިގެން ޖިނާއީ ކުށެއްގެ މައްސަލައެއް ވާނަމަ އެ މައްސަލައެއް ތަހްޤީގު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އަމުރު ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ހުކުމުގައި ވިދާޅުވެފައިވެއެވެ.
މިނިސްޓަރ ސައީދު ތިކަމާނޫޅުއްވިއްޔާ ރަގަޅުވާނީއެންމެން އެއްފޮތަކުން އެކިޔަވަނީ އަޅުގަނޑުމެން ކުރިޔައްއޮތްތަނުގަ މަސައްކަތް ކުރަންވީ ކާމިޔާބު ވޭތޯ
މިއަދުގެ ޤާނޫނުން ކަންކަން ސާބިތު ކުރާނީ ކިހިނެއް ވޯޓު އޮޅުވާލުމަކީ ވަކި ރަށެއްގައި ނުވަތަ ވަކި ފޮއްޓެއްގައި ހިންގާފައިވާކަމެއްނޫން އެއީ މުޅިރާއްޖޭގައި އެއްއުޟޫލަކުން ކުރިއަށް ގެންދިއުމަށް ރާވާފައި އޮތް މޮޅު އުކުޅެއް މައްސަލައޮތީ ވޯޓުކަރުދާސް ޗާޕްކުރުމާހަމައިން ފެށިފަ ރަޢިއްޔަތު މީހާއާއި ހަމަޔަށް ގެނަސްދިން ވޯޓުކަރުދާހަކީ އިންސާފުވެރި އިންތިޙަބަކަށް އެކަށީގެންވާވަރަށްވުރެ މާބޮޑަށް މަކަރާއި ހީލަތް އޮޅުވާލުން ހިމެނިގެން ތައްޔާރު ކުރި ކަރުދާހެއް ވީއިރު އެފޮއްޓަށް ގޯސްކޮށްލީ މިތައްވޯޓޭ ނުވަތަ މިފައްޓަށް ލީ މިތައްވޯޓޭ ނުބުނެވޭނެ ވޯޓުލުމަށް ރަޢިއްޔަތުމީހާއަތަށް ކަރުދާސް ދިންއިތުވެސް އެކަރުދާހަކީ ސައްހަކަން ގެއްލިފައިވާކަރުދާހެއްކަން އެހުރީ ސާބިތުކަމާއެކު ފެންނަން އެއިން ކަމަކަށް ރިޔާއަތް ނުކޮށް އެމައްސަލަ ބަލައިގަނެ އަޑުއެހުންތައްބާއްވާ ޙުކުމް އިއްވުމަކީވެސް ސުވާލު އުފެދޭ ކަމެއް
ވަރަށް ރަނގަޅު ވާހަކައެއް. އެދުވަހު ބުނި މައްސަލަ ބަލައިގަނެވޭނެއޭވެސް .އެކަމަކު ހުކުމުގައި ބުނީ އެއީ ދުސްތުރީ މައްސަލައެއްނޫނޭ. މިމީހުންގެ ސިކުނޑިޔަކީ ވަހުތާނެއްހެން އެނބުރޭ އެއްޗެއް. ޤައުމުގެ ހަލާކު
ޖާދޫގެ އަނގޮޓިއާ ޖާދޫގެ ކަރުދާސް، މިދެން ބުއްދި ޤަބޫލް ނުކުރެވޭނެ ވާހަކަ ތަކެއް. އަދި ހުރިހާ ވޯޓް ފޮއްޓެއްކާރީގަވެސް ތިބީ ހާޑްކޯ ޕީޕީއެމް އެކްޓިވިސްޓުން. މިނިވަން އިންސާފުވެރި އިންތިހާބެއްނަމަ ޔާމިނު އަށް 30000 ވޯޓްވެސް ނުލިބޭނެ.
މައްސަލަ ލާނި ތަނަކައްލާ ތި މައްސަލަ ބަލައެއް ނުގަންނާނަން. ހަޖަމު. ހަޖަމު..
