ފަނޑިޔާރުން އަދުލްވެރިކަމާއި އެކު ޙުކުމް ކުރާ ދުވަހެއް އަންނަންދެން ޙުކުމް ތަންފީޒު ކުރުން ލަސް ކުރާނަމޭ ބުނެވިދާނެ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

އިޔާޒް މިހެން ވިދާޅުވީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރާނެކަން ދިވެހި ސަރުކާރުން އިއުލާން ކުރުމުން ދީނީ އިލްމުވެރިންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައި ވަނިކޮށް ކުރެއްވި ޓްވީޓެއްގައެވެ.

އިޔާޒްގެ ޓްވީޓްގައި ވިދާޅުވީ "ﷲ ގެ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ ކަމެއް ނުކުރާނަމޭ ބުނުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެން ނުވޭ. ނަމަވެސް ތިމަންމެންގެ ގައުމުގެ ފަނޑިޔާރުން އަދުލުވެރި ކަމާއި އެކު ޙުކުމް ކުރާ ދުވަހެއް އަންނަންދެން ހުކުމް ތަންފީޒު ކުރުން ލަސްކުރާނަމޭ ބުނެވިދާނެ." ކަމަށެވެ.

ފޮރިން މިނިސްޓްރީ އިން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ 65 އަހަރު ވަންދެން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޛު ނުކޮށް އޮތް އޮތުން ސަރުކާރުން ދަމަހައްޓާނެކަމަށެވެ. މަރުގެ ހުކުމާ ގުޅޭގޮތުން، އދ.ގެ އާއްމު މަޖިލީހުގައި ނަގާ ވޯޓެއްގައިވެސް، މަރުގެ ޙުކުމާ ދެކޮޅަށް ވޯޓު ދޭނެކަން ފޮރިން މިނިސްޓްރީގެ ޓްވީޓްގައި ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް މިރޭ ވަނީ އެޓްވީޓް ޑިލީޓް ކޮށްލާފައެވެ.

ޓްވީޓް ޑިލީޓް ކޮށްލި ނަމަވެސް މަރުގެ ޙުކުމް ތަންފީޒު ނުކުރަން ދިވެހި ސަރުކާރުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެނައިކަމަށް އަދި ސަރުކާރުގެ އެއްވެސް ފަރާތަކުން ވިދާޅުވެފައެއް ނުވެއެވެ.

މަރުގެ ހުކުމް ތަންފީޒު ނުކުރަން ސަރުކާރުން ނިންމި ނިންމުމަށް ފާޑުވިދާޅުވެފައިވާ އިލްމުވެރިންގެ ތެރޭގައި ރައީސް ސޯލިހްގެ ސަރުކާރަށް ތާއިދު ކުރައްވާ ޝައިހް އިލްޔާސް ހުސައިނާއި ޝައިހް ޒައިދު ވެސް ހިމެނެއެވެ.

ޝައިހް ޒައިދު ވިދާޅުވީ މަރުގެ ޙުކުމް ތަންފީޒު ނުކުރާނެ ކަމަށް ބުނުމުގެ ހައިސިއްޔަތެއް ސަރުކާރަށް ވެސް ނެތް ކަމަށާއި މާތްﷲ ވަނީ ގުރުއާނުގައި ގިސާސްގެ ހުކުމް ބާވާލައްވާފައި ކަމަށެވެ. އެހެންކަމުން އެއަށް އިންކާރު ނުކުރެވޭނެ ކަމަށާއި ނަމަވެސް ސަރުކާރަށް ޝަރުއީ ދާއިރާ އިސްލާހު ކުރެވިދާނެ ކަމަށް ޝައިހް ވިދާޅުވިއެވެ. އަދި އެ ދާއިރާ އިސްލާހުކޮށްފައި ވެސް ގުރުއާނަށް އަމަލުކުރަންޖެހޭނެ ކަމަށްވެސް ޝައިހް ޒައިދު ވިދާޅުވިއެވެ.

މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް ސަރުކާރުން ނިންމި ނިންމުމަކީ އިސްލާމްދީނަށް މަލާމާތްކޮށް ގޮންޖެހުން ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އިލްޔާސް ހުސެއިން ވިދާޅުވިއެވެ.

ސަރުކާރުގެ ނިންމުމާއި ދެކޮޅަށް ގިނަ ދީނީ އިލްމުވެރިން ވާހަކަ ދައްކަވަމުން ގެންދެވި ނަމަވެސް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އިންނާއި އިސްލާމިކް މިނިސްޓްރީ އިން މިކަމާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. ބުރާާންތި

    ރާއްޖެ ޖަހާލަތުކަން މަތީ އަބަދަށް

  2. Anonymous

    އިޔާޒު ކާކަށް މަކަރު ހަދަން؟ ﷲ ތަޢާލާއަށް؟ ؤمكزو مكرالالله والله خيرالماكرين.

  3. އަބޫއަބްލަޣީ

    މަރުގެ ހުކުމް ތަންފީޒު ކުރަންޖެހޭމީހާގެ އަޖަލުހަމަވެ މަރުވަންދެން މަރުގެހުކުމް ތަންފީޒުކުރުން ލަސްކުރަން ބުނަންވީނު؟ ހިންޏަށްހަކުރުއޮޅުވާލަންދޯ އިޔާޒުވެސް ތިޔަ ލަފާދެނީ.

  4. Miadhu

    އިއާޒުގެ ތިބުނުމުން މިގައުމުގެ ފަޑިޔާރުންނަކީ އިސްލާދީނާއި ޚިލާފަށް ހުކުމް ކިރާބައެެއްކަމަށް މުޅި ދުނިޔެއަށް ދައްކަން ބުނިބުނުމަކަށްވާނެދޯ

  5. މުއާވިން

    މަނިކުފާނުވެސް ގަބޫލުފުޅު ކުރައްވަން ދެއްތޯ މި ރާއްޖޭގެ މި ދިޔަ މަހެއްހާ ދުވަހު ކުރި ހުކުމްތަކަކީ ސައްހަ އެއްޗެއް ނޫން ކަމަށް

  6. މުރުތައްދުވުން

    ބަލަ ތިއީ އިމުރާން ބުނެގެން ބުނި ގޮތަށް ކުރި ޓުވީޓެކޭ. ދީނުގައި ތިމާރުހޭ ފަޑިޔާރުން ލައިގެން އެކަނިތަ ޝަރީއަތުގެ ހުކުމް ތަންފީޒުކުރަން ޖެހޭނީ.ވިކި ހުސްވެފައި.އޭރުވެސް ހިތަށްއެރިއޭ މަގާމުދީފައި ފިސާރިއަކަށް ބަދެލާނެއޭ.މިޙާރު އިމުރާން އަކަށް ޗުއްޕުވެސް ނުބުނެވުނު..ދީން ވިއްކާލީ ޖާހަތަށް.

    • އަކުރަމް

      ޝޭހު އިމްރާނު ނުބުނާނެ އެހެން ޓްވީޓް ކުރާކަށް! ޝައްކުވަންޔާ ޑރ. ޝޭހު ޝަހީމް ގާތު އައްސަވާ.

  7. Anonymous

    އަދި ވަރަށް ގިނަ ވާހަކަ އެބޭފުޅުން ވިދާޅުވާނެ.

  8. ލަލަލާ . މޮޕު ބާލިދީ

    ކަލޭމެން ނުވެގެން އުޅުންކަންތަށް މިޔޮއް ވަނީ . އަނިޔާވެރިކަމުން ސަލާމަތްނުވެގެން ތެޅެބޭލީ.

