ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި އެނޫންވެސް ފަރާތްތަކަށް ދީނީ ޕްރޮގުރާމުތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށާއި އަދި ސިލްސިލާކޮށް ކުރިއަށް ގެންދާ ދަރުސްތައް، ކޮންމެ ދެ މަހުން އެއް މަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ޑރ. އަޙުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، މިނިސްޓްރީ އިން ކުރިއަށް ގެންދާ ސިލްސިލާ ދަރުސްތައް ފެއްޓުމުގެ ޕްރޮގުރާމުގެ ފުރަތަމަ ދަރުހުގެ ކުރިން ވާހަކަދައްކަވަމުންނެވެ.

މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފިޤުހީ މައްސަލަތައް އޮޅުން ފިލުވައިދިނުމަށް ޕްރޮގުރާމުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމުގައެވެ. ހަމައެހެންމެ، ސްކޫލުތަކުގައިވެސް ދީނީ ޕްރޮގުރާމުތައް ހިންގާ، ކުޑަކުދިންގެ ހިޔާތަކުގައި އުޅެމުންދާ ކުދިންނަށްވެސް ދީނީ ޕްރޮގުރާމުތައް ހިންގުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.

ހަމައެހެންމެ، ޤައިދީންނަށްވެސް ޕްރޮގުރާމުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށާއި އޭގެއިތުރުން ރަށްރަށް އިލްމުވެރިން ފޮނުއްވައިގެންވެް ޕްރޮގުރާމުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓަރު އަހުމަދު ޒާހިރު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރު ވަނީ މިފަދަ ކަންކަން ކުރިއަށް ގެންދިއުމަށް ރައީސް އާއި ނައިބު ރައީސް ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މިރޭ ސިލްސިލާ ދީނީ ދަރުސް ޕްރޮގުރާމު، އިސްލާމީ މަރުކަޒު މައިދާނުގައި ފެށުނުއިރު، މިރޭ ދަރުސް ދެއްވަނީ ޝައިޚް އިލްޔާސް ޙުސައިން އެވެ. މައުޟޫއު އަކީ "ބާއްޖަވެރި އާއިލާ" އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރާއްޖެތެރޭމީހާ

    ތިކަމެއްބާއްވަނީމާލޭގައިއުޅޭމީހުންނަށޭލިއެބަލަމަށަކީވެސް ތިފަދަކުއްޖެއްގެބައްޕައެއް މަގޭދަރިފުޅުތިފަދަހަރަކާތަކު ބައިވެރިއެއްނުވޭ ހަގީގަތާއެއްގޮތަށްލިއުއްވާ