ކޯޓައް މައްސަލަ ހުށައެޅީ ވޯޓު އޮޅުވާލިކަމައް ތުހުމަތު ކުރޭވޭތީ:
ކޯޓުން އަންގަނީ ދެބައި މީހުންގެ ވޯޓުގެ ފަރަގުބޮޑު ވީމަ އިންތިހާބު ބާތިލް ނުކުރެވޭނެ ކަމައް.
ހެކި ދެއްކިފަނެތިމަ ތަހުގީގެއް ކުރާކައް އަމުރުކުރާނެ ޖާގަނެއްކަމައް.
މީގެން އެގުންއެއްޗަކީ ކޮންމެކަމެއް ކޮއްގެންވެސް ތަފާތު ބޮޑުވެއްޖެޔާ އިންތިހާބު ބާތިލްނުވާނެކަން. ތަފާތު ބޮޑުކުރިގޮތް ކޯޓުންނުބަލާނެކަން.
އަނެއްކަމަކީ ކޯޓައްދާންޖެހޭނީ ހެކިހިފައިގެން އެވެސް ކޯޓުންނިންމާނީ ބަލައިގަނެވޭނެ ހެއްކާ ބަލައިނުގަނެވޭނެ ހެކި.
ހެކި ހުރިމީހާ ހެކިހުށައެޅީމަ ދަށުކޯޓުން ކުއްސާބިތުވެ އެކަމަކު މަތީކޯޓައް ދިޔައިމަ ދަށުކޯޓުން ކުރިހުކުމާ މުޅިމައްސަލަ ބާތިލްވަނީ ދަށުކޯޓުން ސަރީއަތް ކުރިޔައްގެންދިޔައީ އިޖްރާތް ތައްފުރިހަމަނުކޮއްކަމައް އެހެންވީމަ ހެއްކެއް އެހެންއެއްޗެއް ބަލާކައް ނުޖެހެ މުޅިމައްސަލަ ބާތިލް.
ދަށު ކޯޓުންވެސް މައްސަލަ ކުރިޔައްގެންދަނީ ގާޒީ، އެގާޒީ އިޖްރާތްތައް ފުރިހަމަ ނުކުރުމުން މަތީކޯޓަކުން މުޅިމައްސަލަ ބާތިލް ކުރުމަކީ "އިންސާފް" ގާއިމް ކުރުންތޯ؟
ހެހެހެ، އެެހެންވީމަ މިކަން އަދިވެސް ނުނިމޭތާދޯ!
އާދެ ނުނިމޭ އަދި ޤިޔާމަތް ދުވަހުން މާތްﷲގެ ޙަޒްރަތުގައި ޖަވާބުދާރީ ވާންޖެހޭނެ. ރައްޔިތުންގެ ތެރެއިން 96،000 އަށްވުރެ ގިނަބައެއްގެ ޙައްގު ތައް ކޮނޑުއަޅައިގެން ހިނގަންވެސް ޖެހޭނެ.
ޙަރާމު
ޔާމީނަށް ކާމިޔާބު ލިބުންނަމަ ތިކިޔާ މަކަރާ ހީލަތެެއް ޕީޕީއެމް އެއްވެސް މީހަކަށް ނުފެންނާނެ. ތިމާ ފޭހުނު އިލޮށި ތިމާގެ ލޮލަށް އެމުނޭނީ އަބަދުވެސް. ކެކެކެކެ ލޮލް
ރައީސް ޔާމީން މަކަރު ހަދަން ދޯ ގާސިމް ކުންފުންޏަށް ވޯޓް ކަރުދާސް ހަދަން ދިނީ. މިހިރީ މިބައިގަނޑުގެ ވިސްނުން ހުރި ގޮތް.
