ރައްޔިތުން މަޖިލީހުގެ 12 މެންބަރަކަށް ޕްރައިމަރާއި އަކާއި ނުލައި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓުންގެ ގޮތުގައި ކުރިއަށް އޮތް އާންމު އިންތިޙާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ދެއްވަން އިދިކޮޅު ހަތަރު ލީޑަރުން ކަމަށްވާ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި، އަދާލަތު ޕާޓީގެ ރައީސް އައްޝައިހް އިމްރާން އަބްދުﷲ އެއްބަސްވެ ވަޑައިގެންފައިވާކަން އިއްޔެ މައުމޫން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ޕްރައިމަރީ އެއްގައި ވާދަކުރުމެއް ނެތި ތަބަކަކަށް ލާފައި ބޮޑު އިންތިޙާބެއްގެ ޓިކެޓް ދިނުން އެއީ ޑިމޮކްރަސީގެ ހަމަތަކާއި ވަރަށް ބޮޑަށް ހިލާފު ކަމަކަށް ވީނަމަވެސް ހަތަރު ލީޑަރުންނަށް މިފަހަރު ވެސް ޑިމޮކްރަސީގެ ހަމަތައް މުހިންމެއް ނުވިއެވެ. އާދައިގެ މަތިން އަމިއްލަ އެދުން އިސްކުރަން ފުރުސަތު ލިބުމުން މިފަހަރު ވެސް ޑިމޮކްރަސީގެ ހަމަތަކުގެ މައްޗަށް ގަދަވެގެންފައި މިވަނީ ވަކި ބައެއްގެ އަމިއްލަ އެދުމެވެ.

ހާއްސަކޮށް ރައީސް މައުމޫނަކީ އެއްވެސް އިރެއްގައި ޕްރައިމަރީ އަކަށް މާބޮޑު ތާއީދެއް ކުރެއްވި ބޭފުޅެއް ނޫނެވެ. ޕީޕީއެމްގެ އަސާސީ ޤަވައިދުގައި ވެސް ޕްރައިމަރީއެއް ގައި ވާދަނުކޮށް ހުރިހާ އިންތިޙާބެއްގައި ވެސް ތަބަކަކަށް ލާފައި ޕާޓީގެ ޓިކެޓް ދިނުމުގެ ފުރުސަތު ފަހިކޮށްފައި ވަނީ އެހެންވެގެންނެވެ.

ނަމަވެސް އެކަމުގެ ހިތި ނަތީޖާ ޕީޕީއެމް އަށް މީގެ ކުރިން ވަނީ ފެނިފައެވެ. އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބާއި، ކައުންސިލް އިންތިޙާބުގައި ވެސް ޕްރައިމަރީ އެއް ބޭއްވުމެއް ނެތި ޕާޓީގެ ޓިކެޓް ދިން ގިނަ ދާއިރާތަކުން ޕީޕީއެމް އަށް އޮތީ ނާކާމިޔާބާއި ކުރިމަތިވެފައެވެ. ޕްރައިމަރީއެއް ބޭއްވިނަމަ ވަރަށް ފަސޭހައިން ކާމިޔާބު ކުރެވޭނެ ކަމަށް ބެލެވުނު ދާއިރާތައް ގެއްލުނީ ޕާޓީގެ އިސް ބޭފުޅުންގެ ގާތް މީހުން މަގާމުތަކަށް އިންތިޙާބު ކުރުމަށްޓަކައި ޕާޓީގެ ޓިކެޓް ތަބަކަކަށް ލާފައި ދިނުމުންނެވެ. އެކަމުގެ ސަބަބުން ޕާޓީގެ އެންމެ އިސް އެކްޓިވިސްޓުން ބައިބައިވެ، ޕާޓީގެ ވޯޓް ވެސް އެކި ކެންޑިޑޭޓުންނަށް ބެހިގެން ދިޔައެވެ.

