ރާއްޖޭގެ ރަށްތަކުގައި ޤާއިމު ކުރެވިފައިވާ ޞިއްޙީ ޚިދުމަތްދޭ ތަންތަން މި ސަރުކާރުގައި ތަރައްޤީ ކުރައްވާނީ މެޑިކަލް ޓުއަރިޒަމަށް އަމާޒު ކުރައްވައިގެން ކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ލަނޑުދަނޑިތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ، އަތޮޅުތަކުގެ ރައްޔިތުންނަކީ އަބަދު ބޭސްފަރުވާއަށް ސަލާމްޖަހާ ބަޔަކަށް ވެގެން ނުވާނެކަމަށާއި، އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތަށް ސަރުކާރުން ޚާއްޞަ އިންކަމެއް ދޭއްވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރެވި، ޚިދުމަތް އަވަސްކުރެވި އަދި ޞިއްޙީ ޚިދުމަތް ވަގުތުން ވަގުތަށް ބަރާބަރަށް ލިބޭނެ ނިޒާމެއް ޤާއިމު ކުރެވިގެން މެނުވީ، ރާއްޖޭގެ ޞިއްޙީ ނިޒާމް ހަރުދަނާވެ ރައްޔިތުން ބޭނުންވާ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ލިބިގެނެއް ނުދާނެ ކަމަށެވެ.

"ފަތުރުވެރިކަމުގެ ކުރިއުރުން ހޯދާފައިވާ ރައްތައް، ޚާއްޞަކޮށް ގެސްޓްހައުސްގެ ގޮތުގައި ފާހަގަ ކޮށްލެވޭ ރަށްތަކުގައި ހުންނަ ޞީއްޙީ މަރުކަޒުތަކާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަން އަދި ހޮސްޕިޓަލްތައްވެސް އަޅުގަނޑުމެން އަލުން ބައްޓަންކުރާނީ މެޑިކަލް ޓުއަރިޒަމަށް ނުވަތަ މެޑިކަލް ފަތުރުވެރިކަމަށް މަގުފަހިވާނެ ވިސްނުމެއްގައި، އެ ތަސައްވަރުގެ މަތިން." ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އަތޮޅުތަކުން ދެވޭ ޞިއްޙީ ޚިދުމަތަކީ އެތަންތަނަށް ޒިޔާރަތްކުރާ ފަތުރުވެރިން ބަލައިގަންނަ އަދި ދިވެހި ރައްޔިތުންނަށް އެންމެ މަތީ ފެންވަރުގެ ޚިދުމަތް ދެވޭ ތަންތަނަށް ހެދުމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ޞިއްޙީ ޚިދުމަތް ތަރައްޤީކޮށް، ފެންވަރު މަތިކުރުމަށް މަސައްކަތް ކުރައްވާނީ ގެސްޓްހައުސް އައިލެންޑުގެ ސިޔާސަތާއި، ވިސްނުމާ ހިސާބަށް ގެނައުމަށްޓަކައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ، އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތް ބަރާބަރަށް ފުރިހަމަ ކުރުމަށްޓަކައި މިނިސްޓްރީގެ ހިންގުމަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް މިނިސްޓްރީގެ އޮނިގަނޑު ރާވާލާނީ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ޞިއްޙީ ޚިދުމަތްތައް އަވަސްކޮށް، ބަރާބަރަށް ލިބޭނެ ނިޒާމެއްގެ މައްޗަށް ކަމަށެވެ. އެގޮތުން މިނިސްޓްރީން ރާއްޖޭގެ އެކި އަތޮޅުތައް، އަދި ސަރަހައްދުތައް ޒިންމާދާރުކަމާއެކު ބެލެހެއްޓުމުގެ މަސްޢޫލިއްޔަތު މިނިސްޓްރީގެ އިސް ފަރާތްތަކާ ހަވާލުކޮށް، އެބޭފުޅުން ދުވަހުން ދުވަހަށް ރައްޔިތުންނަށް ދިމާވާ މައްސަލަތަކަށް ހައްލުކުރުމަށްޓަކައި މަސައްކަތް ކުރާއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޞިއްޙީ ޚިދުމަތް ފުޅާ ކުރުމަށްޓަކައި ޓާރސިއަރީ ހޮސްޕިޓަލްތަކާއި، އަދި ޞިއްޙީ ޚިދުމަތުގެ ވަސީލަތް ޤާއިމު ކުރުމާއި، ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ އިތުރުން ޞިއްޙީ ޚިދުމަތްތެރިންގެ ގޮތުގައި ރަނގަޅު ފެންވަރުގެ ބޭފުޅުން ލބިދިނުމަށްޓަކައި ސިޔާސަތުތައް ބައްޓަން ކުރެވި އެކަންކަން ހާސިލުކުރުމަށްޓަކައި މަސައްކަތް ކުރާނަން." މިނިސްޓަރު ވިދާޅުވިއެވެ.

