ހައިކޯޓު އެއް މަސް ދުވަހުގެ ރިސެސް އަކަށް ހިނގައްޖެއެވެ.

ހައިކޯޓުގެ ޤަވާއިދުގައި ވާގޮތުގެ މަތީން، ނޮވެމްބަރު މަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހުން ފެށިގެން، ޖެނުއަރީ މަހުގެ އެންމެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހާއި ހަމައަށް ހައިކޯޓު އޮންނާނީ ރިސެސްގައެވެ.

ހައިކޯޓުގެ ރިސެސްގެ މުއްދަތުގައި ޝަރީޢަތުގެ އަޑުއެހުމެއް ނުބޭއްވިކަމުގައިވީ ނަމަވެސް، ކޯޓަށް މައްސަލަތައް ބަލައިގަތުމާއި އިދާރީ މަސައްކަތްތައް މެދުކެނޑިގެން ނުދާނެއެވެ.

ހައިކޯޓުގެ އިތުރުން ސުޕްރީމް ކޯޓު ވެސް މިއަދު ވަނީ ރިސެސް އަށް ގޮސްފައެވެ.