އެމްޑީޕީ އަކީ މިހާތަނަށް އެންމެ ޑިމޮކްރަޓިކް އުސޫލުތައް ހިފަހައްޓަމުން އައި ޕާޓީ ނަމަވެސް އެމްޑީޕީގެ ލީޑާޝިޕަށް ވެސް އަމިއްލަ އެދުން އިސްކުރަން ޖެހޭ ހާލަތުގައި ޑިމޮކްރަސީގެ ހަމަތަކަށް ސަމާލުކަން ދެވިފައެއް ނެތެވެ. އެމްޑީޕީ އަށް ރިޔާސީ އިންތިޙާބު މިފަހަރު ކާމިޔާބު ކުރެވިފައި މިވަނީ ވަރަށް ހުދުމުހުތާރު ސިފަތަކުން ސިޔާސީ ހަޔާތް މިހިސާބަށް ގެނެސްފައިވާ ބޭފުޅުންތަކެއްގެ އެހީގައި ކަމަށް ވާތީ އެމްޑީޕީ އިން މިހާތަނަށް ދެމަހެއްޓި ބައެއް އުސޫލުތައް އެޕާޓީ އިން ދޫކޮށްލަފާނެ ކަމުގެ ހެކިތައް މިދަނީ ފެންނަމުންނެވެ.

ޖުމްހޫރީ ޕާޓީއަށް ބަލާއިރު އެޕާޓީ އަކީ ޑިމޮކްރަޓިކް ހަމަތަކެއް ގެންގުޅޭ ޕާޓީއެއް ކަމަށް ދަންނަވަން ވަރަށް ދައްޗެވެ. ގާސިމަށް ރަނގަޅު ކޮންމެ ގޮތަކީ ޖުމްހޫރީ ޕާޓީގެ ސިޔާސަތައް މިހާތަނަށް މިއޮތީ ވެފައެވެ. އެހެންކަމުން 12 މެންބަރުންނަށް އިދިކޮޅު އިއްތިހާދުގެ ޓިކެޓް ދީގެން އިންތިޙާބަށް ނެރުން އެއީ ޖުމްހޫރީ ޕާޓީއަށް މާބޮޑު ގޯހެއް ކަމަކަށް ނުފެންނާނެއެވެ. އޭގެތެރޭގައި ޖުމްހޫރީ ޕާޓީގެ ބައެއް މެންބަރުންނާއި އަދި ވަރަށް ފަސޭހައިން ޖުމްހޫރީ ޕާޓީއަށް ގެނެވިދާނެ މެންބަރުންތަކެއް ތިބުމުން ބޮޑު ފައިދާއެއް ވެސް އެޕާޓީއަށް ހޯދެން އެބައޮތެވެ.

އަދާލަތު ޕާޓީއަކީ ސިޔާސީ ދާއިރާގައި ނުފޫޒެއް އޮތް ޕާޓީއެއް ނޫނެވެ. އަޑުގަދަ ބޭފުޅުންތަކެއް ތިއްބެވުމުން ސުރުހީތަކުން ޖާގަ ހޯއްދެވި ނަމަވެސް އެޕާޓީގެ ސައިޒަކީ ރައްޔިތުން މަޖިލީހުގެ އެންމެ ގޮނޑިއެއް އިއްތިހާދެއްގެ ތެރެއިން ކިރިޔާ ކާމިޔާބު ކޮށްލެވުމެވެ. އެހެންކަމުން ބައެއް ބޭފުޅުންނަށް އިއްތިހާދުގެ ޓިކެޓް ދިނުން އަދާލަތައް އޯކޭ ވާނެެއެވެ.

ސުވާލަކީ އިއްތިހާދުގެ ފަރާތުން މަޖިލިސް އިންތިޙާބުގައި ވާދަކުރެއްވުމަށް 12 މެންބަރުންނަށް ޕްރައިމަރީއަކާއި ނުލައި ޓިކެޓް ދޭން ޖެހޭ ހެއްޔެވެ؟ 12 މެންބަރުން އެބޭފުޅުންގެ އަމިއްލަ މަންފާއަކަށްޓަކައި އަދި ވަރަށް ބޮޑު ތުހުމަތުތަކެއް ކުރެވެން ޖާގަ އޮތް ގޮތައް އިދިކޮޅު ފަރާތްތަކާއި ގުޅުމަކީ އިދިކޮޅު އިއްތިހާދަށް އުމުރު ދުވަހަށް އެބޭފުޅުން ބެލެހެއްޓުމުގެ ޒިންމާ އުފުލަން ޖެހޭ ސަބަބެއް ނޫނެވެ.