ހަކުރު ބައްޔަށް ފަރުވާ ހޯދޭނެ ނިޒާމް މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ތައާރަފް ކުރައްވާނެ ކަމަށާއި، އަދި މި ނޫނަށް ރާއްޖޭގައި ހުރި ބައެއް ޚާއްޞަ ބަލިތަކަށް ފަރުވާދިނުމަށްޓަކައި ޤާއިމު ކުރެވޭ ނިޒާމްތައް ތައާރަފްކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ޞިއްޙީ ޚިދުމަތް ބަރާބަރަށް ފޯރުކޮށްދިނުމުގައި ޞިއްޙީ ޚިދުމަތުގައި މަސައްކަތް ކުރައްވާ އަމިއްލަ ފަރާތްތަކަކީ މުހިންމު ބައެއް ކަމުގައި ބަލައިގަންނާނެ ކަމަށެވެ. ޞީއްޙީ ޚިދުމަތަކީ އިތުބާރު ކުރެވޭ ރަނގަޅު ޚިދުމަތަކަށް ހެދޭނީ ސަރުކާރާއި، އަމިއްލަ ޚިދުމަތްތެރިން އަދި ރައްޔިތުން ގުޅިގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ދަސްވީފަހުން

    އަދިވެސް ވައުދުތޯވަނީ ތިބޭފުޅުން ނޫންތޯ ވެރިކަމުގަތިބީ

  2. ރޯޒް

    ޖެހުނުތަންވެސް ނުޖެހި އިނދަ ޖެހޭނީ! މިހާރުވެސް ކޮޅުމަތި ފެނިއްޖެ! އަދި މިވީ ތިން ހަފްތާ!

  3. ރަތްޔެތުންގެ ވިންްދު

    ހަދަންވީގޮތް އެއްމެނަށްއެގޭ ކަންކަން ތިވިދާޅުވާގޮތަށް ކުރާނެގޮތް ވިދާޅުވެ ދެއްވާ ރަތްޔެތުން ތިބީޑިމޮޤްރަސީއަށް ދޮންވެ ފައްވާވެފައި

  4. ސަލީމް

    ހީވާގޮތުން މެޑިކަލް ޓްއަރިޒަމް އަކީ ކޮބައިކަން އަމީން އަކަަށް ނޭގެ. މެޑިކަލް ޓްއަރިޒަމް އަކީ ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ފޯރުކޮށްދީގެން ، އެއިން ފައިސާލިބޭނެ ގޮތެއް ހެދުން، ( ޤައުމުން ބޭރުން މީހުން ޚިދުމަތް ހޯދުމަށް އަންނަވަރުގެ ތަނަކަށް ހެދުން) އެވަރުގެ ކެޕިޓަލް ޚަރަދެއް ނުކުރެވޭނެ ރާއްޖެއަށް ( ކޮންމެ ރަށަކަށް). މިކަހަލަ ދެއުޅި އެއްނުވާ ވާހަކަ ދެއްކުން ހުއްޓާލަން ވެއްޖެ، ގިނަ ސިއްހީ މަރުކަޒުތަކުގަ ލޭޓެސްޓް ކުރެވެންވެސް ނެތް.

