އެކު އުމުރު ފުރާ މީހުން މިއަދު އެއްތަންކޮށްލިއެވެ. މިފަަހަރު އެހެން އަހަރުތަކާއި ހިލާފަށް މީހުންވެސް ގިނަކޮށްލިއެވެ. މުހިންމު ބޭނުމަކަށް ދިރާގުން ރާއްޖޭގައި ބާއްވަން އަންނަ ބޮޑު ދުވުމުގެ މުބާރާތް މިއަދު މި ވަނީ 12 ވަނަ ފަހަރަށް ފުރިހަމަކަމާއެކު ނިންމާލާފައެވެ.

އެކި އުމުރުގެ ޖުމްލަ 4000 މީހުންނާއެކު ބޭއްވި މި ބައިނަލްއަގުވާމީ ދުވުމުގައި ރާއްޖެއިން ބޭރުގެ ދިގު ދުވުންތައް ދުވާ ފަރާތްތަކުންވެސް ބައިވެރިވިއެވެ. ދުވުން ކުރިއަށްދިޔައީ ހުޅުމާލޭގެ ހިތްގައިމު މާހައުލުގައެވެ. ބައިވެރިވުމުގާ ވަކި އުމުރުފުރައެއް، ވަކި ޖިންސެއް، ވަކި ނަސްލެއް ނެތެވެ. ވާދަވެރިންނާއެކު އެކުވެރިކަމާ ގުޅުން ބަދަހިކޮށްލުމަށް ދުވި އެންމެނަށްވެސް މެޑަލް އަޅާލެވުނެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭސް - މުޖުތަމައުގެ ފަރުދީ ލޯބި ދައްކުވައިދޭ މި ދުވުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުންވެސް ބައިވެރިވެފައިވޭ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ދިރާގުން މި ދުވުން ބާއްވާތާ މެދު ނުކެނޑި 12 އަހަރުވެެފައިވާއިރު، އަބަދުވެސް ދެނީ ފުން މެސެޖެކެވެ. ޝިޔާރަކީ މުޖުތަމައުގެ ހޭލުން ތެރިކަމާ ގުޅުން ހުރި ފަރުދީ ޒިންމާއަކަށް ހަދާން އާކޮށްދިނުމެވެ. މިއަހަރުގެ ރޭހުގެވެސް ޝިޔާރަކީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުވެ. މިއަދުގެ ރޭހުގައި އެކިއެކި ޖަމިއްޔާތަކާއި، ހާއްސަ އެހީއަށް ބޭނުންވާ އެތައް ބައެއް ދުވެފައިވާ އިރު، ދުވުމުން މައިގަނޑުކޮށް ދައްކުވައިދިނީ މުޖުތައުމުގެ ފަރުދީ ލޯތްބެވެ. އެންމެންގެ ބައިވެރިކުރުމެވެ.

މި ރޭހުގައި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މަދަނީ އެކި ޖަމިއްޔާތަކާއި އެންޖީއޯތައް ބައިވެރިވިއެވެ. މިފަހަރުގެ ރޯޑް ރޭހުން ލިބުނު ފައިސާތައްވެސް ވަނީ 10 އެ ޖަމިއްޔާތަކަށް ހަދިޔާކޮށްފައެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ކުޑަކުއްޖަކު އުރައިގެން މީހަކު ދުވަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

 

ރޭހުގެ ބައިވެރިންގެ ގޮތުގައި ފައިސާ ލިބުނު ޖަމިއްޔާތަަކަކީ

ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ)

ކެއާ ސޮސައިޓީ

ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ

ބިއުޓިފުލް ޑައުންސިންޑްރޮމް

މޯލްޑިވިއަން ތެލަސީމިއާ ސޮސައިޓީ

ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މީގެ އިތުރުން، ދުވުންތެރިންގެ މެދުގައި އެންމެ މަގުބޫލު ޖަމިއްޔާތަކަށް ދިރާގުން ވަނީ 200،000 ރުފިޔާ ދީފައެވެ. މަގުބޫލު ޖަމިއްޔާ ހޮވާފައިވަނީ ރޭހަށް ރަޖިސްޓްރީ ކުރިއިރު ދުވުންތެރިން އެންމެ ގިނައިން އިހުތިޔާރުކުރި ޖަމިއްޔާތަކަށް ބަލާފައެވެ.

