ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ އިންތިހާބީ ރައީސްގެ ރަސްމީ ކެމްޕެއިން އޮފީސް ހިންގަމުން އައި ސޯލްޓް ކެފޭގައެވެ. މި ބައްދަލުވުމާ ގުޅޭ އިތުރު މައުލޫމާތެއް އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކާނަލް ނާޒިމް އިބޫ އާއި ބައްދަލުކުރެއްވިއިރު، އޭނާގެ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލައިގައި އިއްވާފައިވާ 11 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުން ފަސް ކުރަން ސުޕްރީމް ކޯޓުން ވަނީ މިމަހުގެ 04 ވަނަ ދުވަހު އަމުރު ކޮށްފައެވެ.

ނާޒިމް ދިރިއުޅޭ ކޮޓަރިން ފިސްތޯލައެއް ފެނުުނު މައްސަލާގައި ނުރައްކާތެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ކުށުގައި 2015 ވަނަ އަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހު 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފައެވެ. އަދި އެ މައްސަލަ ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުންވަނީ 2016 ވަނަ އަހަރުގެ ޖޫންމަހުގެ 26 ވަނަ ދުވަހު އެ މައްސަލަ ބަލައިނުގަތުމަށް ނިންމަވައިފައެވެ.

ނަމަވެސް ސުޕްރީމް ކޯޓުން ނިންމި އެ ނިންމުން މުރާޖައާ ކޮށްދިނުމަށް އެދި ނާޒިމްގެ ފަރާތުން ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުން މިހާރު ވަނީ އެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް އިޖްރާއީ އަޑުއެހުމެއް ބޭއްވުމަށް ނިންމާފައެވެ.

އެ ހުކުމް ތަންފީޒު ކުރުން ފަސްކުރަން އަމުކުރިއިރު ނާޒިމް ހުންނެވީ މެލޭޝިޔާގައެވެ. އޭނާ ރާއްޖެ ވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަހުން

    އިބޫ ނިކަން ނާޒިމް ޑިފެންސް މިނިސްޓަރަކަށް ހަދާބަލަ، ބޯ ގޯސް ބޭކާރު މީހުން ނުލައި. ގައިމު މީހުން ބަލައިގަންނަލެއް ބޮޑުވާނެ

  2. ާއަބުލޯ

    ކޮން މިނިސްޓީ އެއްބާ ހަވާލު ކުރަނީ

  3. އެދުރޭ

    އެމް.ޑީ.ޕީ.ގެ ވެރިކަން ނެތިކޮށްލި ކުދިންގޮސް އެޕާޓީގެ ފައިބުޑުގެ ސަލާމް ޖަހަނީ .. ވަރަށް ސަލާމް....

  4. ޖޭޕީ(ޖަޔަ ޕްރަކާޝް)

    ދެއްވަންޏާ ދެއްވަންވާނީ ޑިފެންސް މިނިސްޓަރުކަން.

  5. Anonymous

    މިކަހަލަ ކޮންމެ ގައިދީއަކަށް ހީވަނީ އާރައީސު އިބޫސާލިޙު އާއި ބައްދަލުކޮށް އިިދިކޮޅު ޑާކޫމެންނާއި އަރިސްވެގެން އުޅުނީމަ އެބޭކަލުންގެ ހަމްދަރުދީ ތިމެންނައަށް ލިބޭނެކަމަށް، އެމްޑީޕީ ކެމްޕެއިންގަ ނާޒިމުގެ ފެމިލީ މީހުން ބައިވެރިވީމަވެސް އެކޮޅަށް އިތުރު ވޯޓު ލިބޭނެތީ އެމީހުން ވައުދުވީ މިކަލޭގެވެސް ޖަލުންސަލާމަތް ކުރާނެކަމަށް، އިތުރު ހަމްދަރުދީއެއް ނުލިބޭނެ ކިތައްމެވަރަކަށް ފައިބުޑަށް ވެއްޓިެމުން އުޅުނަސް، އެމީހުން ހަނދާން ނުނެތޭނެ އަންނީ ސަރުކާރު ވައްޓަން މީނައާއި ޢަބުދުﷲރިޔާޒު ކުރި ކަންތައް، އަދި ކިތައްމެވަރަކަށް ތިމެންނަގެ ބެލުމުގެ ދަށުގައި އެ ފިސްތޯލަ ނެތްކަމަށްހަދަން ބުހުތާން ދޮގުހެދިޔަސް ގަބޫލުކުރާނެ ބަޔަކުނެތް، އެ ފިސްތޯލައިގެ ހަޤީގަށް ގައިދީ އަދީބުއަށް ހަޤީގަތް އިގޭނެ، ﷲއީ ހުރިހާކަމެއް ދެކެ ދެނެ ވޮޑިގެންވާ ކަލާނގެ އެވެ.