ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހާއި ގުޅުވައިގެން ހާއްސަ ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.

ކޮންމެ އަހަރެއްގެ ވެސް މާރިޗް މަހުގެ 21 ވަނަ ދުވަސް، ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހުގައި ފާހަގަކުރާއިރު، އެފަދަ ކުދިންގެ ހައްޤުޤައި އެތަކެއް ހަރަކާތްތަކެއް ދަނީ ބާއްވަމުންނެވެ. މިގޮތުން ރާއްޖޭގެ ޖަމިއްޔާއެއް ކަމުގައިވާ 'ބިއުޓިފުލް އައިޒް'އިން އިސްނަގައިގެން، މި އަހަރުގެ މި ދުވަސް ވެސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށް ވަނީ ނިންމާފައެވެ.

"ބަޑީ ވޯރކް"ގެ ނަމުގައި ބާއްވާ މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ، 21 ވަނަ ދުވަހުގެ ހަވީރު 4:00 ގައި ހެންވޭރު ދަނޑު ސަރަހައްދުންނެވެ.

މީގެ އިތުރުން، އެ ދުވަހުގެ މުނާސަބަތުގައި ފޮޓޯ ކޮންޓެސްޓަކާއި ފަންޑުރައިސިންގް ހަރަކާތެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވެއެވެ. އަދި 'ބިއުޓިފުލް އައިޒް' ގެ ފަރާތުން ޑިޒައިން ކޮށްފައިވާ ޓީޝާރޓްތަކެއް ވިއްކުންވެސް އެ ދުވަހު ކުރިއަށް ދާނެއެވެ. މި ޓީޝާރޓްތައް ބޭނުން ވެލައްވާ ފަރާތްތަކަށް، އެ ޖަމިއްޔާގެ އޮފީހުން މިހާރުވެސް ގަތުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

ފޮޓޯ ކޮންޓެސްޓްގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން، ޑައުން ސިންޑްރޯމް ހުންނަ ކުއްޖަކާއި އެކު ފޮޓޯއެއް ނެގުމަށްފަހު، ހޭޝްޓެގް "މީ އެންޑް ޑައުން ސިންޑްރޯމް" ޖަހައި ސޯޝަލް މީޑިއާއި ހިއްސާ ކުރުމުން މި ކޮންޓެސްޓުގައި އެ ފަރާތްތަކަށް ބައިވެރިވެވުނީއެވެ.

ޑައުން ސިންޑްރޯމް ހުންނަ ކުދިންގެ ހެދިބޮޑުވުން ލަސްވެ، އެ ހުންނަ އުނި ކަމެއްގެ ސަބަބުން ބައެއް ފަހަރު އެ ކުދިން މުޖުތަމައުން ބާކީ ކޮށްލެވޭތަން އާދެއެވެ. ނަމަވެސް އޭގެ ބަދަލުގައި، އޭގެން ކޮންމެ ކުއްޖަކަށްވެސް ވީވަރަކުން އެހީވަމާ ތޯއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކީއްކުރަން ހިނގަނީ ހިނގީމާ އެކުދިންނަށް އެހީވެވުނީތި ތިޔައީ ހަމަ ދައކަން ކުރާ ކަމެށް