ޤާނޫނީ ވަކީލުންނަށް ހުއްދަ ދޫކުރުމާއި ޤާނޫނީ ވަކީލުންނާއި މެދު ފިޔަވަޅު އެޅުމަށް މިނިވަން މުއައްސަސާއެއް އުފެއްދުމުގެ ނަމުގައި އެމްޑީޕީގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ސަރުކާރަށް ތާއިދު ކުރައްވާ ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް ފާޑުވިދާޅުވެއްޖެއެވެ.

އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެޤާނޫނުގެ ބޭނުމަކީ ދުރާލާ ރާވައިގެން އިސްލާމީ ޝަރީޢަތް ފޮހެލުން ކަމަށެވެ.

"ހައެކަނި ކޮމަން ލޯ ކިޔަވައިގެން ތިއްބެވި ބޭފުޅުންނަށް ވަކާލާތު ކުރުމުގެ ހުއްދަ ދިނުމަކީ އިސްލާމީ ޝަރީޢަތް ފޮހެލުމަށް ދުރާލާ ރާވައިގެން ކުރެވޭ ކަމެއް. އިސްލާމީ ޝަރީޢަތާއި ހިލާފު އެއްވެސް ޤާނޫނަކަށް އަދި ޤަވައިދަކަށް ބޯލަނބާކަށް ނުޖެހޭނެ." އިޔާޒްގެ ޓްވީޓްގައި ވިދާޅުވިއެވެ.

އިސްލާމީ ޝަރީޢަތުގެ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރާ ފަރާތްތަކަށް ޤާނޫނީ ވަކީލް ކަން ނުކުރެވޭ ގޮތައް އިންތި ބިލް ޑްރާފްޓް ކުރައްވާފައި ވާތީ އިޔާޒްގެ އިތުރުން އެހެން ބައެއް އިލްމުވެރިން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

އިންތި ހުށަހެޅުއްވި ބިލް މިހާރު ވަނީ މަޖިލީހަށް ބަލައިގަނެ ކޮމެޓީ އަށް ފޮނުވާފައެވެ. އެހެންކަމުން ބިލަށް އިސްލާހު ގެނައުމުގެ ފުރުސަތު އަދި އެބައޮތެވެ.

އިސްލާމީ ޝަރީއަތް ކިޔަވައިގެން ތިއްބެވި ބޭފުޅުންނަށް ޤާނޫނީ ވަކީލުކަން ނުކުރެވޭ ގޮތައް ހަމަޖެއްސުމަކީ އިސްލާމާ ޝަރީޢަތް ނައްތާލަން ކުރާ ކަމެއް ކަމަށް ބައެއް ބޭފުޅުން ތުހުމަތު ކުރައްވާއިރު ސަރުކާރުން ވަނީ އިސްލާމީ ޝަރީޢަތުގައި ހިމެނޭ މަރުގެ ޙުކުމް ތަންފީޒު ނުކުރާނެ ކަން ވެސް ފާޅުގައި އިއުލާން ކުރައްވާފައެވެ. އެނިންމުމަށް ފާޑުކިޔުން އަމާޒުވި ނަމަވެސް ނިންމުން ބަދަލު ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. ރަންނަމާރި

    އިޔާޒޫ އެޔެކޭ މިޔެކޭ ކިޔާނެކަމެއްނެތް. ތިޔަހުރިހާކަމެއްވެސް މިބައިގަނޑުކުރާނެ. މިއީ އުންމަތެއް މިއްލަތެއްއޮވެގެން އުޅޭ ބައިގަނޑެއްނޫން. މިމީހުންނަށް އޮތީ ހަމައެކަނި ރިޝްވަތު.

    • ޢަހަން

      އިޔާޒު މޮޅު ވާހަކަ ނުދައްކާ ވޯޓުދިނީ ކާކަށްތޯ ސުވާލުކޮށްބަލަ. މިބައިގަނޑު މީ އިބޫއަށް މޮޅުވާގޮތަށް ކެންޕޭނު ފަތުވާ ނެރުނު ބައިގަނޑޭ. ޑެ ކޮން 4 ކޭއް ކިޔާކަށް.