  9. ސޭކުޫ

    ކީކޭތަ މި ކިޔަނީ؟ ބަލަގަ މިރާއްޖެ އަކީ

    ޑިމޮކްރަސީ އަށް ތަބާވާ އެއާ އެއްގޮތަށް

    އަމަލު ކުރާ ޤައުމެއް. ދެން އަހަރެމެން ކޯޗެކޭތަ

    މިކިޔަނީ؟ އިސްލާމީ ޝަރީއަތް ކޮބާ؟ ފުރަތަމަ

    މި އުޅޭ ސޭކުންތައް ޑިމޮކްރަސީ މިޤައުމުން

    ނައްތާ، އިސްލާމީ ޝަރީއަތަށް އަމަލުކުރަން

    ބާރު އަޅާބަލަ. އަބަދުވެސް ޑިމޮކްރަސީ މާ

    ގަދަ ކޮށް މިމީހުން އަމިއްލަ އަށް ﷲގެ ހުކުމް

    ފުޅުތައް ބަދަލުކޮށް....

  10. ހެ

    ތީސޭކުން ތިމީހުން ކިޔާ އެއްޗެހި ހަމައެއްނުޖެހޭ އިންސާފުން ހުކުމް ނުކުރެވެންވީ ކީއްވެތަ ޖީބުތައް ފުރަން އުޅޭމީހުން އުޅެނީ ހުސް މިވެއަތވެ ދިޔަ ދެތިން ހަފްތާގައި އުޅުނީ ޖޫޑީޝަރީ ސޭލްގެ ނަތީޖާދެއްކުމުގައި ނަޝީދުވެސް ހުދު ކާފޫރށް ގާސިމް ދުވަހަކުވެސް ދައްކަންޖެހޭ ލާރިއެއް ނެތް. ސާބަހޭ ދިވެހިރާއްޖެ ފެންމަތީގައޮންނަ ކަންވެސް ރަނގަޅު

  11. ސާހިދު

    މި ސަރުކާރަށް ތާއިދު ކުރެވޭކަށްނެތް އިސްލާމް ދީނާ ދެކޮޅަށް ކަންކަން ކުރަމުންދާތީ! ހިތާމަކުރަން !

  12. 100%

    މިއަދު ތި ވާހަކަ ދެއްކުމުގެ މާނައެއް އޮތްކަމަކަށް ނުދެކެން، މި ވެރިކަން ގެންނަން މަސައްކަތްކުރި އިރު އެތައްބަޔަކު ތި މީހުނަށް ފާޑުކިޔަމުންދިޔަ އެދުވަހު ދާނިން ވުޟޫކުރަން ދަންނަ މީހެކޭ ކިޔާ އެވެސް ވަރަށް މޮޅު ކަމަކަށްވި، ތިމީހުނާ ހެދި ދީނީ އިލްމްވެރިންނަށް ވަރަށް ބޮޑަށް ސޯސަލް މީޑިއަރގަ ފާޑުކިޔަމުންދިޔަ.

  13. ރައްޔިތުމީހާ

    ތ އިޔާޒު ދީނީއިލްމު ވެރކަމާމެދު އަޅެފަހެ ސުވާލެއް ނޫފެދޭތަ.މީނަ މިހުރީ މޮުަވެފަތަ؟

  14. ސަމްޚާން

    ތިޔަ ބުނާ ގޮތައް ހުކުމް ކުރާނެ ދުވަހެއް ނާންނަަނެ 1000 އަހަރުވިޔަސް.. އެހެނީ އެއީ މަރުގެ ހުކުމް ތަންފީޒުނުކޮއް ތިބެން ދެއްކޭ ބަހަނާއަކައް ވެދާނެތީ.. މަރުގެ ކުއް ސާބިތު ކުރާކައް ވަކި ޓެކްނޮލޮޖީއެއް ބޭނުމެއްް ނުވޭ.. ބޭނުންވަނީ ޝަރީއާގައި އެވާވަރައް ހެކީންނާއި ހެކިބަސް ހޯދަން ދެން އެއައްފަހު ހެއްކައް ބާރުދޭ ގަރީނާތަކެއް ސާބިތު ކުރެވުނީމަ އެއޮތީ މަރުގެ ހުކުމް ތަންފީޒު ކުރުން ލާޒިމްވެފަ. ދެން އެބަޔެއްގެ ތެރޭ ނެތް ފެންވަރެއްގެ ތަހުގީގެއް ހިންގާކަށެއް ނުޖެހޭ .. އެއީ ޝަރުތެއް ނޫން.

