ދިވެހިރާއްޖެ އާއި ސްރީލަންކާގެ ސަރުކާރުތަކުން އިންޑިއާ ސަރުކާރާއި އެކު މިހާރު ބާއްވަމުން ގެންދާ ގުޅުމަށް ބަލާއިރު ދިވެހިރާއްޖެ އާއި ލަންކާގައި އިންޑިއާ އިން ކުރަން ބޭނުންވާ ހުރިހާކަމެއް ކޮށް އިންޑިއާ އިން ބޭނުންވާ "މިޝަން" ދެގައުމުގައި ވެސް ފުރިހަމަ ކުރާނެ ކަމަށް ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ސްރީލަންކާގެ "ގާޑިއަން" ނޫހުގައި ބުނެފައި ވަނީ ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ލަންކާގެ ކުރީގެ ރައީސް މަހިންދްރަ ރާޖަޕަކްސަ ގެންގުޅުނީ އިންޑިއާ އާއި ބީރައްޓެހި ޗައިނާ އާއި ރައްޓެހި ސިޔާސަތެއް ކަމަށެވެ.

"އެސިޔާސަތުގެ ސަބަބުން އިންޑިއާ އިން އެދެބޭފުޅުންގެ ސަރުކާރާއި ދެކޮޅުވިއެވެ. ޑިޕްލޮމެސީގައި ނުދައްކާ ވާހަކައެއްގެ ގޮތުގައި އެވާހަކަ އޮތް ނަމަވެސް ރާއްޖެ އާއި ލަންކާ އަށް ކުރެވެން އޮތިއްޔާ އޮތް ދައްޗެއް އިންޑިއާ އިން ދިޔައީ ކުރަމުންނެވެ. ނަމަވެސް ދެބޭފުޅުން ގެންގުޅުނު ސިޔާސަތުގެ ސަބަބުން ލަންކާ އާއި ރާއްޖޭގައި ވެސް މިއިން ޒަމާނަކު ނުހިންގޭ ފަދަ ތަރައްޤީގެ ގިނަ މަޝްޜޫޢުތަކެއް ހިންގުނެވެ." އެނޫހުގައި ބުނެފައި ވެއެވެ.

އެނޫހުގައި ބުނެފައި ވަނީ ޗައިނާގެ ދަރަނީގައި މަޅިއެއްގައި ގައުމު ބެދެނީ ކަމަށް ބުނެ ރާއްޖެ އާއި ލަންކާގެ ވެރިކަން ބަދަލު ކޮށްލުމަކީ ރަނގަޅަށް ވުރެ ގޯސް ބޮޑަށް އޮތް ކަމެއްކަން ލަންކާ އިން ވަރަށް ސާފުކޮށް ފެނިއްޖެއެވެ.

"އިންޑިއާ އިން ބޭނުންވާ ގޮތައް ރަނިލްވިކްރަމަސިންހަ ވަނީ ޗައިނާ އަތުން ގިނަ މަޝްރޫޢުތަކެއް އަތުލާފައެވެ. އިތުރު މަޝްރޫޢުތައް ޗައިނާ އަށް ދިނުން ވަނީ ހުއްޓާލާފައެވެ. ނަމަވެސް ނަތީޖާ އަކީ މީގެ 10 އަހަރު ކުރިން ގައުމު ކުރިއަށްދިޔަ ސްޕީޑަށް އަނެއްކާވެސް ގައުމު ސޮއްސާލުމެވެ. ތަރައްޤީގެ މަޝްރޫޢުތައް ހުއްޓި ވަޒީފާ އިތުރުވާ މިންވަރު މަޑުޖެހުމެވެ." ލަންކާގެ ނޫހުގައި ވެއެވެ.

ލަންކާގެ ނޫހުގައި ބުނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ނުދިޔަ ނަމަވެސް ރާއްޖެ އާއި ލަންކާގައި ވެސް މިހާރު އޮތް ވެރިކަން ދައުރު ހަމަވަންދެން ދެމި އޮންނާނެ ކަމަށާއި އެހެންކަމުން އިންޑިއާ އިން ލަންކާ އާއި ރާއްޖޭގައި ހިންގަން ބޭނުންވާ ހުރިހާ ކަމެއް ހިންގާ ދެގައުމުގެ ތަރައްޤީގެ ހުރިހާ މަޝްރޫޢުއެއް އިންޑިއާ އިން ބޭނުންވާ ގޮތައް ސްޕީޑް މަޑުކުރުވާނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން އެންމެ ބޮޑަށް ގުޅުން ބަދަހިކޮށްފައި ވަނީ އިންޑިއާ އާއި އެވެ. އެކަމާއި ގުޅިގެން ގިނަ ބަޔަކު ގެންދަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. ޑައިލޯގް

