ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް އިންތިހާބުކޮށްފައިވާ، މާމިގިނލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އަށް އެ މަގާމުގައި ހުންނެވޭނެ ކަމަށް އެއްވެސް ޝައްކެއް ނެތް ކަމަށް ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޝަރުތު ހަމަނުވާތީ ގާސިމަށް ރައްޔިތުން މަޖިލީހުގެ ރައީސް ކަން ކުރެވިދާނެތޯ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު ސުވާލު އުފައްދަވާފައިވަނިކޮށެވެ.

އެގޮތުން ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އުފުލަންޖެހިއްޖެ ހާލަތެއްގައި މަޖިލީހުގެ ރައީސަށް އެކަން ކުރެެވެން ނެތްނަމަ އެކަމުގައި އަމަލުކުރާނެ ގޮތް ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން ގާސިމަށް މަޖިލީހުގެ ރައީސްކަމުގައި ހުންނެވޭނެ ކަމާއިމެދު އެއްވެސް ޝައްކެއް ނެތްކަމަށް ދިޔާނާ ވިދާޅުވިއެވެ.

އާޒިމާ އޭނާގެ ފޭސްބުކް ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނު އަސާސީގެ 124 ވަނަ މާއްދާގެ (ށ) ގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހުރިއްޔާގެ ނައިބު މަގާމުން އިސްތިއުފާދެއްވައިފި ކަމުގައިވާ ނަމަ ވެރިކަމަށް ވަޑައިގަންނަވާނީ މަޖިލީހުގެ ރައީސް ކަމުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ރައީސް ނެތް ހާލަތެއްގައި ރައީސް ކަމުގެ މަގާމަށް ވަޑައިގަންނަވާނީ މަޖިލީހުގެ ނައިބު ރައީސް ކަމުގައި ބަޔާންކޮށްފައިވާ ކަމަށެވެ.މަޖިލީހުގެ ނައިބު ރައީސް އެމަގާމުގައި ނެތް ހާލެއްގައި ގައުމުގެ ކަންކަން ބެލުމަށް ހަވާލުކުރަންޖެހޭނީ މަޖިލީހުން ކަނޑައަޅާ މެންބަރެއް ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

ރައީސް ކަމުގެ މަގާމަށް ވަގުތީ ހާލަތެއްގައިވެސް ހަވާލުވާ ފަރާތަކީ އެމަގާމަށް ކަނޑައެޅިފައިވާ ޝަރުތުތައް ހަމަވާންޖެހޭ ފަރާތެއް ކަމަށް އެމާއްދާގެ (ނ) ގައި ބަޔާން ކޮށްފައިވާކަން ވެސް އާޒިމާ ވަނީ ފާހަގަ ކުރައްވާފައެވެ.

ޤާނޫނު އަސާސީގައި މިގޮތައް ބަޔާންކޮށްފައި ވާއިރު މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް އައްޔަނުކޮށްފައިވާ ގާސިމް އިބްރާހިމަކީ 65 އަހަރުން މަތީގެ މީހެއް ކަމަށާއި އެހެން ކަމުން ގާސިމްގެ ކިބައިގައި ރައީސް ކަމުގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް އާޒިމާ ވިދާޅުވިއެވެ.

ގާނޫނީ ގޮތުން އުފެދޭ މިސުވާލަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ޖަވާބު ދެއްވަން ޖެހިވަޑައިގަންނަވަންވާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ. ގާނޫނު އަސާސީގެ 123 ވަނަ މާއްދާއާއި 124 ވަނަ މާއްދާގެ ތެރެއިން އަމަލު ކުރަންޖެހޭނެ ގޮތްތަކާމެދު ގިނަ ސުވާލުތަކެއް އުފެދިފައިވާ ކަމަށް އާޒިމާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަޙައްމަދު ބެއްޔާ

    އާޒިމާ ފާޑުފާޑުގެ ވާހަކަ ނުދައްކާ ހުންނަވާށެވެ އެކަން ނިންމަވާ ބަޔަކު އެކަން ނިންމާނެއެވެ އާޒިމާމެންނަށް މިއަންނަ ސަރުކާރުން ތާއީދެއްނޯންނާނެއެވެ ޔާމީން އަރިހުގައި އުޅުއްވިގޮތުން މީހުން ކަމަނާދެކެ ފޫހިވެއްޖެއެވެ މިހާރު ހުންނާނީ ފައިސާގޮތުން ވާވަރުވެފައެވެ