އައިންތު ކޮހާ ވާހަކަ އެއް ދަކާކައްތަ. މިނިސްޓަރު ސައިދު ތިކަން ތަކާ ކުރިއައް ދޭ. އިންސާފު ހޯދެން ހުރި ހުރިހާ މަގަކުން ހިގާތި. ނުފޮރަޅާ އެއްމެ ގާކޮޅެއް ވެސް ނުބާވާތި. އިންސާފު ލިބޭނީ މަސައްކަތް ކޮގެން. މިނިސްޓަރު ސައީދު އަވަހައް ފުލުސް އޮފީހަށް މަސަލަ ހުސައަޅާ. މިނިސްޓަރު ސައީދު ތިކުރަވަން އުޅުއްވާ ކަންތަކާ އަހަރެން ތާއީދު.
ފުލުހުންނަކީ އިންތިޚާބާއި ބެހޭކަންކަން ތަހުގީގު ކުރުމުގެ މެންޑޭޓު އޮތް ބައެއް ނޫން. އެއީ އީސީ ގެ ކަމެއް. އޭގެ ފަހުން ޕީޖީ މެދުވެރިކޮށް ހައިކޯޓަށް. މިއީ ގާނުނުގައި އޮތް ގޮތް.
މިމީހުންނަށް ރަނގަޅަށްވެސް ތެރަޕީ ދޭން އެބަޖެހޭ... ނަފްސާނީ ކަންކަމަށް މެންޓަލް ހޮސްޕިޓަލެއް ހުޅުވަން އާ ސަރުކާރުން ވިސްނުން ވަރަށް މުހިންމު ކަމަކަށް ވެއްޖެ.
މިއަދު ކޯޓެއް ފުލުހެއް ސިފައިންނެއް ކިޔާނެކަމެއްނެތް އެންމެންވެސް އެތިބީ ބިރުވެރިކަމެއްގެ ތެރޭގައި، ޖާހިލު އަނިޔާވެރި ބައިގަނޑަކަށް މަކަރާ ޙީލަތުން ބާރުލިބުމުން ޖައްސަފާނެ ދުއްތުރާ ތަކެއްގެ ފިކުރު ގައެވެ. ރައްޔިތުންގެ ނިންމުމޭ ދުރަނުގެ ވޮށްޓޭ ކިޔައިގެން ދެތިން މީހުނަށް ރިޝްވަތުދީގެން ގައުމުގެ ދެބައިކުޅައެއްބައި މީހުންގެ ޙައްގު ތަކަށް ކޮޅުފައިން އަރާ ގައުމު ފޭރިގަނެ ދައްކަފާނެ ނުލަފާ ކަމަކާ މެދު ކަންބޮޑުވެފައެވެ. އެހެން ކަމުން ޖަމާޢަތުގެ މަޞްލަޙަތައްވުރެ ބޮޑަށް ކޮންމެމީހަކަށްވެސް ބުރަވެވެނީ ޚުދު އެމީހެއްގެ އަމިއްލަ ނަފްސު ޙިމާޔަތް ކުރާށެވެ.
ދެން މިގައުމުގައި ނަގާ ކޮންމެ ވޯޓެއްގައިވެސް މިމީހުން މިކުޅި ކުޅޭނެ.
ކަލޭމެން ކޯޓުތަކުގައި މައްސަލަތަކައިގެން ބަކަތަޅަތަޅާ ތިބެގެން އިދިކޮޅު ޕާރޓީއެއްގެ ގޮތުގައި މަސައްކަތް ކުރާނެ ގޮތެއް ބުނެދީބަލަ؟
މިހާރު ތިވާހަކަ އަޑުއަހާނެ ފުލުހެއްނެތް ؟ އެކަންކުރީ ތިމީހުން މިއަދު އަތުވެދާނެކަމަކަށް އެއިރަކު ނުވިސްނުނު ؟
އެއުޅެނީ މޮޔަފުޅުވެގެން.އަދިވެސް ސައީދުމެންނަށް ގަބޫލެއްނުކުރެވޭ.އަދިވެސް އުޅެނީ އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރުމާ ޖެހެންދެންވެސް އެއުޅެނީ .ހުވާކުރުމާއެކު ބަޗާނެ.