ރާއްޖެއަށް ސިޔާސީ ގޮތުން ހަމަޖެހުން ލިބިގެންދާނީ ބަރުލަމާނީ ނިޒާމުންކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ "ރާއްޖެ ޓީވީ" އިން ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަޅުގަނޑު ޤަބޫލު ކުރަނީ ދިވެހި ރާއްޖެއަށް ސިޔާސީ ހަމަޖެހުން ލިބިގެންދާނީ ބަރުލަމާނީ ނިޒާމެއްގެ ތެރޭގައި." ރާއްޖެ ޓީވީ އިން ގެނެސްދިން ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު މިރޭ ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ހަމަޖެހުން ލިބޭނީ ބަރުލަމާނީ ނިޒާމަކުން ކަމުގައިވިޔަސް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހަށް ރިޔާސީ ދައުރެއް ލިބެން ޖެހޭކަމުގައެވެ. އަދި އެކަމުގައި އެއްވެސް ދިވެހި ރައްޔިތަކު ސުވާލު ނުއުފައްދަވާނެކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"ދެން އަޅުގަނޑު ދެކޭ ގޮތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ރައީސްކަމުގެ މުއްދަތެއް ލިބިވަޑައިގަންނަވަން ޖެހޭނެ. އެއީކީވެސް އަޅުގަނޑު އިންކާރު ކުރާނެ ކަމެއް ނޫން އަދި އަޅުގަނޑުގެ ނަޒަރުގައި އެއްވެސް ދިވެއްސެއް އެކަމަކާއެއް އިންކާރެއް ނުކުރާނެ. އަޅުގަނޑު ދެކޭ ގޮތުގައި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހަށް ރިޔާސީ ދައުރެއް ލިބިވަޑައިގަންނަވަން ޖެހޭނެ." ދައުރުގެ މެދުތެރެއިން އިސްތިއުފާ ދެއްވި ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުންވެސް، މިރޭގެ ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަން ދެމެހެއްޓެވުމަށް އަދި ހިމާޔަތްކުރެއްވުމަށް ޤާނޫނީ ގޮތުން ކުރެއްވެން ހުރި ހުރިހާ މަސައްކަތްޕުޅުތަކެއްވެސް ކުރައްވާނެކަމަށެވެ.

"ބައެއް ބޭފުޅުންނަށް އަޅުގަނޑު މި ވާހަކަތައް ދެއްކީމާ، އެއީ މިސާލަކަށް މިހާރު އަޅުގަނޑު ރައީސް އިބްރާހީމް މުޙައްމަދު ސޯލިހަށް ކުރާ ގަދަރާއި އަދި އެބޭފުޅާގެ ރިޔާސަތާއި އަދި އެބޭފުޅާގެ ސަރުކާރު ދަމަހައްޓަން އަޅުގަނޑު ނުކުރާނެ އެއްވެސްކަމެއް، ޤާނޫނީ އެއްވެސް ކަމެއް ނޯންނާނެ. އެއީ އަޅުގަނޑު އެކަން ކުރާނެ ގޮތް. ސިޔާސީ އެއްވެސް މަޝްވަރާއަކީ އަޅުގަނޑު އެކަނި އަޅުގަނޑު ހިންގާނެ މަޝްވަރާއެއް ނޫން." ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަކީ ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާދަނީ އެކަމަށް ވަރަށް ބޮޑަށް ކެމްޕޭނު ކުރައްވަމުންކަން ފާހަގަ ކޮށްލެެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ެއަލީ

    އަންނިގެ އުދަގޫ ބޮޑެއްނު އަޅެ

  2. ނޫރާ

    ކުބާ ކަލޯ މިސޮރަށް ކެތެއް ނުވިއެންނު...ބޮޑު ހިޔަޅެއް މީ

  3. އަހަންމާ

    މޯދީ ބުނީ ދޯ.. އޭރުންތާ ވެރިކަމަށް އާދެވެން އޮތީ

  4. ބޮޑު ވަޒީރު

    ބޮޑު ވަޒީރުކަން ބޭނުންވިޔަސް ތީ ބޮޑު ވަރު ނަޝީދޫ.

  5. ވަތަންދާރު

    ނަޝީދު ޕީ އެމް ގެ ގޮތުގަ ވެރިކަންކުރާން ބޭނުން ވާތީ ތޯ..

  6. ފާތުން

    ކަލޭ ދެން ނުބެހިބަލަ މިކަމާ . އިބޫއަށޭ ވެރިކަން ލިބުނީ . ތިއުޅެނީ މޮޔަވެގެން

  7. އަބޯ

    މިއީ މޮޔަ ގޮވާ ސޮރެއްތަ ؟

  8. އަބޯ

    އިބޫ މިކަލޭގެ މައްސަލަ ރިވިޔު ކޮށް އަވަހަށް ޖަލަށް ފޮނުވާލާ . އެހެންނޫނީ މަނިކުފާނަކަށް ވެރިކަމެއްނުކުރެވޭނެ ބަލާ ބޮޑުވާންފެށީ

  9. އާންމު އާދުމީ

    ފުރޭތަ އަރަނީ.. އިބޫ އަކީ ހިކުމަތްތެރި ވެރިޔެއްވިއްޔާ ކޮންމެވެސް ގޮތަކުން މިކަލޭގެ ހިމޭނުން ބެހެއްޓޭތޯ ބަލާ.

  10. ދޮގެއް؟

    ކަލޭ ދުނިޔޭގަ ހުރެގެން މި ގައުމަކަށް ނެތް ހަމަޖެހުމެއް ބޮޑު މުސީބާތެއް.

