ގއ. ވިލިނގިލީ ޕޮލިސްޓޭޝަންގެ، ޕޮލިސް އެކަމޮޑޭޝަން އިމާރާތުގައި އަލިފާން ރޯވެ، އެތަނުގައި ނިދާފައި ތިބި ދެފުލުހަކަށް އަނިޔާވެއްޖެއެވެ.

އަލިފާނުގެ ހާދިސާ ހިނގީ މިރޭ 1:45 ކަންހާއިރުއެވެ. އަލިފާން ނިއްވާލެވުނީ ފަތިހު 05:00 ހާއިރުއެވެ.

ވިލިނގިލީ ކައުންސިލަރަކު ވިދާޅުވީ ބެލެވޭގޮތުގައި އެ އިމާރާތުގައި ރޯވީ ދެ ފުލުހަކު ނިދާފައި ތިބި ކޮޓަރީއެއްގައި ކަރަންޓު ޝޯޓެއް ވެގެން ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލިފާން ރޯވުމުން ސަލާމަތް ވާން އުޅުމުގެ ތެރޭގައި އެއް ފުލުހަކު ވެއްޓި، އޭނާގެ ކޮނޑުހުޅު ނެއްޓިފައިވާ ކަމަށެވެ. އަދި އަނެއް ފުލުސް މީހާ ފިހިފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. ދެމީހުންނަށް ވެސް މިހާރު އަންނަނީ ގދ.ތިނަދޫގައި ހުންނަ އަބްދުއް ސަމަދު މެމޯރިޔަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަޙްޤީޤު ކުރިއަށްދާ ކަމަށެވެ.

އިމާރާތުގެ ކޮޓަރިއެއްގައި ރޯވި އަލިފާން ކޮންޓްރޯލް ނުވެ، މުޅި އިމާރާތަށް ފެތުރި އިމާރާތް ވަނީ އެއްކޮށް އަނދާފައެވެ.

ރޯވި އަލިފާން ނިއްވާލުމުގެ މަސައްކަތުގައި ފުލުހުންނާއި އާންމު ރައްޔިތުން ބައިވެރިވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނާނު

    އަލިފާން ސަރުކާރު

  2. ޟަަަރ

    ޜައްޔިތުންގެ ލާރި ނުހައްގުން ކަމުން ދާތީ މުއުޒިޖާތް ތިފެންނަނީ.

    • ވާހަކަ

      ނުހައްގުން ލާރިކަނީ ޕޮލިހުންބާ؟ ރައްޔިތުންގެ ފައިސާއިން މުސާރަ ނަގަނީވެސް ޕޮލިހުން އެކަނިތަ؟

  3. އިންސްޕެކް

    ދޮގު ވިއްޔާ!!

  4. އަބޯ

    ތިޔަ ވާނީ ބޭންކް ގެ ވައްކަމާ ގުޅިފަ . ގަސްތުގަ ބަޔަކު ކުރިކަމަކާ ވައްތަރީ

  5. ކެރަފާ

    މާރިޔާގެ ރޭވުމެއް ބަގާވަތްކުރަން ޖެހި މަޅިޔެއް.