އެކަނިވެރި މައިންނަށް ސަރުކާރުންދޭ އެލަވަންސް ބޮޑުކުރަން ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލު އުސްމާން ގޮވާލައްވައިފިއެވެ.

2019 ވަނަ އަހަރުގެ ބަޖެޓަށް ބަހުސް ކުރައްވަމުން ޖަމީލް އުސްމާން ވިދާޅުވީ، އެކަނިވެރި މައިންނާއި، އެމައިންގެ ދަރިން ދިރިއުޅެމުންދަނީ ވަރަށް ނިކަމެތި ހާލުގައި ކަމަށާއި، އެ ފަރާތްތަކަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން އެހީތެރިވާން ޖެހޭ ކަމަށެވެ.

"އަޅުގަނޑު ރައީސް އަށް ވެސް އަދި އައު ސަރުކާރަށް ވެސް ގޮވާލަން ޚާއްޞަކޮށް އެކަނިވެރި މައިންނަށް އެހީތެރިކަމެއް ވެދެއްވާށޭ. އެކަނިވެރި މައިންނަށް މިދެވޭ އެހީތެރިކަމަކީ އެއީ އާއިލާއަކަށް، ނިކަމެތި ކުދިންތަކަކަށް ދެވޭ އެހީތެރިކަމެއް. ރަށްރަށުގައި އުޅޭ ކުދިން ކަމުގައިވިޔަސް އަދި މާލޭގައި ދިރިއުޅޭ އާއިލާތަކަށްވިޔަސް ހަޤީގަތުގައި މި އާއިލާތަކަކީ މީ ވަރަށް ނިކަމެތި ގޮތުގައި އުޅޭ ބައެއް." ޖަމީލް އުސްމާން ވިދާޅުވިއެވެ.

ޖަމީލް އުސްމާން ހުށަހެޅުއްވީ އެކަނިވެރި މައިންނާއި، އެ އާއިލާތަކުގެ މުސްތަޤްބަލު އުޖާލާ ކުރުމަށްޓަކައި ދިހަހާސް ރުފިޔާއަށްވުރެ ކުޑަ ނޫން އަދަދެއްގެ އިނާޔަތެއް އެފަރާތްތަކަށް ފޯރުކޮށްދިނުމަށެވެ.

"އެހެންވީމަ އަޅުގަނޑު ގޮވާލަން ސަރުކާރަށް އެކަނިވެރި މައިންނަށް 10000ރ އަށްވުރެ ކުޑަ ނޫން އަދަދެއް އަޅުގަނޑުމެން ބަޖެޓުން ކަނޑައަޅައިދިނުމަށް. އެއީ އެކަނިވެރި މައިންނަށް މިދެވޭ އިނާޔަތަކީ އެމީހުންނަކީ އެއްވެސް ބައެއްގެ އަޅާލުމެއްނެތި، ފިރިއެއްގެ އަޅާލުމެއްނެތި، އާއިލާގެ އަޅާލުމެއްނެތި ވަރަށް ނިކަމެތި ގޮތެއްގައި އުޅޭ ބަޔަކަށްވާތީ. އެންމެ ފަހުން އެ އާއިލާތަކުގައި އުޅޭ ކުދިންގެ މުސްތަޤްބަލް އުޖާލާ ކުރުމަށްޓަކައި ކުރެވޭ ވަރަށް މުހިންމު މަސައްކަތަކަށްވާނެ." ޖަމީލް އުސްމާން ވިދާޅުވިއެވެ،

ބަޖެޓަށް ބަހުސް ކުރައްވަމުން ޖަމީލް އުސްމާން ވިދާޅުވީ، 29.6 ބިލިއަން ރުފިޔާގެ ވަރަށް ބިޔަ ބަޖެޓެއް ސަރުކާރުން ހުށަހަޅާފައިވާ ކަމަށާއި، ނަމަވެސް ބަޖެޓާމެދުގައި ކަންބޮޑުވެލައްވާ ކަމަށެވެ. އެގޮތުން ބަޖެޓަށް އާމްދަނީ ހޯދަން އެކަށީގެންވާ ގޮތްތަކެއް ނެތި، ހަމައެކަނި ޓްކްސް އާއި ބޭރުގެ ބޮޑު އެހީއެއް ލިބޭނެކަމަށް ލަފާކޮށް ބަޖެޓް ތައްޔާރު ކޮށްފައި އޮތުމުން އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