  5. ައިބުރާހިމް

    ޚުރާނަމޭ ބުނުމަކީ ބޭކާރު ކަމެއް ކުރަންވީ ކޮށްފަ ޚަބަރަށް ދޭންވީ ކޮށްފީމޭ... އެއީ ޒިންމާދާރު ގޮތަކީ ޝުކުރިއްޔާ.

  6. ޢައިބާ

    މިސޮރުގެ ފޮނިބާސާ ތަށް ހައެއްކަމަސް ފަހުން ރައްޔިތުންނަށް އެގޭނެ ، މިވީ މަހެއްހާ ދުވަހު ސިއްހީ ޚިދްމަތް 1 ދަރަޖަ ދަށްހިގެއްޖެ

  7. ޖޮއްބެ

    ކަލޯމެން ކަހަލަ ބާޣީންނަކަށް ކަންކަމެއް ނުވާނެ.

  8. މުބީން

    ހަދަންވީގޮތަކީ ،، ސީޕްލޭނުގަ ކޮންމެރެއަކު ފަރުމަހަށް ދާންވީ ވިއްސާރަވީމަ ސިފައިންނަށް ގުޅާފަ ކޯސްޓްގާޑް ގެންދަންވީ ،، އޯކޭތަ؟

  9. ދދދދދ

    ރައީސް ޔާމީންގެ ތަސައްވުރުން ވައްކަން ކޮށްގެން ނަމަވެސް ކަންފުޅެއް ވެއްޖެއްޔާ ރަނގަޅުތާ.

  10. މާ

    އަވަހަށް މާމިގިލި ހޮސްޕިޓަލަށް ތިޔަކަން އެންމެ ފުރުރަތަމަ ޔަޢާރަފުކުރޭ.

  11. ތަކުރު

    އެކަމަކު ދޯ؟؟؟ މަ ހަމަ ހައިރާންވެ އަންތަރީސް ވެއްޖެ!!

  12. ސަންގުގެރި

    މި 100 ދުވަހު ކުރާކަމެއް ކުރޭ އޭގެ ފަހުގައި ހުލިވާނެ އަދި ތަޅާތަނެއް ތަޅާ ދެން ގޮތެއް ނެތި ގެން ސިވިލްސާވަންޓުންގެ މުސާރަ ކޮޅުހޯދަން މަސައްކަތްކުރާނެ މިއޮތީ ވާސަރުކާރެއް ވަގައް އައިސްފަ.

  13. ދިވެއްސެއް

    މިވީހާތަނަށް ކަލޭ ހަވާލުވިކަމެއް ރަނގަޅަށް ކުރެވުނު؟ ރާއްޖޭގެ ސިއްހީދާއިރާ އިންދަޖައްސާލަން ކަލެޔާ ތިކަން ހަވާލުކުރީ. ބޮޑުމަންޒަރުގައި އެ ކަމާ ހަވާލުވީ އިންޑިޔާއިން. ތިބޭ ބަލަން.

  14. ދިވެހި

    ބިގް ޖޯކް. ޔާމީން ކައިރިން ހުރިހާ ކަމެއް ކޮޕީކޮށްގެން މި އުޅެނީ. ނިކަން ޢާވާހަކަ އެއް ދައްކަބަލަ. ޔާމީން މެޑިކަލް ޓުއަރިޒަމްއަށް ޓްރީ ޓޮޕް ހަދަން އުޅުނީމަ ގޯސްވީ. މި މީހުން ދެއްކީމަ އޯކޭ.

  15. ޢާބޫ

    އަމީންމެން ދައްކާ ވާހަކައިން އަމީންމެންނަށް ކަމެއް ކުރަން އިނގޭނެހެނެއް ހިއެއްނުވޭ! އަދިވެސް ފޮނި ވާހަކަ ނުދައްކަ މާތާހިރުވާނެ ރައްޔިތުންނަށް ލިބެންވާ ސިއްހީޚިދުމަތް މީހުން ކައިރިން ސަލާން ޖަހަން ނުޖެހޭނެ ގޮތަކަށް ފޯރުކޮށްދިނިއްޔާ. އަދިވެސް މިޖެހެނީ ރައްޔިތުމީހާ ބޮޑުކަމަކަށް ފަރުވާކުރަންޔާ ސަލާންޖަހަން. ކޮބާ އިބޫވީ ވައުދު ދެއްރައްޔިތުންނަށް ބޭސްފަރުވާއަށއ ސަލަަމްޖަހަން ނުޖެހޭނޭ ބުނިބުނުން ކޮބާ؟ ހަނދާން ނެތުނީތަ؟؟؟؟

