ގއ.ވިލިނގިލީ ޕޮލިސް ސްޓޭޝަނުގެ ޕޮލިސް އެކަމޮޑޭޝަން އިމާރާތުގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި ދެ ފުލުހުންނާއި ކޮމިޝަނަރ އޮފް ޕޮލިސް ހަމްދޫން ރަޝީދު މިއަދު ބައްދަލުކޮށްފިއެވެ.

އެ ދެ ފުލުހުންނަށް ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު މިއަދު މެންދުރުގެ ވަގުތެއްގައި ވަނީ މާލެ ގެނެސްފައެވެ.

އެ އިމާރާތުގައި ރޯވެ ދެ މީހުންނަށްވެސް އަނިޔާތަކެއް ލިބުނެވެ. އެ މީހުން މާލެ ފޮނުވާލީ އިތުރު ފަރުވާއަށެވެ.

އެ އިމާރާތުގައި އަލިފާނުގެ ހާދިސާ ހިނގީ ރޭ 1:45 ކަންހާއިރުއެވެ. އަލިފާން ނިއްވާލެވުނީ ފަތިހު 05:00 ހާއިރުއެވެ. އިމާރާތުގެ ކޮޓަރިއެއްގައި ރޯވި އަލިފާން ކޮންޓްރޯލް ނުވެ، މުޅި އިމާރާތަށް ފެތުރި އިމާރާތް ވަނީ އެއްކޮށް އަނދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މިނިސްޓަރު

    މިނިސްޓަރު އުޅުއްވަނީ ޙާލު ބެލޭވަރަށްވުރެ ބިޒީކޮށް ކޭކު ފޮތި ފަޅަން.... ޕަކާސް

  2. ޢައްޔޫބް

    ފުލުހުންގެ ޢިމާރާތެއްގައި ރޯވެ ނިވާނުލެވި ތިޔަހާ ގިނަ އިރު ވީކަމީ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް. ވަރަށްފުރިހަމަ ތަޙްޤީޤް ކުރަން ޖެހޭ.

    • އިންސްޕެކް

      އާނ .ހަމަ ރަނގަޅަށް ތި ބުނީ!!

  3. އައްޑޫ މީހާ

    އާންމުންގެ ގޭގެގައިވެސް އަލިފާން ނިވި ހުރޭ އެކަމް ފުލުހުންގެ އަތުގަ އެވަރުވެސް ނުހުރޭ މީ ހަގީގަތް ފުލުހުން ވަރަށް ނިކަމެތިކޮށްފަ ތިބޭބއެއް އާންމުންގެ ގެތަކުގައި ރޯވެގެން ފުލުހުންނަށް ގުޅިޔަސް އަނދާ ހުލިވަނދެން އެމީހުން ތިބޭނެ ފަޔަރަށް ގުޅައިގެން ބަލަން ކިއްކުރާނީ ވަސީލަތެއް ނެތީމަ ވާނެވަރު ބައެއް ފުލުހުން ލާނެ ބޫޓް ގަނޑެއް ނުލިބި ޔުނިފޯމް ގަނޑެއް ނުލިބި އުޅޭހާލު ރައްޔިތުންނަށް ފެނޭ ޙާއްސަކޮށް އަތޮޅު ތެރޭގައި އުޅޭ ފުލުހުންގެ ހާލަތު ވަރަށް ދައްކޮށް ހުންނަތަން ފެނޭ

  4. ޗިއްލޫ

    އެނެއްކާ އެމްޑީޕީ ބަޔަކު ކުރިކަމެއްްނޫންބާ؟؟؟ އެމީހުން ވަރަށް ފޯރިހުންނާނެ ޕޮލިސްޓޭޝަންތަކާއި ސަރުކާރުގެ އިމާރާތްތަކުގަ ހުޅުޖަހަން!