އިންޑިއާ އިން ދިވެހިރާއްޖެއަށް 700 މިލިއަން ޑޮލަރު (10.8 ބިލިއަން ދިވެހި ރުފިޔާ) ގެ ލޯނެއް ދިނުމަށް ދެގައުމުގެ ސަރުކާރުގެ މެދުގައި ކުރަން ޖެހޭ ހުރިހާ މަޝްވަރާއެއް މިހާރު ނިމިފައިވާ ކަމަށާއި ދެން އޮތީ ހަމައެކަނި އެއްބަސްވުމުގައި ސޮއި ކުރުން ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފިއެވެ.

އިންޑިއާ އިން ދިވެހި ސަރުކާރަށް ބޮޑު ލޯނެއް ދެނީ ރާއްޖޭގެ ދަރަނި ފޫބެއްދުމަށާއި ދުވަހުން ދުވަހަށް ސަރުކާރުން ކުރަން ޖެހޭ ޚަރަދުތައް ކުރުމަށެވެ. މީގެ އިތުރުން މިފައިސާގެ ތެރެއިން ބައެއް ރާއްޖޭގެ ބައިނަލްއަޤުވާމީ ކަނޑުގެ ބަނދަރު ތަރައްޤީ ކުރަން ވެސް ޚަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް އެއީ ކިހައި އަދަދެއްގެ ފައިސާއެއް ކަމެއް އެއްވެސް ރަސްމީ ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

އިންޑިއާ އިން ރާއްޖެ އަށް ދިނުމަށް ހަމަޖެހިފައިވާ ލޯނުގެ އެއްބަސްވުމުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް މިހަފްތާގައި ސޮއި ކުރައްވާނެއެވެ. ރައީސް ލޯނު އެއްބަސްވުމުގައި ސޮއި ކުރައްވާނީ މިމަހުގެ 17 ވަނަ ދުވަހު އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އިންޑިއާ އިން ރާއްޖެ އަށް ދެނީ ކުރު މުއްދަތެއްގައި ދައްކާ ހަލާސް ކުރަން ޖެހޭ ލޯނެކެވެ. އެހެންކަމުން މިލޯނުގެ އިންޓަރެސްޓް ރޭޓް ބޮޑު ވާނެއެވެ. ނަމަވެސް އިންޓަރެސްޓް ރޭޓަކީ ކިހައި ވަރެއް ކަމެއް އެއްވެސް ފަރާތަކުން ހާމަ ކުރައްވާފައެއް ނުވެއެވެ.

އިންޑިއާ އިން ބޮޑު ލޯނެއް ރާއްޖެއަށް ދިނުމަށް އެއްބަސްވެފައި ވަނީ އިންޑިއާ އިން ބޭނުންވާ ގޮތައް ރާއްޖެ އިން އިންޑިއާ އާއި އެކު އަސްކަރީ ގުޅުން ބަދަހި ކުރަން ދިވެހި ސަރުކާރުން އެއްބަސްވުމުން ކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް އިންޑިއާ އިން ރާއްޖެއަށް ކުރު މުއްދަތެއްގެ ތެރޭގައި ދައްކާ ހަލާސް ކުރާ ގޮތައް 100 މިލިއަން ޑޮލަރުގެ ލޯނެއް ދިނެވެ. އެ ލޯނު ދައްކަން އޮތް މުއްދަތު ހަމަވުމުގެ ވެސް ކުރިން އިންޑިއާ ސަރުކާރުން ވަނީ އެލޯނު ދައްކަން ކުއްލިއަކަށް ރާއްޖެއަށް އަންގާފައެވެ. ރައީސް ވަހީދުގެ ވެރިކަމުގައި އިންޑިއާ އިން އެލޯނު ދައްކަން އެންގުމުން ދިވެހި ސަރުކާރުން އެލޯނު އިންޑިއާ އިން ބުނި މުއްދަތުގައި ދެއްކިއެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ނައިބުތުއްތު

    ލޯނު ނެގިއަސް މިނިވަންކަމަށް ބުރޫއަރާޒާތުގެ ކަންކަން މިސާލަކަށް 99 އަހަރަށް ހަނިމާދޫ އެއަރޕޯޓްކަހަލަ އެއަރޕޯޓްތައް ދީގެން އެތަންތާގައި އަސްކަރީ ސިފައިން ބޭތިއްބުންކަހަލަ އަޅުވެތިކަމަށް ބާރުލިބޭފަދަ ކަންކަން ނުކުރައްވާނެކަމަށް އުންމީދުކުރަން.

