ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ނާޒިމް ޖަލުގައި ނަގާފައިވާ ސެލްފީއަކާއި އެކު ޖަލުގެ ހަނދާންތައް އާކުރައްވާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފިއެވެ.

ސުޕްރީމް ކޯޓުން ނާޒިމް މިނިވަން ކުރެއްވުމުން ރޭ ކުރެއްވި ޓްވީޓެއްގައި ނާޒިމް ހިމަނުއްވާފައިވާ ފޮޓޯ އިން ފެންނަނީ އޭރު ނާޒިމާއި އެކު ޖަލުގައި ތިއްބެވި ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމާއި، ތޮލްހަތު އިބްރާހިމް ކަލޭފާނާއި މިހާރުގެ ހޯމް މިނިސްޓަރ އައްޝައިހް އިމްރާން އަބްދުﷲ އެވެ.

ނާޒިމްގެ ޓްވީޓްގައި އޭނާ ވިދާޅުވީ މިއަދަކީ އޭނާ އަށް މިނިވަންކަން ލިބުނު ފުރަތަމަ ދުވަސް ކަމަށާއި އެހެންކަމުން މިއަދު އާއިލާއަށާއި ރަހުމަތްތެރިންނަށް އަދި ދިއްގަރު ދާއިރާގެ ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.

"މިފޮޓޯގައި މިތިބީ ޖަލުގައި އަޅުގަނޑުގެ އެކުވެރިން. ހުރިހާކަމެއް އަޅުގަނޑުމެން ތަހައްމަލް ކުރީ އެކުގައި. އަޅުގަނޑުމެން ޖަލުގައި ތިބީ އެކަކު އަނެކަކަށްޓަކައި. ﷲ އަޅުގަނޑުމެންގެ ދުޢާ އިޖާބަ ކުރައްވައިފި." ނާޒިމް ވިދާޅުވިއެވެ.

އިތުރު ޓްވީޓެއްގައި ނާޒިމް ވިދާޅުވީ ފޮޓޯ އިން މިފެންނަނީ އަޅުގަނޑުމެންގެ ޝައިހާއި ޓްރޭނިން ވެފައި ތިބި އަސްކަރީ ދެއޮފިސަރުންނާއި އިންޖިނިއަރެއް ކަމަށްވާ އޭނާ ކަމަށެވެ. ބަންދުކޮށް އިންސާނީ ޙައްޤުތަކުން މަހްރޫމް ކުރުމުން ވެސް އެބޭފުޅުންގެ ރޫހު މަރާނުލެވުނު ކަމަށް ނާޒިމް ވިދާޅުވިއެވެ.

ކުރީގެ މެންބަރު ނާޒިމާއި ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމާއި، ތޮލްހަތު އިބްރާހިމް ކަލޭފާން އަދި ހޯމް މިނިސްޓަރ އައްޝައިހް އިމްރާން އަބްދުﷲ ގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ފުރަތަމަ ހައްޔަރު ކުރުމަށް ފަހު ބަންދުގައި ބޭތިއްބެވީ އެއްތަނެއްގައެވެ. ނަމަވެސް ފަހުން ނަޝީދު އެހެން އެޕާޓްމަންޓަކަށް ބަދަލު ކުރިއެވެ.

ނާޒިމް އާންމު ކުރެއްވި ފޮޓޯ އިން ފެންނަނީ ބެލެވޭ ގޮތުގައި އައްސޭރި ޖަލުގައި އެބޭފުޅުން ބަންދުކޮށްގައި ތިއްބެވި ތަނެވެ. ރަނގަޅު ފެންވަރަކަށް ހަދާފައިވާ އެތަން ޖަލު ގޮޅިއަކަށްވުރެ ވައްތަރީ ރަނގަޅު ފެންވަރެއްގެ ކޮޓަރިއަަކާއި އެވެ.

