ގެއްލިފައިވާ ފައިސާ ހޯދުމަށް ހާއްސަ ކޮމިޝަނެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ނަމުގައި ރައީސް ސޯލިހު މި ކޮމިޝަން އުފައްދަވާފައިވަނީ އިއްޔެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މި ކޮމިޝަން އެކުލަވައި ލައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުންނެވެ.

މި ކޮމިޝަން އުފެއްދުވުމުގެ މަޤުޞަދަކީ، ދައުލަތުން ގެއްލިފައިވާ ފައިސާތައް ދައުލަތަށް ހޯދުމާއި، ދައުލަތުގެ އެކި ފަންތީގައި ތިބި ފަރާތްތަކުން ވެފައިވާ ޚިޔާނަތްތަކާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ މައްސަލަތައް އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ކުރެވި އިންސާފު ޤާއިމު ކުރެވިފައި ނުވަނީ، އެފަދަ މައްސަލަތައް ތަޙުޤީޤުކޮށް އިންސާފު ޤާއިމުކުރުމަށް އުފައްދާފައިވާ މުއައްސަސާތަކާއި، ދައުލަތުގެ އިދާރާތަކުން އެފަރާތްތަކާ މަތިކުރެވިފައިވާ ޤާނޫނީ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާކޮށްފައި ނުވާތީކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ވެއެވެ.

މި ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން:

1. އަޙްމަދު އަސްޢަދު، މާތޮޑާއަވަށް. ގުލްފާމުގެ، ގދ. ފަރެސްމާތޮޑާ
2. ޢާޞް ޢަބްދުﷲ، ދަޑިމަގު. ގާޑެންގްރޯވ، ޏ. ފުވައްމުލައް
3. ނަދީމް އިބްރާހީމް، ދަފްތަރު ނަންބަރު ރސ 7006
4. ޢާއިޝަތު ޙަނާ ވަޙީދު، މ. ހާޑްރޮކް
5. ފާޠިމަތު ސަރީރާ ޢަލީ ޝަރީފު، ދަފްތަރު ނަންބަރު ދރ 1320

"ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ރައީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ އަޙްމަދު އަސްޢަދެވެ.

މި ކޮމިޝަނަކީ، ކޮމިޝަނުން ތަޙުޤީޤުކުރެވޭ މައްސަލަތަކާ ގުޅިގެން ތަޙުޤީޤީ އިދާރާއަކުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް އެޅުމާއި، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރާ އިދާރާއަކަށް ލިބިދޭ އެންމެހައި ބާރުތަކެއް ލިބިގެންވާ ކޮމިޝަނެކެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. އާލުބޭ

    ގެއްލިފައިވާ ފައިސާ ހޯދުމަށް ހާއްސަ ކޮމިޝަނެއް އުފައްދަވައިގެން ފުރަތަމަ ހޯދާ މައުމޫނާއި ނަޝީދާއި ވަހީދުގެ ސަރުކާރުގައި ނެރެފައިވާ ހިޔާނާތްތައް!
    އޭގެ ފަހުން ދެން ބަލާ ޔާމީނުގެ ކަންކަން! މިމަގުން ކަންކަން ކޮށްފިނަމަ ތީ ރައްޔިތުންނަށް އިހުލާސްތެރިި
    ވެރިއެއް!އެހެންނޫން ނަމަ ތީ ކީރިތި ގުރުޢާނުގައި މާތް ﷲ ވަހީ ކުރައްވާފައިވާ ފަދައިން ނާއިންސާފުވެރި ވެރިއެކެވެ. އެބައިމީހުންގެ ނިމުން ހިތިވާނެ ކަމަށް
    ހަބަރު ދެއްވާފައިވާ ވެރިއެކެވެ.

    • އަންނި

      ތީހަމަ ވަރަށްބޮޑު ތެއްދެއް، ވަކި މީހަކު ދުއްވާލަން ކުރާކަމެއްނަމަ ތިކަން މިހާރުންމިހާރަށް ހުއްޓާލަން ގޮވާލަން!

