ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ސުވާލު ކުރީ ރައީސް އަބްދުﷲ ޔާމީން މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކުރީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ފައިސާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާ ކުރުމުން އެފައިސާ ލޯންޑަކޮށް އެފައިސާ އާއި ގުޅޭގޮތުން ދައުލަތުގެ ކަމޭބެހޭ ފަރާތްތަކުން ހިންގި ތަޙްޤީޤަށް ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ކުއްޔަށް ދޫކުރި ރަށްތަކާއި ފަޅުތަކުން ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނާތްތެރިވި ފަރާތްތަކުން އެ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ، އިސްލާމިކް ބެންކްގައި ރައީސް ޔާމީން ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށާއި ޔާމީން އެ ފައިސާ ލޯންޑަކޮށް، ކަމާބެހޭ އިދާރާތަކުގެ ތަހުގީގަށް ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތު ކުރެވޭ ކަމަސެވެ.

"މިއަދު ރައީސް ޔާމީން ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރީ އެ ފައިސާއާ ގުޅޭގޮތުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ހިންގި ތަހުގީގާ ގުޅިގެން ހިންގި މުއާމަލާތްތަކުގައި އަބްދުﷲ ޔާމީން، ދައުލަތުގެ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ސުވާލުކުރަން." މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މައްސަލައިގައި ތުހުމަތު ކުރެވޭ ކަންތައްތަކާއި އެތުހުމަތުތައް ބިނާކުރާ ޤާނޫނީ މާއްދާތަކާއި، ތުހުމަތުގައި ސުވާލު ކުރެވޭ ފަރާތައް އަންގަން ޖެހޭ ޤާނޫނީ އިންޒާރު އިއްވާ އެކަންކަން ފަހުމްވިކަމަށް ސޮއިކޮށް ޔާމީން އިނގިލީގެ ނިޝާން ޖަހާފައިވާ ކަމަށެވެ.

ފުލުހުންގެ ތަޙްޤީޤަށް ޔާމީން ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރީ މިއަދު 13:30 ގައެވެ. އެމަނިކުފާނު ފުލުހުންގެ އިދާރާ އިން ނިކުމެވަޑައިގެންނެވީ ހަތަރު ގަޑިއިރު ފަހުންނެވެ.

ޔާމީން މިއަދު ވިދާޅުވީ ފުލުހުން އެމަނިކުފާނާއި ސުވާލުކުރީ އެސްއޯއެފް ކުންފުނީގެ ޗެކަކުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު، އޭސީސީގެ ބެލުމުގެ ދަށުގައި ހުރި އެކައުންޓަށް ޖަމާކުރި ގޮތަކާ ބެހޭ ގޮތުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. އޯސަމް

    ޔާމީނަށް ތުހުމަތުކުރަނީ ޚިޔާނާތުގެ ފައިސާ ލޯންޑަކޮށް، ދޮގު މައުލޫމާތު ދިން ކަމަށް ފުލުހުން އެބުނަނީ އެއީ ދެން އެމެންނަށް ކިޔާނެ އެއްޗެއް ނޭގިގެންނޭ މިހާރު ފުލުހުންގެ އިދާރާ ގައި ހުރީ އެއީ ޕޮލިސް ކަމިޝަނަރެއް ނޫނޭ އެއީ އެމްޑީޕީގެ އެކްޓިވިސްޓެކޭ ތަމެން ތިޔާ އުޅެނީ އަބަހައްދަވެގެންނޭ އެއް ކަމެއް ވެސް ނުކުރެވޭނެއޭ މަމެން ޕިންކީންގެ ރައީސް އަށް އައި ތިންކް އައި ރިމެމްބަރ މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ރައީސް ގެ އައިޒް ބޭބީ ޓު ނައިޓް ޗޭންޖް ދަ ކަލަރސް އޮން ދަ ޑާންސް ފްލޯރ ސޯ ޑާންސް ޑާންސް ޑާންސް ސައިޑް ޓު ސައިޑް ސައިޑް އައި ފީލް ލައިކް ޒޮންބީ ގޯން ބެކް ޓު ދަ ޑާންސް ފްލޯރ ޑާންސް ފްލޯރ ބޭބީ ޓު ނައިޓް ޗޭންޖް ދަ ކަލަރސް އޮން ދަ ޑާންސް ފްލޯރ ބޭބީ ޓު ނައިޓް ޗޭންޖް ދަ ކަލަރސް އޮން ދަ ޑާންސް ފްލޯރ ސޯ ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ބޭބީ ޓު ނައިޓް ޗޭންޖް ދަ ކަލރސް އޮން ދަ ޑާންސް ފްލޯރ...