ސުޕްރީމް ކޯޓުން އިއްޔެ އަހްމަދު ނާޒިމާއި މުހައްމަދު ނާޒިމް މިނިވަން ކުރެއްވިއިރު ކުރިން ވަނީ ތޮލްހަތާއި އިމްރާން މިނިވަން ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

56 ކޮމެންޓް

  1. ޏދބބދ

    ކިހާ އަރާމު އެމީހުން އުޅޭ ލެއް އާދައިގެ މީހަކު ނަމަ ތިހެން ނޫޅެވޭނެ

  2. ފުވައްމުލަކި ސޮރު

    ތިއީ ޖަލެއްތަ؟ ޖަލުން ބޭރުގައި ތިއައްވުރެ ހާލުގައި އުޅޭނެ ނިދާނެ ތަނެއް ނެތި ވެސް އުޅޭމީހުން މަދެއް ނޫން.. ޢެހެން ވީމަ ބޮޑު ޖަރީމާއެއް ހިންގާފައި ޖަލައްދާންވީ

  3. އަދުރޭ

    ޖަލަށް ފޯނު ވެއްދި މައްސަލަ ބަލަންފެށޭ!

  4. ?‍♀️

    ތީޖަލުގެ ގޮޅިއެއްތަ ނުނީ ގެސްޓް ހައުސްއެއްތަ؟!!

  5. މަ

    އަހަރުން 20 ހާސް ދައްކައިގެން އުޅޭ ތަނަން ވުރެވެސް ތި ޖަލު މާ ސަޅި

  6. ޙުސެެން

    jalugavesq selqfI

  7. ޙުއްތު

    ހުރިހާ ބޭފުޅުން ވެސް ވަރަށް ހިތްވަރު ގަދަ

  8. ޖަލު

    ތިޔައީ ޖަލެއް ނޫނެއްނު ... ރައްޔިތުމީހާ މާލޭގައި ކުއްޔަށް 20000ރ ދައްކައިގެންވެސް ތިޔަވަރު ތަނެއް ނުލިބޭ..

  9. އިންސާފު

    ތީ ޖަލެއްތަ ؟؟؟ އެހެންވިއްޔާ އަހަރެމެން މި އުޅެނީ ޖަލުގަ؟؟

  10. ???

    މިއީ ޖަލެއްބާ!ނޫނީ 5 ސްްޓާ ހޮޓަލެއްބާ!????

  11. މަނަދޫ ލީލާ

    ތީ ޖަލެއްތަށް ނޫނީ ތީ ކުޑަވަރެއްގެ ގަންޑުވަރެއްތަށް
    ޖަންގިޔާ ނާޒިމް ތިޔަހުންނެވީ ހަމާގައިތަށް

  12. އައިސަތުލާ

    ބެޑްރޫމް ސެޓްވެސް އެބަފެނޭ ތިކޮޓަރިން. އެކަމް ތިޔަށްވުރެ ހާލުގަ. ބޯއަޅާލަނެ ބާލީސްގަނޑެއްވެސް ނުދޭ މީހުން އުޅޭކަމަށްވަނީ ޖަލުގަ

  13. ޢަލީ ހަމީދު

    ކާކުތޯ ބުނީ ތީ ޖަލެކޭ.. މާލޭގަ މިއުޅޭ ނިކަމެތިން ނައްވުރެވެސް ފެންވަރުގަ ތިިހިރީ..

  14. ޝަންކޮ

    ތީ ބަލަންޖެހޭނެ މައްސަލައެއް. ޖަލަށް ފޯނު ނުވެއްދޭނެ.