    ޑޮލަރު އަނެއްކާވެސް 22 އަރާނެ ކިނބޫ ސަރުކާރު

    • ޙައްގުބަސް

      ޙަގީގަތުގައި އިންޑިޔާ ބޭނުންވަނީ މި ދެގައުމު ތަރައްގީވިޔަ ނުދޭން!! އަމިއްލަ ފައިމައްޗަށް ތެދުވެ ހިންދެމިލާތަން އިންޑިޔާއިން ބަލާކަށް ބޭނުމެއްނުވޭ! ތަރައްގީވެ ކުރިއަރައިގެންދިޔަ ދޭކަށް ބޭނުމެއްނުވޭ!! އިންޑިޔާއިން ބޭނުންވަނީ ބޫޓާނަށާއި ނޭފާލަށް އެމީހުން ހަދާފައި އެވާގޮތަށް ގައުމު އިދަޖައްސާފައި ބާއްވަން! ނޭޕާލަށް ބޫޓާނަށް ދިޔަ މީހަކަށް އެނގޭނެ އިންޑިޔާގެ ތައްޕާހަށް އެދެގައުމު ވައްޓާލާފައިވާ މިންވަރު! ތަރައްގީގެ ކަންފުޅެއް ނެތް! އިންޓަނޭޝަނަލް އެއަރޕޯޓް މިރާއްޖޭގެ ޑޮމެސްޓިކް އެއަރޕޯޓަކަށްވުރެން ޙާލުދެރަ! އިންޑިޔާއިން ތެޔޮ ކާއެއްޗެހި ފޯރުކޮށްދިނީމަ ކެވެނީ! ގައުމަށް ލިބޭ މަދު ބޭރުފައިސާކޮޅު އިންޑިޔާއަށް ލިބޭގޮތަށް ވިޔަފާރީގެ ގުޅުން ގާއިމުކޮށްފައި އޮތީ!! އެހެން ގައުމަކާ ގުޅުން ބަދަހިކުރެވޭކަށް ނެތް!! މިއީ އިންޑިޔާއިން އެއްގަމު މަގުން ގުޅިފައިވާ ނޭޕާލަށް އަދި ބޫޓާނަށް ޖައްސާފައިވާ ޙާލު!! މިގައުމަށްވެސް އެހެން ހަދަން އުޅެނީ!! ބޭނުންވަނީ އަސްކަރީ ބައެއް އަބަދުވެސް މިގައުމުގައި ބާއްވަން! ތަރައްގީގެ ދުވެލި މަޑު ޖައްސާ އިންޑިޔާގެ ނުފޫޒު ހުރިހާކަމެއްގެ ތެރެއަށް ބާނަން!! މިކަން މިރާއްޖޭގެ ސިޔާސީ މީހުން އެބަ ދަންނަންޖެހޭ!! އެއީ ގައުމަށް ހެޔޮއެދޭނަމަ!! ކޮންމެކަމެއް ވަރިހަމަވެ މިއަދު ދޫކޮށްލައިގެން ތިބޭނަމަ ގައުމުގެ މުސްތަގުބަލް އެހާ އުޖާލާއެއްނުވާނެ! އިންޑިޔާގެ މަގްސަދު އެހެން ގައުމުތަކާ ތަފާތުވަނީ އެމީހުން އުޅެނީ އަޅުވެތި ކުރަންކަމަށްވާތީ!! މިރާއްޖޭގެ މުއްސަނދިކަން ފޭރިގަންނަން ދުރާލާ ރާވައިގެން އުޅޭތީ!!

