ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ގެމަނަފުށީގައި ބޭއްވި މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މަސްވެރިންނަށް އުފާވެރި ޚަބަރުތަކެއް ދެއްވާފައެވެ. މަސްވެރިންނަށް ހަމަ އަގު ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް ރޭ ވެސް ތަކުރާރު ކުރެއްވެވިއެވެ.

އަދި މަސްވެރިންނަށް ފަސޭހައިން ލޯނު ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް ވެސް ރައީސް ވައުދުވެ ވަޑައިގެންނެވިއެވެ.

ރައީސްގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ގެމަނަފުށިން ފުރާވަޑައިގަތުމުގެކުރިން ވަނީ އެރަށުގައި ބަހައްޓާފައިވާ ބޮޑު ގަޑި އިފްތިތާހްކޮށްދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު