މިސްކިތްތަކަށާއި ދީނީ އިލްމުވެރިންނަށް އަދި އިސްލާމް ދީނަށް ފުރައްސާރަކޮށް އެތައް ވާހަކައެއް ދައްކަމުންދާ އައިޝަތު އާނިޔާއަށް މަރުގެ އިންޒާރު ދީފިއެވެ. އާނިޔާ އަށް މަރުގެ އިންޒާރު ދީފައިވަނީ އޭނާވެސް ދީނަށް އެންމެ ގިނައިން ފުރައްސާރަ ކުރާ ޓްވިޓަރ ގައެވެ.
"ކަމަނައެމްވީ" ގެ ނަމުގައި ޓްވިޓަރ ގައި ހަރަކާތްތެރިވަމުންދާ އައިޑީ އަކުން އާނިޔާ އަށް އިންޒާރު ދީފައިވާއިރު، އެ އައިޑީ އިން ޓްވީޓު ކޮށްފައިވާ ފަރާތުން ބުނެފައިވަނީ މުސްލިމުން ކޮންމެވެސް ދުވަހަކުން އާނިޔާ މަރާލާނެކަމަށެވެ. ހަމައެހެންމެ، އެ އައިޑީ އިން އާނިޔާއާ ދެކޮޅު އިތުރު ބައެއް ޓްވީޓުތައްވެސް ކޮށްފައިވެއެވެ.
މި އައިޑީ އިން މިކަންކަން ބަޔާންކޮށްފައިވާއިރު، މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އެމްއެންޑީއެފްގެ އެކައުންޓުތައް ޓެގު ކޮށްފައިވެއެވެ. އެހެންނަމަވެސް، ފުލުހުން ދެކެ ބިރު ނުގަންނަކަމަށް ބުނެފައިވެއެވެ.
މިކަމާ ގުޅިގެން އާނިޔާ ބުނެފައިވަނީ މިއީ ނިރުބަވެރި އިންޒާރެއް ކަމުގައެވެ. ފުލުހުންނާއި ސިފައިންގެ ޓްވިޓަރ އެކައުންޓާއި، އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި، ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ޓެގު ކޮށް، އާނިޔާ އިތުރަށް ބުނެފައިވަނީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރަށް މިކަން އެނގޭތޯއެވެ.
އާނިޔާ އަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވަނީ ޝައިޚް ސަލްމާން މިސްކިތަކަށް ހުތުރު ތަނެއްކަމަށް ބުނުމުންނެވެ. ހަމައެހެންމެ، އޭނާ ވަނީ ދީނީ ދަރުސްތަކަކީ ފިތުނަ ފެތުރުންކަމަށްވެސް ބުނެފައިވެއެވެ.
މިނިވަން 97 ގައި މަސައްކަތް ކުރާ އާނިޔާ އަކީ އެމްޑީޕީގެ އެކްޓިވިސްޓެކެވެ. އޭނާ، ދީނާ ޚިލާފު ލިޔުމެއް ލިއުން މައްސަލަ 2007 ވަނަ އަހަރުވެސް ބަލާފައިވެއެވެ.
މިސަރުކާރުން ވެލެޒިނީ، އާނިޔާ ހިމާޔަތްކުރާނެ... ލާދީނީ މީހުންގެ ހިމާޔަތުގަ ކިނބޫ
މެރުން ތަ އޮންނަނީ
ކޮބާ ހީވޭ. ޖަހާލަތު ބައިގަނޑު ހިލިގެންފި
މަރުގެ އިންޒާރު ދީފުޔޭ ކިޔައިގެން ދީނަށް ފުރައްސާރަ ކުރަމުން ދައުލަތުގެ ވަސީލަތް ބޭނުން ކޮއްގެން ހިމާޔަތް ހޯދަން ތިއުޅެނީ.