      • އަހުން

        ތީ އަބަދުމެ މިދައްކާ ވާހަކަ ހަމަ! ހިތާމައަކި ރީންދޫން ކުދިންނަށް ނުވިސްނޭތީވެ؟ އަދި 4 މަހުޖަނުން ވެގެން މިގަުމު ދަވާލަން ބޭނުންވަނީ؟ 3 ސިޔާސީ ލީޑަރުން ބޭނުންވަނީ މިގަުމުގެ ހަރުމުދާ ވިއްކާލާގެންވެސް އަޅުވެތި ކުރަން. މިނިވަން ކަމާ އިންސާފޭ ކިޔާފެން ނަސާރާ ދިން ފަތުރަން ފަރަންޖީން ރުއްސާން ވެގެން ގޮޑިކޮށްކޮ ވެރިކަން ހެދިގެންވެސް ބޮޑާވެފަ ވެރިކަން ކުރެވޭތޯ. މިބައި މީހުންނަށް ހަލާކު ކުރި. އެ ނުލަފާ ދައްޖާލުން ނެތިކުރައްވާންދޭ.އާމީން

  2. ޖިންނި

    އަހުންނަށްވެސް އެނގޭ އިންޑިއާ ސިފައިން ރާއްޖެއަށް އިތުރު ކުރީ 5 އަހަރުގެ ދައުރު ހަމަ ކުރުވަންކަން އެކަމަކު ﷲ ތަޢާލާ ކަމަކަށް އިރާދަ ކުރައްވައިފިނަމަ އެކަމެއް ވާނެ ، ޣަޒްވާއޭ ހިންދް ވެސް ކުރިއަށް އޮތީ މުޅި އިންޑިއަން ސަބްކޮންޓިނެންޓް މުސްލިމުން ފަތަޙަ ކުރާނެ - ވ ސަލާމް -

  3. ޖަހާންގީރު

    ޚާއިނުންނަށް ބާރު ލިބިއްޖެ ޝިރްކް އިންޑިއާއިން ހުރިހައި ހަޑިއެއް ހާވާނެ

  4. Miadhu

    ކޮބާހީވޭތަ މިއީ ޕީޕީ އެމް ކުދިންގެވާހަކައެއްނޫން ވވ ވާހަކަ ބަލާ ކިޔާ ޢިބުރަތް ލިބިގަތުން ވވ މުހިއްމު ދައުރު ނިމެންދެން ވެރިކަން ދެމިއޮންނާނެޔެބުނިބަހުގެމާއަކީ މިވެރިކަން ދިފާއުކުރާނެ އިންޑިޔާގެ ސިފައިން މިތާގައި ތިބޭނެވާހަކަ ދިވެހިންނޭ ހޭއަރާ މިއީ ވވ ވާހަކަ

  5. މޫސާ

    ޜަނގަޅު ދިރާސާ އެއް!

  6. ޖެހޭނެއޭ

    ރާއްޖެ އާއި ލަންކާގައި އިންޑިއާ އިން ބޭނުން ހުރިހާ ކަމެއް ކުރާނެ ކަމަށް ރިޕޯރޓް ބުނުމުން ރައީސް އިބޫ ޖެހޭނެއޭ މިކަމުގައި ވިސްނަން އިންޑިއާ ގެ އަތް މައްޗަށް ރާއްޖޭގެ އިގްތިސާދު ދޫކޮށްގެން ނުވާނެއޭ އިބޫ ޖެހޭނެއޭ އެކަން އެހެން ނުވެ ވާނެ ގޮތުގެ މަތިން ބެލެންސިންގް ވޭލްވް އެއް ގޮތަށް މަސައްކަތް ކުރަން މިކަމުގައި ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް ކުޅޭ އިޚްލާސްތެރި ރޯލް އެއީ މުހިއްމު ކަމެކޭ ރާއްޖޭން ޖެހޭނެއޭ ޗައިނާ އަދި ޖަޕާނާއި އެކު އިގްތިސާދީ ވަރުގަދަ ގުޅުން ތަކެއް ގާއިމް ކުރަން ސްޕެޝަލީ ޗައިނާ އާއި އެކު އެއިރުން ޖިއޯ ޕޮލިޓިކްސް އަށް ބަލާއިރު ޗައިނާ ގެ ބާރު ރާއްޖޭގައި ގަދަ ވެއްޖެނަމަ ދެން އިންޑިއާ މަޑުމަޑުން ފެއަށް ޖެހޭނެއޭ އިންޑިއާ އަކީ އެއީ އެމެރިކާގެ ގޮނޑި ކޮއްކޮ ސަރުކާރެއް އޮންނަ ގައުމެކޭ އިންޑިއާ އަކީ ވަރަށް ނުރައްކާތެރި ގައުމެއް ކަން ދަންނަން ޖެހޭނެއޭ އިބޫ...

