ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ – ވަގުތު އިމޭޖްސް އަމީން ފަހްމީ
ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ – ވަގުތު އިމޭޖްސް އަމީން ފަހްމީ

ކުރީ ސަރުކާރުގައި ކުންފުނިތަކުން ހިޔާނާތުގެ އެއްވެސް ކަމެއް ހިންގާފައިވީނަމަވެސް އެކަމުގެ ޒިއްމާ ރައީސް ޔާމީންގެ ބޮލުގައި ނޭޅުވޭނެކަމަށާއި އެ ޒިންމާ ނަންގަވަން ޖެހޭނީ ކުންފުނި ތަކުގެ ވެރިންކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް އިން ވާދަކުރާ ބައެއް ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލު ކުރަން ބޭއްވި ރަސްމިއްޔާތުގައި ޔާމީން ސަރުކާރުގައި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ކެމްޕެއިނަށް ކުންފުނިން ނަމަހަމަ ގޮތުގައި ފައިސާ ބޭނުންކުރެއްވިކަމަށް ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޔާމީން ވިދާޅުވީ ކުންފުނިތަކުން ކުރާ ހަރަދުތަކުގެ ޒިންމާ ނަގަން ޖެހޭނީ ކުންފުނީގެ ބޯޑާއި ކުންފުނީގެ އިސްވެރިން ކަމަށެވެ.

ޔާމީން ވިދާޅުވީ ކުންފުނި ތަކުން ހަރަދު ކުރެވޭނެ ގޮތް ކުންފުނިތަކުގެ ގަވާއިދު ތަކުގައި ހުންނާނެކަމަށާއި ކުންފުންޏަކުން ގަންނަ އެއްޗަކަށް ރައީސް ޒިއްމާވާކަށް ނުޖެހޭނެއެވެ.

އެމަނިކުފާނު ވަނީ ކުންފުނިތަކުން އެމަނިކުފާނުގެ ކެމްޕޭނަށް ޚަރަދު ކުރެއްވިތޯ ބަލަން ތަޙްޤީޤު ހިންގުމަށް ވެސް ގޮވާލައްވާފައެވެ.

ޔާމީނާއި އިދިކޮޅު ފަރާތްތަކުން ގެންދަނީ އެމަނިކުފާނުގެ ބޮލުގައި ކޮރަޕްޝަނާއި ވައްކަމުގެ ބޮޑެތި ތުހުމަތައް އަޅުވަމުންނެވެ. ނަމަވެސް މިރޭ ވެސް ޔާމީން ތަކުރާރުކޮށް ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް އެއްވެސް ކުށެއް ސާބިތު ނުކުރެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ރަގަޅުރައީސްޔާމީން

  2. ތެދެއް. ގާޒީ ހައްޔަރު ކޮށްގެން އަންނި ޒިންމާ ނަގަން ވެސް ނުޖެހުނު ތާ.. ހެހެ

  3. ގާނޫނު ނަންބަރު 1/68 ޖ ބުނާގޮތުން އެމުވައްޒަފަކާ ހަވާލު ކުރެވިފައިވާމަސައްކަތެއް ރަނގަޅަށް ކުރުމާއި އިހުމާލުން ގެއްލުމެއްވެއްޖެނަމަ ހިޔާނާތް ވެއްޖެ ނަމަވެސް އެ ޒިންމާ ނަގަންޖެހޭނީ އެ މުވައްޒަފަކު . އެހެން އޮފީހެއްގަ މަސައްކަތް ކުރާމީހަކު އެ ޒިންމާ ނަގާކަށެއްނުޖެހޭނެ.

  4. އެމްޑޕީ ގެ 2008 ގާ އުފެދުނު ސަރުކާރުން ބްލެކް މާކެޓްގާ ޑޮލަރު ވިއްކި މައްސަލަ ތަހުގީގު ނ ނުކުރަނީ ކީއްވެ.

  5. އެމްޑީޕީ ސަރުކާރުން އައޖީ އެމް އެޗް އިންޑިޔާގެ އެޕޯލޯ އަާ ހަވާލުކޮށްގެން ހެދި ފީސިބިލިޓީގެ ކަރެޕްޓް މައްސަލަ ތަހުގީގު ނުކުރަނީ ކީއްވެ ؟އަދި އެމްޑީޕީ ސަރުކާރުން ތ އަތޮޅު ތިމަރަފުށީގަ އެއާޕޯޓެއް ހެދުމުގެ ނަމުގަ ގެސްޓަކު ލައްވާކުރުވިސޮޔަށް ދިން އަގުގެ މައްސަލަ ތަހުގީގު ނުކުރަނީ ކީއްވެ ؟ އެމްޑީޕީ ސަރުކާރުން 2008 ގާހަވާލުވެ ކުނި އުފުލާ ބާޖާ ލޮރީތައް ހަލާކު ކޮށްލި މައްސަލާގަ ލިބުނު ގެއްލުމުގެ ތަހުގީގު ނުކުރަނީ ކީއްވެ ؟