"ދައުލަތުގެ ބަޖެޓު އެކަށައަޅާއިރު، ބަޖެޓަށް އާމްދަނީ ލިބޭނެ ގޮތްތަކާއި، ދައުލަތުގެ ޚަރަދާއި، ލޯންގް ޓާމް ސްޓަޑީތަކާއި، ޝޯޓް ޓާމް ސްޓަޑީތަކާއި އަދި ކޮންޓިނިއުސް އިންކްރިމެންޓްސް ގެންނަ ގޮތްގަކަކާއި، މި މަންޒަރުތައް ބަޖެޓަކުން ނުފެނޭ." ޖަމީލް އުސްމާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ބަޖެޓް މިގޮތަށް އޮވެ ފާސްކޮށްފިނަމަ ނިމިގެންދިޔަ ސަރުކާރު އަދި މިހާރު މި ހިނގަމުންދާ ސަރުކާރުގެވެސް ބަޖެޓުގެ ޒިންމާ ނުނަގައި ވަކި ހިސާބަކުން ރައްޔިތުންނަށް މުހިންމު މަސައްކަތްތައް ހުއްޓިގެން ދިޔައީމަ ޒިންމާ ނަގާނެ ފަރާތެއްނެތި ވަރަށް ބޮޑެތި މައްސަލަތަކެއް ނިކުމެގެންދާނެ ކަމަށެވެ.

"އަޅުގަނޑު ކަންބޮޑުވަނީ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތައް ހުއްޓިދާނެތީ. އެންސްޕާގެ ޚިދުމަތްތައް ހުއްޓުނީމަ ރައްޔިތުންނަށް ނިކަމެތިކަން އަންނާނެ." ޖަމީލް އުސްމާން ވިދާޅުވިއެވެ.

ޖަމީލް އުސްމާން އިތުރަށް ވިދާޅުވީ، އެންމެ މުހިންމު ކަމަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށާއި، އޭގެ ތެރެއިންވެސް އެންމެ މުހިންމު ކަމަކީ އާސަންދައާއި އެންސްޕާ އަދި އުމުރުން ދުވަސްވީ މީހުންނަށް ދޭ އިނާޔަތްތަކާއި، އެކަނިވެރި މައިންނަށް ދޭ އިންޔަތްތަކާއި، ޚާއްޞަ އެހީ ބޭނުންވާ ފަރާތްތަކަށް ދޭ އިނާޔަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ހަމަޖެހިފައި އޮތުން ކަމަށެވެ.

މީގެ އިތުރުންވެސް ގެމަނަފުށީ ދާއިރާގެ ރަށްތަކުގެ ތަރައްޤީގެ މަޝްރޫއުތަކަށާއި، ސަރުކާރުންދޭ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ބަޖެޓުގައި ހުރި ހުރަސްތަކާމެދު، ޖަމީލް އުސްމާން ވާހަކަފުޅު ދައްކަވައި ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

  1. ހެޕީ

    ކަލޭމެންގެ ވެރިލަމުގަ އާރާ ބާރުގަ ތިބި އިރު ކީއްވެހޭ ނުދިނީ؟؟ މިހާރު ދެން ސަރުކާރަށް ޖެއްސުންކުރަން މާ ހެޔޮއެދިގެން އުޅޭކަމަށް ހެދޭނެކަމެއް ނެތް.. ތި ގޮނޑިގަނޑުވެސް ދެން ނުލިބޭނެ..ގޮނޑުހޮވަން ރެޑީވޭ

    • ދދދދދދ

      އެއީ މި ދައުރުގަ ދޭން ވެގެން. ދީފާނެތީ ކަލޭމެން އެ ފުރުސަތު ނުދިނީ. ސާފު؟

  2. ކުޑަހުވަދޫ

    އެބޭފުޅާ ކީއްވެބާ ނުދިނީ

  3. Anonymous

    ދެން ވަރިގިނަވާނެ. ތީ އެއްގޮތަކައްވެސް ކުރަން ރަގަޅު އަދަދެއްނޫން.

