ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކު ތެރެއިން ފޮރިން މިނިސްޓްރީ އިން ފުއްދުމަށް ހަމަޖެހިފައިވާާ ހުރިހާ ވައުދެއް ފުއްދާފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފައި ވަނީ ދެ ވައުދެކެވެ.

އެއް ވައުދަކީ ކޮމަންވެލްތްގައި ދިވެހިރާއްޖެ އަލުން ބައިވެރިވުމަށް ހުށަހެޅުމެވެ. އަނެއް ވައުދަކީ ޔޫއެންގެ UNWGEID އަދި UNHRC ގައިވާ ރާއްޖޭގެ މައްސަލަތައް ހުރި ހިސާބެއް ބަލައި މައްސަލަތައް އަވަހަށް ނިންމުމަށް ބާރު އެޅުމެވެ. އދ. ގެ ވޯކިން ގްރޫޕްތަކުގައި ހުރި މައްސަލަތައް އަވަސް ކުރުމަށް ވެސް ފޮރިން އިން ވަނީ ބާރު އަޅާފަ އެވެ.

ސަރުކާރުން ބޭނުންވި ގޮތައް ރާއްޖެ ކޮމަންވެލްތާ ގުޅުމަށް ރައްޔިތުން މަޖިލީހުން ވަނީ ރުހުންދީފަ އެވެ. ރައީސް ސޯލިހް ވަނީ ކޮމަންވެލްތު އާއި ގުޅެން ރާއްޖެ އިން ބޭނުންވާ ކަމަށް ވިދާޅުވެ މިދިޔަ ހުކުރު ދުވަހު ކޮމަންވެލްތުގެ ސެކެޓްރީ ޖެނެރަލް އަށް ސިޓީއެއް ފޮނުއްވާފައެވެ.

ފެށޭ ހަފްތާގައި ސަރުކާރަށް އެއް މަސް ދުވަސް ފުރިހަމަ ވާއިރު ފޮރިން މިނިސްޓްރީ އިން ވަނީ އިންޑިއާ އާއި ގުޅުން ބަދަހި ކުރުމަށް ވެސް ހާއްސަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އިންޑިއާ އިން ބޭނުންވާ ގޮތައް އަސްކަރީ ގުޅުން ބަދަހި ކުރުމަށާއި ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު އިތުރު ކުރަން ދިވެހި ސަރުކާރުން ވަނީ އެއްބަސް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އާކާސް މުހައިމިނު ކުޅުދުއްފުށި

    އެބުނާހެން ކެއްސުމަށް ވައުދެއް. ފޮޑިއަކަށް ވައުދެއް ވެފަ ހުރިމީހަކަށް ކެއްސަމުން ފޮޑިއެއް ޖެހުމުން ވެސް ވާނީ ވައުދު ފުދުނުކަމަށް... ސިޓީ އެއްގަ ބިސްމި އެޅުންވެސް އެ ވައުދަކަށް މިވަނީ... ސިޓީ އުރާގަ ފޮނުވުން ވެސް
    ....

  2. ވަގު ވައުދު

    އިންޑިޔާ ސިފައިން ރާއްޖެެއަށް އިތުރުކުރުމަކީވެސް ދިވެހިރައްޔިތުންނަށް ވީ ވައުދެއް ދެއްތޯ؟؟؟ އިންޑިއާ ސަރުކާރުން ތި ކޮއެލިޝަނުގެ މީހުންނަށް ކިހާވަރަކަށް ފައިސާ ބަހައިގެން ތ\ޯ ތިކަން ތި ކުރަނީ،،،،،،،، ޗައިނާގެ ހުރިހާ އިންވެސްޓްމަންޓްތައް ހުއްޓުވާފަ އިންޑިޔާ ފަރާތުން މި ރާއްޖެެއަށް ކުރާނެ އެއްވެސް ފަައިދާއެއް ނެތް...... ކުޑަމިނުން ބޭސްފަރުވާއަށް ދާ ދިވެހިންނަަށްްވެސް ކުރަނީ ދުއްތުރާ.....ތި ކޮއެލިޝަނުން މިކަމާ މުސްލިމުންގެ މިސްކިތްތައް ތަޅާ މޯދީ އާ ވާހަކަ ނުދައްކަމުތޯ؟؟؟؟

  3. ބުނެލިިިީީ

    މިހާރުގެ ސަރުކާރުކާރުން ސަތޭކަ ދުވަހުގެ ވައުދޭ ކިޔާގެން ބަތް ކައްކާ ކުޅެނީ.

  4. އަބުޅޯ

    އެންމެ 20 ދުވަހުތެރޭ ހާދަބޮޑެތި ވައުކޭތިފުށްދަނީ ތިހިލަނީ އަމާބުނި ފޮލާގަނޑު

  5. محمد

    ސަރުކާރު ގެނައުމަށް ހިންދޫ ކުރި ހުރިހާ ވައުދެއް 1މަސް ނުވަނީސް ފުދުނުތަން ނުފެނޭތަ؟ ހިންދޫގެ މިލިޓަރީ މަރުކަޒެއް ގާއިމްވެއްޖެ.ޖަޒީރާ ރާއްޖެ ބެލެހެއްޓުން ހަވާލުކުރެވިއްޖެ.ބޭސްފަރުވާގެ ނިޒާމު ހަވާލު ކުރެވިއްޖެ. 700މިލިއަން، ހިލޭސާބަހަށް ދިންއެއްޗެއްނޫން.

  6. ސޮންދާލި

    އެއީ
    1. އަނގައިން ވަޔަކާ
    2. ފޫކޮޅުން ފޮޑިއެއް