  16. عبدالله

    ޢިއްޒަތްތެރި ވަޒީރު މާބޮޑުކަމެއް ނުކުރެއްވިޔަސް ތިރީގައިމިވާ ލިސްޓުގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ކަމެއް ކޮށްދެވޭތޯ ޢިއްޒަތްތެރި ވަޒީރު ބައްލަވައި ދެއްވުންއެދެމެވެ.
    1 - އާސަންދަ ކަވަރުނުކުރާ ބޭސްތައް މަދުކުރެއްވުން
    2 - އާސަންދަ ކަވަރުކުރާ ބޭސްތައް ގިނަކުރެއްވުން
    3 - ހުރިހާ ތަނެއްގައި ނިބްލައިޒޭޝަން ލިބޭނެގޮތް ހެދުން
    4 - އަމިއްލަ އަތުން ހޭދަނުކޮށް ސީނިޔަރ ޑޮކްޓަރުންނަށްވެސް ދެއްކޭގޮތްވުން
    5 - އިންސިއުލިން ޕެންދެއްވާއިރު، އޭގެކަށިވެސް ލިބޭނެގޮތްވުން
    6 - އެޕޮއިންޓްމެންޓުގެ ކިޔޫ ހާހުންދެހާހުން އަރައިގެން ނުދާގޮތްހެދުން
    7 - މިއަދު އައިޖީއެމްއެޗުން ލޮލުގެ ޑޮކްޓަރަކަށް ލިބުނީ ކިޔޫ ނަންނަބަރު 542 ކަމަށްވާއިރު، މިނަންބަރު ޖެހޭނީ ތިންހަފުތާފަހުންކަމަށް

  17. عبدالله

    މާބޮޑުކަމެއް ނުކޮށް ދެއްވިޔަސް ތިރީގައިމިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ކޮށްދެވޭތޯ ބައްލަވައި ދެއްވުމަށް ދަންނަވަމެވެ.
    1 - އާސަންދަ ކަވަރުނުކުރާ ބޭސްތައް މަދުކޮށްދެއްވުން
    2 - ސީނިޔަރ ޑޮކްޓަރުންނަށް ގާތުންނުދީ ދެއްކޭގޮތްހެދުން
    3 - ނިބްލައިޒޭޝަން ނުދެވޭ ޞިއްޙީމަރުކަޒެއް ނުބެހެއްޓުން
    4 - އިނއްސިއުލިން ޕެނަކީ އާސަންދަ ކަވަރުކުރާ އެއްޗަކަށްވެފައި އެޕެނުގެ ކަށި އާސަންދަ ކަވަކުނުކުރާ އެއްޗަކަށް ނުހެދުން
    5 - ހަސްފަތާލުގެ އެޕޮއިންޓްމެންޓް ކިޔޫ ހާހުންދެހާހުން ދިގުލައިގެންގޮސް މަސްދެމަސްފަހުން ދެއްކޭގޮތަށް އޮންނަ އޮތުން ނިމުމަކަށް ގެނަސްދެއްވުން

  18. އާދަމުގެދަރި

    ކަލޯ އެބަ އެގޭތަ ތިޔަ ކިޔޭނުކިޔޭ؟ އެންމެ ފަސްއަހަރުން ރައީސް ޔާމީން ވަނީ މިރާއްޖޭގެ ޞިއްޙީނިޒާމަށް އިންޤލާބީ ބަދަލެއް ގެނެސް ދައްކަވާފަ! އޭގެ ފޮނިމީރުކަން މިދަނީ ރައްޔިތުން ލިބިގަންނަމުން. ހީވެސްކޮށްފަނެތް އެތައް ފަރުވާއެއް މިރާއްޖެއަށް ތަޢާރަފްކޮށް ޢަމަލުންވަނީ ދައްކަވާފަ! ބަލަ ތިޔަބުނަނީ ޞިއްޙީ ޚިދުމަތުން ދައުލަތަށް އާމުދަނީ ހޯދާ ވާހަކަ! ގަމާރުން ތަންތަނަށްލާފަ ބަހައްޓާ އަދިވެސް.