  4. Anonymous

    ޖަމީލޫ 10000 ރުފިޔާ މަދުވާނެ އެއްލައްކައައް ހަދާލަންވީނު.

    • މަރީ

      😂😂😂😂👍

  5. ލާމު ... @

    ޢެކެނިވެރި މައިންނަށް ދޭ ފައިސާ -/10،000 ރ. އަށް ނުވަތަ އެއަށްވުރެ އިތުރުކޮށްފިނަމަ ރާއްޖޭގައި ވަރި ގިނަވުން އިތުރުވާނެ .

  6. ވގ

    ކީއްވެގެންބާ ތިސަރުކާރުންނުދިނީ މޮޔަވީތޯ ކާކުބާ ވެރިކަމުގެ ހުވާކުރީ

  7. އުސްމާނު

    އެކަނިވެރިފިރިހެންނުންނަށް އަދޭންޖެހޭނެހަމަވަރިވެންގޮސްއެބަތި ކުދިންބަލާފިރިހެނުންވެސް

  8. އައިޝަތު

    އޭރުން އަޅާލުން ނުލިބިތިބި އަޅުގަނޑުމެންގެ ދަރިންނަށް ކުރިމަގު ފެނިގެންދާނެ މީހަކާ އިނަސް މިވާގޮތަކީ ފިރިހެންމީހާ ބޭނުމެއްނުވޭ އެހެންމީހެއްގެ ދަރިޔެއްވީމަ ހަރަދުކުރާކަށް އަހަރުމެން މީހަކާ ނީނދެ އަމިއްލަ މަސައްކަތެއްކޮށްގެން ދަރިންގެ ކަންކން ބެލެހެއްޓޭނެ

  9. ީޕީޖޭ

    އެކަނިވެރި މައިންނަށް އެވަރު ބޮޑު އިނާޔަތެއް ދޭނަމަ ޒިނޭ އާއްމުވާނެ، އެއީ ވަރިވުމަށް އޮތް މަގެއްކަމުގައިވުން އެކަށީގެންވޭ..އަދި މިފައިސާގެ އިތުރަށް ދަރިންނަށް ބައްޕައިންވެސް ޚަރަދުކުރާނެ، ވީއިރު މިހާރު އިގްތިސާދު ހުރި ދުވެއްޔަށް ބަލާއިރު 5 ހާސް ރަގަޅުކަމަށް ބެލެވެނީ..ކޮންމެ ކަމެއް ނިންމާއިރު ދިރާސާތައް ހަދާ އަދި އިމްޕްލިމަންޓް ކުރެވޭ ކަންކަމުގެ އިވަލުއޭޝަން ހެދުން ބުއްދިވެރި، އަންނި ނުވަތަ ޔާމީނު ގާސިމު ހަމަ ބުނާ ހުރިހާ އެއްޗެއް މިހާރު ގަބުލެއް ނުކުރާނަން..