  6. ޖީއެމްއާރާ ގުޅިގެން ރޭގަނޑު ދަންވަރު ކާގޯ ފްލައިޓް ތަކުގާ ކަޒަކިސްތާނަށް ރާއްޖޭގެ ދޮވްވެލި ވަގަށް އެމްޑީޕީ ސަރުކާރުން ވިއްކި މައްސަލަ ތަހުގީގު ނުކުރަނީ ކީއްވެ ؟

  7. ޜާއްޖެ އިސްލާމް

    ކުންފުންޏަކުން ކޮއްފައިވާ ކަމަކާ ބެހޭހޮތުން ސުވާލެއް ކުރާއިރު އަދި އެއީ ކޮއްފައޮތް ޚަރަދަލާ ބެޙޭގޮތުން ކުރާ ސުވާލެއްނަމަ ކުންފުނިތަކާ ބެހޭ ގާނޫނުގައި ޒިންމާތަކާ ވާޖިބުތަށް އޮންނަނީ ކިހިނެއްތޯ ނޫސްވެރިޔާ ބަލާލުން މުހިންމު. ބޯރޑުން ހުއްދަ ދީފަ އޮންނަ މިންވަރަކަށް ނޫނި އެމް. ޑީއަކަށް ޚަރަދެއް ނުކުރެވޭނެ ހުއްދަ ދީފަ އޮންނަ މިންވަރަށް ވުރެ ބޮޑު ޚަރަދެއް ކުރާނަމަ އެކަމެއް ބޯރޑަށް ހުށަހަޅައިގެން އެކަމަށް ބޯރޑުގެ ރުހުން ހޯދަން ވާނެ މިނޫން ހޮތަކަށް ކުރާކޮއްމެ ޚަރަދަކަށް އެމްޑީ ޒިންމާވަން ޖެހޭނޭ.

    ބޯރޑަށްވެސް ހުއްދަ ދެވޭނެ މިންވަރާ ދެވޭނެ ގޮތް މި ގަވައިދުގައި އަދި ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ލިޔެވިފަ އޮންނަނެ. ރައީސް އޮފީހުން އަންގާ ކަންތަށްތަކަށްވެސް ޢަމލުކުރަން ޖެހޭނީ ލިޔުމުން އެންގުމުން އެކަން އެއީ ގަވާޢިދާ އުސޫލުގެ ތެރެއިން ކުރެވޭނެ ކަމެއްނަމަ. ޤަވާޢިދާ އުސޫލާ ޚިލާފަށް އެންގުން އޮތްނަމަ އެކަމެއް ކުރަންވާނީ އިސްލާހު ކޮއްފަ ފޮނުވުމުން ބޯރޑްގެ ލަފާހޯދަން ޖެހޭ ކަމެއްނަމަ ލަފާ ހޯދައިގެންނެވެ.

  8. ތިއީ ހަމަނުޖެހޭ ވާހަކައެއް. ކުންފުނިން ހޯދާ ކާމިޔާބު ހިއްސާ ކުރާ އެންމެން ނާކާމިޔާބު ވެސް ހިއްސާ ކުރަންވާނެ. މަހާޖައްރާފު، ތެޔޮ ތޭންކަރުގެ ޝަރަފު ބޮލުއަޅާ މީހާ ހުރިހާ ނާކާމިޔާބީއެއް އަނެކާގެ ބޮލުއެޅުވުމީ ޣައްދާރުން ކުރާނެ ކަމެއް.

  9. ޢަބްދުއްސައްތާރު.

    އެއީ އޭރުވެސް ބުނި ވާހަކަ. ކުންފުނިތަކުގެ އެމް.ޑީ.ން ހީކުރީ ވެރިމީހާވީމާ އޭނާ ބުނާކޮންމެކަމެއްވެސް ކުރަންވާނެކަމަށް. ނަމަވެސް ޤާނޫނާއި ޤަވާޢިދު ހަދައިފައިވަނީ އެއަށް އެންމެންވެސް ޢަމަލުކުރުމަށް. އެއަކަށް އިސްތިޘްނާއެއް ނޯންނާނެ.

  10. ވަރަށްސަޅި ވާހަކައެއް!

  11. މީނަ މީ އަލިފެއް.

  12. ރައީސް ޔާމީނުގެ ވާހަކަފުޅަށް ޤާނޫނުން ބާރު ލިބިދޭއިރު، އެކަމުގެ މައްޗަށް އެއްވެސް މީހަކަށް ކުރެވޭނެ އިންކާރެއް ނޯންނާނެއެވެ.

  13. ރަނގަޅު ހުރިހާ ކަންބަޅިބަކަރިތައް ގުރުބާންކުރާތި، ސާބަހޭ ރައަިސް ޔާމީން ، ސުކުރިއްޔާ ގަޢުމު. އަލާކެނޑޭނެ މިފަހަރު ހައްހައް ހާ