  2. ނަމަމަނަ

    ބަލަ ގައުމުގެ ހާލާތު މިގޮތުން ނަޝީދު ވެިކަމުގާ ވެސްލޯނު ބަލަ މިވެރިން ބަޔަކައް އެއްޗެއްދޭނީ ނާޖާއިޒު ގޮތުގާ ލިބޭމަންފާ ވަރައްވެސް ބޮޑުވީމާ ދެން މިގައްުމުގެ ރައްޔަތުން މިސަރުކާރާ މެދު ވިސްނަވާ މަޖްލީސްއިންތިހާބު މިހާރުވަނީ ބޯމަތިވެފައި އަގުލަބިޔަތުދީފިނަމަ މިގައުމުގެކަންތައްދިޔާއީ ނުފޫޒުގަދަބައެގެ ކޮންޓްރޯގެދަށައް

  3. ކެޔޮނިރު

    ވެރިކަމަށް އަރާ މި ހުރީ ކޮންތާކުން އަރާ ހުރި ނުކިޔަވާ ދައްޖާލެްެއް ހެއްޔެވެ. އިންޑިއާ އަށް މި ރާއްޖެ ވިއްކާލާ ނިމުނީއެވެ. މި ދައްޖާލު ބާލަން ޖެހެއެވެ. ވާޖަހައިގެން ނަމަވެސް އެކަން ކުރަން މަޖްބޫރެވެ.

  4. މިއަދު

    ތިއީ އިންޓަރެސްޓް ރޭޓް ބޮޑުކޮށްނަގާލޯނެއް އެހެންވިއްޔާ މިސަރުކާރުން ކުރުމުއްދަތެއްގެތެރޭގައި ދައުލަތުގެ ދަރަނި ހަލާސްކޮށް އަރަނި ކުރަން ދެންހަދާނީ ކިހިއްބާ ކުރިން ބުނިހެން 15 ރުފިޔަގެ ދަރަނި ގައްދަން 25 މިނަގަނީ ކޮބާ ފަދިފަސްކޮޅު ވިއްކައިގެން ދަރަނި އަދާނުކުރެވިގެން މަގުމަތީގައި އުޅުނު އެމްޑީޕީ ކުދިން ކޮބަ މަހުލޫފް ކޮބާ ވައްޑޭ ކޮބާ ޢަބުދުﷲ ރިޔާޒު ކަމެއްހެން ހީވޭތަ އަދިވެސް ސިޔާސީ މަޤާމް ގިނަކުރޭ ގައުމުގެ ދަރަނި ކުޑަކުރެވޭނީ އެހެންކަމަށް ހީވަނަމަ ތިއީބޮޑުގޯހެއް

  5. ޒާ

    ބަލަ މިޖެހުނީ ކޮންތާކުތޯ؟ ޔާމީނުގެ ސަރުކާރުން ލޯނުނަގާ ގައުމުދެރުވިއްޔޭ އެމީހުން ގޮވިއެވެ. އެމަކު މިވެރިން އެއްކަލަ އިންޑިއާގެ އަޅުވެތިކަމަށް މިދިޔައީ ލޯނެއްގައި ބެދިގެންނެވެ. އެވެސް ދަރަނި ދައްކަން ނަގާ ދަރަންޏެކެވެ. ދުވަހުން ދުވަހަށް ކުރާނެ ޚަރަދު ފޫބައްދަންވެސް މިނެގީ ލޯނެވެ. 5 އަހަރުގެ ދައުރެއް ނިމޭއިރު ދިވެހިރާއްޖެ އޮންނާނީ އިންޑިއާގެ އަޅުވެތިކަމުން ސަލާމަތް ނުވާވަރު ކޮށްފައިކަން ކަށަވަރެވެ. ތިޔަވަރުން ވެރިކަން ނުހިންގާ އިސްތިޢުފާ ދޭށެވެ.

  6. ދޮންބެ

    ދަރަނި ފޫބެއްދު މައް ލޯނެއް ލޯނު ފޫބެއް ދުމައް ލޯނެއް
    ޗައިނާލޯނު ކަޑަ އިން ދިޔާ ލޯނު އޯކޭ

  7. ފުއްކޭ....

    މީދެން ކިހާ ދެރަކަމެއް...

  8. މާރާސް

    ގައުމުވިއްކާލަނީ ވަގުތީ އުފާހސިލްކުރުމަން ގައުމުދެކެލޮބިވާނަމަ މިކަންނުކުރާނެ މިބައި މީހުންނަކީވަރއްނުބައި ބައެއް ވިއްކާލީގައުމު ދެންމަޖްލީހައވިސްނާ؟؟

  9. ރަސީދު

    ރައިސް ޔާމިނު ޗައިނާެިން ލޯނު ނެގީމަ ދަރިންގެ ދަރިން ދަރާފަ އިބޫ އިންޑިޔާއިން ލޯނު ނެގީމަ ދަރަނީ އިބޫގެ އާއިލާބާ

  10. ޝަހީދާ

    ވެރިކަމަށް 30 ދުވަސް! ކުރު މުއްދަތުގައި 700 މިލިޔަން ރުފިޔާގެ ލޯނު! މި ލޯނުން ދަރަނިވެރިވަނީ ދިވެހިންނެއްނޫން؟

  11. ޒައިން

    އިންޑިއާގެ އެއްވެސް ނޫހެއްގަ ތިވާހަކައެއް ނެތް.. އަޅެ ކޮން ނޫހެއްގަތަ އޮތީ..އެނގޭ ކުއްޖަކު ލިންކު ޝެއަރކޮށްލަދީބަލަ.....