އޭގެތެރެއިން ގިނަ ބޭފުޅުންނަކީ މިހާރު އެބޭފުޅުން ތަމްސީލް ކުރައްވާ ދާއިރާތަކުން ދެން ޔަގީނުން ވެސް ގޮނޑި ކަށަވަރު ނުކުރެވޭނެ ބޭފުޅުންނެވެ. ދާއިރާގެ ރައްޔިތުންނާއި ބާއްވަމުން އައި ގުޅުމުގެ ސަބަބުން ރައްޔިތުން ވަނީ އެމެންބަރުންނަށް މިހާރު ވެސް "ނޯ" ޖަހާފައެވެ.

އެހެން ނަމަވެސް މިހާރު ސިޔާސީ މަސްރަހު މިއޮތް ގޮތައް ބަލާއިރު އިދިކޮޅު އިއްތިހާދު ބޮޑު ތާއީދެއް އޮތް ދާއިރާތަކަށް އިއްތިހާދުގެ ޓިކެޓްގައި ވާދަކޮށްގެން އިންތިޙާބު ކާމިޔާބު ކުރުމުގެ ފުރުސަތު ކޮންމެ ބޭފުޅަކަށް ވެސް އެބައޮތެވެ.

އަމިއްލަ އެދުމާއި، ހުދުމުހުތާރު ސިފަތަކުން ޖަރީވެފައި އޮތް ނިންމުމެއްގެ ސަބަބުން 12 ދާއިރާއެއްގެ ރައްޔިތުންގެ އިހްސާސްތަކާއި އެދާއިރާގެ އެކްޓިވިސްޓުންނާއި ރައްޔިތުންގެ މަޖިލީހުގައި ވާދަކުރެއްވުމަށް އެދާއިރާތަކުން ނިކުންނަން ތައްޔާރުވަމުންދާ އިދިކޮޅު އިއްތިހާދުގެ ވަރުގަދަ ސަޕޯޓަރުންގެ އުއްމީދުތަކުގައި ހަތަރު ލީޑަރުން ކޮޅުފައިން ޖެހުމުގެ ނަތީޖާ އަކަށް ވެގެންދާނީ ޔަގީންވެފައިވާ ވޯޓްތަކެއް ގެއްލިގެން ދިއުމެވެ.

ހުދުމުހުތާރު އަމަލެއްގެ ސަބަބުން ޑިމޮކްރަސީގެ ހޯދުނު މޮޅެއް އަދި ހޯދުނު ކާމިޔާބެއް ވެސް ނެތެވެ. އެހެންކަމުން ފަހަތައް ފިޔަވަޅެއް އަޅާ، ހުދުމުހުތާރު ކަންކަމެއް ކުރުމުގެ ބޭނުމެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އަންނިބޫ

    ތިޔަ ދެބައި މީހުންނަކީ ވެސް ހަމަ އޭގެ މީހުންނެވެ. އޮތީ ހަމަ އަމިއްލަ އެދުން ވެރިކަން، އަމިއްލަ އެދުން ނެތް ސިޔާސީ ހަމަ އެކަކުވެސް ދައްކަބަލާށވ.

  2. Anonymous

    ޑިމޮކްރަސީގެ ނިވާފަތްގަނޑުގައި އެކަންޏެއްނޫނެވެ ޚުދުމުޚުތާރުކަމާއި ކޮރަޕްޝަނާއި އަމިއްލައެދުންއޮތީ މުޅި ކޯލިޝަންގެ ނިވާފަތްގަޑުގައިވެސް އޮތީ އެގޮތްކަން އެގިގެން ބިޔައީ

  3. ރަސްދޫ

    ތިތާ ތި ތިބީ މިގައުމުގަ ތިބި އެންމެ ބޮދެތި ވަގުން..