މި ގޮއްޔަ ގުރައިދުއަށް ގެންގޮސްދިން މީހަކަށް އިނާމެއް ދޭނަން
އެމްޑީޕީ ވީމާއެންމެފަހުން ތިއަންހެންމީހާވެސްވާނީސިކުޑިހަމަ ނުޖެހޭމީހަކަށް
އުހު ދޫކުއްލުން އޮންނަނީ
މިއާނިޔާއެއްގެ އުނދަގޫ ހާދަ ބޮޑުވެއްޖެއޭދޯ! މިކަހަލަގެ މީހުންނަށް މިގޮތަށް މިނިވަންކޮށް އުޅެވޭތީ މަ ކަންބޮޑުވަނީ!
މަރު އޮތީ ވަރަށް ކައިރީ
އައިސަތު އާނިޔަ ވަރަށް އަވަހަ ޣައިރު މުސްލިމް ގައުމް ތަކުގަ ހިމާޔަތު ލިބެމުންދަނީ.
ހަހަހަ ގަދަ
މިހާރު ހުއްނާނީ ރާކަނިމަހު ފަނި ބޮވިފަ
ފުއްޕާފަ އުޅޭނީ ގޭމީހުންކައިރީ
މީހުން މަރަން ގޮވުން އެއީ ކޮށްގެންވާނެ ކަމެއްނޫން...ކޮންމެ މުސްލިމަކުވެސް އަނެކާ އަށް ވިސްނައިދީ ހެޔޮގޮތުގައި ކަންތައްތައްކުރުމަށްބާރުއަޅާ ރިވެތި އުސޫލުން ކަންކަން ކުރެވޭތޯ ބަލަންވީ
ފާފަތަކަށް އަރައިނުގަނެ.
ތާއިދު.
މަވެސް ތާއީދު ތިކަމަށް
ބަލަ! މޭޔަރ ޝިފާ ބުނާގޮތުން އެއީ މިނިވަން ޚިޔާލުގެ ގަބީލާގެ ބަތަލުން. މާތްﷲ
އަށް ގޮންޖަހާފައި މިއުޑުދަށުގަ ލަކަދުވަހު އުޅެވިއްޖެދޯ؟ އަނިޔާއަށް މިސްކިތާ ދިމާލަށް
ބަލާލަންވެސް ނުކެރީ ތާދޯ؟ ބަލަ! އާނިޔާގެ ގެޔާހެދި އެޔޮއްރީތި އެއާޕޯޓް ނުޕޯޓް
ފެނުމުން މަހުރޫމްވެފައި ތިބި މިސްކިއްރީތި މާގިނަމީހުން މިފަސްގަނޑުގައި އެބަތިބިދޯ؟
އާއިޝަތު އާނިޔާ ތައުބާވެ، ﷲ ގެ މަގަށް އެނބުރި އައުމަށް ގޮވާލަން. އަދި މުރުތައްދުވާ މީހުންނާއި ހަނގުރާމަ ކުރުމަކީ މުސްލިމުންގެ މަައްޗަށް ލާޒިމް ވެގެނވާ ކަމެއް ދެއްތޯ؟
ދެންބުނޭ ތިޔަ އާނިޔާއަކީވެސް ނަފުސާނީ ބައްޔެއް ހުރިމީހެކޭ! އެމްޑީޕީގެ ފިކުރު އަސްލުގައިވެސް އޭނާ އެހާމަކުރަނީ!
ދީނަށް ފުރައްސާރަކޮށް ހަޖޫޖެހުމަކީ ނުހައްގުން ކުރާކަމެއްކަން ޔަގީން މީނައށްވެސް ޖެހޭނީ ސަލްމާނު ރުސްދީއަށް ޖެހުނުހާލު
އެމްޑީޕީ ގާ ވަރަށް ގިނަ ވާނެ އާނިޔާ ކަހަލަ ލާދީނީބައިގަނޑު އެމީހުން ބޭނުން ވަނީ މިރާއްޖޭގައި އެމީހުން ބޭނުން ހާ ދީނާ ކަށް އުޅެން. މި ރާއްޖެއިން އިސްލާމްދީން ފޮހެލަން. އެމްޑީޕީ އަށް މަޖްލިސް މެޖޯރިޓީ ދީފިނަމަ މިކަން ކުރާނެ. ރައްޔިތުން ވިސްނާ