  12. ސަން

    ލޯނު އިންޑިޔާއިން ނެގުމަކީ އެގައުމުގެ ފަގީރުންނަށް ހިތާމައެއް. އެކަމަކު މިދިވެހިރާއްޖެ މުށަށްލާން ބޭނުްން ވާލެއް ބޮޑުކަމުން އެކަން ވެސަް އިންޑިޔާއިން އެކުރަނީ. ޗައިނަ، ޖަޕަނު ފަދަ ކުރިއަރަފަ ވާގައުމުމުތަކަ އެކު އަވަސް ކަމާ އެކު ކުރިޔަށް ދެވިދާނެ.

  13. Anonymous

    ބަލަ،،އޭތް ތީގަނުހިފާށޭ ނުހިފާށޭ... ތިޔަހެންތިކަންނުކުރިޔަސް ދިވެހިރައްޔިތުން އެމްޑީޕީ އަށްތާއީދުކުރާނެޢޭތިކަންނުކުރާށޭ ނުކުރާށޭ!! ތިޔަހައްދަވަނީ ބޮޑުގޯހެކޭ .ރައްޔިތުންގެ ބަސްނާހާ ތިކަންނުކުރާށޭ!!

  14. ލޯނު ސަރުކާރު

    ތިޔަ ލޯނަކީ ކޮންޕުރޮކެކްޓަކައް ކީއްކުރަން ނަގާލޯނެއް ކަމާއި ލޯނުގެ އިންޓުރަސްޓާއި މުއްދަތު ރައްޔިތުންނައް ހާމަ ނުކޮއް އަދި މަޖިލީހުގައި މަޝްވަރާ ނުކޮއް ފޮރުވިގެންތިބެ ހެދީ ކޮންޑީލެއްތޯ ރައްޔިތުންނައް ނާންގާ ތިކުރަން އުޅެނީ ކީއްތޯ ސަރުކާރުން...

  15. ޢިންޑިއާ

    ޗައިނާ ގެ ބަދަލުގައި އިންޑިޔާގެ އަޅުވެތިކަމުގެ ދަށަށްދޯ؟ ޥަރަށް ސަލާމް.

  16. އުތުރުން

    އިންޑިއާއިން ލޯނު ނެގުމަކީ ނުރައްކާތެރިކަމެކެވެ
    ދަރަނި ދެއްކުމަށް ދަރަނި ލޯނު ނުނެގުމަށް
    ގޮވާލަމެވެ

  17. ޏިނިވަން ކަން

    ޟ މިނިވަންކަން ގެއްލުމުގެ ފުރަތަމަ މަރުހަލާ

  18. ތިއްތި

    ބޮޑެތި ލޯނު ނެގީމަ ޓުވެރިޒަމް މިިނިސްޓަރު ވ އުފާވާނެ ، އެއީ ފައިސާއަށް ގޮނޑި ވިއްކި މީހެއްކަން ނުދަންނަ މީހަކު މިގައުމުގަ ނުހުންނާނެ ކަން ޔަގީން

  19. ކުރަފަތް

    ކުރިންދެކެވުނު ވާހަކަތަކާއި އެއްގޮތަށް ލޯނުވެސް ދޭނެ ،އެމީހުންބޭނުންވާ ހުރިހާ ކަމަކަށް އިޖާބަ ދޭނެ. އަވަސްކޮށް އަސްކަރީމަރުކަޒު ޢަޅާ. ދެންތި ލޮނުބޮވުނީ، ހަތަރު ލީޑަރުން ބާރަށް އަތް ޖަހަމުން ނަށާ،

  20. މޯދީ

    ކުރު މުއްދަތެއްގަ ބޮޑު އިންޓަރެސްޓް ރޭޓްގަ އިންޑިއާ ބުނިހާކަމަކަށް އެއްބަސް ވެގެން ލޯން ނެގީމަ ތި ޖެހުނީ ކޮންތާކު؟ ޤައުމުގެ އަންނަން އޮތް ޖީލުގެ ބޮލުގަ ދަރަނި އެޅުވި ވާހަކަ ދައްކާފަ ވެރިކަމާއި ހަޥާލުވެ މަހެއް ނުވަނީސް ތި ނެގި ލޯނުން ވެސް ކޮންމެ ރައްޔިތެއްގެ ބޮލުފަ 30000އަށް ވުރެ ގިނަ ރުފިޔަގެ ދަރަނި އެބައެޅޭ. ކޮބާ ދެއްކި ވާހަކަ.