  15. އަލީ

    ކޮންމެ މިހަކައްވެސް މިނިވަންކަންލިބުމަކީ ﷲ އަށް ހަމްދުކޮއް އުފާ ކޮށް ސުކުރުކުރަން ޖެހޭކަމެކެވެ، ނަމަވެސް، ޖަލުގެ ގައި ތިއްބަވާއިރު އެތަނުގެ ގަިވާއިދާޙިލާފައް ފޯނުވެެއްދުން އެއީ ކާކުގެ އިޙުމާލުން ކުރެވޭ ކަމެއްތޯ ބެލުމަކީވެސް ކުރަންވާނެކަމެކެވެ.
    އަދި ތިދައްކާލެއްވި ފޮޓޯ އިން ފެނިގެން އެދަނީ ޖަލުގެ ގޮޅިއެއްނަމަ. މިހާރުގެ ޖަލުތައް ހުންނަ ފެންވަރުވެސް ވަރައްސާފުކޮއް ބުނެދެއެވެ، އެހެންކަމުން ދިވެހިރާއްޖޭގެ ޖަލުތައް ހައްދަވާ އެތަންތަން އެހާސާފުތާހިރު ރައްކާތެރި ތަނެއްގެ ގޮތުގަ ބަހައްތާދެއްވުމުގަ މަސަތްކަތް ކުރައްވާ ބޭފުޅުންނައް އަޅުގަންޑުގެ ސުކުރު ރައްދުކުރަމެވެ.

  16. ވަޙިދު

    އަހަރުމެން މިއުޅޭ ރޫމްތަކަށްވުރެ މާ ކޮލިޓީ ތިތަން.

  17. ހެޕީޖޭލް

    ތިހިރީ ޖަލުގެ ހާލަތު ރަގަޅުކަން ސެލްފީ ނަގަން ފޯނު ނުވަތަ ކެމެރާވެސް ދީފަ ހުރޭ ޔާމީންގެ ސަރުކާރުން ހާދަ ރަގަޅަކަށް ކަންކަން ކޮށްފައި ހުރި ހެން ހީވެއޭ

  18. ވަޙިދު

    ޖަލަށް ފޯނުވައްދައި ކެމެރާ ވައްދައި ފިލްމުކުޅެ. ސާބަހޭ ދަރިޔާ

  19. ާލިލީ

    ﷲ އަށް ހަމްދުހުރި... ޔާމީންގެ ޖަލުތައް 5 ސްޓާރ ދޯ... ތިއީ ޖަލު ވިއްޔަ ހާދަ އަރާމެކޭ

  20. ޢހަންމާ

    ތީ ޖަލެއްތައް ނޫނީ ގަނޑުވަރެއްތައް.

  21. ފިކުރު

    ޖަލުގެ ތަޖްރިބާގެ ބޭނުން ހެއުގޮތުގައި ހިތްޕެވުމަކީ ތި ވެރީންނަށް ލިބުނު އަނިޔާއަށް ލިބޭނެ ނަސްރެކެވެ. މިކަން ވިސްނުންފުޅުގައި ބެހެއްޓެވުން އެދެވިގެންވެއެވެ،

  22. ޚުރާ

    ޖަލޭ؟؟؟ ތީމާސްޓަރ ބެޑްރޫމް އެއްނު!!!

  23. ހައްޤުބަސް

    ތި އައްސޭރި ޖަލަށް ފުރަތަމަ ގެންދެވުނު ދުވަސްކޮޅުގެ ޕޮޓޯއެއް..ފަހުން ތިބީ 6 ފޫޓުގެ ފޫޓުގެ ގޮޅިއަކަށް ކޮންމެ މީހަކު ލާފަ މީހަކާ ބައްދަލުވެސް ނުކުރެވޭ ގޮތް ހަދާފަ

    • ޖަލު މީހާ

      6 ފޫޓް 6 ފޫޓް ގޮޅިވެސް ހުރީ އެޓޭޖް ޓޮއިލެޓްލާފަ އެއާކޯން ކޮށްފަ. ހަމަެކަނި ނިދަން ވަށްނުމަށް ފަހު ފަތިސް ނަމާދާ ދޭތެރޭ އެކަނި ބޭރަށް ނިކުތުން މަނާކޮށްފަ އޮށްނަނީވެސް. އެހެން ހުރިހާ ގަޑިއެއްގަ ތި ހުރިހާމީހުން ދިމާވެ ވާހަކަ ދަށްކާ އުޅެވޭ..

