ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީގައި ފުލުހުން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަން ތަކެއްގައި، ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ބެލެވޭ ގިނަޢަދަދެއްގެ ސާމާނު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން ބުނީ ޑިސެންބަރު 31 ވަނަ ދުވަހު ކުރިއަށްގެންދިޔަ އޮޕަރޭޝަންތަކުގައި، ފުވައްމުލަކުގައި ގުރޫޕްތަކުން ބަނގުރާ އުފައްދަމުންދާކަމަށް ޝައްކުކުރެވޭ ސަރަޙައްދުތައް ބަލައިފާސްކޮށް، ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ޝައްކުކުރެވޭ ގިނަޢަދަދެއްގެ ސާމާނު ހޯދައި، އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.
ހަމައެހެންމެ، ޑިސެންބަރ 31 ވަނަ ދުވަހު ހިދަތޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި، އެރަށުގެ ފަޅު ތަންތަން ބަލައިފާސްކޮށް، ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ޝައްކުކުރެވޭ ގިނަޢަދަދެއްގެ ސާމާނު ހޯދައި ، އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށްވެސް ބުންޏެވެ.
މީގެއިތުރުން، ޑިސެންބަރ 30 ވަނަ ދުވަހު ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި، އެރަށުގެ ފަޅު ގެއެއް ބަލައިފާސްކޮށް، ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ޝައްކުކުރެވޭ ގިނަޢަދަދެއްގެ ސާމާނު ހޯދައި ފުލުހުންގެ، އެތަކެތި ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.
އެހެންނަމަވެސް، މި މައްސަލަތަކާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.