ރާއްޖޭގައި އަސްކަރީ މަރުކަޒެއް އެޅުމަށް ދުވަހަކު ވެސް ޗައިނާ އިން މަސައްކަތް ކޮށްފައިނުވާނެ ކަމަށާއި ދުވަހަކު ވެސް ޗައިނާ އިން ދިވެހި ސަރުކާރުގައި އެފަދަ ކަމަކަށް ޑިމާޑް ކޮށްފައި ނުވާނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލިޒޯންގް ވިދާޅުވެއްޖެއެވެ.

ޗައިނާގެ ސަފީރު މިފަދަ ބަޔާނެއް ނެރުއްވާފައި މިވަނީ، ޗައިނާއާއެކު އަސްކަރީ ގުޅުން ބާއްވާނަމަ ޗައިނާގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ހަދަންޖެހޭ ކަމަށާއި، އެހެންނަމަވެސް ރާއްޖެއިން އެފުރުސަތު ނުދެއްވާނެ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ އިއްޔެ ވިދާޅުވުމުންނެވެ.

ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ނެރުނު ބަޔާނުގައި އެމްބަސެޑަރ ޒަންގް ވިދާޅުވެފައިވަނީ، ރާއްޖޭގައި އަސްކަރީ މަރުކަޒެއް ހެދުމަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އަސްކަރީ ކަންކަމުގައި މިހާރު އޮންނަ އާދައިގެ ގުޅުމަށްވެސް ޗައިނާއިން ކުރިމަތިކުރާ ޝަރުތެއްނޫން ކަމަށެވެ.

ސަފީރު ޒަންގް ލިޒޯންގް ވިދާޅުވީ، ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އަސްކަރީ ކަންކަމުގައި މިހާރުވެސް އޮންނަނީ ވަރަށް އެކުވެރި ގުޅުމެއް ކަމަށާއި، އެގުޅުންތަކުގެ ތެރެއިން ދެފަރާތުގެ ކަމާބެހޭ ފަރާތްތަކުގެ ޒިޔާރަތްތައް ކުރިއަށް ގެންދެވޭ ކަމަށެވެ.

ފާއިތުވެދިޔަ ތަނުގައި ކޮންމެ އަހަރަކުވެސް ރާއްޖޭގެ ނޭޝަނަލް ޑިފެންސް ފޯރސްގެ އޮފިސަރުން ޗައިނާގައި ތަމްރީނުކުރުމުގެ އެތައް ފުރުސަތެއް، ޗައިނާއިން ފަހިކޮށްދީފައިވާ ކަމަށާއި، ހަމަ އެއާއެކު، މީހުން ސަލާމަތްކުރުމާއި، ސިއްހީ ބޭނުންތަކަށް، އެންމެ ޒަމާނީ ފުރިހަމަ ވަސީލަތްތައް ހިމެނޭ ސީ އެމްބިއުލެންސްއެއް ޗައިނާ ސަރުކާރުން އެމްއެންޑީއެފަށް ވަރަށްފަހުން ހަދިޔާ ކޮށްފައިވާކަންވެސް، ޗައިނާ ސަފީރު ވަނީ ފާހަގަ ކުރައްވާފައެވެ.

ދެގައުމުގެ ދެމެދުގައި އޮތް އަސްކަރީ އެކުވެރި ގުޅުމަކީ، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުންތަކުގެ މުހިންމު ބައެއްކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

ޗައިނާ އިން ބޭނުންވަނީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް އަޅަން ކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވީ އިންޑިއާ އިން ބޭނުންވާ އަސްކަރީ ގުޅުންތައް ބަދަހިކުރާނަމަ އެއްބިލިއަން ޑޮލަރު ރާއްޖެއަށް ދޭން އިންޑިއާ އިން އެއްބަސްވުމުން ކުރިމަތިވެފައިވާ ފާޑުކިޔުންތަކުން ސަލާމަތްވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ސްކޯރޕިއަން

    ތިއަންހެނާޔަކީ ހަމައިން ނެއްޓިފައި ހުންނަ މީހެއް! ތާކުންތާކު ޖެހޭވާހަކައެއް ނުދައްކާނެ! އަންހެނުން މަތީމަޤާމުގައި ތިބުމުގައި މައްސަލައެއްނެތް! ޢެކަމަކު ބޮލުރޮދި ކެނޑިގެން ތިބެ ދެކެވޭ ވާހަކަތަކުން ރާއްޖެއަށް ކުރާނެ އަސަރުތައް ތަސައްވަރުވާންޖެހޭނެ! އިންޑިއާއާއެކު ރާއްޖޭގެ އޮތް ރީތި ބަދަހިވެފައިއޮތް ގުޅުން ސުންނާފަތިވީވެސް ފޫނުބެދޭ ގޮތަކަށް ރާއްޖޭގެ އޮތްވައިގެ ބަނދަރު ވިއްކާލައިގެން! އެބަނދަރެއް އަނބިރައިލިބުނީ ބައިތުލްމާލް ދަރަނިވެރިކޮށްލާފަ! ޢެއިގެފަހުން ރަގަޅު މަރުކަޒީގުޅެއް ރާއްޖެާއިއެކުވީ ޗައިނާއިން. ދެންފެންނާނީ ރަގަޅު ޖަޒީރާ ރާއްޖެއެއް! ޑިފެންސް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވާފަ އެހެން ކަމެއް ކުރެއްވުން ބުއްދިވެރި!

