ރައްޔިތުން މަޖިލީހުގެ 49 މެންބަރުން ސޮއިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރަން ރައްޔިތުން މަޖިލީހަށް ޤަރާރެއް މިއަދު ހުށަހެޅުމުން، އެކަމަށް ރައީސް ނަޝީދު ޝުކުރު ދަންނަވައިފިއެވެ.

ރައީސް ނަޝީދު މިނިވަން ކުރަން ހުށަހެޅި މި ގަރާރުގައި ޕީޕީއެމް އަށް ނިސްބަތްވާ ބައެއް މެމްބަރުން ވެސް ސޮއިކޮށްފައިވާއިރު، ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގަރާރު ހުށަހަޅުއްވައިދެއްވި އިއްޒަތްތެރި އެންމެހާ މެމްބަރުންނަށް، ހިތުގެ ހާލިސް ކަމާއެކު އިހުލާސްތެރި ޝުކުރު ދަންނަވާ ކަމަށެވެ.

ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރުގައި ސޮއިކުރެއްވި ޕީޕީއެމްގެ މެމްބަރުންގެ ތެރޭގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފާއި މަޑަވެލި ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދާއި ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދާއި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކާއި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި މާވަށު ދާއިރާގެ މެމްބަރު އަޒްހާން ފަހުމީ ހިމެނިވަޑައިގަންނަވައެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤަރާރަކީ އެއްވެސް ވަރެއްގެ ޤާނޫނީ ބުރަދަނެއް ހުރި އެއްޗެއް ނޫނެވެ. އެހެންކަމުން ރައީސް ނަޝީދު މިނިވަން ކުރުމަށް އެދި މަޖިލީހަށް ހުށަހަޅާ ޤަރާރު ފާސްވި ނަމަވެސް ރައީސް ނަޝީދު މިނިވަންކުރުމުގެ ބާރެއް ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ޤާނޫނީ ގޮތުން ލިބިގެންނެއް ނުވެއެވެ.

ވެރިކަމުގައި ހުންނެވި އިރު ޤާނޫނާއި ހިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޙުކުމް ސުޕްރީމް ކޯޓުން ބާތިލް ނުކުރާހާ ހިނދަކު ރައީސް ނަޝީދަށް މިނިވަން ވެވޭނެ ޤާނޫނީ އެއްވެސް ހަމައެއް އަދި ނެތެވެ.

މިފަދަ ގަރާރެއް މަޖިލީހަށް ހުށަހަޅާފައިވާއިރު އަންނަ މަހުގެ އެއްވަނަ ދުވަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. Anonymous

  މިގައުމު ކަނޑުވެ އޮޔާދާން ފަށައިފި، ރައީސު ޔާމީނު އަދިވެސް ބަލަން ހުންނަވަނީތޯ؟؟ މިލިޓަރީ ވެރިކަމެއް ގެނެސްގެންވިޔަސް ގައުމާއި ޝަރުޢީ މުއައްސަސާ ހަމަމަގަށް އަޅުވާ ދެއްވާ!!!

 2. އަކުރަމް

  ނަޝީދު ނިކަން މާލެ އާދެބަލަ ވާ ގޮތް ބަލާލަން. ތީ ބޮޑު ޓެރަރިސްޓެއް ހަމަ. ގާޒީއަކު ވަގަށް ނަގާ ރަހީނުކޮށް ގިރިފުއްޓައް ގެންގޮސް، ސިފައިންނަށް ގައިރުގާނޫނު އަމުރު ކުރި މީހެއް " އެހެރީނުން ބަްއިވަރު ބަޑިތަށް ނިކަން ޖަހާ ނަގާބަލަ" މީކާކު ކޮން އިރަކު ބުނި ކުރި އޯޑަރެއް؟ ހަނދާވާނެ މިކަން ދަންނަ މީހުން އަދިވެސް

