ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުން ހަމްދޫން ރަޝީދު ވަކިކޮށްފިއެވެ.

ހަމްދޫން ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ އޮކްޓޯބަރ މަހުގެ 01 ވަނަ ދުވަހު އޭރުގެ ރައީސް އަބްދުﷲ ޔާމީނެވެ.

22 އޭޕްރީލް 1997 ގައި ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގެން ފުލުހުންގެ ޚިދުމަތުގައި 21 އަހަރާއި 7 މަސް ދުވަހަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ހަމްދޫން ރަޝީދު ވަނީ ފުލުހުންގެ މުއައްސަސާގެ މާލެ ސިޓީ ޕޮލިސް އާއި ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑާއި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑާއި އިންޓަރނަލް ސެކިއުރިޓީ ކޮމާންޑްގެ ވެރިޔެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވެއެވެ.

ޔާމީންގެ ވެރިކަން ނިމެން ކައިރިވެފައި ވަނިކޮށް ހަމްދޫން ޕޮލިސް ކޮމިޝަނަރަކަށް އައްޔަން ކުރެއްވީ އަބްދުﷲ ނަވާޒް މަގާމުން ދުރުކުރުމަށް ފަހުއެވެ.

ހަމްދޫނަކީ ޕޮލިސް ކޮމިޝަނަރުގެ މަގާމު ރާއްޖޭގައި އުފެއްދި ފަހުން އެމަގާމު އަދާކުރެއްވެވި ހަތްވަނަ ބޭފުޅާއެވެ. އަދި އެންމެ ކުރު މުއްދަތަކަށް ޕޮލިސް ކޮމިޝަނަރު ކަން އަދާކުރެއްވެވީ ވެސް އޭނާ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކުޑަހުވަދޫ

    ހެޔޮވެރިކަމެއް ފެށި ނިމިގެން މިއޮއްދަނީއެވެ. ކޮންމެވަޒީފައެއްގައި ވެސް ކޮންމެ ކުލައެއްގެ މީހަކަށްވެސް ހުރެވޭނެކަމަށް ބުނެ ފެށި ހެޔޮވެރިކަމެވެ. ދެން ތިޔަބައި މީހުން ހީހީފައި އަތްޖަހަން ތިބޭށެވެ. އަތުހަންފިލަންދެއް އަތްޖެހިޔަސް ރަނގަޅުވާނެއެވެ.

  2. ބޯހަލާކު

    އޯގާތެރި ސަރުކާރު. އެމްސީ ހަމީދަށް މަގާމް. ވާވާ

  3. ކޮތަރު އިމްރާނު

    އެމް.ސީ. ހަމީދު ކޮމިޝަނަރ އޮފް ޕޮލިސް ގެ މަޤާމަށް އައްޔަނު ކޮށްފި. ކުރިއަށް އޮތް ޚަބަރުގެ ސުރުޚީ. އެޑްވާންސް ކޮށް.

  4. މުޙައްމަދު

    ރަނގަޅު ކޮލިޓީ ލީޑަރުންގެ ސިފަޔަކީ ތިމާގެ ދަށުން ތިބޭ މީހުން ކަން ކުރާގޮތް ގޯސްނަމަ އެކަންކަން ކައިރިން މޮނިޓަރކޮށް ކަންކަން ރަނގަޅު ކުރުވުން. ޢެމީހާ ނަގާއެއްލާލުމެއްނޫން.