  2. Miadhu

    ރަޢިއްޔަތުންނަށް ދޮގުމައުލޫމާތުދިނުމުން މިހާރުގެރައިސް ހައްޔަރުުކުރަންޖެހޭ ކެންޕޭނުގެ ތެރޭގައި ބުނި ވެރިކަމާ ހަވާލުވާތާ 48 ގަޑިއިރުތެރޭގައި ރިލުވާނަށް ވީގޮތް ހާމަކުރާނެކަމުގައި އެއީ ދޮގެއް އެކަންނުވި

  3. ާަަަަަެެެޮޮިުއަފީ

    އެއްގޮތްނެތިއްޔާއަނެއްގޮތްވެސްހޯދޭތޯބަލާތި؟
    އިބުރާހިމް މުހައްމަދުސޯލޮހުކެންޕޭނައް

    ފައިސާހޯދީކޮންތާކުންް'ތޯބަލަންއެބަޖެހޭ

  4. މަސްވެިރިޔާ

    ފުލުހުން ހިންގާ ތަހްގީގާމެދު ރައްޔިތުން އިންތިހާދަރަޖައަށް ކަންބޮޑްވޭ.
    1. ކަމިޝަނަރަ ހަމީދުއަކީ. ރައީސް.އމ.ސޯލިހުގެ އަންހެނުންގެ ޅިޔަނަކަށްވުން.
    2. ފުލުހުންގެތެރެ ވަނީ ވ ބޮޑަށް ސިޔާސީވވެފައޮތުން" މިސާލު ވަރަށް ގާބިލް 6 ކޮމާންޑަރުން އެމަގާމުން ދުރުކޮށް އާބަޔަކު ލުމާއި ފުލުހުންގެ ތެރޭ ސީދާ ސިޔާސީމީހުންގެ ނުފޫޒު އޮތްކަމަށް ރައްޔިތުން ދެކުން
    3. އޮފިސަރުންގެ ތެރޭގައި އެކުވެރިކަމެއްނެތި އޮޔާދިއުން.
    .......................................................
    ރާއްޖޭގެ ފުލުހުންނަކީ މޮޅު ތައުލީމީ ގާބިލް ޒުވާން ފޯސްއެއް. ތިބޭފުޅުން ހުވާކުރައްވާއިގެން ތިބީ ވެރިކަމުގައި ތިބޭ ބޮޑުން ހިމާޔަތްކުރާކަށް ނޫން. އަދި އެމީހުންގެ ޗެއިން އޮފް ކޮމާންޑަށް އެއްވެސްކަމެއްކުރުމަށްނޫން. ރ.ޔާމިންގެ ކޭހަކީ ސީދާ ސިޔާސީގޮތުން ހިންގޭ ތަހުގީގެއްކަމަށް ރައްޔިތުންދެކޭ.މި ތަހިގީގު އެންޓިކަރަޕްޝަނުން ހިންގޭނެ؛؛؛ އެހެންނޫން ނަމަ 50 އިންވެސްޓިގޭޓަރުން ލައިގެން ރައްޔިތުންގެ ފައިސާއިން ކީއްކުރަން ހިންގާތަނެއް ...