 3. އަދުލު އިންސާފް

  މިގައުމުގައި އަދުލެއް ނެތް އިންސާފެއްނެތް މުޅިން މުޅިން މިއޮތީ ބަތްދިނީމަ ބޮޑެބެ މިނިވަން މުއައްސަސާތަކާއި ގައުމުގެ 90% ފަޑިޔާރުން ތިބީ މިގޮތުގައި ސުބުޙާނަﷲ މިކަމުގެ ހުރި ނުރައްކާކަމުގެ ބޮޑުކަން މިމީސްމީހުނަށް ހަމަ ނުއެގެނީބާ ދުވާލަކު ގޮތަކަށް ބަސްބުނަމުން ގޮތް ނިންމަމުން މިދާ މީހުންގެ ނުބައި ނުލަފާކަމާއެ ހިތަށްއަރާ ފަހު ބަހަކީ ރައިވަރުގައި ހަމައެކަނި އޮންނަ ބަހެއްބާއްވައެވެ. ޝަރުޢީ މައްސަލަ ތަކުގައި ސްޕްރިން ކޯޓުން އެބުނަނީ ފަހުބަހޭވެސް ކިޔާ އެކަމު މިއަދު ބުނާފަހުބަސް 2 ނުވަތަ 3 އަހަރު ފަހުން އެބަ ބަދަލުވޭ މިއީ ކޮންފަދަ އަޖައިބެއްބާ އަނެއް އަޅުގަނޑުމެންގެ ލޯތަކަށް ނުފެނުނު ނަމަވެސް އަޅުގަނޑުމެނަށް އަދި އެކަން ނުއެގި ތިބި ނަމަވެސް މިތިބެވެނީ ކޮންފަދަ ޙާލަތެއްގަބާ ﷲ އަކުބަރު މިގައުމު އަދުލުވެރިކަމުގެ މަގަށް ރުޖޫޢަ ކުރައްވާންދޭ! އާމީން

 4. އަބޯ

  މަޖިލީހުން ފާސް ކުރެވޭ ގަރާރެއްގެ ދަށުން އެއްވެސް ކުށްވެރިޔަކު މިނިވަނެއްނުކުރެވޭނެ .މަޖިލީހަކީ ގާނޫނުހެދުމުގެ ބާރު އޮތް މުވައްސަސާ .މައާފް ދިނުމާ އަދަބަށް ލުއިދިނުން ވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ޒ ގެ ދަށުން ރައީސަށް ކުރައްވަންޖެހޭ ކަމެއްކަމަށް ވަނީ ކަނޑައެޅިފާ. އަދި ވަނީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާގަ ބުނާފަދަ ހަމަހަމަ ކަން ގާއިމުކުރުމަށް މައާފްދިނުމާ އަދަބަށް ލުއި ދިނުމުގެ ގާނޫނެއް ފާސް ކޮށް އެގާނޫނަށް މިހާރުދަނީ އަމަލުކުރެވެމުން މިހެން ކަންހުރިއިރިުރު ގާނޫނުއަސާސީގެ 115 ވަނަ މާއްދާ އަށާ މައާފްދިނުމާ އަދަބަށް ލުއި ދިނުމުގެ ގާނޫނަށް ގޮންޖަހާ މަޖިލީހަށް ގަރާރެއް ހުށަހެޅުމަކީ ގާނޫނުއަސާސީ އުވާލުންފަދަ ކަމެއް ކަމަށް ބެލެވޭ.ވިމާ މި މައްސަލަ ކަމާބެހޭ ހުރިހާ ފަރާތްތަކުގެ ސަމާލުކަމަށް ގެސްފިން. ގާނޫނުއަސާސީ އުވާލުމުގެ މަސައްކަތް ކުރުން ހުއްޓުވުމަށްގާނޫނުއަސާސީގެ 115 ގެ ނ އާއި ގާނޫނުއަސާސީގެ 18 20 17 ގެ ދަށުން މި ފާސްކުރަން އުޅޭ ގައިރު ގާނޫނީ ގަރާރު ހުއްޓުވުމަށް ރައީސަށް ގޮވާލަން

 5. ކޮރަޕްޝަން

  ކިހާވަރެއްތަ ޔަހޫދީން ލައްވާ މެންބަރުންނަށް ރިޝްވަތުގެ ގޮތުގައި ދިނީ ނަޝީދޫ.
  މި ނަޝީދު މީ ދިވެހިނަށް ޖެހިފައޮތް ކިހާ ބޮޑު މުސީބާތެއްތަ؟
  މުޅި ދިވެހިރާއްޖެ ހަލާކުކޮށްލައިފި

 6. ބޭގަރާރު

  ނަސީދޫ ދޫނިދޫގަ އާއި މާފުށީގައި ވަރަށް ދުވަސްވީ މީހުން އެބަތިބި ތިޔަ މަޖިލިސް ގޮނޑި ކޮއްކޮ ތައް ގާތުގަ ބުނެގަ އެމީހުންވެސް ދޫކުރަން ގަރާރުތައް ބޭގަރާރު ނުވަނީސް މަޖިލިހަށް ނަމަވެސް އެންމެން ދޫވާ ކަހަލަ ބޭގަރާރެއް ކޮންމެވެސް ކުއްޖަކު ލާން