  19. އިބްރާހީމް ކަލްޕާންޗް

    ނާ ހަމަ ތެދެތް؟ އަމީނުއަށް މެޑިކަލް ޓޫރިޒަމަކީ ކޮބައިކަން ހެލްތުމިނިސްޓްރީގެ ކޮންމެވެސްކުއްޖަކު ރަނގަޅަށް ރޯފިލާވަރަށް ކިޔާދީބަލަ ދަރުމަވާނެ، އަމީނު ހީކުރަނީ މެޑިކަލް ޓޫރިޒަމްއަކީ ރަށްރަށަށް އަންނަ ޓުރިސްޓުން އެތަންތާ ހުންނަ ހެލްތުޕޯސްޓަށް ދަައްކާލަން އައުންކަމށްތަ؟ ބްރޯ ދުނިޔޭގެ އެހެން ގައުމުތަކުން މީހުން ތިތާ ހިންގާ ހެލްތުޕޯސްޓަކަށް ޑޮކްޓަރަށް ދައްކަން ޓިކެޓުނަގަައިގެން އަންނަވަރު ކުރާވާހަކަ ތިބުނީ. އެވަރުގެ ހެލްތުޕޯސްޓްތަކެއްވެއްޖިއްޔާ އެއަށް ކިޔާނީ މަލްޓި ސްޕެޝަލް ހޮސްޕިޓަލް ދޯ. މޮޅެތި ޑަކުޓަރުންނާ ނަން ހުސްކޮށް ކަންކަން ކުރެވޭވަރު ކޮށްގެން ބޭރުން މީހުން އަތަނަށް ދައްކަން އަންނާނީ. އެތަންތަނުން ދިވެހިން ބޭނުންވާ އެންމެ އާދައިގެ ކަމެއް ނުވާއިރު ތިހާވަރު ތާކަށް ހަދާވާހަކަ ދެއްކީމަ ދެން އެވަނީ ޖޯކަކަށް..ވ ސަލާމް

  20. ބޮޑު ދެލޯ

    އަމީނޫ! ހެޔޮވާނީ ކިހިނެތް! ތިޔާކަންކަމަށް ވަރަށްގިނަ ފައިސާބޭނުންވާނެ! ސަރުކާރުގަ އޮތިއްޔާ އޮތް ލާރިކޮޅެއް " އެ ޔާމީނު " ހިފައިގެންދިޔަ ވާހަކައަކީ ކޮއްމެ ޕޯޑިއަމެއް ގައި ޙަމްދު ޞަލަވާތް ކިޔާފަދައިން، ރައްޔިތުމީހާ ބޮލަށްވަންނަވަރަށް ހަރުއަޑުން ގޮވަޢި ނަގާ ވާހަކައެކެވެ. ހަނދާންވެއްޖެ! އިންޑިޔާ ފައިބުޑަށް ވެއްޓި އާދޭސްކޮށް ބިލިއަނުން ހޯދި ހަދާން ވެއްޖެ. ދެން ރާއްޖޭގައި ގެރިއެއް ބަކަރިއެއް ކަތިލާކަށް ލާހިކެއްނޫން! މޯދީ ނުރުހޭކަމެއް ރާއްޖެއަކު ދެނެއް ނުކުރެވޭނެ!

