މާލެއަށް ކުރަމުންދާ ވިއްސާރައިގައި މާފަންނު ގެތަކަށް ފެން ވަދެ، ބޮޑެތި ގެއްލުންތަކެއް ވަމުން އެބަދެއެވެ.

މާލެއަށް ކުރަމުންދާ ވިއްސާރައިގައި މާލޭގެ ގެތަކާއި ފިހާރަތަކަށް އެކިވަރުގެ ގެއްލުންތައް ވަމުންދާއިރު އެންމެ ބޮޑެތި ގެއްލުންތަކެއް ވަމުން ދަނީ މާފަންނުގެ ގެތަކަށެވެ.

މާފަންނު ބައެއް ގެތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައި - ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ

އެގޮތުން މާފަންނު ހަވީރީ މަގުގައި ހުރި ހުރިހާ ގެއެއްގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ. އަދި، ގިނަ ގެތަކުގައި ކަރަންޓު ނެތްކަންވެސް ފާހަގަކޮށްލެވެއެވެ.

ވިއްސާރައިގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ވެފައިވަނީ
ވިމާފަންނުގެ ގެތަކަށް - ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ

އެމީހުން ދަނީ ރައްޔިތުން އެހާލުގައި އުޅޭއިރު ފެން ހިންދުމަށް ކަމާ ބެހޭ އިދާރާތަކުން އެހީތެރިކަން ފޯރުކޮށް ނުދޭތީ ނުރުހުން ފާޅު ކުރަމުންނެވެ.

"މިއީތޯ ހެޔޮވެރިކަމަކީ؟ ކޮބައިތޯ ސަރުކާރާއި، ފުލުހުން." އާއްމުންގެ މީހަކު ބުންޏެވެ.

ވިއްސާރައިގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ވެފައިވަނީ
ވިމާފަންނުގެ ގެތަކަށް - ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ

އެސަރަޙައްދުގައި ހަރަކާތްތެރިވަމުންދާ "ވަގުތު" ގެ ނޫސްވެރިޔަކު ބުނީ އެއްވެސް ވަރަކަށް މި ގެތަކަށް ކަމާ ބެހޭ ގުޅުން ހުރި އެއްވެސް އިދާރާއެއްގެ އެހީތެރިކަން އަދި ނުލިބޭކަމަށެވެ.

ވިއްސާރައިގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ވެފައިވަނީ
ވިމާފަންނުގެ ގެތަކަށް - ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ

މި ސަރަޙައްދުގައި ފެން ވަދެފައިވާ ބައެއް ގެތަކުގެ ތެރޭގައި، އެއް ފޫޓަށް ފެންބޮޑުވެފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. އަދި، ގިނަ އަދަދެއްގެ ހިފާ ގެންގުޅޭ އެއްޗެއްސަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. 3ނިރު

    ޖާހިލު ވެރިޔަކު ވެރިކަމަށް އެރީމަ ވާނެގޮތް ތިޔަނީ

  2. ޔާމިން

    ކޮބާވަގުވޯޓްގެވެރިޔާ ފެނޭތަމީހުންއުޅޭގޮއް

  3. ސޮންދާލި

    އަސްލުވެސް ކޮބާ ސިފައިން ފުލުހުން .މީ ހެޔޮވެރިކަން.. މާރިޔާ ބުނި ގާތުން މިފަދަ ހާދިސާ ތަކުގަ އެހީތެރިވާނަމޭ. އެމަންޖެ ކަމަކީ މަސާޖުޕާލާ ހިންގުން. ރައްޔިތުން ފެނުއަޑިގަ. އެއްވެސް އިދާރާއަކުން އަޅައެއްނުލާ

  4. ޝާއިރު

    އިއްޔެ މިސްކިތެއްގެ ހަރިންމައަށް އިތުރުކުރި ބައި ތަޅާލީ. މިއަދު މުޅި މާލެ ފެނު އަޑީގަ. އިބުރަތަކަށްވެސް ވެދާނެ ދެއްތޯ.

  5. ވެރިކަން

    ޔާމީންގެ ވެރިކަމުގަ ވީކަމެއްނަމަ ތިޔަ ކޯޅޭޝަން ވެސް ވަރަށް ފޯރި ހުރީސް. މިވެރިކަމުގަ ކޮންކަމެއް އަދި ވެފަ އޮތީ. މިވެރިކަމުގަ ދިމާވި އެއްމެ ފުރަތަމަ ކާރިސާމީ މިހާބޮޑަށް ފެންބޮޑުވުން. އެކަމަށްވެސް އެއުޅެނީ ރައްޔިތުންނަށް އެހީ ނުވެވިގެން. ރައީސަކަށް ހުރި މީހާ ބަހެއް ބުނެލާ އަަޑެއްވެސް އިވުނީކީނޫން. ޕޮލިހުންނާ ސިފައިންނަކީ ކޮންމެ ސަރުކާރެއް އޮތަސް ރައްޔިތުންނަށް އެހީވާނެބައެއް. އެގޮތުގެ މަތިން ޕޮލިހުންނާ ސިފައިން އެހީވެދޭނެ މާރިޔާ ދީދީ ޕްރެސްކޮންފަރެންސް ނުދިނަސް. މިހާ ހާލުގަ މާލެތެރެ އޮތްއިރު ޓްރާންސް ޕޯރޓް މިނިސްޓަރަކަށް ހުރި މީހާ އެބުނަނީ މަސައްކަތައް ނިކުންނަން. މިހާ ބޮޑަށް ފެނުއަޑީގަ އޮތްތަނެއްގަ ސައިކަލާ ކާރު އެއްޗެހި ދުއްވީވަ ރައްޔިތުންގެ ގޭގެއަށް އިތުރަށް ފެން ވަންނާނެކަން ޓްރާންސް ޕޯރޓް މިނިސްޓަރަކަށް ހުރި ދައިތައަށް ނޭންގެނީބާ.

  6. .

    .މިކަންއަދިރަގަަޅުވާނެ

  7. ރެޑޭ

    ކަލޭމެނަށް ކިޔޭ ނުކިޔޭ އެއްޗެއް އެބަ އެނގޭތަ؟ ހަމަ ހޭގަ ތިބެގެން ކޮމެންޓް ލިޔެބަލަ..

  8. Anonymous

    ހަމަ ހޭގަ ހުރެބަލަ ރީދޫ ހުންޖެހިފަ ތިބި މީހުން.މާފަންނު ގޭތަކައް ހަާދަ ހާލެއްގައޭ .ވެލި ބަސްތާ ވެސް އުފުލީ.އުފުލީވެސް ހަމަ އަރހަރެމެން.ސިފައިން އައީ 7 ޖެހި ފަހުން.