ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވުމުން މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ދެންމެ ވައިޓް އެލާޓް ނެރެފައި ވަނީ ލ.އަތޮޅާއި އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަހައްދުތަކަށެވެ. ވައިޓް އެލާޓް ނެރެފައި ވަނީ މިރޭ ފަތިހު 04:30 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ގުގުރުން އެކަށީގެންވާ ކަމަށެވެ. މެދުތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި އަދި ގުގުރުންވެސް އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

ވައިޖެހޭނީ ހުުޅަނގާއި ހުޅަގުއުތުރުން ގަޑިއަކު 05 މޭލާ 51 މޭލު ދެމެދުގެ ބާރުމިނުގައި ކަމަށް ލަފާކުރެވެއެވެ.

ރާއްޖޭގެ ކަނޑުތައް މަޑުވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރަން މިފެށީ މޫސުން ރީތިކޮށް އޮންނަތާ ދެތިން ހަފްތާ ފަހުންނެވެ.