  4. ޚިޔާލު

    މިހާރުން މިހާރަށް މައުމޫން ކޯލިޝަނުން ބޭރުކުރުމަށް ގޮވާލަމެވެ އޭނާ ކޯލިޝަނުގައި
    ބަހައްޓައިފިނަމަ ކޯލިޝަންގެ އަގުވެއްޓި
    ފަޟީހަތް ވެދާނެއެވެ ރައްޔިތުންގެ އިތުބާރު
    ގެއްލި ކޮރަޕްޝަނާެި ފަސާދައިގެ ހާއްޔަކަށް
    ކޯލިޝަން ވެދާނެއެވެ 12 މީހުންނަށް ހިލޭ
    ޓިކެޓްދޭން އުޅެނީ ވަރުގަދަ ފައުޖެއް ތައްޔާރު
    ސަރުކާރާދެކޮޅަށް ހަނގުރާމައަށް ނުކުތުމަށެވެ.

  5. ވާރޭ

    މައުމޫ ނަކީ މިހާތަނަށް ރާއްޖޭގައި އުފެދުނު އެނމެނުބައި ޑިކްޓޭޓަރ

  6. ހެޕީ

    4 ލީޑަރުމް ސޮއިކުރި އެއްބަސްވުމުގަ ތިވާހަކައެއް ނެތް.. ތީ މަޢުމޫނު ކޮންޓްރޯލްކުރާބަޔަކަށް މަޖިލިސް ޓިކެޓު ދޭން ޖަހާ ސްޓަންޓެއް..އެމްޑީޕީން ދާނި ޕްރައިމަރީއަކަށް.. ނަޝީދު އެއޮތީ އެކަން ކަށަވަރުކޮށްފަ.

  7. ފާތުން

    ޏުކެރެނެ pުރައިމެރީ އަކައްދާކައް ޢިގޭ ނުހޮވޭނެކަން މިފަހަހަރުކުޅަދާނައެއްނޫން ތިއިން އެކަކުވެސ ހޮވާކައް

  8. ބޮޑާބެ

    މިކާކުތޯ

  9. ހައްޤު

    ހުދުމުޚްތާރު ކަމަކީ ކޮބާތޯ .ރިސްވަތަކީ ކޮންންޗެއް

  10. ދޮންބެ

    އޭ ބާރަ މެމްބަރުން ކުރި ހިތްވަރަށް ދޭން އުޅޭ އިނާމެއްކަމަށް ގަބޫލު ކުރެވެނީ. ނަމަވެސް ވިސްނާލަންޖެހޭ ޕޮއިންޓަކީ އެ ބާރަ މެމްބަރު އެކުރި ކަމެއްކުރީ ރައްޔިތުންގެ ހައްގުގައި ނޫންކަން. އެމީހުންގެ އެބޮޑު އާމްދަނީ އަނބުރާހޯދުމަށް ކުރި މަސައްކަތެއް.

  11. އަބޯ

    އާދާލަތަކި އެއްވެސް އިންތިހާބެއްގެ ގޮނޑިއެއް ކާމިޔާބު ކުރެވޭ ފެންވަރުގެ ޕާޓި އެއް ނޫން.

  12. Anonymous

    ނަސީދު ތިގޮތައް އެއްބަސްވެދާނެކަމަކައް ހީއެއްނުކުރަން. ތީނަސީދުއާ ބީރައްޓެހިކަމެއް.

  13. ހާމާނު

    ޕެނަލްޓީއަށް ހުއްޓިތިބޭހެން އެބަތިއްބެއްނު. ތި ގުރޫޕުގެ އެކުވެރިކަން 3 މަހަށް ދެމިގެން ދިޔަސް މަ ހަމަ އަންތަރީސްވާނެ. އަމިއްލަ އެދުމުން ފޯވެފަތިބި ބައެއް. ހުސް ދެފުއްކެހެރިން.

  14. Miadhu

    އެއީ ވެދާނެކަމެއްތަ އިމްރާނުއަށްވެސް އިއްޔެ އަނަނިވީ ލާދީނީ މީހަކަށް މިއަދު އެވަނީ ދީނީ މީހަކަށް ޖަޒީރާ ހޮޅުއަށިން އެކަން ވ ސާފުދޯ

  15. އަން

    ކޮބާ މައްސަލައަކީ. އިބޫ ވެސް ވެރިކަމަށް އައީ ތަބަކަކަށް ލާފައި ދިން ޓިކެޓަކުން. މޑޕ ކުދިންކޮޅު ތިބީ ހަމާގަތަ. ބޭއިންސާފުން ކަންކުރުމަކީ އަންނިޔާ ވަރަށް ދޯހެޅިކަމެއް.