  7. އަޅުވެތިކަމަށް ނޫނެކޭ

    ވަރަށް ރަގަޅު ވާހަކައެއް. ވާގޮތް ބަލަން ތިބެމާ ހިނގާ.

    • އަކުރަމް

      ވާގޮތް ބަލަން ތިބޭނެ ކަމެއްނެތް. އެންމެން ވެގެން ނިކުމު މި ބައިގަނޑު ފަހާ ބޭރު ކުރަން ނިކުންނަންވީ މީހާރުން މިހާރައްވެސް.

  8. މަހަށްދޭބަލަ

    ތަމެން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަނޭ މެން ހީކުރަނީ ތަމެން ކަޓެއް ޖައްސާލާ 2 މިލިއަން ޑޮލަރު ތަމެންގެ އެކައުންޓަށް ކަހާލާ ރާއްޖެ އިންޑިއާ އަށް ވިއްކާލަން ވެގެން ހުޅުމާލެ 2 ވިއްކާލާ އަދި ގުޅިފަޅު ވިއްކާލާ ގޮތަށް 800 މިލިއަން ޑޮލަރުގެ ބޮޑު އިންޓަރެސްޓް ދައްކަން ޖެހޭ ލޯން އެހެލާން ތެހެލާން ކަނޑުކޮސް ފިނޭންސް މިނިސްޓަރޭ މެދުވެރިކޮށް ނަގައިގެން އެކަން ކުރަން އުޅުނަސް ތަމެންނަށް އެކަން އޮޅުވާލެވޭނެ ކަމަށް ތޭ ނުވާނެ ތިޔާ ކަމެއް ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަހަށް މަހަށް ދޭބަލަ...

  9. ނުރަބޯ

    މިއީ ނޭނގޭ ކަމެއްނޫން.

    • ހަރުބޫ

      މިކަންއެނގި ސިއްރުކޮށްގެން ތިހުންނަނީ ރީދޫހުންޖެހިގެންތަ.

  10. މަހަށްދޭބަލަ

    ރާއްޖޭގެ ސަލާމަތާއި ރައްކާތެރި ކަން އަދި ވެސް އިތުރުވާނީ އެއީ ރާއްޖޭގެ ތަރައްގީ އަށް ސްޕެޝަލީ މާލެ ސަރަހައްދު ތަރައްގީ ކުރުމަށް ޓަކައި ޗައިނާއިން ލޯން ނަގައިގެން ޗައިނާގެ އެހީތެރިކަން ހޯދިއްޔާ އޭ އެނޫން ނަމަ ރާއްޖެ އަކީ ދެވަނަ ފަލަސްތީނަށް އެެމެރިކާ އަޑީގައި އޮވެގެން އިންޑިއާ މެދުވެރިކޮށް ހަދާނެއޭ މިކަން ދަންނަން ޖެހޭނެއޭ އިބޫ އިބޫ އަށް މިކަން އެނގިހުރެ އެކަން އޮތްބާލާ އިންޑިއާ އަތުން އިބޫ ކަޓް ޖައްސައިގެން މުއްސަނދިވާން ދިމާ ކޮށް ފިނަމަ މިގައުމުގެ ދުވަސް ދާނެ ކަން އެއީ މަމެންނަށް ޔަގީންވެ ކަށަވަރުވާ ކަމެކޭ ތަމެންގެ ފަސްޓް ލޭޑީ ޕްރޮޕެގެންޑާ ފަތުރައިގެން މިހާރު ނޫހުގައި ރޯ ބުހުތާނު ދޮގު ހަދަ ހަދައިގެން އާރޓިކަލް ލިޔުނަސް އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ ތަމެން ދެން މަހަށް ދޭބަލަ މަަހަށް މަހަށް މަހަށް މަހަށް މަހަށް ދޭބަލަ..

  11. އެޑަމް

    ރާޖަޕަކްސަ ވެރިކަން ގެއްލުނީމަ އެތެޅެނީ، މިތާގަ އިންޑިއާ މީހުންގެ ދީނީ ސިޔާސަތަށް އެއްޗެހި ގޮވާ މީހުންނަށް ޗައިނާގަ މުސްލިމުންނަށް ކުރަމުންދާ ޖެއްސުމާއި އެމީހުނާމެދު އަމަލުުކުރާ ގޮތް ނޭނގެނީތަ ނޫނީ ޖާހިލުކަމުން ނޭނގޭކަމަށް ހަދަނީތަ؟ ތަރައްޤީއަކީ 1 ރުފިޔާއަށް ވާން އޮތްކަމެއް 1000ރ އަށް ކުރުމެއްނޫން، ތަރައްޤީއަކީ ހެޔޮ އަގުގައި ފަސޭހައިން ކަންކަންވެގެންދިޔުން.. ވަރަށް ސަލާމް..

