އަންނަ އަހަރުގެ މާރިޗް މަސް ތެރޭގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީއޭ އިން 87 ދާއިރާއަށް ވާދަކުރުމަށް ނިންމައިފިއެވެ.

އެމްޑީއޭ އިން މިިގޮތަށް ނިންމީ މިއަދު ބޭއްވި އެމްޑީއޭ ކައުންސިލް އިންތިހާބުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ ހުރިހާ ދާއިރާއަކުން އެމްޑީއޭ އިން ވާދަކުރުމަށް ނިންމާފައިވާއިރު، އެގޮތަށް ހުށަހަޅާފައި ވަނީ އެ ޕާޓީގެ ލީޑަރުކަން އަލުން ހަވާލުކުރި އަހުމަދު ސިޔާމްއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަަމަށް ގެނައުމަށް އެމްޑިއާއެކު ކޯލިޝަން ހެދިއެވެ. އެ ކޯލިޝަންގެ ދަށުން އެއިރު އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވެސް އެމްޑީއޭ އިން މަސައްކަތް ކުރީ ޕީޕީއެމްއާއެކުގައެވެ.

އެހެން ނަމަވެސް މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެއްވެސް ބަޔަކާއެކު އެ ޕާޓިން ކޯލިޝަން ހަދާފައެއް ނުވެއެވެ.

މިހާރު މަޖިލީގުގައި ތިއްބަވަނީ އެމްޑީއޭއަށް ނިސްބަތްވާ ފަސް މެންބަރުންނެވެ.

މިއަދު އޮތް ބައްދަލުވުމުގެ ތެރެއިން ޕާޓީގެ އިސް މަގާމްތަކަށް މެންބަރުން އައްޔަންކޮށްފައެވެ. އެގޮތުން ޕާޓީގެ ލީޑަރުކަމުގެ މަސްއުލީއްޔަރު އަލުން އަހުމަދު ޝިޔާމްއާ ހަވާލުރެއްވިއިރު، ޑެޕިއުޓީ ލީޑަރު ކަމުގެ މަގާމަށް އެ ޕާޓީގެ ކައުންސިލް މެންބަރު އައިޝަތު މަމްދޫހާ ވަނީ އައްޔަންކޮށްފައެވެ.

އަދި އޭގެ އިތުުރުން ގައުމީ ކައުންސިލަށް މުހައްމަދު ޝަމީޒް އާއި މުހައްމަދު އައްބާސް ވަނީ އައްޔަންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މޫސާ ސަލީމް

    ނުލިބޭނެ ކުރިން ލިބުނު ވަރަށްވެސް...

  2. ޢަހްމަދު

    ހަމަ ޗޮކުން ދުއްވާލާނީ

  3. 3ވަނަވިސްނުން

    ޢަތުގަ އޮތްއެއްޗެއްނަމަ އަވަސްވާނެ ދުއްވަން!ކާމިޔާބީ އަކީ ހިތްވަރު

  4. ޢަލީ ހަމީދު

    ކާކު ކަލޯ 2 ފުޅި ތަޅާނީ.. މިގައުމުގަ ނެތް ތިޔަކަމައް ހިއްވަރުދޭ މީހެއް

  5. ޒަހީދު

    ތީދެރަވާން ޖެހޭކަމެއްނޫ

  6. ހުސެންބެ...

    ސިޔާމު ވަރަށްސާފު އެމްޑީއޭ އަށް 87 ދާއިރާއިން ލިބޭނީ މުޅިއެކު 5 ގޮޑި..

  7. އަހްމަދު

    ޝިޔާމް ސަރުކާރުން ގެންރެންޓީދީފަހުރި ލޯނުތަށް އެމުއްދަތަށް ނިންމާލަދެއްވައްޗޭ

  8. ހިރިގާ

    މިއީވެސް ވަރަށްވެސް މަކަރުވެރިމީހެއް. ރޔާމީންގެ ސަރުކާރުން ލިބެންއޮތްހާ މަންފާއެނަގައިގެން ރޔާމިންއަށް މީނަގެ އެހީތެރިކަން އެއްމެބޭނުންވި ވަގުތުފިލީ. މިހާ މަކަރުމީހުން އެކުވެރިންގެ ތެރޭގަތިބީ. ދެން މިސަރުކާރުން ބެންކްގެރެންޓީ ހޯދާ ދެތިން ފަޅުރަށް ހޯދާ ފިލާއޮވޭ. ވަރަށް ފޫހިވާމީހެއް.