  10. ޝާމާ

    ފާއިތު 5 އަހަރު މަނިކުފާނު ތިޔަ ހިޔާލު ނުދެއްވީ ކީއްވެތޯ
    ޖަމީލު އުސްމާނު ވެސް ނުވި ހީކުރި ކަހަލަ މީހަކަށް. މިހާރު ތި މަސައްކަތް ކުރަނީ މަސްލަހަތު ނަގާލާ މިހާރުގެ ސަރުކާަށް ޖެއްސުމަށް ރައްޔިތުންގެ ބޮލަށް ވަންނަން
    މަށަކީ ޖަމީލު އުސްމާނުއަށް ތާއީދު ކުރި މީހެއް. އެކަމް މިހާރު އަމަލު ތިހުރި ގޮތުން ދެން އަހަރެމެންގެ ދާއިރާއިން ބުނާނީ މަނިކުފާނުއަށް ނޫނެކޭ
    ޔަގީނުންވެސް އަހަރުން ގޭ 12 ގަނޑު ތިގެއްލެނީ ތި އަމަލުތަކުން

  11. ފާތިމަ

    ވަޒީފާގައި އުޅެގެން ލިބޭ މަދު އެތިކޮޅުން 2ކޮޅު ނުޖެހޭ. އެކަނިވެރި މައިންގެ އެލަވަނސް ދޭއިރު މިވެސް އަލުން ރިވިއު ކުރަން ޖެހޭ ކަމެއް ކަމަށް އަޅުގަނޑު ދެކެން.

  12. Anonymous

    ދެން ހަކުރު ގިނަވާހެން ވަރި ގިނަވޭ

  13. ދަތްދޫނި

    އެކަނި ވެރިންނަށް މަހަކު 10000 ރުފިޔާ ދޭން ވިދާޅުވާއިރު ކޮންތަނަކުންބާ މި ފައިސާ ހޯދަނީ. ތަމެންގެ ސަރުކާރުން ވަނީ މުލި ޤައުމު ފުނޑާލާފައި.

  14. މަރީ

    ބަފައިން މަރުވެފަ ތިބޭ ކުދިންނަށް އެކަނި ދޭން ޖެހޭނީ. އެހެން ނޫނީ ބައްޕައިން އަތުން އެލާޜި ހޯދައިފަދީ ކޯޓުން. އެއްވެސް އިންސާފެއް ނޫންތީ. އެކަނިވެރިމައިން ވަޒީފާގަ އުޅުނަސްވީ ދިހަހާސް ދޭން

  15. މަރީ

    އެއްވެސް ހާލެއްގަ ކޮށްގެންވާޏެ ކަމެއް ނޫން މީ. 2000 ރުފިޔާ ވަރު ރަނގަޅު ދޭން ކުއްޖަކަށް. ދަރިންގެ ބަފައިން ކޯޓަށް ގެންގޮސް ޒިންމާ ކުރުވާ ދަރިންނަށް ޚަރަދު ދޭން

    • ގަމު ކުއްޖާ

      ނުދޭތީ އޭ މައްސަލައަކީ..

  16. ަމެހް

    10،000ރުފިޔާ ދީފަ ފިރިހެނުން ދޭންޖެހޭ ދަރިންގެ ހަރަދު ކުޑަ ކުރަންބާ؟ ދެން އެކަނިވެރި މައިން ދަރިންގޮވައިން ޗުއްޓީއަށް ލަންކާ އަށް ދިއުމުގެ ހަރަދުވެސް ސަރުކާރުން ދޭން ފެނޭ. ކީއްތޯވާނީ 30،000 ރުފިޔާ އަށް ބަދަލު ކޮށްލިއްޔާ؟

  17. މާމޫން

    ވަޒީފާ އަދާކުރާ މީހުންނަށް މިނިމަމް ވޭޖް ގެ ގޮތުގައި -/5000 ރުފިޔާ. އެކަނިވެރި މައިންނަށް -/10000 ރުފިޔާ. މީވެސް ހަމަ އެންމެ ރަނގަޅު ގޮތްތަ؟

  18. ފާތުމަ

    އެކަނިވެރި މައިންނަށް ދޭންޖެހޭލާރި ވަރިކުރިމީހާ

    އަތުން ހޯދައިގެން ތިވަރަށްދޭން

    ބުނެބަލަ.މައިމީހާއެކަނިކޮއްފަ ބަފާކަލޭގެ ހަމަޖެހިގެން އުޅުނަ ނުދޭންވީ.އޭރުން ތިކަންތި ހައްލުވީ.