އެންމެ މަގުބޫލު ފަސް ޖަމިއްޔާ

މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިޒިކަލް ޑިސޭބަލްސް (އެމްއޭޕީޑީ)

އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަންސް (އާކް)

ކެންސަ ސޮސައިޓީ އޮފް މޯލްޑިވްސް

މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން

ޓައިނީ ހާޓްސް އޮފް މޯލްޑިވްސް

ދިރާގު މޯލްޑިވްސް ރޯޑް ރޭސް- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް
ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ވާދަވެރި ނަތީޖާ

މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ފަސް ކިލޯމީޓަރުގެ ބައި، ދިހަ ކިލޯ މީޓަރުގެ ބައެވެ. މިއިން ކޮންމެ ކެޓަގަރީ އަކުން ވެސް އޯޕަން ބަޔާއި 45 އަހަރުން މަތީގެ ބަޔާއި ސްކޫލް ކުދިންގެ 13 އަހަރުން ދަށުގެ ބަޔާއި 13 އަހަރުން މަތީގެ ބައި ހިމެނެއެވެ.

މި މުބާރާތުގެ މުހިންމު ވަނަތަކަށް ބަލާއިރު،

ފަސް ކިލޯ މީޓަރު ފިރިހެން: މުހައްމަދު ރަޝީދު (މޯޑު)

ފަސް ކިލޯ މީޓަރު އަންހެން: ވަފިއްޔާ މުހައްމަދު

10 ކިލޯ މީޓަރު ފިރިހެން: ހުސެއިން ފަޒީލް ހާރޫން

10 ކިލޯ މީޓަރު އަންހެން: މަރިޔަމް އަބްދުލްކަރީމް (މަރީ)

45 އަހަރުން މަތި ފަސް ކިލޯ މީޓަރު ފިރިހެން: އިބްރާހިމް ނައީމް

45 އަހަރުން މަތި ފަސް ކިލޯ މީޓަރު އަންހެން: ފާތިމަތު ސީމާ

ސްކޫލް ކެޓަގަރީގެ 13 އަހަރުން މަތި (ފިރިހެން): އިސްމާއިލް މަސޫން އަހުމަދު

ސްކޫލް ކެޓަގަރީގެ 13 އަހަރުން މަތި (އަންހެން): މަރިޔަމް ޔާނާ ނާސިހް

ސްކޫލް ކެޓަގަރީ 13 އަހަރުން ދަށް (ފިރިހެން): އަބްސަލް އަބްދުﷲ އާދަމް

ސްކޫލް ކެޓަގަރީ 13 އަހަރުން ދަށް (އަންހެން): މަރިޔަމް ސާރާ އިސްމާއިލް

ދިރާގު މޯލްޑިވްސް ރޯޑް ރޭސް- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މި ފަހަރުގެ މުބާރާތަށް ބަލާއިރުވެސް، ގިނަބައެއްގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ގައުމީ ފެންވަރުގެ އެތުލީޓުންނާއި އެކުވެރިންނާއި، ގާތް ތިމާގެ މީހުން އެންމެން އެއްތަން ވެލާ އެ ނަގާލަނީ ފޮޓޯއެވެ. އެ ފޮޓޯތައް މިއަދު މުޅި މީސް މީޑިއާ އޮތީ ފުރާލާފައެވެ. ދިރާގުގެ ފަރާތުން އެ ދޭ މެޑައްޔާއެކު އެތައް ބައެެއްގެ މޫނުމަތިން ގެނެސް ދިން ހިނިތުންވުމަކީ، ރޭހުގެ މައިގަނޑު މަގުސަދު ހާސިލްވުމުގެ ހެއްކެވެ.