  2. ލަބީބު

    އެމްޑީޕީ ސަރުކާރުގެ މަދު އަހަރުތަކެއްގައި ބަނޑުއަޅާލި މި ފައިސާތައް ފުރަތަމަ ހޯދާ ތިޔަ ކޮމިސަނުން. މީތި ކިޔާލާ
    1. ފިޝަރީޒް މިނިސްޓްރީން ބަނޑުއަޅައިލި 550 މިލިޔަން ރުފިޔާ
    2. ޔޫތުމިނިސްޓްރީން ބަނޑުއަޅައިލި 210 މިލިޔަން ރުފިޔާ
    3. ހެލްތުމިނިސްޓްރީން ބަނޑުއަޅައިލި 15 މިލިޔން ރުފިޔާ
    4. ފޮރިންމިނިސްޓްރީން ބަނޑުއަލައިލި 16 މިލިޔަން ރުފިޔާ
    5. ޑިފެންސްމިނިސްޓްރީން ބަނޑުއަލައިލި 12 މިލިޔަންރުފިޔާ
    6. އެޑިޔުކޭޝަނުން ބަނޑުއަޅައިލި 54 މިލިޔަންރުފިޔާ
    7. ހައުސިންމިނިސްޓްރީން ބަނޑުއަޅައިލި 715 މިލިޔަން ރުފިޔާ
    8. ކޮންވެންޝަންސެންޓަރު ހެދުމުގެނަމުގައި ބަޖެޓުގެބޭރުން ބަނޑުއަޅައިލި 400 މިލިޔަންރުފިޔާ!
    އޮޑިޓްރިޕޯޓުތަކުން އެހުރީ މި ޢަދަދުތައް ސާފްކޮށް ފެންނަން! ލަލަލާ

    • ޖަޒީރާމަނިކު

      މިސަރުކާރުގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މިކަމަށް ހެކިވާނެ.

    • ޗިއްލޫ

      މީގެ އިތުރަށް އައްޑޫގަ ހުރި ފުލައިން ސްކޫލުން 7މިލިޔަން އަމީނު ފައިސަލުގެ ޖީބައް، ސިފައިންނާއި ޕޮލިހުން ލައްވާ މަސައްކަތް ކުރުވާފަ ބިލުހަދައިގެން ވަކިވަކި ފަރުދުންގެ ޖީބައްލެވުނު ފައިސާވެސް!

  3. ތަޮޮޮލް

    ކިހާވަރަކުންދާނެބަ ރޫހާނީރައީސް ވެސް ތިކަހަލަކޮމެތީހަދައިގެން ބެއްޔާވެސްދެމި ވީހަނެއް އެއްކަމެއްވެއްސް އެބެއައް ހީނުވި ކަހާތަންހިރުވާހެންވެސް އެއްމެފަހުން އެބެއައްޖެހުނީ މިބައިގަޑައް ވެރިކަންހޯދައިދެންވެސް ކޮބާދުނިޔޭގެލަދުހަޔާތް

  4. ބަޔާން

    އެންމެ ފުރަތަމަ ހޯދަންޖެހޭނީ ކެނެރީގެ މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގެއްލުވާލި ފައިސާދޯ ރަށްރަށު ރައްޔިތުންގެ އެކައުންޓްތަކުގައި ހުރިފައިސާގެތެރެއިން ވީނުވީއެއްނޭނގޭގޮތަށް ނަޝީދު ގެއްލުވާލި ފައިސާއާއި، ކައިލި ފައިސާތައްވެސް މިފަހަރު ޖެހޭނެ ހޯދޭން

  5. ޚހހފ

    ތިޔަ އަސްޢަދަކީ އެމް.ޑީ.ޕީ ސަރުކާރުގައި ފިނޭންސްގެ ސްޓޭޓް މިނިސްޓަރަކަށް ހުރެގެން ކޮރަޕްޝަނުގެ ޢަމަލުތަކެއް ހިންގައި، ރަށްރަށުގެ ރައްޔިތުން އެއްކޮށްފައި ހުރި އެތައް ސަތޭކަ މިލިއަން ރުފިޔާއަށް ހެދި ނެހެދި ގޮތެއް ނޭނގޭ ގޮތަށް ކަންތައް ކޮށްފައި ހުރި މީހެއް. އޭނާގެ ބޭބެ އަސްލަމަކީ ހައުސިންގ މިނިސްޓަރަކަށް ހުރެގެން ދައުލަތުގެ ފައިސާއިން އަމިއްލަ ފޯނުބިލް ދައްކާފައި ހުރި މީހެއް. ވަރަށް ތާހިރެއްނު.

    • ަމަ

      ނޫނޭ މޑޕ އަކުން ނުކުރާނެ ވަތްކަމެއް. އެމީހުން ކުރީމަ ވާނީ އަތްކަން.

  6. އައްޑޫސިޓީ

    ތިޔަކޮމިޝަނުން މައުމޫނު ސަރުކާރު އިންފެށިގެން ޔާމިން ސަރުކާރުގެ ނިޔަލައް ވަކިސަރުކާރެއް އިސްތިސްނާ ނުކޮށް ހުރިހާސަރުކާރަކުން އިހުމާލުވެފަވާ ކަމަށް އޮޑިޓްރިޕޯޓް ރިޕޯޓްތަކުން ފެންނަން ހުރިކަންކަން ބަލާނެކަމަށް އުންމީދު ކުރަން.

  7. ފާއިޒް

    ވީ އެންމެ އަވަހަކަށް ހުޅުމާލެ ހޮސްޕިޓަލް ގެ ހިގަމުންދާ ކޮރަޕްޟަން ބަލާދިނުން އެދެން...

  8. ޢަލީ

    ތިކޮމިޝަނުގެ ރައީސް ގެއްލުވާލާފައިވާ ފައިސާ ފުރަތަމަ ހޯދާފައި ދެން އެހެންފައިސާ ހޯދަން މަސައްކަތްކުރުން ރަނގަޅުވާނެ.

  9. ޥގ

    ލަބީބް ކަލެޔައްވިސް ބައި ލިބުނުދޯ

  10. ކެޔޮޅު

    ގެއްލިފައިވާ ހުރިހާ އެއްޗެއްވީ އަންނި މުށުތެރޭގައި

  11. ާއައްކު

    ބަރާބަރު ? އެންމެ ފުރަތަމަވެސް މައުމޫނު ސަރުކާރުގައި ގެއްލުނު ފައިސާ، ދެން އައްނި ސަރުކާރުގައި ގެއްލުނު ފައިސާ ހޯދުމަށް ފަހު ޔާމީން ސަރުކާރުން (ކުރީގައި ގެއްލުނު ފައިސާގެ) ދަރަނި އަދާކޮށް މުޅިޤައުމު އާރާސްތު ކުރުމަށް އެމަނިކްފާނު ކުރެއްވި މަސައްކަތް ހޯދާ އެއިން އިބްރަތް ލިބިގަނެ އެފަދަ ތަރައްޤީ މިފަސް އަހަރު ނިމިގެންދާއިރު ފެނިގެން ދާނެކަމަށް އުއްމީދު ކުރަން

  12. އާމިރު

    800 މިލިއަން ޑޮލަރު ހޯދަންވެސް ތިފަދަ

    ީކޮމެޓީއެއް އުފެއަދި.

  13. ލަކީ

    ހެހެހެ ނިމުން ހިތި ވާނެކަން އެނގިއްޖެ ނޫން ކިހާ ބާރެއްގަ އުޅުއްވީ މިހާރުކޮބާ

  14. ށާބަސް

    ކޮމިޝަން އުފެއްދުން ނޫން ކަމެއްނެތެއްނު...ކޮންމެސް އެއްޗެކޭ ކިޔައިގެން ކައިރީގަ އުޅަޭބައިގަޑަށް ލާރިކެވޭނެ ގޮތެއް ހަދަންޖެހޭނެތާ

  15. ޖަޒީރާމަނިކު

    ކޮންދައުލަތަކުން ކޮންއިރަކު ގެއްލިފައިވާ ފައިސާ ތަކެއްތަ؟ ހަމަޔަގީނުންވެސް ދިވެހިދައުލަތަކުން ފައިސާތަކެއްނުގެއްލޭ. ފައިސާތަކަށް އެމްޑީޕީ ސަރުކާރުން ކުރިކަމަކީ ޑޮލަރު އަގުބޮޑުކޮށްފާ އެފައިސާތަކަށްހެދިގޮތެއްހެދީ. އެކަމެއްނުހޯދޭނެ.