  19. ޢަލީ

    ސަރުކާރުވަޒީފާތަކުގަ އުޅޭ މީހުނައް ޖުމްލަ 7 ހާސް ރުފިޔާ ނުލިބެ. އެކަމް ވަޒީފާގަ ނޫޅޭ މީހުނައް އެއްބަޔަކައް 5ހާސް އަނެއް ބަޔަކައް 10ހާސް ކިހާ ތާހިރު

  20. ިިިާހަދީޖާ

    ޔަތީމު ކުދިންނަށް އިނާޔަތެެއް ދޭނެ ވާހަކަ ދައްކާނެ ފަރާތެއް ނެތީބާ...؟

  21. ާަހށ

    ބުނާނެ ރާއްޖޭގަ ވަރިގިނައޭ..އެކަނިވެރި މައިން ނައްދޭ ލާރިގަނޑު ބޭނުމު ކިތައް މީހުން ވަރިވެގެން އުަަޅޭ.. އެކީއްތަވާނީ ގިނަދުވަހު އިނދެގެން އުޅޭ މީހުންނައް އެއްޗެއް ދިނިއްޔާ.😏 ތި އެކަނި ވެރި މައިން މިހާރު ވެސް އެންމެ މުއްސަނދި ވާނީ އިނދެގެން އުޅޭ މީހުން ނައް ވުރެން..

  22. ޖާ

    އަސްލު 10000 ރުފިޔާ ނުދިނަސް އެއްމެ 1000ރ މިހާރު ލިބެނީ އެއީ ކޮންޗެއް މުސްކުޅިންނަށް 5000ރ ދިނުމަށް ވުރެ ބަފައިން އަޅާނުލާ އެކަނި ދަރިންކޮޅު ގޮވާގެން އުޅޭ އަންހެނުންމަށް ތޮ 5000ރ މާ ޙައްޤު

  23. ޖޯޖޯ

    މައިން އެކަނިވެރިކޮށް ނޫޅުމަށް ގާނޫނެއް ފާސްކޮށް އެގާނޫނުގެ ދަށުން، ކައިވެނިކުރާ މައިންނަށް އެލަވަންސެއް ދިނިއްޔާ ރަނގުވާނެ. ވަރި މަދުވެ ކައިވެނި އިތުރުވާނެ. އަދި ޔަތީމު ކުދީންނަށް އިނާޔަތެއް ދެވޭނެ ގޮތެއް ވެސް އޮތުން ހަމަ އެންމެ ރަނަގަޅުވާނެ. ތި 10،000 ދިނީމާ ޅަ ހަކުރެއް ހޯދައިގެން ދަރިންނާ އަޅާނުލައި އެއްތާކުން އަނެއް ތާކުން އެ ސޮރު ގޮވައިގެން ދުވާނީ. ޖަމީލު ކުރިމަތިލާ ދާއިރާގައި ތިޔަ ޒާތުގެ އަންހެނުން ގިނައީ ތޯއްޗެ. އެމީހުންގެ ވޯޓު ހޯދަން ތިއަށް ވުރެ ހަރުދާނާ ވާހަކައެއް ދެއްކިނަމަ، ކިހާރަނގަޅު.

  24. މޫން

    ތީރަންގަޅު ވިސްނުމެން ނޫން އެއިރުން އެންބަޔަކަން މޮޅީ ނޫންތޯ

  25. ޖެއްސުން

    ޖަމީލު މެންގެ ސަރުކާރުގަ 10000 ނުދީފަ މިހާރު ތިކުރަނީ ޖެއްސުންތަ ނޫނީ ފުރައްސާރަތަ
    ގިނަ ފަިސާދިން ވަރަކަށް ގިނަކުދިން ނިކަމެތިވާނެ ތިއަށްވުރެ މާރަނގަޅުވާނެ ދަރިން ނަށްޓަކާ ފަޒީފާގަ އުޅޭމީހުނގެ މުސާރަ ބޮދުކުރިއްޔާ

  26. ޙަނާ

    މޮޔަ ވެގެން އުޅޭ މީހެއް..ކަލޭމެން ކީއްވެ ނުދިނީ.