  5. ޢަލީ ހަމީދު

    ކޮމޮޝަނަރަކީ އެމްޑީޕީ މުޒާހަރާތަކުގަ ފުލުހުންނާ ކުރިމަތިލާ އުޅުނު ސޮރެކޭ މީހުން ކިޔާތީ އަޑުއެހިން..

  6. ދޮންދުބުރިމާ

    މިހާރު ތިޔަ މުވައްސަސާއަށް އިތުބާރެއް ނުކުރަން
    ޚުރިންވެސް ތިޔަކަހަލަ ޑްރާމާ ކުޅުއްވި އޭރުގެ ކޮންމެވެސް އަތީފް އަކާހަވާލް ކޮށްގެން ވީކަމެއް ހަމަ ހަރާއް

  7. ކިނބޫ

    ރައީސް ޔާމީން އާ ނުބެހޭތި.95ހާސް ރައްޔިތުން ރައީސް ޔާމީން ފަހަތުގަ އެބަތިބި.

    • މި ކަލޯ

      95،000 މީހުންގެ ތެރެއިން އެކަކު މަދުކޮށްލާ، ސާފުވާވަރަށް ހެކި ފެންނާތީ މިހާރު މަށަކީ ރައީސް ޔާމީނަށް ވޯޓެއް ދޭނެ މީހަކޫމެއްނޫން. އަދި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލަ ބެލުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަމަށް ގަބޫލުކުރަން.

  8. ޑައިލޯގް

    ކިނބޫގެ ވަގުސަރުކާރުން ނިކަން ކިއްލި ވިއްކައިގެން ގޯތިގަތް ވަގު ޓޫރިޒަމް މިނިސްތަރުގެ ތަހުގީގުކޮށްބަލަ، ޖަގިޔާ ނާޒިމްގެ ތަހުގީގު ކޮށްބަލަ ނުކެރޭނެ

  9. މަހަށްދޭބަލަ

    ޔާމީނަށް ތުހުމަތުކުރަނީ ޚިޔާނާތުގެ ފައިސާ ލޯންޑަކޮށް، ދޮގު މައުލޫމާތު ދިން ކަމަށް ތަމެން ބުނާނަމަ ފުލުހުން ދައްކަނީ ތެދުވާހަކަ ނޫން ކަމަށް މަމެން ސާބިތު ކޮށްދޭނަމޭ ފުލުހުންގެ ޕޮލިސް ކަމިޝަނަރު އަކަށް ހުރި މީހަކީ އެއީ ފުލުހުންގެ ސިއްރު މައުލޫމާތު ތައް ލީކް ކޮށްގެން ފުލުހުންގެ ވަޒީފާ އިން ވަކި ކޮށް އަދި އޭގެ ފަހުން އެމްޑީޕީގެ އެކްޓިވިސްޓެއްގެ ގޮތުން ހަރަކާތް ތެރިވެފައިވާ މީހަކަށް ވާތީވެ ފުލުހުން މިހާރު ތިޔާ ކުރާ ކަންކަން ފެތޭނީ ކޮރަޕްޝަން އަށޭ ޕޮލިސް ކަމިޝަނަރޭ ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަހަށް މަހަށް މަހަށް ދޭބަލަ..

  10. ޖުހާ

    ފުލުހުންގެ އިދާރާއަށް މީހަކު ގެންދެވިއްޖިއްޔާ އެތަނުގައި 4 ގަޑިއިރު ބޭންދުން މީފޮތެއްގާ(އެބަހީ ޤުރްއާން ނުވަތަ ގާނޫނުގައި) ކަނޑައެޅިގެން ލިޔެފައިވާ ގޮތެއްބާ؟

  11. Anonymous

    ރ.ޔާމީން ކުށްވެރި ކުރެވޭނެ އެއްވެސްކަމެއް ނުފެނިގެން އެއްހޭރިޔާއިން ނެއެރުނިއްޔާ އަނެއްހޭރިޔާއަކުންވެސް އެރޭތޯ މަސައްކަތްކުރަން ޖެހޭނެތަ!!! ޢިދިކޮޅޭމެން ދެން ބުނާނީ އެމަނިކުފާނު ޕޮލިހަށްގެންގޮސް ބަޔާންނަގަނީ ފާޚާނާކުރާތީއޭ ކަންވެސް ނެއެގޭ