  24. ކެނެޑީ

    ޖަލަށް ފޯނުވެއްދޭތަ

  25. މާސްޓަރ

    ޑަބަލް ބެޑާއި ގޮދަޑިތަކާއި، އޭސީ. ހަމަހަމަ ކަމުގެ ލާމަސީލު މިސާލެއް.

  26. ޙަމެ

    މަށަކައް ހިޔެއްނުވެ މާލެ ގަ އެޕާޓްމެންތަކުގަވެސް ކުއްޔައް އުޅޭމީހުންވެސް ތިހާ އަރާމުގަ ބަޔަކު އުޅޭނެ ހެނެއް.

  27. ހަލީލް

    ތިތަނަށް ޖަލުކިޔާނީ ޖާހިލުން

  28. 2ނ.ފ

    ތީ ޖަލލެއްތަ.؟

  29. ބަދޫރާ

    މީ ފޮޓޯއިން މި ފެންނނީ ޖަލުތަ ނޫނީ 3ސްޓަރގެ ހޮޓަލެއްތަ

  30. މަހުލޫފް

    ޖަލަށް ފޯނުވެއްދީ ކިހިނެއް

  31. ނާއި

    ތީ ދަތުރެއް ގޮސް ތިބި ބައެއް. ޖަލެއްގެ
    ޢިޙްސާސް އެބޭފުޅުންނަށް ނުކުރެވޭ.

  32. ޙައްވަ

    ޖަލެއް ނޫންތީ. ބޮޑުންވީމަ ވީއައިޕީގަ. ނިކަމެތިން މަދިރި އާ މީދަލާ ކުރަފިތަކު ތެރޭގަ

  33. ކަލޯ

    ބަލަ އަހަރެން ވެއްދި ޖަލު ހުންނަނީ ތިހެނެއްނޫން..ތިއީ ދޫނިދޫ ޕޮލިސްޓޭޝަން މަތީހުންނަ ގެސްޓްރޫމްއެއް..ޖަލޯ...ތިއީ ޖަލެއްވެސްނޫން..ތިފަދަ ރޫމްއެއް ނެތް މަގޭ ގޭގަވެސް..5☆ ހޮޓަލެއްގަ އުޅެފަ ޖަލުގައުޅެފަޔޯ ތިމަންނަމެން މިއައީ..

  34. ހައްގުބަސް

    ހާދަ އަރާމު ޖަލަކޭ!! ޑަބަލް ބެޑް ބހައްޓާފަ އޭސީ ކޮށްފަ ކައްކާ ކެވޭގޮތަށް!! ގުޑް ފެސިލިޓީ!

  35. ޑެއިލް

    ތީޖަލެއްތަ. ހީވަނީ ތައިލޭންޑްގެ ކޮޓރިއެއްހެން. ފޯނުވެސް ގެންގުޅެވޭތަ. މިގައުމު މިއޮތީ ސިޔާސީ މީހުންނަށްޓަކައި. ޤާނޫނާއި ޖަލާއި ދެރަކަމާއި ނިކަމެތިކަން ދެރަ ރައްޔިތުންނަށް. ބޮޑެތި ފައިސާއިން ރައްޔިތުންގެ ފައުސާއިން ހިޔާނާތްތެރިވިޔަސް އެމީޙުންގެ ބޭނުންތައް ހުސްނުވޭ. މުސާރަކޮޅު ބޮޑެއްނުވޭ ގައުމަށް ހިޔާނާތްތެރިވާވަރުން.