  12. އަނިޔާ

    މިއިނގޭކަމެއް ނަމަވެސް ހިތާމައަކީ މިތިބަ ޤަމުގެ ކުރިމަގޭކިޔާގެން ވެރިކަން ބަދަލްކުރިމީހުން ރައްޔިތުންނަށް އޮޅުވައޮލައިގެން ކަންކަން ކުރަމުން ގެންދެވާތި ،ބުނެލަނ

  13. ދދދދދ

    ދިވެހިންނާއި ލަންކާ މީހުންނަކީ ބޮލު ރޮދި ކެނޑިފަ ތިބި ބައެއް. ގައުމުގެ ކުރިމަގު ބިނާ ކުރުމަށްވުރެ އެމިއްލަ އެދުން އިސްކރާ ބައެއް. ރާއްޖެއަށް މުސްތަގުބަލު ހޯދައި ދިނުމޔގެ ވިސްނުން ހުރީ ޔާމީންގެ. ލަންކާގެ އެފަދަ މީހަކީ ރާޖަޕަކްސަ.

  14. ސަލާމް

    އިންޑިއާ ބޭޏުން ހުރިހާ ކަމެއް ކުރުމައް ފުރސަތު ނުދީ މަގުތަކައް ނިކުންނަންވީ، އިބްރާހިމް މުހައްމދު ސާލިހު އަށް އިންޑިއާ އެކުވެފައި ވާ އެއްބަސްވުން އުވާލުމައް މަޖުބޫރު ކުރުމައް ރައްޔިތުން މަގުތަކައް ނިކުންނަން ޖެހޭ. އިންޑިއާ އިން ބޭނުންވަނީ ރާއްޖޭގެ އުތުރު ރަށްތަކައް ވެރިވެ ގަންނަން އައިހެވަން މަޝްރޫ ބޭނުންވެގެން ރިސްވަތުގެ އެމްޑީޕީ އަށް ރައްޔިތުން މަޖިލސް ގެ އިންތިހާބައް ހަރަދުކުރުމައް މިލއަނުން ޑޮލަރ ހޭދަކުރަމުން އެބަދޭ. މަޖިލސް ގެ ކޮންޓްރޯލް އެމްޑީޕީއަށް ލިބިއްޖެ ނަމަ އައިހެވަން މަޝްރޫ ގެ ނަުމގައި ރާއްޖޭ އެންމެ އުތުރު 2 އަތޮޅު އިންޑިއާއަށް 100 އަހރަށް ކުއްޔައްދޭނެކަމައް އިންޑިއާ ޖިއޯޕޮލިޓިކްސް ތިންކް ޓެންކް މެމްބަރަކު ވަނީ ހާމަކޮއްފައި

  15. ؟؟؟؟

    ލަނޑަޔާވާނީ ލަނޑަޔާ. އިންޑިޔާގެ ވެރިކަމާއި މޯޑީ ހަވާލުވިފަހުން އިޤްތިޞާދު ދަށަށް.

  16. ކިޔުންތެރިެއް

    އާދަނާ މިހަގީގަތް ދިވެހި އެންމެހާ ރައްޔަތުންނަށާއި ސިޔާސީވެގެން ހޭބޯނައަރާ މިއުޅޭ ތަސައްރަފުނުފުދޭ މުފައްކިރުންނަށް އަޑުއިވި އެއްޗެއް ވިސްނެންދެން ފަލަސުރުޚީ އާއި އަޑުގަދަކުރާއިންވެސް ގޮވާދީ. މިލިޔުން ގެނެސްދިނުމީ ގައުމާއި ރައްޔަތުނގެ ހައްގުގައި އާދަނު ކުރި ޖިހާދެއްކަމުގައި ބަލައިގަންނަން. ޝުކުރިއްޔާ.

  17. މުހައްމަދު

    ރައްޔިތުން ނުކުމެ އަދިމިވެރިކަން ވއްޓާލާނެ.

