"ރަސްރަނި ބަގީޗާ" ގެ ނަން، އަލުން "ސަލްޓަން ޕާކު" ގެ ނަމަށް ބަދަލު ނުކުރުމަށް ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފު އަލީ އެދިވަޑައިގެންފިއެވެ. އަޝްރަފު މިކަމަށް އެދިވަޑައިގެންނެވީ އޭނާގެ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައެވެ.

އަޝްރަފު، އޭނާގެ ފޭސްބުކުގައި ލިޔުއްވާފައިވަނީ ޤައުމީ ބަހަށް އިސްކަން ދިނުމުގެ ޤާނޫނާއި ދިވެހިބަހުގެ ހިމާޔަތުގައި ރަސްރަނި ބަގީޗާގެ ނަން ބަދަލު ނުކުރެއްވުމަށް އެދިވަޑައިގަންނަވާކަމުގައެވެ.

"ގައުމީ ބަހަށް އިސްކަން ދިނުމުގެ ގާނޫނާއި ދިވެހިބަހުގެ ހިމާޔަތުގައި "ރަސްރަނި ބަގީޗާ" މިނަން ބަދަލު ނުކުރައްވާ!" ދިވެހިބަހުގެ އެކެޑަމީގެ ރައީސް ވިދާޅުވިއެވެ.

މީގެއިތުރުންވެސް، އަޝްރަފު ވިދާޅުވީ އެ ބަގީޗާގެ ނަން ބަދަލުވަމުން އައި ގޮތާއި އެތަނުގެ ތާރީޚު ޒަމާންތަކަށް ދެމިހުންނާނޭ މަގުން ކުރާން ޖެހޭ ކަންކަން ކަންކަން ކުރަން ކަމާބެހޭ ފަރާތްތަކަށް އެހީތެރިކަން ދެއްވުމަށް އެދިވަޑައިގަންނަވާކަމުގައެވެ.

ރަސްރަނި ބަގީޗާ - ފޮޓޯ: ވަގުތު
ރަސްރަނި ބަގީޗާ - ފޮޓޯ: ވަގުތު

"އެ ބަގީޗާގެ ނަން ބަދަލުވަމުން އައި ގޮތާއި އެ ތާނގެ ތާރީޚު ޒަމާންތަކަށް ދެމިހުންނާނޭ މަގުން ކުރާން ޖެހޭ ކަންކަން ކުރާން ކަމާ ބެހޭ ފަރާތްތަކަށް އެހީތެރިކަން ދެއްވާ!" އަޝްރަފު އިތުރަށް ވިދާޅުވިއެވެ.

އަޝްރަފު މިހެން ވިދާޅުވީ، ރަސްރަނި ބަގީޗާގެ ނަން ސަލްޓަން ޕާކުގެ ނަމަށް ބަދަލު ކުރުމަށް މާލޭ ސިޓީ ކައުންސިލުގެ ބައްދަލުވުމެއްގައި ނިންމަވާފައިވަނިކޮށެވެ.

މީގެކުރިން، ސަލްޓަން ޕާކުގެ ނަމުގައި ހިންގަމުން އައި ތަން، ވަރަށް ވާވެ، ބާވެފައިވަނިކޮށް އަލުން ތަރައްޤީކޮށް ރަސްރަނި ބަގީޗާގެ ނަމުގައި ހުޅުވާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެތަނަކީ މިހާރު ރާއްޖޭގައި ހުރި އެންމެ ރީތި ޕާކެވެ. އެތަނަކީ ރާއްޖޭގައި މީގެކުރިން ނެތް އެތައް ގިނަ ޚިދުމަތްތަކާއި ވަސީލަތްތަކާއެކު ހުޅުވާފައިވާ ތަނެކެވެ.