  16. ޗިއްލޫ

    އެންމެދުވަހަކުން ގުޅަވިއްކައިގެން މިރާޖޭގަ ރައްޔިތަކަށް ހުޅުމާލޭން ބިމަކާއި ގެއެއްގަނެފަވާކަމީ ހަގީގަތެއް، ވީމާ މިކަން ރަނގަޅަށް ތަހުގީގުކޮށް އެބުނާ ގުޅައެއްގަތް ޖީއެމްއާރުން ދިން ފައިސާވެސް ދައުލަތައްނަގާ އެގުޅަ ވިއްކި މީހަޔަށްވެސް ހައްގު އަދަބުދޭންޖެހޭ!!!!

  17. ޖޮއްބެ

    ކެރަފާ ނަޝީދުގެ ރީނދޫ ބަލާވެރިކަން ނިމުނުއިރު ދައުލަތުގެ މާލިއްޔާއިން މަދުވާކަމަށް އޯޑިޓް ރިޕޯޓްތަކުން ދައްކާ 4.7 ބިލިއަން ދިވެހިރުފިޔާ. މިއީ ރަސްމީ ހިސާބު ތަކުން އެނގި ޔަގީންވާވަރު. އަދި މިނޫނަސް ކިތައްމެ ފައިސާއެއް ވީނުވީއެއް ނޭނގި ގެއްލިފައިވޭ. ވީއިރު ކަލޭމެން އިހަށްވީ ކަލޭމެން ޖެހުނު ފައިސާ ދިވެހިދައުލަތުގެ މާލިއްޔާއަށް ވައްދަން. އެބައި ނުދެއްކެންޏާ ތިޔައީ ބޭނުން ކަމެއް ނޫން. އެކްޓިވިސްޓުންނަށް މުސާރަ އެއްދޭންވެގެން ހިންގާ އިސްރާފު ކުރުމެއް ތިޔައީ. ތިޔަކަމުގެ ވެސް ޒިއްމާ ނަގަންޖެހޭނީ ރިސްވަތު މަހުޖަނާ މުސްކުޅިބެ އާ ދެމީހުން.

  18. އަފީ

    ކެނެރިގޭ މުހައްމަދު ނަސީދުގެ ސަރުކާރުގެ މި ހިޔާނާތް ބަލާނެކަމަށް އުންމީދުކުރަން
    1. ފިޝަރީޒް މިނިސްޓްރީން ބަނޑުއަޅައިލި 550 މިލިޔަން ރުފިޔާ
    2. ޔޫތުމިނިސްޓްރީން ބަނޑުއަޅައިލި 210 މިލިޔަން ރުފިޔާ
    3. ހެލްތުމިނިސްޓްރީން ބަނޑުއަޅައިލި 15 މިލިޔން ރުފިޔާ
    4. ފޮރިންމިނިސްޓްރީން ބަނޑުއަލައިލި 16 މިލިޔަން ރުފިޔާ
    5. ޑިފެންސްމިނިސްޓްރީން ބަނޑުއަލައިލި 12 މިލިޔަންރުފިޔާ
    6. އެޑިޔުކޭޝަނުން ބަނޑުއަޅައިލި 54 މިލިޔަންރުފިޔާ
    7. ހައުސިންމިނިސްޓްރީން ބަނޑުއަޅައިލި 715 މިލިޔަން ރުފިޔާ
    8. ކޮންވެންޝަންސެންޓަރު ހެދުމުގެނަމުގައި ބަޖެޓުގެބޭރުން ބަނޑުއަޅައިލި 400 މިލިޔަންރުފިޔާ
    9. ޖީއެމް އާރުގެ ހިޔާނަތް

  19. އައިނު

    ކޮންމެ ސަރުކަރަކުންވެސް ތިހެން ބުނެ ލިބެ އެންމެ ފަިށަވެސް ނޯވޭ.. ހަމަ ކަނީ ކަނީ ކަނީ .. ރާެއްޖެ ވިއްކާލަ ހިސާބަށް

  20. ހުސޭނުބޭ

    ބައްލަވާ ރައީސް މީހާ! ރާއްޖޭގެ ވަރަށް ގިނަ މީހުންނަކީ ބަނޑު ހިކިގެން އެކަމުގެ އުދަނގޫ ތަހައްމަލުކުރަމުންދާ މީހުން! ވީމާ އެމީހުންގެ ބަނޑުދިޔާކުރާނެ ކޮމިޝަނެއްވެސް އުފައްދަވާދެއްވާ!