  27. ާބުންބުންބުން

    ތި ޖަމީލު އުސްމާނު ޒާލިމް ޔާމީނުގެ ވެރިކަމުގައި ތިގޮތައް ހަޅޭއް ނުލެވޯ ކީއްވެތަ ، މޮޔަވެބަލަ

  28. Miadhu

    2019 ވަނަ އަހަރުގެ ބަޖެޓް ފާސްކުރަން ބަހުސް ކުރަމުން ދާއިރު މަކުނުދޫ ދާއިރާ އާއި ކާށިދޫ.އަދި ހިންމަވަރު ދާއިރާގެ އިތުރުން މާލޭގެ ގިނަ ދާއިރާތަލެއްގެ މެމްބަރުން މަޖިލިހުގައި ނުހިމެނިވާއިރު އެރަޢިއްޔަތުންގެ ޙައްގުގައި ބަސްނުބުނެވި ބަޖެޓު ފާސް ކުރުމަކީ މިސަރުކާރަށް އެއްމެ ރަގަޅުގޮތްބާ 12.މެމްބަރުން ނެތި ފާސްކުރި ބަޖެޓް އެއިރުވީގޯސް މިފަހަރު އޯކޭ ދޯ؟

  29. ޤުރުބާނީ

    އަހަރެން މެދުނުކެނޑި ސަރިކާރުގަ އުޅޭތާ 25 އަހަރު. ތަޢުލީމީ ގޮތުން (އަލްޙަމްދުﷲ) މާސްޓަރސް ޑިގްރީ އާއި އޭގެ ދަށުގެސަނަދުތައް ވަނީ ޙާޞިލް ކޮށްފަ. މުސާރަޔަކީ -/9،475 ރުފިޔާ. ތީ ދެން ކޮން އުޞޫލެއް؟

  30. އަރީ

    ޖަމީލް އުސްމާނޫ ޓީޗުން ކުރާ މަސައްކަތުގެ ފުރިހަމަ އަގު ހޯދައި ދީބަލަ ވ އާދޭހާއެކު މި ދެންނެވީ

  31. ސައްތާރު

    އެކަނިވެރިމަޔަށް ދިހަހާސް،، 24ގަޑިއިރު މަސައްކަތް ކުރާ އަންހެންޓީޗަރަށް 8 ހާސް ހާދަ އިންސާފްވެރި ގައުމެކޭ!

    • އަހުމަދު

      ބަލަ ޓީޗަރުންނާ، ޑޮކްޓަރުން އަދި ނަރުހުން ނޫން ބަޔެއް މިރާއްޖޭގަ ނެތީތަ؟ ވަކިން ކެޓަގަރީ ހަދާފަ ފްލެޓް ދޭންޖެހޭ، ވަކިން މުސާރަ ބޮޑުކުރަން ޖެހޭ. މޮޔަ ނުގޮވާ، ކޮންމެ މަސައްކަތެއް ކުރިޔަސް ހުރިހާ ރައްޔިތުން ހަމަހަމަ ވާންޖެހޭނެ.

