ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރުކަމުން ގާސިމް އިބްރާހީމް އިސްތިއުފާ ދެއްވައިފިއެވެ.

ގާސިމް މިކަން އިއުލާންކުރެއްވީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ޖުމްހޫރީ ޕާޓީ އަށް ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ގާސިމް ވިދާޅުވީ ޕާލަމެންޓްރީ ގުރޫޕްގެ އާ ލީޑަރަކަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އައްޔަން ކުރަން އެ ގުރޫޕުގެ ހުރިހާ ބޭފުޅުން ވެސް އެއްބަސްވެ ވަޑައިގެންފައިވާ ކަމަށެވެ. އަދި މިރޭ ނޫނީ މާދަމާގެ ވަގުތެއްގައި ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް ބޭއްވުމަށްފަހު އެކަން ރަސްމީކުރާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ޖޭޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރުގެ މަގާމުގައި ހުންނަވަނީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިންއެވެ.

ގާސިމް ވިދާޅުވީ އެ މަގާމުން ގާސިމް އިސްތިއުފާ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވުމާ ގުޅިގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Miadhu

    ތިހެން ނުހަދާ ކަލޭ ކުޑަވެދާނެ