  21. އަހަންމަދު

    ދެފުއް ފެންނަ ސަރުކާރުން ނަގާ ލޯނުތަކުގެ ޝަރުތުތައް ޢާއްމު ރައްޔިތުމީހާއަށް އެގެންޖެހޭނެ ކަމަށް ފެނޭ... އެހެނީ، އިންޑިޔާގެ ރައްވެހިންގެ ގޮތުގައި އުޅޭ މުސްލިމުންނަކީ، ޓެރެރިސްޓުންގެ ގޮތުގައި ބަލާ ބަޔަކު، 100% މުސްލިމު ޤައުމަކަށް ހެޔޮނިޔަތުގައި ލޯނުދޭނެކަމަށް ޤަބޫލުކުރަން އުދަގޫ... ފޮރުވިފައިވާ ކަންތައްތަށް ހާމަކުރުމަށް ސަރުކާރަށް ގޮވާލަން...

  22. ރީ

    މި ޖެހުން ވަކި ކޮންތާކު
    އިންޑިއާއަދެރިޔަސްއޯކޭދޯ

  23. ރިޤީ

    އައްޑޫއެޔަރޕޯޓް ، ހަނިމާދު އެޔަރޕޯޓް ، ހުޅުލޭ އަލަށްހެދި އެޔަރޕޯޓް ، ނުވަތަ ދަރުމަވަންތަހޮސްޕިޓަލް މިއިން ކޮންމެވެސް ތަނަކަށް އަތްގަދަކުރުމަށް އަޅާ ފުރަތަމަ ފިޔަވަޅު ތިޔައީ! އަޅުވެތިކަމަށް ދިޔުމަށް ދެންއޮތީ މަދު ދުވަސްކޮޅެއް!

  24. އަބުލޯ

    700 މިލިޔަން އައް ދިވެހި ރާއްޖެ ވިއްކާލަނީތޯ

  25. ޔަގީން

    ދެފުށްދައްކާލައި އިންޓަރެސްޓް ހާމަކޮށްދީބަލަ. ހަމަކުރާނަމަ ހާމަކުރާނީ އޮޅުވާލައިގެން އެހެންއަދަދެއް.

  26. ދދދދދދ

    ކިތަންމެ މިލިއަނެއް ދިނަސް އިންޑިއާ ސިފައިން މިތާ ތިބެގެން ނުވާނެ. ދާން އުޅޭ. ރައްކާވޭ. ގެއްލޭ. ފެއްސޭ.

  27. ނަސީދު

    ކުޑަ ބަންދޭ ބަހައްޓާ ދޮންކޮއްފައި ސޮއިކުރަން ޢޭރުން ނިމުނީ އަނެއްކާ އިމްރާން ހާން ނުކުންނާނެ މަގޭގައުމް ކިޔަމުން އަދިވެސް މިޥެރިންވިސްނަނީ ކޮންތާކުންކަމެއްވެސް ނޭނގެ

  28. ހުސޭނުބޭ

    ތިއީ ނަޖިހުން ނަޖިސް ދޮވުން! ތިއީ އިންޑިޔާއެއްނު! 700 މިލިއަން ދަރަންޏަށް ދޭނީ 14000 މިލިއަން އަނބުރާ ދައްކަން! ބަލަންތިބޭ! ނުދައްކާފިއްޔާ އުނުގައި އޮތް ފޮށާގަނޑުވެސް އަތުލާނެ! ޖީއެމްއާރާހުރެ ޖެހުނު މުސީބާތް އަދިވެސް ހަދާން އެބަހުރި!

  29. ހާމާން

    ވަރައް ތާހިރެއްނު...ދަރަނި ދައްކަން ދަރަނި...ދިވެހިން އަމިއްލައައް ބޮއި ބޮނޑި އެއް މީ...ދެން އިބޫ ސަކަރާތޭ ނުކިޔާ...ވެރިކަން ބޭނުންވާ 5 މީހުން ދިވެހިންގެ ހައްގު ތައް އައަޑަނަ އަކައް ހަދައިގެން މި ގައުމު ދަވާލާ އިރުވެސް ދިވެހިންނައް ވިސްނޭނެބާ...1 ދޮގެއް އެތައް ފަހަރަކު ހެދިޔަސް ގަބޫލު ކުރާތީ ދެރައީ...ނާތަހުޒީބު ދިވެހިން...ރުޅި އަޔަސް މީ ހަގީގަތް