  11. ފުތާބެއްޔާ

    ރާއްޖެއަށް ސިޔާސީ ހަމަޖެހުން ލިބިގެންދާނީ ބަރުލަމާނީ ނިޒާމުންކަމަށް މަނިކުފާނު ބުނާއިރު ތިބަރުލަމާނީ ނިޒާމްގެ ސަބަބުން ސިރީލަންކާ މިހާރު އޮތް ހާލަތު ބަލަން އުދަގޫކަމަށްވެސް އެބަބުނަމު. މިރާއްޖެ އަދި ސިރީލަންކާޔަށް ވުރެންވެސް ނިކަމެތި ހާލަތަކަށް ވެއްޓޭނެ ތިބަރުލަމާނީ ނިޒާމުގެ ސަބަބުން. މީ މިޔަދު ދިވެހިރާއްޖޭގެ ސިޔާސީވެށިންނާ މަޖިލީސްތެރޭން ފެންނަ ކަންކަމަށް ބަލާއިރު ކަށަވަރުވެ ޔަގީންވާކަމެއް ރާއްޖެ ހަލާކުގެތެރެޔަށް ދާނެކަމެއްކަން

  12. ރާއްޖެ

    ވެރިކަމާ ހުރެ މޮޔަވެފަ. މީނާއަށް ބޮޑު ވަޒީރުކަން ދީ.

  13. ދިމިގުރާޠީ

    މި ބަރުލަމާނީ ބޮޑުބެ އަށް އެނޫން އެއްޗެއް ނުކިޔޭ ދޮ. މިހާރު އެއުޅެނީ ބޮޑު ސިއްރު ޕްރޮޕެގެންޑާއަކުން އެންމެންގެ ބޯ ކައިލާން. ޢެއްވަރަކަށް އެހެން ކިޔާކިޔާ ރައްޔިތުންނަށް އެވާހަކަ ޤަބޫލުކުރުވަން. މަކަރުވެރި ޔަހޫދި ގޮތަކަށް. ބަލަ ތިއޮތް ލަންކާގައިވެސް އެ އުޅެނީ ތިޔަބަރުލަމާނީ އަކުން މައްސަލަތައް ތޮއްޖެހިގެން. ފައިސާގެ އަގުވެސް އިންތިހާއަށް ދަށްވެއްޖެ އެސަކަރާތެއްގެ ތެރޭ.

  14. ޢަލީ ހަމީދު

    އަވަސްކުރޭ .މިސްޓަރ ޕުރައިމިނިސްޓަރ..

  15. ބޯބުރާނތި

    މޮޔަފޮޅުވެގެން ނޫޅެ މަޑުންހެރެވޭތޯ ބަލާބަލަ ކިހާބޮޑުވެއްޖެ ކަމެއްމީ ވެރިކަމެއް ލިބުނީމަ ކުރަންނޭނގި އިސްތިއުފާދީފައި މިހާރު ކޮންވާހަކައެއް މިދައްކަނީ އިބޫއާއި ނުތޮޅި މަޑުން ހުރެވޭތޯބަލާ ނޫނީ ކުޅި ސަމާސަ ދައްކާލާނަން އިނގޭ..... ލައްކަ ވާހަކަ މިބުނީ އިނގޭ ..............

  16. ނަޒީރު ބެ

    މިކަލޭގެ މި އުޅެނީ ރާއްޖެ އަދަވަޅަކަށް ވައްޓާލަން ވެގެންދޯ.!؟ ގައުމްށް ޖެހިފައި އޮތް ބޮޑު މުސީބާތެއްމީ.

  17. އަޙްމަދު

    ކޮބާ ނުހުރެވުނެއްނޫން. 2019 މަޖްލީހުގެ އިންތިޙާބައްފަހު އެބުނާ ސަރުކާރު ފެށޭނީ.

  18. ޙ

    ކަލޯ ދާންވީންނު މޯޑީ އާއެކު އިންޑިޔާ އަށް، ބަރުލަމާނީ އޭ ނުކިޔަ، މިގައުމަށް ފާވެފަ ހުރި ބަލާއެއް ތީ

  19. ކައްދާދި

    ޕާޓީ ތައް އުވާލުމުން ރާއްޖެ އަށް ސިޔާސީ ހަމަޖެހުން އަތުވެދާނެ ކަމަށް ފެންނަނީ

  20. މޯޑު

    ރާއްޖެއަށް ސިޔާސީ ހަމަޖެހުން ލިބޭނީ ޑިމޮކުރަސީ ދޫކޮށް ރަސްކަމުގެ ނިޒާމު ގެނައީމަ

  21. ޢައިޝާ

    ތިހާ ބަރުދާމާހިތް ވަންޏާ، އެކަނި ދަމާބަލަ. ޢަރެމެން ނޫޅެން ބަރުދަމާކަށް.

  22. ޗިއްލޫ

    ތިބޭފުޅާގެ ގޭތެރޭގަ ތިޔަ ބަރުލަމާނީ ނިޒާމް ގެންގުޅެން ވީނު!

  23. عبدالله

    މިރާއްޖޭގައި މިހާރު ޢަމަލުކުރެވޭ ނިޒާމުގައި މައްސަލައެއް އުޅޭކަމަށް ބަލައި، ނިޒާމީވޯޓަކަށް ދިޔުމަށް ހުއްޓާނުލައި މަސައްކަތް ކުރަމުންދާއިރު، މިރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމު ކުދިކުދިކޮށް ފޮތިފޮތި ކޮށްފައިވަނީ، ވެރިކަމުގެ ބާރުތައް އެއްކޮށްލުމަށް ބޭނުންވާ ބަޔަކީ، ރައްޔިތުންގެ ޢަދުއްވުންނެވެ.