  2. ސަޅިބޭ

    އިޔާޒު ކަލޭމެނަށް ތިހާލަހުން ކަންކަން ފަހުމުވާތީ ހައިރާންވޭ ކުރިންވެސް މިގައުމުން އިސްލާމީ ވަންތަކަން ފޮހެލަން ބައިވަރު މަސައްކަތްކުރި! ދިމާލަށް ފެންނަންއެހުރީ

  3. ރައްޔިތުން

    ގާނޫނެއް ގާނޫނަކަށް ވަނީ މިންތަކާއި އިންތަކާއި ޢިލްމު އަދި ތަޖުރިބާ މިން ކުރުމާއި އަމަލު ކުރުމާއި ބާރުވެރިވުން ހަމަވެސް އެދާއިރާއަކުން ވަކި ކޮޅަކަށް ނިސްބަތް ބޮޑުނުވާ އަދި ފުރުޞަތު ފަހި އެންމެން އެކުގައި ކުރިއަރައިގޮސް ގައުމަމަށް މޮޅު ލިބޭގޮތަށް އެގާނޫނެއް ބައްޓަން ކުރެވިގެން

  4. މުހައްމަދު ޢައްޑޫ ސިޓީ

    ކަލޯ ސޭކް އޮންނާނީ ރާކަނިމަސް ކެވިފަ މި ދީނާއި ދުރު ސަރުކާރު ގެނައުމުގަ ކަލޭ ދެްކި ވާހަކަ އާއި ސިޔާސީ ފަތުވާ މަތިން ހަނދާން އެބަހުރިތާ ދެން ކޮންވާހަކައެއް ދައްކާކައް ކަލޭ ކަހަލަ ސޭކުންނާ ސުވަލުކުރެވޭ ދުވަހެއް އޮންނާނެކަން ހަނދާން ކުރާތި

  5. ع / س

    މިމީހުންނަކީ، ދީނެއް، ހަމައެއް އުޞޫލެއް، ޤާނޫނެއް، ޤަވާޢިދެއް ބަލާ ބައެއްނޫނެވެ. ދޭތެރެ ދޭތެރެއިން ހިނދުކޮޅު އަންނަ ބައެކެވެ. ދޮންމީހުން އުޅޭގޮތް ރަނގަޅު ކަމަށް ދެކޭބައެކެވެ. ބޮވޭނެކަމަށާއި ބޯންޖެހޭނެ ކަމަށް ފާޅުކަންބޮޑު ގޮތެއްގައި ބުނަމުންދާ ބައެކެވެ. ތަރައްޤީގެ އެއްވެސް ވިސްނުމެއް މިމީހުންގެ ނެތެވެ. ރައްޔިތުންގެ ބޭނުން ހަމަގޮތުގައި ހިފުމުގެ ފިކުރެއް މިމީހުން ނުގެންގުޅެއެވެ. ރަންޔިތުންނަށް އޮތީ ކަންބޮޑުވުމާއި ހާސްވުމެވެ. ވެރިކަން ނަގަހައްޓައި ދަމަހައްޓާނީ އިންޑިޔާ ސިފައިންގެ އެހީގައެވެ.

    • ޥަރަށް ސަލާން

      އެމްޑީޕީގެ ފަހަތުގަ ތިބީ ހުސް ސިހުރުވެރީންނާ ނަމާދުއަޅާ ރޯމާ ކާފަރުން. ޏެތިކުރައްވާށި މިބިންމަތީން.

  6. ހަގީގަތް

    އިޔާޒޫ ކޮބާ ކަމެއްހެން ހީވެއްޖެ އެބައި މީހުން ވެރިކަމަށް ގެންނަން އުޅެން ފެށީމަވެސް އަހަރުމެން ބުނިން ތިވާހަކަ

  7. Ach

    ފަހުޒަމާނުގަ ކަންކަން މިގޮތައް ހިނގާނެ ވާހަކަ މާކުރިން އަހަރެމެންނައް އަންގަވާފައި އޮތީމަ ކަންކަން މިގޮތައް ވާނެއެއްނު.?