  15. ޝަރުއީ

    މަރުގެ ހުކުމާއި ބެހޭގޮތުން ފިގުހު އެކަޑެމީއިން ބުނަނީ ކީކޭބާ..

  16. ޢިޔާޒް

    ކަލޭމެން ހޮވާފަ ތިބި ވެރިން ދެކެ ބަޔަކު ރުޅި އައިސަދާނެތީ ރައްޔިތުން ގުނބޯ ހައްދަން ދޯ އެހެން ބުނުވަން ތިއުޅެނީ.

  17. މަސްވެިރިޔާ

    މީނަޔަކީ ވަރަށް މަކަރުވެރި އަދި މާއްދިއްޔަތުގެ ބޭނުމުގައި އިމްރާންގެ ޕަޕެޓަކަށްވެ ހުންނަ މީހެއް؛ އަހަރަމެން ކުރިމަތީގައި ހައްގުބަސް ބުނުމުގައި ސަލަފުގެ ޝެއިޚުންނާއި، ޝެއިޚް އިލްޔާސް ވަރަށް ސާބިތު. ޔޫއެންގެ ވޯޓުގައި ރާއްޖެއިން ވޯޓް ދޭނީ ކާފަރުންނާއި އެއްކޮޅަށް. މަލްޓީ ޕާޓީ ޑިމޮކްރެސީ އުވާލަން ހުރިހާ އިލްމް ވެރިން ނުކުމޭ.

  18. ކުޑަކާށި

    މީނަނުޖެހޭނެ ވަކިގޮތަކަށް ބުނެދޭކަށް މާކުރިންވެސް އެގޭކަމެއްމީ ، ހުޅަގުންބޭނުންވާ ގޮތަށް އެންމެން ވޯޓްދީފަ ދެންކޮންވާހަކައެއް ދައްކާކަށް...

  19. މޫސާ

    ޝައިޚް ތާއީދު ކުރާ ސަރުކާރެއް މިހާރު ތިއޮތީ. އެހެންވީމާ ޢަދުލު އިންސާފުން ޙުކުމް ނުކުރާ ހުރިހާ ޤާޟީން ވަޒީފާއިން ވަކިކުރައްވާ! ލަސް ނުކުރައްވާ!

  20. ކުރެވޭ ދުޢާ

    މިއައްވުރެއިންސަަަާފުވެރިއެއްނުވާނެ މިހާރުވަރައްއިންސާފު

  21. ވހޝ

    މިދެން މާމޮޅު މީހެއް! ޢެހެރީ ދައްކާ ވާހަކަ! ކާކާށް އޮޅުވާލާނަމޭ ހިތާ ކަލޭ ތިއުޅެނީ؟
    ކަލޭ ނަމާދުން ފައިބައިގެން ދަމުން މަގުމަތިންދާ އަންހެން ކުދިންގެ ފޫކޮޅަށާއި މޭމައްޗަށް ނުބަލަމޭ ކިތަންމެ ވަރަށް ބުންޏަސް އެކަން ދެނެވޮޑިގެންވާ ފަރާތުން ދެނެވޮޑިގެންވާނެ. ޢޮޅުވައެއް ނުލެވޭނެ. ކަލޭ އަންހެނުން ކައިރީ ބުނެވިދާނެ ތިމަންނަ ނުބަލަމޭ.

  22. އިސްލާމް

    އިޔާޒް ތީ ދީނީ އިލްމް ވެރިޔެއް ކަމަށްބަލައެއް ނުގަންނަން

  23. ޭލާރިބަނޑު

    ތީ އިޔާޒުމެންގެ ފެންވަރު. ދުނިޔޭގެ ދަހިވެތިކަމުގަ ހެއްދެވިފަރާތުގެ ހުކުމަށް މަކަރުހަދަނީ. ކޮބާ އިމްރާން މިނިސްޓަރުކަން ލިބުނީމަ ނިދާފަ

  24. އަފީ

    ހެޔޮނުވާނު އިޔާޒް ކަލޭ ހޭބަލި ތިވަނީ! މަރުގެ ހުކުމް ލަސްކުރާނަމޭވެސް ނުބުނެވޭނެ! ކުރަން އޮތްކަމެއް ކުރަންޖެހޭ ކަމެއް އެކަމަށް ވާހަކަ ދެއްކުމުގެ ހައްގު މި ދުނިޔެމަތީ އެއްވެސް މަހުލޫގަކަށް ލިބިން ނުވާއިރު ކޮން ލަސްކުރުމެއްގެ ވާހަކަ ތި ދައްކަނީ! މޮޔަވީތަ@

  25. ޒާ

    އިޔާޒަކީ ﷲ ގެ ހުކުމްފުޅުތައް ބަދަލުކުރާ ނުބައި ނުލަފާ މީހެއް.

  26. ރަންނަމާރި

    މީނަވެސް މިއޮތީ ރާއްޖޭގެ ފަނޑިޔާރުން އިންސާފާއި އަދުލުވެރި ނޫންކަމަށް އިޢުތިރާފްވެފައި

  27. ޖަޒީރާ ފަލި

    ކޮބާ އަދާލަތު ޕާޓީ. ކޮބާ އިސްލާމިކް މިނިސްޓްރީ. ނިދާފަތަ؟

  28. އަހުން

    ޝޭހު، ކަމެއްގަ މަކަރު ހަދަން ނުވަތަ އެކަމަކާ ދެކޮޅުހަދާ އެކަމެއް ނުކުރަން ކިތަންމެ ބަހަނާއެއް ދެއްކިދާނެ، ކާކަށް ކޮން ކަމެއް އޮޅުވާލަންތޯ؟ އަހުންނަށް ހީވަނީ ޝޭހުވެސް މާ މައްޗައްހެން ތިދަނީ. ސޯ ވީހާވެސް ގިނަވަގުތު ޝޭހު އުޑަށް ބެލުމަށް ނަސޭހަތް ތެރިވަން. ފަހަރުގަ ތި ނޭއްގާނީކަށް ފިލާ ހަމަ ބިމަށް ދެލޯ ހުޅިވިދާނެ.

  29. ސްކޯރޕިއަން

    ފަނޑިޔާރުން ޢަދުލުވެރިކުރާނެ ގޮތެއް ނުހޯދޭނެ! 100 އިން 1 ފަނޑިޔާރުންގެތެރެއިން ރަގަޅަށް ހުންނާނީ! ޢެކަމު ކުރާކުށެއް ފެންނަން ހުރެގެން ވެސް ފައިސާވެރި މަހުޖަނަކަށް އަދުލުވެރިއެއް ނުވެވޭ! އަދުލުގެ ވާހަކަދެއްކޭނެތަ؟ މިހާރު އާސަުކާރުން އެދިގެން ކަފާލާތެއްގެ ދަށުން ދޫކުރީ ކޮންބައެއް ބޮޑެތި ކުށްވެރީން! ރިޝްވަތުދީގެން ނޫންގޮތަކަށް ކަމެއް ކުރާނެ ގޮތެއް ނޭގޭބައެއް! ޤައުމު ކިތަންމެ ކުޑަނަމަވެސް މިއަށްވުރެ މުނާފިޤު ދެވަނަ ތަނެއްނެތް! ޢެއްފޮތަކުން އުގެނި ތިބިދީނީ އިލްމުވެރީން ނަށްވިސްނަންވީ! ކޮރަޕްޝަނެއް ނައްތައެއް ނުލެވޭނެ! މަހުޖަނުން މިކަންތައް އާލާކުރަނީ! އެމީހުން ކުށްވެރިވީމާ ދެނެއް ނެތް އެމީހުންނަށް ނުކުރެވޭ! ޤައުމުގައި 30އަހަރުގެ ދިގުވެރުކަމެއް ހިންގިމީހާވެސް މިކުރަނީ ފަނޑިޔާރުންނަށް ފައިސާދީގެން ދަރިންނާއި އާއިލާކުރާކުށްތައް ނުކުރާކަމަށް ހަދަމުން!