  18. ވާސަރީ

    ބަލަ މިސަރުކާރުވާނީ ރައްޔަތުންނައް ކަމެއްނުކޮއްދީ މާސިނަގާ ބިލިޔަން ލޯނުނެގި އިންޑިޔާގެ ގޮޑި ކޮއްކޮސަރުކާރު ރައީސް ޔާމީނު ނެގި ބިލިއަން ޑޮލަރުގެ ލޯނު ބަލައިލެ ކޮންމެތަނަކުންފެންނާނެ އިންޓަނޭޝަލް އެއަރޕޯޓައް ބެލިޔަސް ކަރަންޓް ފެން ބުރިޖު ހަސްފަތާލް އިބޫނެގިލޯނު ވާނީ ޖީބައް؟؟

  19. ކާފު

    ދިވެހިން ދިވެހިންގެ ގަމާރުކަންމަތީ އަބަދަށް ދިވެހިންނަކީ ތަރައްޤީއަށް ނޫނެކޭބުނެ އިންސާފޭ ކުއްވެރިންނޭ މިނިވަންކަމޭ ކިޔާ އިންޑީޔާގެ އުގައްފުއްމާލި ބައެއް

    • މާޒިން

      ތެދު ވާހަކައެއް. ހިތާމާގެ ކޮޅެއް ނެތް. ކުރިއަރަމުން ދިޔަ މި ދިވެހި ގައުމު ކުޑަ ކަކޫ މައްޗަށް އައިސް ތިރިކުރުވީ އިންޑިޔާ.

    • މުގުރާން

      ގައުމަށް ޣައްދާރު ދިވެހިން އިންޑިއާގެ އެޖެންޓުންގެ ގޮތުގައި މަތިފަޑީގައި ތިބުމަކީ ވަރަށްގާތްކަމެއް އެންބަސީގެ ހަރަކާތްތައްބަލައި ފާރަވެރިވެ މިގައުމު އަޅުވެތިކަމުން ސަލާމަތްވޭތޯ ނުކުންނަންވެއްޖެ ؟އިންޑިއާ އަކީ ނުރައްކާތެރި ގޮތްކުޑަ، ދުނިޔޭގެ ހުރިހާ ގައުމެއްގައި އެމީހުންގެ އާބާދީއެއް ބޭއްވުމަށް ނުކުމެގެން އުޅޭބައެއް؟؟؟

  20. ގެރި

    ގެރި ފެންވަރުވަން ތިންލައްކަ ދިވެހި އަޅުން ލިބުނީދޯ؟

  21. މަމެންގެ ރާއްޖެ

    މަމެންނަށް މާކުރިންވެސް އެގެޔޭ ކަދުރުރުކޭ މެން ތިކަހަލަ ހަޑި ހާވާނެކަން ބަލަ އިންޑިޔާގެ އަޅުވެތިކަމަށް ވެއްޓޭއިރުވެސް ޗައިނާއިން އެއްވެސް އެއްޗެއް ނުބުނޭ. ރާއްޖެ ޗައިނާއިން އެހީ ހޯދާއިގެން ތަރަށްގީގެ މަޝްރޫއުތައް ހިންގަންފެށީމަ އިންޑިޔާ ހީވަނީ މުގުމިރުސް ކާއިގެން އުޅޭހެން

  22. ފާއިޒް

    މިހެންވާނި ތަންތަނުގަ ތިބޭ ދެބޯގެރިން ވެރިކަމަށް ގެނާމަ ތަނެއް ދޮރެއް ނުދަންނަ ބޮޑެތި މަކަރުވެރިން ވެރިކަމަށް ގެނާމަ މިކަން ނިންމަން ވެއްޖެ....

  23. ޖަހާންގިރި

    ގެރި ފެންވަރަން ޗަކަބިމެއް ރާއްޖެއިން ހޯދީ ކިނބޫ ސަރުކާރުން މިސަރުކާރު ވައްޓާލާނެ ކަމީ ޔަގީންކަމެއް އެދުވަސް ކައިރިވަނީ ވައްޓާލީމަ ނުބުނާތި ބާގީންނޭ .