  36. ތެދު

    ވަގުންނާ ބާގީންނާ ގައުމުގާ ފަސާދައުފައްދާ ސޭކުން ....ސުބުހާނަﷲ...ސަދޫމް ކޯޓްތޯ

  37. އެލެކްސް

    ޖަލައް ފޯނެއް ސްމަގުލް ކުރި ކަމުގެ އިއުތިރާފެއްތޯ؟ ޤަވާއިދާ ޤާނޫނުގެ ވާހަކަ ނުދައްކަމާ

  38. ދެކޭމީހާކިޔާމީހާ

    މަލަދުގަނެއްޖައިން.
    ރަޢިއްޔަތުންނަށް ނަމޫނާއަށްވާންޖެހޭ ރަޢިއްޔަތުންގެމާލިއްޔަތުން ލައްކަލައްކައިން ނަގައިގެންތިބި، ދީނާއި ޤާނޫނާއި ކުށާއި ކަންތަކަކީ ކޯޗެއްކަން ދަންނަންޖެހޭބަޔަކަށްވުރެ މިސާލަށްވާންޖެހޭ މީސްްމީހުންގެފެންވަރު މިހިރަފެންނަނީ. މިވަރުމީހުންނަކީ ޢިއްޒަތްތެރިންކަމުގައި ޤަބޫލުކުރާނެގޮތެއް މަށަކަށް ނުވިސްނެއެވެ. ފެންނަންތިބިއެންމެން ކުއްވެރިކުރެވޭކަށްނެތެވެ. އެކަމަކު ނާޒިމްގެމައްޗަށް ދަޢުވާކުރެވިދާނެކަމުގައި ބެލެވެއެވެ. ޖަލުގައި ފޯނުގެންގުޅުމަކީ ހުއްދަކަމެއްނޫނެވެ. އެއީ ކުށެކެވެ. އެހެންވީއިރު މިކަންހިނގައިގެންމިއުޅޭގޮތެއް އޮޅުންފިލުވުމަކީ ކޮންމެދިވެހި ރަޢިއްޔަތަކަށް ލިބިގެންވާ ޙައްޤެއްކަމުގައި ދެކެމެވެ. ނާޒިމްގެ ތިޔަޢަމަލުން ވެވުނީ މޮޅެއްކަމުގައި ނުދެކޭނަމެވެ. ތިވެއްޓިވަޑައިގަންނަކަމުގައި ބެލެވެނީ ހޫނުފެނަށެވެ! ވަރަށްވެސް ހެއްވާ!

  39. ޟިން

    ތީ ޖަލެއް ހެން ހިއެއް ނުވޭ. ހީވަނީ ހަމަ ގެސްޓް ހައުސް އެއްގެ ކޮޓަރިއެއް ހެން. ޢަހަރެން ގެ ގޭގެ ކޮޓަރި ވެސް މާ ހާލު ބޮޑު ތިއައް ވުރެން.

  40. ބުނެލިިިީީ

    ތި ޖަލުތަ؟ތި ބޮޑެތި ކުށްވެރިން ތިބެން. އާދައިގެ ކުށްވެރިންގެ ހައްގުތައް ކޮބާ؟

  41. ޢަލީ ހަމީދު

    ޓ ތިޔައީ ޖަލުތަ ނޫނީ 3 ސްޓަރ ހޮޓެލް އެއްގެ ރޫމް ތަ ޖަލަށް ފޯނު ވެއްދިގޮތެއް ނާޒިމް ހާމަކޮށްދޭން ޖެހޭނެ.

  42. މުހައްމަދު

    މިހުންނަނީ މިމީހުންގެ ހުރި ނުބައިކަން ނިކަންދެކިބަލަ މީނދަ ޝޭހުވެސް ދޮގުހަދައިގެން އެހުރީ މޮޔަވެފަ ދުވަހަކުވެސް ތެދެއް ނުހަދާނެ ޖަލޯ އަޖައިބުން އަޖައިބު ޖަލަށްލީ އަހަރެމެން ތިޔާގާތްވެސްނުކުރާނެ މިމީހުން އުފަލާމަޖަލުގަ އެތިބީ އަހަރެމެންނަށް އޮޅުވާލައިގެން ޗިޗީ ވަރަށްހަޑި ތިޔަބައިގަނޑު ވާހަކަ ހެހެހޭ

  43. ޖަނގިޔާ

    ޖަލެކޭ ކިޔާފަ މޮޅު ވާހަކަ ނުދައްކާ ތިހިރީ ކަލޭމެން އުޅޭލެއް އަރާމްކަން. ދިއްގަރު ދާއިރާގެ ދެ އާއިލާއަކަށް ކަލޭ ޝުކުރު ދަންނަވާ އަހަރެމެން ބޭނުމެއްނޫން ކަލޭގެ ޝުކުރެއް. މިފަހަރު ދިއްގަރު ދާއިރާއާ ވެގެން ނޫޅުނިއްޔާ ރަނގަޅުވާނީ.