  30. ދިވެއްސެއް

    ޝޭހު އިޔާޒުއަށް ކޮށްލަން ބޭނުމީ އެންމެ ސުވާލެއް. ގައުމުގެ ފަނޑިޔާރުން އަދުލުވެރި ކަމާއި އެކު ޙުކުމް ކުރާ ދުވަހެއް އަންނަންދެން ހުކުމް ތަންފީޒު ކުރުން ލަސްކުރަންވީ ހަމައެކަނި މަރުގެ އަދަބުތޯއެވެ؟ އަދުލުވެރި ކަމާއި އެކު ހުކުމް ނުކުރެވޭނަމަ އެއްވެސް ހުކުމެއް ތަންފީޒު ކުރެވިގެން ނުވާނެ.

  31. ލިޑް

    ބުނެވިދާނެ ކޮންމެފަދައެއްޗެއްވެސް. ރުހުމުގެ ލޮލަކުން ކަޑަކަމެއް ނުފެއްނާނެ.

  32. ލިދް

    ބުނެވިދާނެ. މަރާނީ ކިރުތައްޓަކާއި ދެވައް ދޮންކޭލާ ކާންދީ ފައޭވެސް.. ހުސް ބުނެވިދާނެ އެއްޗިސް.. މީ

  33. ވާލުސޮރު

    ސުބުޙާނަﷲ އަމިއްލަ ބަހުންވި ޢިއުތިރާފްގެ މައްޗަށް ކުއްސާބިތުވީމަވެސް ތިޔަ ނިންމީ ފަޑިޔާރުން އަދުލުވެރި ނޫންކަމަށް ސުވާލަކީ ވަކީލު ނަޖީބު މެރި މީހުން އެއީ ްައިމުވެސް ސިޔާސީ އެއްޗެއްނޫން އެމީހުންވަނީ ސަރީއަތުގައި އިެުތިރާފްވެފަ އިޔާޒު ކިޔެވީ ދީނިއިލްމުތަ ނޫނީ ދަނޑުވެރިކަންތަ

  34. އިލްހާމް

    ތަފާތު ވައްތހަރުގެ ސައިތޯނުނުންއުޅޭ އިންސާނުންގެ ތެރޭގަވެސް އުޅޭކަމަށްވަނީ

  35. Anonymous

    މީނާގެ ޓޯން ބަދަލުވެފައި. ސީދާ ކޮށް ނުކެރޭ އެއްޗެކޭ ކިޔާކަށް. ދީނީ ފޭކް އިލްމް ވެރިން މީ.

  36. އަން

    ގައުމުގެ ފަނޑިޔާރުން އަދުލުވެރި ކަމާއި އެކު ޙުކުމް ކުރާ ދުވަހެއް އަންނަންދެން ހުރިހާ ހުކުމެއްވެސް ތަންފީޒު ކުރުން ލަސްކުރުން އެއީ އިންސާފްވެރިގޮތަކީ. ދީނީ އިލްމްވެރިން އަނދިރިގަޑަކަށް ވެއްޖެ.