  8. ކޮމެންޓޭ

    ބޮޑެތި ފިރިހެނުން ތިގޮތަޢް އުޅުނީމަ ހުތުރު. އެބައެއްގެ ދުލުން ފާޅުކޮށް ދީނީކަންކަން ފޮހެލެން މަސައްކަތް ކުރާނެ ކަމަށް ބުނި ބަޔަކަށް ތާއީދު ކޮށްގެން އެމީހުން ވެރިކަމަށް ގެނެސްގެން އެހެން ގޮތެއްވާނެތަ، ދެންވެސް އަމިއްލަ އަށް އިލްމުވެރިއަކަށް ވެގެން ނޫޅެ ތިމާގެ ހާލަތާމެދު ވިސްނާލަބަލަ

  9. ޜަނާ

    މިމީހުން ކުރިން ބުނަމުން ދިޔަ ޔާމީނު ހުއްޓަަސް އެހެންމީހަކު ހުއްޓަސް އިސްލާމް ދީން ރާއްޖޭގައި ކުރިއަރައި ދާނެ ކަމަށް މިޖެހުނީ ކޮންތާކު ތިޔަ ބުނާ އިންތިއަކީ އިސްލާމްދީން ގަބޫލުކުރާ މީހެއް ނޫނޭ މީހުން ކިޔާ އަޑު އަހަން ދެން އަންނި އަންނި ކޮއްފަ ހުރި ދީނާ ޚިލާފް ކަންތަކާ ބެހޭގޮތުން އިޔާޒާ އިމްރާންވެސް ސޮއި ކޮއްފައިވާ.ލިޔުމެއް ވެސް ވަނީ ނެރެފަ އެފަދަ މީހަކަށް ދެވަނަ ފަހަރު ސަޕޯޓް ކުރީތީ އަޖައިބުވަން މަމެން އޭރވެސް ބުނީމު އިބޫއަކީ އަންނިގެ ޕަޕެޓެކޭއެކަމަކު އިލްޔާސްމެން އިޔާޒުމެން ގަބޫލުނުކުރީތާ

  10. ަިިިަްއިއްބެ

    އިލާހީ ޤާނޫނަކީ ރާވައިގެން ވެސް އަދި ނުރާވާ ވެސް ފޮހެވޭނެ އެއްޗެއް ނޫނެވެ. އަދި ފޮހެލެވޭނެ އެއްޗެއް ވެސް ނޫނެވެ. ފޮހެވޭނީ ނުވަތަ ފޮހެލެވޭނީ އިންސާނުން ހަދާފައި ހުންނަ އެއްޗެއްސެވެ. އެހެންވެ އިލާހީ ޤާނޫނު ފޮހެލަން އުޅޭވާހަކަ ނުދައްކާށެވެ.

    • Anonymous

      ގައުމުން ފޮހެލީމަ ފޮހެވޭނެތާ. ޢިންށާ ﷲ އެކަންވިޔަކަ ނުދޭނަން. ޢަހަރެމެންގެ ދުއާގެ ބާރު މާ ގަދަވާނެ.

  11. ވާނުވާ

    މިއަދު މެންދުރު ފަހު ބިރުދައްކާލީމަ، ދެން އަވަހައް ޓުއިޓެއްކޮއްލާ ކުރީ ސަރުކާރުގެ ހާއިނު ހައްޔަރު ކުރާށޭ ކިޔާފަ، އޭރުން މައުލޫ ބަދަލުވީނު، އިލިޔާސްއައްވެސް ދަންނަވާތީ .ދީނޭ ކިޔާފަ އަނގަ ނުހުޅުވިއްޔާ މާތާހިރު ވާނެ. ދުވާ ވަސް ހުމްހުމް

  12. ޢާޝް

    އިޔާޒު ހައްޕުކިޔަގެން ހުންނަންޖެހޭނީ....އަޑުއިވޭނެ އަދި އަޑު އަހާނެ މީހަކު ނުހުންނާނެ......އަމިއްލަ އަށް ފޭހުނު އިލޮށިގަނޑު އަމިއްލަ ލޮލަށް ތިފޭހެނީ..........

