ސިހުރުވެރިން ނުވަތަ ސިހުރު ހަދާ މީހުން ހިފާ, ހައްޔަރުކޮށް އެމީހުންނަށް އަދަބުދެވޭނެ ޤާނޫނެއް އޮތުން މުހިންމު ކަމުގައި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެވެ.

މަޖިލިސް ދިގުދަންމާލުމަށްފަހު ފުލުފުލުގައި ބިލްތައް މަޖިލީހަށް ހުށައަޅައި ބިލްތައް ފާސްކުރަމުންދާ މި ދަނޑުވަޅުގައި ޝައިހް ޒައިދު، އޭނާގެ ފޭސްބުކް އެކައުންޓުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ބުނެފައި ވަނީ ސިހުރު ހަދާ މީހުންނަށް އަދަބު ދެވޭނެ ގާނޫނެއް ރާއްޖޭގައި ނެތް ކަމަށާއި, އެހެންކަމުން އެކަމާއި ބެހޭ ބިލެއް މަޖިލީހަށް ހުށައެޅުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިން އެދިލައްވާ ކަމަށެވެ.

"ސިހުރު ހަދާމީހުން ހިފާ ހައްޔަރުކޮށް، އަދަބު ދެވޭނެ ޤާނޫނެއް އަދި ރާއްޖޭގައި އޮތް ހެނެއް ހިޔެއް ނުވޭ! ވީމާ މިކަމާއި ބެހޭ ބިލެއް މަޖިލީހަށް ހުށައަޅައި ދެއްވައި، ފާސްކޮށްދެއްވުމަށް މަޖިލިސް މެންބަރުންގެ ކިބައިން އެދެން" ޝައިހް ޒައިދުގެ ޕޯސްޓުގައިވެއެވެ.

ޝައިހް ޒައިދު ވިދާޅުވީ ސިހުރު ހެދުމަކީ ކުފުރެއް ކަމަށާއި އަދި ބޮޑު ކުށެއް ކަމަށެވެ. އަދި ޝިރުކާއި ޖެހިގެން އޮތް ކަމަކީވެސް ސިހުރު ކަމަށް ޝައިހް ޒައިދު ވަނީ ވިދާޅުވެފައެވެ.

ސިހުރު ހެދުމަށް ބޭނުންކުރާ ތަކެއްޗާއި އެކު މި ފަހަކުން ވަނީ ރާއްޖޭގެ އެކި އެކި ކަންކޮޅުތަކުން ބައެއް ފަރާތްތައް ހައްޔަރުކޮށްފައެވެ. އަދި ސިހުރު ހެދުމަކީ ޒަމާނުއްސުރެއް ރާއްޖޭގައި ކުރަމުން އަންނަ ކުފުރުގެ އަމަލެކެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ދޮގެއް؟

    އެންމެ ފުރަތަމަ އަދަބު ލިބޭނީ ކަލެއަކަށް ނޫންތަ؟ ހުއްދަ ފަންޑިތައޭ ކިޔާފަ މީނައާ މީނަގެ އަޚް ކަހީނާ ވެގެން މުޅި ތަން ޚަރާބު ކޮށްފި.

  2. ނަސީ

    ސިހުރުހަދާމީހުނައްހައްގުަައަދަބުދިނުމައްގޮވާލން

  3. Miadhu

    ގަސްތުގައި މީހުން މަރާމީހުންނަށް މަރުގެ އަދަބު ނުދެވެންވީ ކީއްވެ މީހާމަރާލުމަށް ހަތިޔާރު ހޯދާވަގުތުންފެށިގެން ހަމަލާދިނުމާއިހަމަޔަށް ބުއްދި ހުންނަނީ ސަލާމަތުން އެކަން ކުރަނީ ގަސްތުގައި ހަމަލާދިނުމާއިހަމައިން މީހާ ގެ ފުރާނަ ދިއުމާދެމެދު ބުއްދި ހަމަނުވެ ހަމަލާވެސް ގެސްދުންފިލައިދެ

  4. ޝަން

    ޥަރައްތާއީދު ކުރާކަމެއްތީ

  5. ޢަލީމާ

    ނޫން ނޫން ކަލޯ އޭރުންއެދެވެނީ އަނިޔާދޯ އަނިޔާ އާ ދެކޮޅޭ އަނިޔާދެނީއޭ ކިޔައިގެން ސަރުކާރު ގެނައީ ދެން

  6. Anonymous

    މިރާއްޖެ އަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވާއިރު މިގައުމުގާ އަދަބެއް ދެވެންވާނީ ގާނޫނެއްގެ ދަށުން ކަމަށް ކުރެވޭ ވަކާލާތަކީ އެއްގިތަކަށްވެސް ކަމުދާ ވަކާލާތެއް ނޫނެވެ. ދީނީގޮތުން އަދަބެއް ކަނޑައެޅިފާވާކުށެއް ކޮއްފިއްޔާ ދީނުގެ އެކުށަށް ކަނޑައަޅާފައިވާ އަދަބުދޭން ގާނޫނަކުން ހުއްދައެއް ލިބެންޖެހޭނެ ކަމަކަށް ގަބޫލެއް ނުކުރަން. ދުވަހަކު ގާނޫނެއް ނެތަސް ސިހުރު ހަދާމީހާ އަށް ދީނީގޮތުން އަދަބެއް ދޭންޖެހޭނަމަ، އެއަދަބެއް ދޭން ގާނޫނެއް ހަދާކަށް ނުޖެހޭ، އެއަދަބު ދޭންވީ. އެކަމަކު ދީނީގޮތުން ސިހުރު ހެދުމުން އަދަބެއް ދޭންޖެހޭކަމަށް ކަނޑަ އަޅާފާނުވަނަމަ، ގާނޫނެއް ހަދައިގެން އަދަބެއް ދީގެން ނުވާނެ.

