ދައުލަތުގެ މީޑިއާ ހިންގަ ޕީއެސްއެމްއަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ނުފޯރުވާނެކަމަށާއި ޕީއެސްއެމްއަކީ ރައްޔިތުންގެ މީޑިއާކަށް ހަދާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޟާލިޙް މިހެން ވިދާޅުވީ ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުގެ 56 ވަނަ އަހަރީ ދުވަހުގެ މުނާބަތުގައި ދިވެހިރާއްޖޭގެ އަޑަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައެއެވެ.

ރައީސް ޞާލިޙް ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގައި ޕީއެސްއެންގެ ޗެނަލްތައް ހިންގާވައިވާގޮތުން އެތައް ބައެއްގެ ކަންބޮޑުވުންތައް އެބަހުރިކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުގެ އަމާޒަކީ ޕީއެސްއެމްއަށް އެއްވެސް ނުފޫޒެއް ނުފޯރުވާ ދައުލަތުގެ މީޑއާގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ދިނުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ ނޫސްވެރިން ހާމަކުރާ މަޢުލޫމާތަކުން ނުވަތަ ލިޔާ ލިޔުމަކަށް ބަލައި މި ސަރުކާރުން ނުހައްޤުން އެއްވެސް ނޫސްވެރިޔަކަށް އަދަބު ނުދެއްވާނެކަމަށެވެ. ނޫސްވެރިންނަކީ މިނިވަންކަމާއެކު މަސައްކަތްކުރާ ބަޔަކަށްވާއިރު ކޮންމެ މިނިވަންކަމަކާއެކު ޒިންމާތަކެއް އަންނާނެކަން ހަދާންކުރެއްވުމަށްވެސް ނޫސްވެރިންނަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ. ރައްޔިތުންގެ ވާހަކަތައް ގެނެސްދޭއިރު ހަޤީގަތާއި އެއްގޮތަށް ވާހަކަތައް ގެނެސްދެއްވުމަށް ވެސް ރައީސް ޞާލިޙް ވަނީ އިލްތިމްސާސްކުރައްވާފައެވެ.

ދިވެހިރާއްޖޭގެ އަޑަކީ ދިވެހި ރައްޔިތުންނަށް އަގުނުކުރެވޭ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ތަނެއްކަން ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދިވެހި ރާއްޖޭގެ އަޑު ޒަމާނީ ފެންވަރަށް ގެނެސް އެ ޚިދުމަތް ދިވެހި ހުރިހާ ރައްޔިތުންނަށް ފަސޭހައިން ލިބޭނެ ޚިދުމަތަކަށް ހެއްދެވުންކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޕީއެސްއެމް ހިންގަމުން އައި ގޮތައް އޭރުގެ އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Miadhu

    މިރައިސްގެވާހަކަ ތަރުޖަމާކުރަންޖެހޭނީ އިދިކޮޅަށް
    ދައުލަތުގެ މަތިބަރުނުވާނެ
    ވަޒީފާގެ ބިރުވެރިކަން ނުއޮންނާނެ
    ސިޔާސީ ނުފޫޒު ނުފޯރާން
    ވަޒީފާއަށް ރައިއްޔަތުން ހަމަހަމަވާނެ

  2. ޒ

    އަސްލުތަ ސަޅި

  3. ހަމިސް

    ކެނެރީގޭ ނަސީދަށްވުރެ ދެގުނަ ނުބައި މީހެއްމި.

  4. އަހާށޭ

    އަހަރެންނަށް މިރައީސް ފެންނަނީ ވަރަށް ކަމުދާ މީހެއްގެ ގޮތުގައި، އިންސާފަށް ލޯބިކުރާމީހެއްގެގެގޮތުގައި އަދި ވަކި ޕާޓީ ކުލައަކަށް ނުގޮސް ޤައުމު ކުރިއަށް ނަގަން މަސަތްކަތްކުރާމީހެއްގެގޮތުގައި

  5. މޫސާ

    އެމް.ޑީ.ޕީ. އެއްނު! ވާހަކަ ޖެހޭނީ އެކޮޅު ކޮޅުން ޖަހަން!

  6. ލަބީބު

    ކުރިން އަންނިވެސް ހަަމަ ތިފަތިވަރު ގޮވިއެވެ. އެންމެފަހުން އެތަން ރިބްރޭންޑުކުރަނނީއޭކިޔާފަ އެތާހުރިހާ ހުރި އަގުހުރި ސާމާނުތައް ކާލިގަނޑުޓީވީއަށްގެންގޮސް އެތަނުގެ ނަންވެސް ބަދަލުކޮށް އަމިއްލަ މުދަލަކަށް އެތަން ހެދިއެވެ. ކަލެޔަށް ކުރަން އެގޭނޭކަމަކީ ވޯޓުން ވައްކަންކުރުމެވެ. އެހެންކަމެއް ނުވާނެއެވެ. ރައީސް ޔާމީން ފައްޓަވާފަހުރި ބިޔަ މަޝްރޫޢުތަކާ މަސައްކަތްތައް ނިމުނީމާ ބެގީޖަހައިގެންގޮސް ރިބަން ކަނޑާލަކަނޑާލަ ހުންނާށެވެ.

  7. ޢަލީ

    މިހާރުވެސް ހެދިފައޮތީ ޤައުމީ ސަލާމްވެސް އިބޫނޫން ރައީސަކު މިހާރު ނުފެނޭ، 2018 ނޮވެންބަރު 17 ގެފަހުން އުފެދުނު ރާއްޖެއެއްކަމަށް ފެންނަނީ.

  8. ރިހާބް

    ސިޔާސީ ނުފޫޒުން އެއްކިބާ ނުވާނެ ކަމުގެ ހެކި ފެންނަމުން ދަނީ.. ޕީއެސްއެމް ގެ ޑީއެމްޑީ އަކައް އައްޔަނު ތިޔަކުރި އިންތިހާބު ކަވަރޭޖް ހަދައި ދިންމީހާ
    ޢެތައްބަޔަކު އެބުބަނަނީ ތިޔަ އައްޔަނު ކުރީ ވަގެކޭ ރަގަޅު އެކަމަކުވެސް އަޑެއް ނީވުނު ހަމަ އައްޔަނު ކުރީ ކެމްޕެއިން ކަވަރޭޖް ހަދައިދީނީމަ ދޯ.. ޕީއެސްއެމްގެއިންޖިނިއަރިންގް ތިބި އިސްމީހުނާ ގުޅިގެން ވަރައްގިނަ ޖަރީމާ ހިންގާފައިވާ ކަމއް ވަނީ