ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް، ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމާ ބައްދަލު ކުރައްވައިފިއެވެ.

ރައީސް މައުމޫން ނާޒިމާ ބައްދަލު ކުރެއްވީ މެލޭޝިއާގައެވެ. މިބައްދަލު ކުރެއްވުމުގައި ރައީސް މައުމޫންގެ ދެކަނބަލުންނާއި ރައީސް މައުމޫންގެ ދެ ދަރިކަނބަލުން ކަމުގައިވާ ދުންޔާ މައުމޫނާއި ޔުމްނާ މައުމޫންގެ ބައިވެރިވެ ވަޑައިގެންނެވިއެވެ. ނާޒިމްގެ އަނބިކަނބަލުން އަފާފް ވެސް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. މައުމޫނާއި ނާޒިމްގެ ބައްދަލުވުމުގެ އެއްވެސް ތަފްސީލެއް އެއްވެސް ފަރާތަކުން ހާމަކުރައްވާފައެއް ނުވެއެވެ.

މައުމޫން ބޭސްފަރުވާ އަކަށް މެލޭޝިއާ އަށް ވަޑައިގެންނެވީ މިދިޔަ އޮކްޓޯބަރ މަހުގެ 22 ވަނަ ދުވަހު އެވެ.

ނާޒިމް ބޭސްފަރުވާއަކަށް މެލޭޝިއާ އަށް ވަޑައިގެންނެވީ މިދިޔަ އޮކްޓޯބަރ މަހުގެ 04 ވަނަ ދުވަހު އެވެ.

ނާޒިމްގެ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލައިގައި އޭނާގެ މައްޗަށް އިއްވާފައި އޮތް 11 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުން ފަސްކޮށް، މައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން ވަނީ ނޮވެމްބަރ މަހުގެ 04 ވަނަ ދުވަހު ވަގުތީ އަމުރެއް ނެރުއްވާފައެވެ.

ނާޒިމަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމަށް ހައި ކޯޓުން ތާއީދު ކުރުމުން އެ މައްސަލަ ނާޒިމްގެ ފަރާތުން ކުރިން ސުޕްރީމް ކޯޓަށް އިސްތިއުނާފް ކުރުމުން އެ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން އޭރު އޮތީ ނިންމައިފަ އެވެ. އެކަމަކު އެ ނިިންމުން ރިވިއު ކުރަން ނާޒިމްގެ ފަރާތުން ފަހުން ހުށަހެޅުމުން އެ ކޯޓުން މިހާރު ވަނީ އެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް އިޖްރާއީ އަޑުއެހުމެއް ބާއްވަން ނިންމައިފަ އެވެ.

މައުމޫނާއި ނާޒިމް އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ފޫހިބައެއް

  ނަސްރީނާ ބުރުގާއެޅުމުގެ ބަދަލުގަ ޓޮޕާ ހަރުވާޅައަށް ބަދަލުވީ. ޖީންންސެލީނަމަ. ތިމީހުންނަކީ އަބަދު ބައްދަލުވެ ބައްދަލުވެ ތިބޭބައެއްނުން. މިހާރު އަނެއްކާވެސް މޮޅުކަމެ ރާވާލަނީކަމަށްވާނީ. މިފަހަރު މަޖުލިހަށް ހޮވޭކުދިންނަ ބަހާނެ ފައިސާހޯދަނީ ކަަމަށްވާނީ.

 2. ކެކެކެކެކެ

  ނަސް މާމަ ކޯޗެއް ލައިގެން އެހެރީ! މާތްކަލާނގެއާ ވަކީލު.

 3. ާަާަަައަސްލު

  ހުރިހާ އަންހެނުންވެސްތިބީ ﷲއެނގެވިގޮތަށް އައުރަނިވާކޮއްގެން ދެއްތޯ...ﷲއަށްބިރުވެތިވެބަލަ ފުރަތަމައިނުން...

  • އައްޑޫސިޓީ

   އިލްޔާސް މެނަށްތިކަހަލަ ކަމެއްނުފެންނާނެ
   ޢަބަދުވެސް ފެންނަނީ ޔާމިން. އިލްޔާސްއާ އަދާލަތު ކުދިން ދެކުނިންތަ ކުރީދުވަހު ސައުދީއައް ފުރައިގެން ދިޔައިބޫ އަންހެނުން އަލީޒާހިރު އެމީހުން ދަތުރުކުރި
   ޖެޓްގަދަތުރުވެސް ކުރި. އެކަމަކު ނަސޭހަތެއް ވެސްދޭކަށް ނުކެރުނު އިލްޔާސްއައް ޓްވީޓެއް ކޮށްލާކަށް ވެސްނުކެރުނު. މިގައުމުގަ މިހާތަނަށް އައިހަމައެކަނި އައުރަނިވާކުރި މަހާރެހެންދިއަކީ ފާތުމާ އަދާލަތު ކުދިން އެންމެނުރުހޭ މަހާރެހެންދިއަކީ ފާތުމާ.

 4. ހަރީ

  ކާފަޔަށްސާބަސް ގައުމުއާރާސްތުކުރިބާނީ ގައުމުފަނާކުރާބާގީއަކައްނުވާނެކަމައްހީކުރަން

 5. އާޒިމް

  އިބޫގެ ވެރިކަން ނިންމަން ތައްޔާރުވަނީ ބާ؟ ނާޒިމު ސޯ ވ. މޮޅުވާނެ ރައީސުން ލައްވަ އިސްތިޢުފާ ހޯދަން! ހަމަ އެއްވެސް ޝަރުތަކާނުލައި! ހައްހައްހާ

 6. ކުކީ

  ކާފަޔާ މާމަޔާ އަދިވެސް ހާދަ ޔަންގުކަމަށް ފެނެޔޭ ކޯންޗެއްތަ މާމަމެން މޫނުގައި އުނގުޅަނީ

 7. އެލެކްސް

  ނާޒިމް އަށް 1 ސުވާލު 2012 ފެބުރުއަރީގައި ގައި ސިފައިންގެ ދޮށަށް ދިޔައީ ކަންކަން ހައްލުކުރަންތޯ ނޫނީ ވެރިކަން ވައްޓާލަންތޯ؟ މައްސަލަ ހައްކު ކުރާނަމަ ވާހަކަ ދައްކާނީ ބޭރުގައި ތިބި ފުލުހުންނާއި ސިފައިންނާ ނަމަވެސް ޑިމާންޑު ކުރީ އަންނި އާއި ބައްދަލުކޮށް އިސްތިއުފާ ދޭންބުނަން “އެއްވެސް ޝަރުތެއްނެތި އިސްތިއުފާ ދީ” އިއަށް ބުނާނެ އެއްޗެއް ބޭނުން އެގޮލަން