  2. ވެންޕާސީ

    ޗައިނާއިން ރާއްޖެ ބޭނުމެއް ނުކުރޭ. ރާއްޖޭގައި އެކިއެކި ނަންނަމުގައި އަސްކަރީ މިޝަންތައް ހިންގަމުންދަނީ އިންޑިޔާ، އެމެރިކާ، އިގެރޭސިވިލާތުން. އެމެރިކާއާ އިގެރޭސި ވިލާތުން ދަނީ އޮސްޓްރޭލިޔާ ވެސް މިކަމުގައި ޝާމިލް ކުރުވަމުން. މިކަން ކުރާ ގޮތަކީ ފޮރިން ދާއިރަގައި އަދި އަސްކަރިއްޔާ އަދި ޕޮލިހުންގެ ސީނިއަރ ފަރާތްތަކަށް އެކި ނަންނަމުގައި ޔޫރަޕްގެ ތަންތަނަށް ދަތުރުތައް ދީގެންނާ ސީދާ ކޭޝް އަތަށް ލާދީގެން. އެމީހުން ބޭނުން ކޮންމެ އެއްޗެއް ރާއްޖެއިން ގެންދަންވީ. އަގުބޮޑު ދިރިއުޅުންތަކުން އިދަޖެހިފައިވާ މިފަދަ ފަރާތްތަކުން މިފަދަ ކޮންމެ ކަމަކަށް ހޭވެރިކަމެއް ނުހުރޭ. އެމީހުން ކުޑަ އަގެއްގާ ވިއްކާލަމުން އެގެންދަނީ ކާބަފައިން ލެއިން ގުރާބާންވެގެން މިހިސާބަށް ފޯރުކޮށްދިން ސިޔާދަތާ މިނިވަންކަން. މިހާރު މިގައުމުގައި އުޅެމުން މައްދިވެހެންގެ މަހާ ކައްޓާ ދިރިތިއްބާ އަމިއްލަ އެދުމާގެން އުޅޭ ހަމަ މިގައުމުގެ ބަޔަކު އެދަނީ ސޭލް އަގުގާ ވިއްކަމުން

  3. ޔާމިން

    މާރިޔާތީޖަހިލެއް އިރާދަކުރެއްވިއްޔާމިގައުމްސަލާމައްކުރައްވާނެ އާމިން

  4. މިލިޓަރީ

    އެމްޑީޕީ އަކީ އޮޅުވާލުމާ މަކަރުވެރި ބައިގަޑެއް.

  5. އަލީ

    ކަޑައެޅިގެން ދޮގު ތައް މާރިޔާ ދެން ނުހެއްދެވުން އެދެން.

  6. ކާން

    ދޮގުހަދާ މާރިޔާ އަވަހަށް މަާމުން ދުރުކުރޭ!

  7. ގެރިސްތާނު

    ޗައިނާއިން ލޯނު ނަގައިގެން ގައުމު ހިންގާ ބަޔަކު، އެހެން ބަޔަކު ޗައިނާއާ ގުޅުން ކަނޑާލާ މަތިން ބިޔަ ލޯނެއް ދޭވާހަކަ ބުނީމަ އަންނަނީ ހިނި. މައުމޫނު ބުނާ ކަހަލަ ބޮޑެތި ހިނި..! ޕަކާސް

  8. އެކަނބުލޯ

    އަސްކަރީ މަރުކަޒު ހަދާ ސިފައިން ބައިތިއްބާ ހަންފަތުރަނީ ކޮންބައެއްކަން ވަރަށް ސާފު ދެއްތޯ؟ ދެން ރަބަރޭ މާރިޔާ އަރައިގެން ކުނި އަނގަ ނުތަޅާހުރޭ

  9. ރައްޔިތުން

    އިންޑިއާ އިން ނިކަން މިކަހަލަ ބަޔާނެއް ނެރެ ބަލާ.. ނުނެރޭނެ..

  10. އަނާރު

    ދަގަނޑު ދައިތަ ދަށްކާފޭކުވާހަކަ

  11. ޞދސޒ

    ޙުރިހާ ނުބައެއްގެ މުގުލުގަ ހުރީ ކެރަފާ ނަސީދު...

  12. Anonymous

    އިންޑިޔާއިން ރާއްޖޭގައި ސިއްރިޔާތުގައި ކަންތައް ގަޑެއް އެބަ ހިންގާ. މައްސަލައަކީ މިއުޅޭ ސިޔާސީ މީހުން އިލްމުވެރިނުވުން (ދުނިޔޭގެ އޮޔާ ވައި ނޭގުން)