  24. ހިނި

    ޗައިނާ އާއެކު ކުރީ ސަރުކާރުންހެދި އެގްރިމެޓު ވީތަނުއްވެސް ނުބުނެ ވެރިކަމުން ފައިބައިގެން އެދިޔައީ. އޭގައޮތީ ކޯޗެއްކަންވެސް އަދިނޭގޭ ދެން ކީކޭކިޔަންތަ މިއުޅެނީ

  25. މާޒިން

    އާނ! އިންޑިޔާ ހަސަދަވެރިވޭ ލަންކާޔާ ރާއްޖެ ތަރައްގީވެދާނެތީ. އެމީހުންގެ މުށުތެރެއަށް މުޅި މިސަރަހައްދު ލައިގެން އުޅެން އެމީހުން ބޭނުންވަނީ. އޭގެ އެއްމިސާލު ނޭޕާލް އަދި ބޫޓާނަކީ. އެގައުމުތައް އަދިވެސް ތަރައްގީގެ މަގުގައި އުޅެނީ ވަރަށް ފަހަތުގައި. މި ރާއްޖެޔާ ލަންކާ ތަރައްގީވާން ފެށިތަން ފެނިފަ އިންޑިޔާ ހަސަދަވެގެން މި ގައުމުގެ ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދަން ފެށީ. މި ދަނޑިވަޅު ކުރިން އެމީހުނަށް ނުކުރެވުނު އެތައް ކަމެއް ކުރާނެ. އެކަން ފުރަތަމަވެސް ފެއްޓީ 40 ހަކަށް ސިފައި 2 ހެލިކޮޕްޓަރުން ބަލަންށޭ ކިޔާފަ ގެންނަން ނިންމި ނިންމުން. މިހާރު ތިބި މީހުން މަދުވެގެން. ދިވެހި ސިފައިގެ އެވަރު ގާބިލުކަމެއް ނެތީބާ. ދިވެހިންނޭ ވިސްނާ. ވަގުތު ފާއިތުވެދާނެ. މަޑުމަޑުން ކުޅެމުން ދާނީ ސިކުނޑިތަކާ. ނޭގިތިއްބާ ގެއްލިދާނީ ރަން މުތެއްފަދަ މި ދިވެހި ގައުމު.

  26. ޑިމޮކްރަސީ

    އިންޑިޔާ އާއި ރާއްޖެއާދެމެދު އުފެދެމުންދަނީ ރަހުމަތްތެރިކަމުގެ ގުޅުމެއްނޫން އަޅުވެތިކަމުގެ ގުޅުމެއް. ދިވެހިންގެ ހައްޤުތައްފޭރިގަނެ ޤައުމަށް ޣައްދާރުވެފައިވާ ބަޔަކު އިންޑިޔާ އަށް ނުއަގުގަ ޤައުމު އަޅުވެތިކޮށް ވިއްކާލާފި. ލަންކާއިން ދަނީ އެކަމުން ސަލާމަތްވުމަށް މަސައްކަތް ކުރަމުން. ރާއްޖޭގެ ދަރީންވެސް ނުކުމެ ﷲ ގެ ވާގިފުޅާއެކު މި ޤައުމު މިނިވަންކޮށް ސަލާމަތް ކުރާނެ. ތެދުވެރިބަުަޔަކު ވެރިކަމާ ހަވާލުވާނެ.

  27. އަބޯ

    ޔާމީން ގެ ވެރިކަމުގަ ރާއްޖެ ތަރައްގީ ވެގެން ދިޔަގޮތަށް 15 އަހަރު ވޭތިވިނަމަވެސް ރާއްޖެ އިން އިންޑިޔާ ގެ އެއްވެސް ބޭނުމެއް ނުހިފާ އުޅެވޭ މިންވަރަށް ރާއްޖެ ތަރައްގީވެގެންދާނެ. ހަމަ އެހެންމެ ލަންކަ ގެ ހަގުރާމަނިމިގެން ރާޖަ ޕަކްސާ އަށް އިތުރު 5 އަހަރު ވީނަމަ އިންޑިޔާ އާ ހަމަޔަށް ދިވެހިން ދުވަހަކުވެސް ދާކަށެއްނުޖެހޭ މިންވަރަށް ލަންކާ ކުރިޔަށް ޖެހިލީސް. ލަންކާގެ ދާހިލީ ހަގުރާމަ ފެށުމުގެ ކުރިން ދިވެހިންނަކީ އެއްވެސް ބޭނުމަކު އިންޑިޔާ ގެ ބޭނުން ހިފަމުންދިޔަ ބައެއްނޫން އިންޑިޔާގެ ބޭނުންހިފަންޖެހުނީ ލަންކާގެ ދާހިލީ ހަގުރާމައިގެ ބިރުވެރިކަމުން ދިވެހިންނަށްވެސް ގެއްލުން ފޯރަން ފެށުމުން.