އެސަރަޙައްދަކީ ރާއްޖޭގައި ރަސްކަން ހިނގަމުން އައި ދުވަސްވަރު، މާލޭގެ އެންމެ މުޙިއްމު ތަނެވެ. އެތަނުގައި ރަސްކަމުގެ ގަނޑުވަރުތައް ހުރިއިރު، މިހާރުވެސް އުސްގެކޮޅު ފެންނަން އެބަހުއްޓެވެ. އުސްގެކޮޅަކީ ކުރިން ޤައުމީ ދާރުލްއާޘާރު ހިންގަމުން އައި އިމާރާތެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Miadhu

    ދިވެހިބަސް ނުދަންނަ އަދި ދިވެހިބަސް ފުހެލަން މަސައްކަތްކުރާ ބަޔަކަށް ކޮންދިވެހިބައެއް ދިހިބަސް ހިމާޔަތް ނުކުރާނެދޯ

  2. ސުވާލު

    ރަސްރަނި ބަގީޗާ އެއީ ކޯއްޗެއް؟ އަވަހަށް "ސަލްޓަން ޕާކު" ގެ ނަމަށް ބަދަލުކުރަންވީ.

  3. ހާމަ

    ފުރަތަމަ ދިވެހި ބަގުގެ އެކަޑަމީގެ ނަން ބަދަލުކޮށްބަލަ

  4. އެވޭލާ

    މާލޭ ސިޓީ ކައުންސިލަކީ ވަރަށްވަރުގަދަ ތަނެއް ދެއްތޯ
    އެހެންވީމަ ސިޓީކައުންސިލަކާ ނުކުޅެވޭނެ
    ދެއްތޯ
    މޮޅުކަމެއް ކޮށްލެވުނީީތާ ޔާމީނު ދީފައޮތްނަމެއް
    ބަދަލުކުރިއަސް ދެއްތޯ
    ކޮންމެހެން މަގުމަތީގެ އަމާންކަމަށް އިސްކަން ދޭނެކަމެއްނެތް ދެއްތޯ
    ތިމާމެންނަށް ހުދުފޮށައެއް ލިބިއްޖެ ދެއްތޯ

  5. ދަތްދޫނި

    ކޮން ރަސްރަނި ބަގީޗާ އެއްތަ. ސަލްޓަން ޕާރކް ހަމަ އޯކޭ.

  6. ޝިޢުބު

    ތީ ވަކި ކާަކު؟ އެތާހުރި މިސްކިތް ނަގާއެއްލާލިއިރު އެއްވެސް އެއްޗެއް ނުބުނޭ ނަންބަދަލު ކުރާތީ ދެރަވޭ.

    ޢެހުރިތަނުގަ މިސްކިތް އަޅާފަ މިސްކިތުގެ ނަމުން

    އެތަނަށް ނަންދީ އޭރުން އޯކޭވާނެ

    ޢަސަރަފު ލާރިގަދެއް ނެގީދޯ

  7. މުޙައްމދު

    އެކަމާ ކަށްބޮޑު ވާއިރު އެކަޑަމީ ދިވެހި ބަހަކަށް ނުވާތީ ކަށްބޮޑު ނުވަޭތޯއަހާލާހިއްވޭ، އެއްފަޅިން ވާހަކަ ނުދައް ކަވާ

  8. ޛޭމް

    މީ ޔާމިނުގެ ޕަޕެޓެއް
    ސީދާ އޭނަގެ އޯޑަރަށް އާދޭސް ކުރާ މީހެއް.

  9. ނަސީ

    ރަސް ( ރަސްކަލުން ) ރަނި ( ރަނި ކަނބަކުން ) އެ ގަނޑުވަރުގައި އުޅުއްވި މީހުންނަށް ނިސްބަތްވަނީ

  10. ނަންކިޔާ

    ތިޔަތަނަކަށް މިހާރު ވެސް އެންމެން ވެސް ކިޔަނީ ސަލްޓަން ޕާކު. އެހެންވީމަ، އެނަން ބަދަލުކުރުމަކުން މައްސަލައެއްނެތްތާ! ދެން އޮތީ ދިވެހި ބަހުގެ ވާހަކަ. ބަސްކުރިއަރުވަން އެންމެ ފުރަތަމަ "އެކަޑަމީ" އަށް ދިވެހި ބަހެއް ކިޔައި ދިވެހިބަހުގެ އެކަޑަމީ ގެ ނަންބަދަލުކުރުމަށްފެނޭ.

  11. ޢާދަމް

    ޢަސްރަފްގެ އޮފީހުގެ ނަން ފެނުނީމަވެސް އެބަ އެނގޭ ދިވެހިބަހަށް ދީފައިވާ އިސްކަން. ތިތަނުގެ ނަންވެސް ކިޔަންވީ އެކަޑަމީގެ ބަދަލުގަ (އެކަޑަވީ) ސަލާމް