މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގައި މަސައްކަތް ކުރާ މުވައްޒަފުންނަށް 65 އަހަރު ފުރުނުކަމުގައިވިޔަސް، ރިޓަޔާ ނުކޮށް މަސައްކަތް ކުރެވޭނެކަމަށް އެކުންފުނީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ސޯލިހު ވިދާޅުވެއްޖެއެވެ.

މިކަން އިޢުލާން ކުރައްވާފައިވަނީ އެމްެއޭސީއަށް ގިނަ ދުވަހު ހިދުމަތް ކޮށްދެއްވި މުވައްޒަފުންނާއި އެކުންފުނިން ރިޓަޔާކުރެއްވި މުވައްޒަފުންގެ އަގު ވަޒަން ކުރުމަށް މިރޭ ދަރުބާރުގޭ ދޮށިމޭނާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

އެގޮތުން މޫސާ ސޯލިހު ވިދާޅުވީ ކުންފުނީގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ ތެރެއިން 65 އަހަރުވެފައިވާ މުވައްޒަފުން ބޭނުންފުޅު ނަމަ ރިޓަޔާ ނުކުރައްވާ ކުންފުނީގައި މަސައްކަތް ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރެއިން 65 އަހަރުވެފައިވާ މުވައްޒަފުން، އަދި އެބޭފުޅުންނަށް 65 އަހަރު ވުމަށް ފަހުގައިވެސް އެބޭފުޅުން ކުންފުންޏަށް މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ނަމަ އެ ބޭފުޅުންނަށް އެފުރުސަތު އޮތް ވާހަކަ ދަންނަވަން" މޫސާ ސޯލިހު ވިދާޅުވިއެވެ.

އެމްއޭސީއެލްއަކީ 2000 ވުރެއް މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ. އެމްއޭސީއެލްއަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުންނާއި އެމްއޭސީއެލް އިން ރިޓަޔާ ކުރެއްވި ބޭފުޅުންގެ އަގު ވަޒަން ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ އާދިލް މޫސާ ހިމެނޭހެން އެކުންފުނީގެ ހިދުމަތުން ރިޓަޔާކުރެއްވި 20 ބޭފުޅެއްގެ އަގުވަނީ ވަޒަންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. މަރީ

  މޫސާ ސޯޅިހު އަށް ސާބަސް ހުރިހާކުންފުނިންވެސް މިގޮތައް ކުރިޔައްދާނެކަމަށް އުމްމީދުކުރަން

 2. ލިލާ

  ތީތިކަޑަ

 3. މަރީ

  ބަޅަ (65 އަހަރު ވިޔަކަސް އެއީމަސެއްކަށް ނުކުރެވޭނެ އުމުރެއްނޫނޭ އެހެން ކިޔާފަ (55 އަހަރު ވީމަ ރިޓިޔާކޮއްފަ ދޫކޮށްޅީމަ ނުކާނުބޯ 65 އަހަރު ވަންދެން ތިބެންވީތަ މި(10 އަހަރު އެއްވެސް އިނާޔަތެއް ނެއި ކިހާދެރަ ދެއްތޯ ޔާމީނުގެ ދައުރު ނިމެން ކާރިވެފަ އޮއްވާ ވިދާޅުވި ރިޓިޔާއުމުރަކީ (75 އަހަރުކަމަށް ހަދާވާހަކަ އިބޫ ފައިސަޅް ވެސް މި (10 އަހަރު ބާކީނުކުރާނެވާހަކަ ވިދާޅުވާނީ ދައުރުނިމޭހިސާބުން ކަންނޭގޭ

 4. ޢާސިދާ

  ޥވަރައް ރަނގލު ނިންމުމެއް ތަންކޮޅެއް ޑިސިޕްލިންވެފަ ތަން ރަނގލު ވާނެކަމަށް ފެނެއެވެ.

 5. ނަރުދޫ މުދިމު

  ރައީސް އިބްރާހިމް މުޙައްމދު ޞާލިޙު އަށް ދަންނަވަން. މޫސާޞާލިޙުގެ އެނިންމެވުމަށް ތައުރިފް ކުރައްވަ އެގޮތަސް ހުރިހާ މުއައްސަސާ އަކަށް ފުރުޞަތު އޮތްކަން ރަސްމީކޮށް އެންގެވުމަށް. އެހެނީ މިހާރު 55 އަހަރުވައިރަށްވެސް އަވަހަށް އެމީހަކު ބޭރުކޮށްލުމުގެ ސިޔާސަތު މިގެންގުޅުނީ. ޒުވާނުންނަށް ފުރުޞާތު ދިނުމަށް. ޒުވާނުންގެ ތެރެއިން 75% ކުދިން ހަމަވަރަށް ރަގަޅު އެނޫންކުދިން ހަމަދުވަސްވީމީހުންގެމަސައްކަތުގެ ނާޖައިޒް ފައިދާ ނަގާ އޮފީހުގަ ހަދަނީ ކެރަވަޅު. ވީމާ 65 އަހަރުވިޔަސް އެމީހެއްގެ ޞިއްޙަތު މަސައްކަތުގައި ދެމިހުރުމަށް ތަންދޭމީހާ އެގޮތަށް އެއްފަރާތް ނުކޮށްލުމަށް އެދެން. ޚައްޞަކޮށް މިކަންވިސްނައިދޭންވީ ޖުޑިޝަރީ އަށް. އަދި ޕީޖީ އާ އޭޖީއަށް . ޕީޖީ ގައި ވަޒީފާ ދޭންތިބޭމީހުންނަސް އެމީހުންގެ ބަހުރުވައިންނަމަ "ބޭނުންގޮތަކަށް މޮޑެލެވޭނެ ފުށްގަޑު" ކަހަލަ ކުދިންނޫނީ ނުނަގަާނަމޭ ބުނާބުނުން ހުއްޓާލާފަ ދުވަސްވީ މީހުންގެވެސް ހަމަ ބޭނުންކުރެވިދާނެކަން ވިސްނައިދިނުމަށް. އަޅެ ކޮންމެސް ސިފައެއްގަ މިކަން ވިސްނަދީބަލަ

 6. މިއަދު

  ރިޓަޔަކޮށްފައިވާ މީހުންނަށް ރިޓަޔަރ ކޮށްފައިވާދުވަސްތަކުގެ ފައިސާގެ އިތުރުން އެދުވަސްތަކުގެ މުސަރަ އާއިއެކު އެމީހުންނަށް އަލުންވަޒީފާދޭންފެނޭ ކޯޓަށް ދިއުމުން އެގޮތަށް ނިންމާނެ ވަޒީފާ ބޭނުންވާ މީހުން އަވަހަށް ކޯޓަށްދޭ