ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރާއި ފިޝަރީސް މިނިސްޓަރު ޑރ.މުހައްމަދު ޝައިނީ އަދި ހެލްތު މިނިސްޓަރ ނާޒިމް އިބްރާހިމް ކުރިއަށް އޮތް ރައްޔިތުން މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވުމަށް ޕީޕީއެމް އިން ޓިކެޓް ދީފިއެވެ.

މަޖިލިސް އިންތިޚާބުގައި އާޒިމާ ވާދަކުރައްވާނީ ނ.އަތޮޅު ހޮޅުދޫ ދާއިރާއަށެވެ. ހެންވޭރު އުތުރު ދާއިރާއަށް ޝައިނީ ވާދަކުރައްވާއިރު ނާޒިމް ވާދަކުރައްވާނީ ނާޒިމްގެ އުފަންރަށް ހިމެނޭ ހިންނަވަރު ދާއިރާ އަށެވެ. ނާޒިމް ވަނީ 2014 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި ވެސް ވާދަކުރައްވާފައެވެ.

ރޭ ޕީޕީއެމްގެ ޓިކެޓް އެރުވި ތިން ވަޒީރުންގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ވެސް ވަނީ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާ އެކަން އިއުލާން ކުރައްވާފައެވެ. އޭނާ ކުރިމަތިލައްވަން ނިންމަވާފައި ވަނީ މަޑުއްވަރީ ދާއިރާއަށެވެ. އަދި ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވެސް ވަނީ މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. ނަމަވެސް އަދި އާދަމް ޝަރީފާއި މުއިއްޒު އަށް ޕީޕީއެމް އިން ޓިކެޓެއް ނުދެއެވެ.

މިހާތަނަށް ޕީޕީއެމުން ޕްރައިމަރީއަކާއި ނުލާ ޓިކެޓު ދީފައިވަނީ ޖުމްލަ 41 ބޭފުޅަކަށެވެ.

މަޖިލިސް އިންތިޚާބު އަންނަ އޭޕްރިލް މަހު ބާއްވަން ތައްޔާރުވަމުން ދާއިރު އެމްޑީޕީ އިން ގެންދަނީ ޕާޓީގެ ޕްރައިމަރީއަށް ތައްޔާރުވަމުންނެވެ. ޕީޕީއެމް އިން ގިނަ ބަޔަކަށް ޓިކެޓް ދީފައިވާއިރު އެހެން ޕާޓީތަކުން އަދި މަޖިލިސް އިންތިޚާބަށް ތައްޔާރުވުމަށް އަމަލީ ގޮތުން މާގިނަ މަސައްކަތްތަކެއް ކުރާ މަންޒަރެއް ނުފެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޔާމިން

  ﷲގެރަހުމައްފުޅުން ކާމިޔާބް ލިބޭނެ

 2. عبدالله

  ޕީޕީއެމުގެ މެންބަރު ގިނަކުރުމަށް ގަދައަޅައި މަސައްކަތް ކުރުމުން ރައްޔިތުންގެ ކުރިމަގު އުޖާލާވާނެއެވެ. އެމްޑީޕީގެ އަތްމައްޗަށް މިރާއްޖެ ދޫކޮށްލުމަކީ، ރަނގަޅު ގޮތެއްނޫނެވެ.

 3. އަލްޖިބްރާ

  ކޮންމެތާކަށް ކުރިމަތިލިއަސް ކަލޭމެން ހޮވޭނެ ގޮތެއްނެއް ! ތިޔަތިބީ މިޤައުމުގެ ބޮޑެތި މުޖްރިމުން !

  • ޢަހަންމާ

   ދޮންކަލޯ މުޖްރިމުންނަކީ މިމަހުގެ 17 ގަ އިންޑިޔާއަށް މިގައުމު ވިއްކާލާ މިގައުމުގައި އިންޑިޔާގެ 300 ސިފައިން ބޭތިއްބުމަށާއި އަސްކަރީ ބޭސް އަޅަންށާއި އެއަރޕޯޓް ވިއްކާލާށާ އިންޑިޔާގެ އަގެއްނެތް ފައިސާއަކީ ރާއްޖޭގެ ސެކަންޑަރީ ފައިސާ ކަމަށާއި ރާއްޖޭގައި ހިންގާ ބޮޑެތި ހުރިހާ ޕްރޮޖެކްޓްތައް ހަމައެކަނީ އިންޑިޔާނޫން ބަޔަކަށް ނުދިނުމަށާއި ރާއްޖޭގެ ވަޒީފާ ބާޒާރުގެ ބޮޑުބަޔެއް އިންޑިޔާ ރައްޔިތުންނަށް ދިނުމަށާއި އައިހެވަން ޕްރޮޖެކްޓް ރާއްޖެއަށް އެއްވެސް ފައިދާއެއް ނެތްގޮތަށް އިންޑިޔާއަށް ހިތުހުރިގޮތަކަށް ބޭނުން ކުރަން ދިނުމަށް އެއްބަސްވެ ސޮއިކުރާ ޔަހޫދީ އެމް.ޑީޕީ ސަރުކާރުގެ ރައީސް ނޫންތޯ.

  • ދދދދދ

   މުޖުރިމުންނާއި ވަގުންނާއި ޓެރަރިސްޓުންނާއި ބާޣީން ވަކިކޮށް ދެނެގަންނަން ނޭނގެންޏާ އަނގަގަނޑު މަޑުން ލައިގެން ގަމާރުކަންމަތީ ހުރެވޭތޯ ބަލާ.

 4. މަހަށްދޭބަލަ

  ތަމެންގެ ވެރިކަމުގައި ތަމެން ރައީސް ސޯލިހުއޭ ބުނި ނަމަވެސް އަދި އެއީ މީހާ ސޯލިހުވާ ކަމެއް ނޫނޭ ތަމެން ތިޔާ ތިބީ އަބަހައްދަވެފައިތޭ ތަމެން ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް އިން ގާނޫނު އަސާސީ އާއި ޚިލާފަށް ބިލް ތައް ހަދަ ހަދައިގެން ވުޖޫދުގައި ނުވާ ކަންކަން އެއީ ހަގީގަތަކަށް ހަދައިގެން ނުހައްގުން މީހުންނަށް އަދަބު ދޭން ވެގެން ރާއްޖޭގައި ތިބި އެންމެ ކޮރަޕްޓް މީހުން ލައިގެން ތަމެން ހަދާފައިވާ ކަމިޝަންސް ތަކަށް ނުޖެހޭނެއޭ ބާރުދޭން މަހަށްދޭބަލަ..

 5. ކަލޭ

  ތިހެންކީ މައުމޫން އާދިމާލަށްވެސް.

 6. އަހުން

  ކިނބޫބެ އެއީ އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅާފަ ހުރި ބޮޑު މުޖުރިމު ސާފުވެއްޖެދޯ !!!!!! ޙެހެހެ