  13. ކެރީމާ،،،،

    ބޭފުޅާގެ ބައްޕަ ރޭގަ ހުންނެވީ ހަސަން ލަތީފުގެ ކެންޕޭނު އިފްތިތާހު ކުރުމަށް

  14. ހުސޭނުބޭ

    ކަލޭ ތި އޮންނަނީ ހުވަފެނުގައިތަ؟ ނޫނީ އެއްޗެއް ބޮއިގެންތަ؟ ކަލެޔަކަށް ނޭގޭދޯ ތި ބައިގަނޑު ތިއީ އިސްލާމްދީނަށް ފުރައްސާރަކުރާ ބައެއްކަމެއް! ކަންކަށިމަތީގައި ޖެހުމުން އައްދިޔޯތްއޭ ބުނާހެން އެއްޗެއް ތި ބުނެލަނީ!

    • Anonymous

      ތެދެއް ތީ ލޮލް

  15. ...

    23 ޑިސެމްބަރު....... ?

  16. އައްޔާސް

    ބަލަ އިޔާޟް، ކަލޭ ރޮއި އާދޭސްކޮށްގެން ދީނީ ޙުކުމްތައް ކަލޭ ބޭނުންވާގޮތަށް ރައްޔިތުންނަށް އޮޅުންއަރާ ގޮތަށް ގެނެސްދީގެން ހޮވާފައިވާ ސަރުކާރެއްނު މިހާރު މިއޮތީ. ކަލެއަށްވެސް ރަނގަޅަށް އެނގޭނެ ކަލޭ ގެނައުމަށް މަސައްކަތްކުރީ ލާދީނިއްޔަތަށް ތަބާވާ އިސްލާމްދީން ފުހެލަން މަސައްކަތްކުރާ ބަޔެއްގެ ސަރުކާރެއްކަން. އެމީހުން އެދަނީ މަޑުމަޑުން މިބިންމަތިން އިސްލާމްދީން ފުހެލަމުން. އެގޮތުން އިސްލާމީ ޝަރީޢަތް ދެން ކޯޓުތަކުގައި ނުހިނގާނެ ގޮތްހަދަން މިހާރު އެއުޅެނީ. ދެން ދުވަސްކޮޅަކުން އިސްލާމީ ޝަރީޢަތް އެއްގޮތަކަށްވެސް ބޭނުމެއްނުވާނެ. އިޔާޟް ހުރޭ ބައިބައިކުރުމުގެ ވާހަކަ ދައްކާ ކާފަރު މެސެޖްކޮށް އަތްޖަހަން.

  17. ބޭބެ

    ލޮބުވެތި ޝައިޚުއެވެ. އަސްލު އަނިޔާވެރިކަން މިފެންނަނަފެށީއެވެ.
    ޔާމީނުގެ ސަރުކާރުގައި އަޅުގަނޑުގެ އެއްވެސް މީހަކު ސިޔާސީ މަގާމެއްގައިވެސް އަދި ސަރުކާރުގެ މަތީމަގާމެއްގައިވެސް ނެތެވެ.
    އެހެނަސް ޖަލުގައި އަޅުގަނޑުގެ ޢާއިލާގެ މީހުން ސިޔާސީ ކުއްވެރިންގެ ގޮތިގައި ތިއްބެވިއެވެ.
    ނަމަވެސް އަޅުގަނޑު ވޯޓުދިނީ ޔާމީނަށެވެ.
    ވަރަށްވިސްނީމެވެ. އެކަމުގައި އަޅުގަނޑުގެ ދީނާއި އަޅުގނމަބޑުގެ ގައުމަށް މި ދޭތިން އެއްމެ ހެޔޮއެއްޗަކީ ޔާމީނުކަމަށް ވިސްނުނީއެވެ. އަޅުގަނޑުގެ ފުރާނައަށްވުރެ އަޅުގަނޑު އިސްލާމްދީނާއި މި ގައުމުދެކެ ލޯބިވަމެވެ. މަނިކުފާނުވެސް ލޯބިވާނެކަންޔަގީންކުރަމެވެ. ނަމަވެސް މަނިކުފާނު މާޟީއިން ފިލާވަޅެއް ނުނެންގެވީމުއެވެ.
    ހިތާމައިގެ ކޮޅެއްނެތެވެ.