  7. Ìިުހގފ
  8. Ìިުހގފ

    ޥ ރަ

  9. ސިރިސޭނާ

    ވަރަށް ރަނގަޅުކަމެއް.

  10. މާމިގިލީ މީހާ

    އިސްލާމް ދީނޭ ކިޔާގެން ސިޔާސީ ފަތުވާ ދޭ ސޭހުންނަށް ވެސް ގާނޫނެއް އޮންނާން ޖެހޭ... ސަރުކާރުން މިފަދަ ސޭހުން ޖަލަށް ލާންޖެހޭ..

  11. Anonymous

    ސިހުރުހަދާމީހުން ޖެހޭނީހަމަ މަރާލަން

  12. ޙާލު

    ސިހުރުހަދާމީހުން ޖެހޭނީހަމަ މަރާލަން

  13. Anonymous

    Anonymous އެ ބުނުއްވީ ހެޔޮކޮށް އިސްލާމްދީންވަނީ ފުރިހަމަ ކުރައްވާފަ ، އިތުރު ޤާނޫނެއް ބޭނުމެއް ނޫން ،

  14. Anonymous

    އަޅުގަނޑުވެސް އިބޫ ސޯލިހުގެ ކިބައިން މިކަން ކޮއްދެއްވުމައް ވަރަށް އިހުލާސްތެރިކަމާ އެކު ދަންނަވަން...... އިބޫ ރައީސްކަން ކުރައްވާލެއް ވަރަށް ފުރިހަމަ އަދި...

  15. އައިމިނަ

    އެމީހުން މަރަންވީ. ހައްޤަކާނުލާ ޅަދަރިންގެ ކުރިމަގު ހަލާކުކުރަނީ. ލޮލަށް ނިދިވެސް ނާންނަނީ ތޯއްޗެއް.

  16. ބިކަ

    އެފަދަ ސޭކުން ޖެހޭނީ ދަންޖައްސަން

  17. ސާޑު

    ތިއަކަހަލަ މީހުން މަގުފުރައްދާ ސިޔާސީ ޝައިޚުންވެސް ހިފާ ހައްޔަރުކުރަންޖެހޭ. ސިހުރޭ ކިޔާފާނެ ނާއްޓަކަށްވެސް. މިސާލަކަށް މީހަކު ނާއްޓެއްގާ ކުރުސި ލިޔުނީ. އެވެސް ސިހުރު. ޑޮކްޓަރުބޭސް ނޫނިއްޔާ އެކައްވެސް ސިހުރު. ސަލަފީ ފިކުރަކީ ސިހުރައްވުރެ އިސްލާމް ދީނަށް މާނުރައްކާ އެއްޗެއް.

    • ރާބޮޑޭ

      ސާޑޭ ތިކިޔާމީހާ ތިޔައީ މުސްލިމެއްކަމަށްވަންޏާ ސޫރަތުލްބަޤަރާގެ 102 ވަނަ އާޔަތް މާނައާއެކު ކިޔާފަ ދެން ކޮމެންޓް ކުރާށެވެ

  18. ޓަކި

    ސިހުރު ހަދާ މީހުނަނަށް ހައްޤް އަދަބު ލިބެންޖެހޭ އެއީ މީހުން މަރާބައެް މަރަށް މަރު ހިފަންޖެހޭ

  19. ވަހީދު

    ދީނީ ނަސޭހަތުގެ ތެރެއަށް ސިޔާސީ ވާހަތަކައް ވައްދައިގެން މީހުންނަށް އޮޅުވާލަން މަސައްކަތް ކުރާ މީހުންނަށް އަދަބު ދޭން ޖެހޭ. ސާބިތު ނުހިފޭ ދޮގުވާހަކަ ފަތުރާ ދީނީ ލިބާސް ލައިގެން އުޅޭ މީހުން ހުއްޓުވަން ޖެހޭ.

  20. ޝާއިރާ

    މިވެނި ރަށެއްގެ % 70 މީހުން ރޯދަ ނުހިފައޭ. މީރުވަސް ދުވާ ސެންޓު ޖަހައިގެން ލިފްޓަށް އެރުން ހަރާމޭ. ފިރިމީހާގެ ފޯނުބެލުން ހަރާމޭ. މިފަދަ ރޯބުހުތާނު ދޮގުވާހަކަ ދީނީ ނަސޭހަތުގެ ތެރެއަށް ވައްދާ މީހުންނަށް އަދަބެއް ނެތްބާ؟ ކޮންމެ މީހަކު ވެރިއަކަށް ހުއްޓަސް ދީން އޮންނާނެ ކަމަށް ބުނެ ދީނީ ނަސޭހަތުގެ ތެރެއަށް ސިޔާސީ އަމިއްލަ އެދުން ވައްދާ މީހުންނަށް އަދަބެއް ނެތްބާ؟

  21. ސިހުރު

    ސިހުރު ހަދާ މީހުނައް އަދަބު ދިނުމަށް އިސްލާމް ދީނުގައި ގާނޫނެއް އޮވޭ. ދެންވީ ސިހުރު ވެރިން ލައްވައި އެމައްޗަށް ގާނޫނެއް ހަދަން.