  32. އަހުމަދު

    މަޖްލީސް ގޮނޑި ހޯދަން މަސައްކަތް ފެށީ ދޯ.. ހުސް ވަގުން

  33. ނަރުސް

    މިދިޔަ ސަރުކާރުގަ އެންމެ އަނިޔާ ލިބުނު ބަޔަކީ ނަރުހުން އަސާސީ މުސާރައަށް 1000ރުފިޔާ އިތުރު ކޮށްދީފަ ހުރިހާ އެލަވަސްތަކަކާއި އިތުރު ގަޑި ކަނޑާލާފަ ރަސްމީ ގަދި 8 ގަޑިއިރަށް ހަދާފަ ނުވިތާކަށް ޗުއްޓީގަ ހުންނަ ދުވަސް ތަކުގަ ސަރވިސް އެލަވަންސް ކަނޑާ އަދި ނުވިތާކަށް ޑިގްރީ އޮތް މީހުން މާސްޓަރސް ނުހަދައިފިނަމަ ވަޒީފާއިން ވަކިކުރާނެކަން އަންގާހެދި އިރުވެސް އެކަން ދެނަހުރި މީހަކުވެސް ނެތް އަދިވެސް ނަރުހުންނަށް ދިމާލަށް ގޮވުނު އެއްޗެއްގޮވަނީ. މިލިބު ހިތްދަތިކަމުގެ ވާހަކަ ނަރުނުދައްކަ އަދިވެސް އެތިބީ ޚިދުމަތުގަ މިކަމުގެ ހަޤީގަތް ބަލާ ނަރުހުންގެ ޙައްޤުގަ މަސައްކަތް ކޮށްދޭނެ މިހަކުވެސް އަދި މިވާހަކަ ލިޔާނެ ނޫސް ވެރިޔަކުވެސް ނެތް

  34. ޖަންބެ

    ބަލަ އެކަނިވެރިމައިންނަށް 10000 އަށް ވުރެ ކުޑަނޫން އަދަދަކަށް ދޭންޖެހޭކަމަށް ފެންނަ އިރު ކީއްވެބާ ވަޒީފާ ތަކުގަ އުޅޭމީހުންގެ މުސާރަ އެންމެ ކުޑަ ވެގެން 20000 ދޭންޖެހޭނެ ކަމަށް ނުފެންނަނީ
    ބަލަ ތިއުޅެނީ ރާއްޖޭގަ ވަރިވާ ވަރު މަދުވެގެންތަ؟؟ ތި ކަހަލަ ކަޑުކޮސް ވިސްނުން ނުގެންގުޅިބަލަ.... މިހާރު ތިގޮތަށް ތިކަން ވާނަމަ ވަޒީފާތަކަށް ދިޔުމުގެ ބޭނުމެއް ނުފެނޭ... ވަޒީފާގަ އުޅޭ މީހުން ދުވާލު ހަތަރުދަމު ދަރިންނާ ދުރު މިހޭދަކުރަނީ ފައިސާގެ ބޭނުމުގަ އެކަމަކު އެމީހުންނަށް ދޭން ފެންނަނީ 5000ރ ... ހާދަ ހެއްވާ ވާހަކަ ދައްކައޭދޯ

  35. ކަނބުލޮ

    ހަމަހޭވެރިކަން ނެތިގޮސް ބުއްދި ފަސާދަވުމުން ތިޔަކަހަލަ ވާހަކަ މަޑުމަޑުން ދެކެވެމުން ދާނީ

  36. ނިކަމެތި ރައްޔިތެއް

    ޢަޅުގަނޑަކީ އެމްޑީޕީ އަޢް މަރުދަން ޖެހޭ މީހެއް، އެކަމަކު ޖަމީލްގެ ތި ވާހަކަ އަށް ފުލް ސަޕޯރޓއ ކުރަން. ޏެގެތިވްކޮށް ވިސްނާ ބަޔަކު އުޅުނަސް އެކަނިވެރި މައިން އުޅެނީ ވަރަށް ދަތި ހާލުގަ، އެއްމެ 1000 ރުފިޔާއިން ކިހިނއެއްތޯ ކުދިންގެ ކަންތައްތައް ބަލަހައްޓާނީ.

  37. ހެހެހެ

    ޢަދި ކިރިޔާ ދޯ ރޭކާލީ. 5 އަހަރު ވީއިރު ނޭގުނު.

  38. ކީކޭ

    މެމްބަރު ކަމަށް ކެމްޕޭއިން ކުރަންފެށީ.

    • މުދިމްބެ

      އަޅުގަޑުމެންކުރާމަސައްކަތުގެއެއްވެސްއަގެއްނެތީބާ އެންމެ. 5020. ރުފިޔާމިލިބެނީ الحمد لله