  21. ހަސަންކޮއި

    ވަގުސަރުކާރު ވަގުވޯޓުސަރުކާރު ހިންނަވަރު ވަގު ރައީސް

  22. މޯދީ

    މިހާރު ވެސް ރާއްޖޭގައި އަމީން އެބުނާ މެޑިކަލް ޓޫރިޒަމް އެބައޮތް. ރަށްރަށުން ބޭސްފަރުވާއަށް ސަލާމް ޖަހަން އައިސް މާލެއިން ބޮޑު އަގުގައި ތަންތަން ކުއްޔަށް ހިފައިގެން ޑރ އެއްގެ އެޕޮއިންޓްމެންޓެއް ލިބޭތޯ މަސް ދެމަސް އެބަތިބޭ. މީ އެބުނާ މެޑިކަލް ޓޫރިޒަމް. މިހާރު ވެސް އެބުނަނީ އައްޑޫގައި ހަދާ ހޮސްޕިޓަލް ހިންގާނޭ ބަޔަކު ނުނިންމަމޭ. ދެން ކަންވާނެ ގޮތް މިއޮތީ އެނގެން ކިތަންމެ ރަގަޅަކަށް ވެސް.

  23. ހުސެން

    އަނެއް ބީތާ، އަޅެކަލޭމެން އެއްޗެއް ނުބުނެތިބެން ވެއްޖެޔެއްނު. މެޑިކަލް ޓޫރިޒަމް އަކީ ސްޕެސަލިސްޓް ޑޮކްޓަރުންނާ އެފެންވަރުގެ ހިދުމަތް ދެވޭނެ ގޮތް ހަދާފަ އެތަނާ ގުޅުވައިގެން މެޑިކަލް ޓޫރިޒަމް އެޑެސްޓިނޭ ސަނަކައް ޕްރޮމޯޓް ކުރުމޭ. ތުލުސްދޫގަ ހުރި ސިއްހީ މަރުކަޒައް އިންޑިޔާއިން ޑޮކްޓަރެއް ގެނެސް ދެގުޅަ ޕެނެޑޯލް ލިބޭގޮތައް އޮތީމަ ކޮން މެޑިކަލް ޓޫރިޒަމެއްތަ. ގައުމުތަކައް ގޮސްއުޅޭ އިރު އެތަންތަނުން ކަންކުރާގޮތް ބަލާބަލަ ނޫނީ ދަންނަ މީހެއްކައިރި އަހައިގެން އަނގަތަޅާބަލަ. މަސާޖުކޮއްގެން އަންހެނުންނައް ހަދިޔާ ކޮޅެއް ހިފައިގެން އައިމަ ބޭރުގައުމަކައް ދެވުންކަމައް ނުދެކިބަލަ. ނޫނޭ މިއޮތީ ވާސަރުކާރަކާ ލައިގެންފަ

  24. މޮޔަ

    އަމީން ތި ގޮވަނީ މޮޔަ. މެޑިކަލް ޓްއަރިޒްމް އަކީ ރާއްޖެ ތެރޭ މީހުން ބޭހަށް މަލެއައުމާއި ދިވެހިބޭހަށް ރައްމަމްދުއަށް ނޫނީ ނުލަންދުއަށް ތެޔޮދަމަން ދިއުން ނަމަ އެކަން މިއޮތީ ވެފަ.
    ކަމެއްކުރަން ނެގެއްޏާ ބޭކާރު އަގަ ނުތަޅާ ތި މިނީސްޓްރީގެ ނަލަނަލަ ކޮޓަރީގަ މަޑުން އިދެބަލަ. ކަންކުރަން ދަންނަމީހުނަ ތިތާ ތިބޭނެ.

  25. ޠަމިކަލް

    ކީކޭބުނާނީ. ޙާދަތަންދޮރު ނުފިލާ ސޮރެކޭ

  26. ގާސިމްބެ

    ޙެހެހެހެ ހެލްތު މިނިސްޓްރާރ ކަންވެސް ދޭންވީ މެގަޗިޕްއައް އެކަމަކު އެއީވާ ދަހި މީހެއް..މިނޫންބަޔަކު ނެތީތަ

  27. ނުރަބޯ

    އެއްކަމެއްވެސް ކަލޯމެންނަކަށް ނުވާނެ. ދެންހަމަ ދާނީ މަޑުމަޑުން ފަހަތަށް. އެންމެފަހުންގޮސް ޕެނެޑޯލް ގުޅައެއްވެސް ނުލިބޭތަން އަންނާނެ.