  44. ޅޯޅާ

    ތީދޯ އެބުނާ ކުޑަގޮޅީގަ އެމީހުން ނިދި ސިމެނތި އައްޓަކީ

  45. ދދދދދދދ

    ތީ ޖަލުތަ؟ ތި އުޅެނީ ދަތުރު ގޮހެއްނު. ކިހާ ބޮޑު ނުފޮރުއްޕާންވެރިކަމެއް.

  46. ބަނީ

    ޖަލުގަތޯ ނުވަތަ ރިސޯޓްގަތޯ....... ޖަލުގަ ފޯނުގެންގުޅުމަކީ މަނާކަމެއްކަމަށް އިންގިފަވަނީ.....ކޮންމެހައިސިޔަތެއްގެ ބަޔަކުކަމުގަވީޏަމަވެސް ކުއްވާނީ ކުށައް..... ފިޔަވަޅުއަލާ

  47. އަދްލީ

    ޖަލައް ވަގައް ފޯނު ވެއްދިމައްސަލާގަ ނާޒިމް ހައްޔަރުކުރުމައް ގޮވާލަން..

  48. ސަކީ

    ތިޔައީ ޖަލުގެ ގޮޅިއެއް؟ ތިޔައީ އަހަރުމެން އުޅޭ ކޮޓަރި ގަނޑައްވުރެން މާ ތަނަވަސްކޮއް ހަދާފައިވާ ތަނެއް!

  49. ޢުލާ

    ހެދި ހުރިހާ ދޮގު ފަޅާ އަރައިފި މަ ހީކުރި ވަރަށްހާލުގަ ކަމަށް މިވެރިން އުޅުއްވީ.އެކަމު ގުރޫޕް ގަނޑު އެކުގައި މަޖާކުރާވަރު މީދޯ އެ ބިރުވެރި ޖަލު އޮންނަ ގޮތަކީ.

  50. ނި

    ކިހިނެއްފޮޓޯ ނެގީ ޖަލުގަ؟ ފޯނު ވެއްދީތަ؟ މި މީހުން ނަށް ކުރާ އަނިޔާ އޭ ކިޔާ ފެލޭ އިރު މި ފޮޓޯ އިން ހީވަނި މިމީހުން މި ޗުއްޓީ ހަދާލަނީ ހެން

  51. މައުމޫން

    ޖަލުގައި ތިބެގެންވެސް ކުރީ ވައްކަން!!!

  52. ބުރު

    ބާޣާވާތުގެ މޭސްތިރިން

  53. ޖޭޒް

    ގެސްޓްހައުސްއެއްނުން ތީ ..

  54. ކަރާ

    ދެން މި ނުލަފާ ޖަރީމާހިންގިމީހުން މިކިޔަނީ ޖަލޭ އައްޓޭ ސިމެންތިއޭ މައިބަދައޭ ލޮލަކަށް ނުފެނެއޭ. ބުރަކަށި ބިނދިއްޖޭ ފަޅޮލޭ. މިފެންނަނީ ޖަލުގެ ކުޑަގޮޅި. ދެން އާދައިގެމީހުން ކިހާދެރަވާނެ

  55. ލަބީބު

    މައިމީހާގެ ބަނޑުގައި ހޭދަކުރި 9 މަސްދުވަހުގެ ހަނދާންތައް އާކުރުމަށް އެދުވަސްވަރު ސެލްފީއެއް ނުނެގީ ކީއްވެ؟ ބޯގަޅިކަންނޫން ދެން ކޮންކަމެއް؟