  18. މުޙައްމަދު

    މިތަނުގައި ނެތް ކަމެއް ކިހިނެތްބާ ފޮހޮލެވޭނީ............. މިދިވެހިރާއްޖޭގައި އިސްލާމީ ޝަރީއަތް އެބަ އޮތްބާ؟ އެހެންވިއްޔާ ތިތަން ފެންނާނީ ތުއްބެއަށް އެކަނި...... އެއީ ލޯ އަނދިރި މީހެއް. އަހަރެން މިތަނުގައި އޮތް އިސްލާމީ ޝަރީއަތައް ވާސަރީވާ........ ހަމަ ސަލާން.............

  19. މާޔޫސް

    އިޔާޒަށް ބުނެލަން އޮތީ ދެން ލަލަލާއޭ!

  20. ލާލާ

    ކޮބާ؟ ނަޖިހުން ނަޖިސް ފޮހެވިއްޖެތަ ސޭޚޫ؟

  21. އަޒޫ

    މިއީ މިޤައުމުގައި ތަކުރާރު ކުރާނެކަންތައްތައްކަން އެނގިހުރެ އިޔާޒު އާއި އިލްޔާސް މިބައިމީހުނަށް ވާގިވެރިވީ.........ދެން މިއަދު ކަލޭމެން ދެމީހުން ދެއްކޭނެ އިތުރު ވާހަކައެއް ނޯންނާނެ.....

  22. Anonymous

    އިސްލާމީ ޝަރިއަތާއި ހިލާފު ކިތަންމެ ޤާނޫނެއްވެސް އެބަހުރި މިރާއްޖޭގައި ހަދާފައި މިސާލަކަށް ވައްކަމުގެ ހުކުމް، ޒިނޭގެ ހުކުމް، ރަލުގެ ހުކުމް، މިހެންގޮސް ކިތަންމެ ހުކުމެއްވެސް

    • ޕުފްޓްސް

      އެކަމަކު ކޮންމެ ބައިގަނޑެއްއަރާ ދީނަށްޓަކާއެއްނު މިއުޅެނީ. ޢަނގައިން ބުނެގެން ވަންޏާ ވެފަ އެއޮތީ. ދީން ކަތިލަން ނޫނީ އެއއބަޔަކުވެސް އަދި ވެރިކަމަށް ނާރާ

  23. ބޯގޯސްއޔޒ

    ކަލޭ ވެސް ތީ ބުއްދި ދެއްވާފަ ހުރި އިންސާނެއް. އަމިއްލަ އަދި ވަގުތީ ފައިދާއަށް ކަންކަން ކުރާނީ ދެއްވާފައިވާ ބުއްދި ހެޔޮ ގޮތުގައި ބޭނުން ނުކުރާ މީހުން. ކަލޭތީ އޭގެ ދިރިހުރި މިސާލެއް. ތިމާ އަތުގަ ޑްކްޓެރޭޓް ޑިގްރީ އެއް އޮތަކަސް ތިޔަ ބޮލަކީ ފުނާ އަޅަން އިންން އެއްޗަކަށް ވީމަ ވާނީ ތިހެން. މީވަރަށް ވާހަކަ..؟؟!! ސަރުކާރޭ ކިޔާފަ ކަލޭ އަނގަ ހުޅުވުމުގެ ޖާގައެއް ނެތް. މީ ކަލޭވެސް އެބަޔަކު ވެރިކަމަށް ގެންނަން މަސައްކަތްތަކެއް ކޮށްގެން ގެނެއްސަ އޮތް ސަރުކާރެއް.