    • ޙައްގުބަސް

      ގާނޫނީ މީނުން ގާނޫނީ ވާހަކަ ދައްކާނެ!! ތަންދޮރު ނޭގޭ މީހުން ޖެހެނީ ތަންދޮރު އޮޅުން ފިލުވަން!! ދަސްކުރަން!! ކިޔަވަން!! ނޭނގޭ މީހުން އަނގަތެޅީމަ މާކަ ރީއްޗެއް ނުވާނެ!! އެވާނީ ދުފަން ނޭނގޭ މީހަކު އަނގަފުރާ ދުފާ އެއޗެހި ލައިގެން ދުފަން ފެށީމާ ވާގޮތް!! އެއީ ދެމިޔަކުން ސޮނިފައިބާ ހަތްޕުނޑު ގަޔަށް ބުރައިގެން ދިއުން!! ދޮންކަލޯ ބުނަން ވާހަކައެއް!! ކަލޯ ހުރޭ އަނގަ މަޑުންލައިގެން!! ކަލޯއަކަށް އާޒިމާ ޝުކޫރޭ މިކިޔާ ބޭކަނބަލުގެ ވަސްވެސް ދުވާ ހިސާބަކަށް ގާނޫނީ ރޮނގުން އެއްޗެއް ބުނާކަށް ކައިރިވެސް ނުވެވޭނެ!! ރަގަނޅު ވާހަކަ ނިންމާބަޔަކު އެބަ ނިންމާ ކަންކަން ފަޓާސް ބަރިއެއްހެން!! އެއީ އެފަސް މީހުން އެނިންމާ ނިންމުންތައް!! އެކަމަކު ނިންމާ ނިންމުން ސައްޙަތޯވެސް ބަލާބަޔަލު އެބަތިބި!! ކަސިޔާރުކޮށް ދާކަންވެސް ހަމަ އެނގޭ!! ފަހުން އެކަންކަންވެސް ބަލާނެ!!

  2. ޢަބްދުﷲ

    ދިޔާނާއާއި ޢާޒިމާއާއި މިދެބޭފުޅުންވެސް އެވިދަޅުވަނީ، ޤާނޫނުގައި ބުނެފައިވާ އެއްޗަކަށް ނިޞްބަތްކޮށް ބުނާ ވާހަކައެކެވެ. ރިޔާސީ އިންތިޚާބެއްގައި ކެނޑިޑޭޓެއްގެ ގޮތުގައި މިރާއްޖޭގައި މިހާރު ވާދަކުރެވޭނީ، ޢުމުރުން 65 އަހަރު ނުފުރޭ މީހުންނަށެވެ. އެހެންނަމަވެސް، މާމިގިލީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އޮނަރަބްލް ޤާސީމް އިބްރާހީމަކީ، މިވަގުތު ރިޔާސީ އިންތިޚާބެއްގައި ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ ބޭފުޅެއްނޫނެވެ.

  3. އދ

    ދިޔާނާއަކީ ފަހުބަސް ބުނަންހުރިމީހާ އޭނާބުނާ
    ގޮތަށް ކަންކަން ދާނީ

    • ޙައްގުބަސް

      ދިޔާނާވެސް ހޮނޑައިދޫ އަތިރިމަތީގެ ވާހަކަ ހަމަ އެއްގޮތަކަށްވެސް ނުދައްކާ!! ހަމަ ހައިރާން އެބަވޭ!! އެތާ ބަޔަކު ތިބެގެން އެޖެހި ސަކަރާތެއްޖަހާ ނިންމިތާ އެތައް އަހަރެއްވީއިރުވެސް އެކަމާ ގުޅޭގޮތުން ފަހުބަސް ދިޔާނާ ނުއިއްވާތީ ހަމަ ޙައިރާންވޭ!!

  4. ގ

    ބުރުމާގާސިމް މަޖިލީހުގެ ރައީސްކަމަށް ސަރުތު
    ހަމަނުވޭ އިސްތިއުފާދީ

  5. ދީވާނާ

    އޭ ދީވާނާ....ކަލޭ ބުނާނެ...

    ޖާބިރަށް އަންބަރާ ކުރުން ހުއްދަކަމާމެދު ޝައްކެއް ނެތޭ!

  6. ާވަތުބަތާނަ

    ޚިލާފު އުފެދިއްޖެ ސްޕްރީމްކޯޓަށްދަމާ ގޮތެއްނިންމަން، އެހެންނޫނީ ޤާސިމްގެ ރިޔާސަތުގައި ނިންމާ ކަންކަން ބާޠިލުކުރަންޖެހިދާނެ ވީމާ ކޮންމެވެސް ބޭފުޅަކު މިކަމާ އުޅެންވީނު ކޮބާ އަލީ ހުސައިން

  7. އެދުރުބެ

    ޤާސިމް ރަނގަޅުފުޅުވާނީ ހޮނޑައިދޫ މަޖްލިހުގެ ރައީސްކަމަށް!