އައްޑޫ ސިޓީ ހިތަދޫ ކުނި ކޮށި ކައިރިން ލިންކް ރޯޑުގައި ދުއްވާފައި ދިޔަ ކާރެއްގައި އަލިފާން ރޯވެ އަނދާ ހުލިވެއްޖެއެވެ.

ފުލުހުން މިއަދު ހެނދުނު ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ ކުނި ކޮށި ކައިރިން ދުއްވާފައި ދިޔަ ކާރެއްގައި އަލިފާން ރޯވެފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ރޭ ދަންވަރު 1:50 ގައި ކަމަށެވެ.

އެހާދިސާގައި ކާރު ވަނީ ބޭނުން ނުކުރެވޭ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. ނަމަވެސް މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ހާދިސާ ހިނގި އިރު ކާރުގައި ތިބީ ކިތައް މީހުން ކަމެއް ނޭނގެއެވެ.

ކާރުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް ވެސް ފުލުހުން ވިދާޅުވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބޮޑު.....

    ކާރުގައި ރޯވާން ދިމާވި ސަބަބު ދަނީ ތަހުގީގް ކުރަމުން. އެ ނިމުނީ ހަމަ އަސްލުވެސް އެ ނިމުނީ، ދެން ނުޖެހޭނެ އެއްވެސް ކަމެއް ކުރާކަށް، އެމައްސަލަ މިހާރު ދަނީ ބަލަމުން، އެ ބަލާ ނުނިމޭނެ ދުވަހަކުވެސް، އެމައްސަލަ މިހާރުވަނީ ޕްރޮސެކިޔުޓަރ ޖެނެރަލް އަށް ފޮނުވާފައި، ދެންނޭނގޭނެ ވާނުވާވެސް، ދެން އެ ކުރާހުކުމް، އެވާހަކަ ނުވާނެ ދައްކަންވެސް، އެންމެ ފަހުން ތަންފީޒު، އެ ނިމުނީ، ދެން އުޅޭނީ ކޮންމެވެސް އިސްތިޔުނާފެއްގައި، އަނެއްކާ ދޫކޮށްލާނެ

    • ހުސޭނުބޭ

      ހާސްކަނޑާލާ! ހުސްނު ސުޢޫދު ވަރަށް މޮޅުވާނެ ތަޙްޤީޤުކުރަން! ތީގެ ބޮށިގަނޑު އޭނާއާ ހަވާލުކުރޭ!

  2. ޖައުފަރު

    ހިނދުކޮޅުގަ ތިއްބަވާނީ ގިނަފަހަރަށް ރޫޙާނީ ލީޑަރަށް ތަބާވާ މީހުން އެންމެ ގިނަވާނީ އައްޑޫގަ

  3. އަބޫ

    ތި ވާނީ މަސްތުވާ ތަކެތި ވިއްކާ ކާރަކަށް