  24. ޒަިދިމާއިޠސް

    އިޔާޒް ކޮންއިރަކުންތޮ ތައުބާވެ ޝަހާދަތްކިޔާ އަލުން ދީނަށްވަނަނާނީ.މިހެެން މިބުނީ ވަރަށޤގިނަރައްޔީތުންނެއް ގުބޯހައްދާގެން ދިނާ ދުރު ބަޔަކަށް ވޯތްދޭން ނަސޭހަތް ދީ އެމީހުން ވެރިކަމަށް ގެނަުމަށް މަސައްކަތް ކޮށްފަވާތީ

  25. ފަޒީލު

    އިޔާޒުމެންގެ ކަމަކީ ޓްއިޓްކުރުން އެހެންއެއްވެސް ދައުރެއްނެތް ޢިލްވެރިންނަކީ ނަބީބޭކަލުންގެ ވާޘުންކަމުގައިވީ ކީއްވެތަ! ރައްޔިތުން ހޭލުންތެރި ކުރައްވަން ތޮށިގަޑު ފަޅާލައިފައި ނިކުމޭ! މިހާރު ތިމީހުންގެ ފަރާތުން ފެންނަނީ ދީނުގެ ދުސްމަނުންނަށް ވޯޓްދީފައި ޓްއިޓްކުރާ މަންޒަރު ޢިލްމުވެރިން މިޙާލަތައްވެއްޓްނީމައި ސަހަރޯ

  26. ޏަފުހާ

    ޝަރީއާ ނައްތާލަން ހިންގާ ޖަރީމާ އެއް މީ...

  27. ޥަހީދް

    ޢިޔަާޒު އަށް މިހަާރު ވިސްނެނީ މަގާމެއް ނުލިބިގެން މަގާމެއް ލިބުމުން ވިސްނުން ބަދަލްވާނެ ކޮން އިރަކުތަ އެމްޑީޕީން އިސްލާމްދީން ހިމާޔަތް ކުރަން އުޅުނީ.

  28. ހަސަނު

    ކަލޯމެން ދެން ހައްޕު ކިޔައިގެން ތިބުން އެންމެ ރީތިވާނީ.....

  29. ހަނާ

    ދީނައްޓަކާ ހަމައެކަނި ﷲ އަށް ޑިޕެންޑްވެގެން ކުރި ވެރިކަމެއް އަދި ނާދެ. ހަމަ ކަމެއްވާއިރަށް ރިޝްވަތާ ޕާޓޭ ގުރޯޕުތަކަށް ޑިޕެންޑްވަނީ. ޢެމީހުންތަ ކަލޭމެން ހިމާޔަތްކުރަނީ. ﷲ އަށް ޑިޕެންޑްވާން ނޭނގޭ މީހުން ވެރިކަންކުރާތީ ފަސާދަވެފަ މިއޮތީ. އީމާންކަމާ އަގީދާ މީ މިބައިގަނޑު ދަންނަ އެއްޗެއްނޫން. ޕޮލިޓިށަނުންނޯލަ

  30. ޢަލީ

    ހަމަ ހައިރާން ވެއްޖެ!
    އިސްލާމީ ޝަރީޢާ އެއްކޮށް މިތަނުން ފޮހެލަން ބަޔަކު ދުރާލައި ރާވައިގެން އުޅޭކަން ދުރުވިސްނޭ ޝއިޚަކު ބުނުއްވުމުނެވެސް ސިޔާސީ ޕާޓީތަކުގެ އަވައިގައިޖެހި ޝެއިޙަށް މަލާމަތް ކުރާތީ!
    ބަލަގަ އިސްލާމްދީނަށް ކުޑަވެސް ލޯތްބެއް ހުރިއްޔާ ދެންވެސް މިފަދަ ކަންކަމުގައި މަލާމާތް ނުކޮށް އެންމެން އެއްބައިވެފަ މިކަމާއި މަސައްކަތް ކޮށްބަލަ!