  12. ހޮރިބުލް

    މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ރައީސް އަށް ތަމެން ތުހުމަތު ކުރަނީ ދޮގު މައުލޫމާތު ދިން ކަމަށް ބުނާއިރު ތަމެން އަތުގައި އޮތީތޭ ދޮގު މައުލޫމާތު ދިން ކަން ސާބިތު ކޮށްދޭ ޑިޓެކްޓަރެއް އޮތިއްޔާ އަޅެ ދައްކަގަ އާއް ލުކް އެޓް ދެޓް ތިންގް ހޮރިބުލް އެން ޓެރިބުލް ދޯ..

  13. ދަސީލާ

    ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ މެންނަށް ވެގެން ކުރާ ކަމަކީ ކޮންމެ ދުވަހަކު ކޮންމެވެސް ރިސޯރޓަކަށް ނުވަތަ ގެސްޓް ހައުސް އަކަށް ގުޅައިގެން ތިމަންނާ މީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އޭ ގެސްޓް ވިލާސް ތައް ހިލޭ ދޭށޭ ތަމެން ކޮންމެ ހަފްތާ އަކު ކޮންމެ ދުވަހަކު ގޮސް ބަނޑުދަމާ ގައި މޮޑެ ގަށާ ބަނޑު އަޅަން ދޭން ޖެހޭނެއޭ ބުނެ އެކަން ކުރުން ނޫންތޭ އޮންނަނީ ރައްޔިތުންނަށް ދަތިވެފައިވާ އެއްވެސް ކަމެއް ތަމެން ކޮށް ދޭ ތަނެއް ނުފެނުމުން ރައްޔިތުން ގަނޑު ހޯބޯ ގޮވަން ފެށުމުން އެކަން ފޮރުވަން ވެގެން މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރު ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރި ނަމަވެސް އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ ތަމެން ދެން ސީލަބަލަ ދެފައި ދަނޑި އަށް ސީލާ ސީލާ ސީލާ ސީލާ ދަ ސީލާ..

  14. ބަނާނަ މޭން

    އަދިވެސް ތަންކޮޅެއްގިނައިރު ބޭންދިނަމަ ގިނަކަންތައްތަކެއް ފަޅާއެރީސް

  15. މުހައްމާ

    ޔާމީނު ތެދެއްނިހުދާނެ އޭނަހައްޔަރު ކޮށް ތި މަސްއަލަ ބެލެން ޖެހޭނެ މުޅި ދިވެހި ރައްޔަތުންގެ ފައިސާ ދިރުވާލާފަހުރި ބޮޑު ވަގެއް ތިޔައީ

  16. ލަލީ

    ކުރިން 3 އަހަރާ ފޮއިދުވަސް ވިތާ! މިފަހަރު މިވަރުވެސް ނުވާނެ އިން ޝާ އަﷲ!

  17. ސީސީސީސީ

    ބަލަގަ މީގެކުރިންވެސް މީހުން ފުލުހައްގެންދޭ އަދި ހައްޔަރުވެސްކުރި ތީ އަލަށްކުރާކަމެއްތަ؟

  18. ހަނާ

    ރޔ ގެ ސަރުކާރު ގައި ތިބި މީހުން ފުޓްސަލް ދނޑު އަޅައިގެން މިލިއަނުން ނެގި މީހުން އެތިބީ މިހާރު ވެސް މިސަރުކާރު ގައި މިނިސްޓަރުންނައް ހުޅުމާލޭ އާ މާލޭން ކިތައް އެޕާޓްމަންޓް ތޯ ގަތީ ބަލާބަލަ ކޮއްކޮ އިންނާ ދއްތައިން ގެ ނަމުގައި ރަޖިސްޓަރ ކުރިއަސް ސުވާލު ކުރެވޭނެ ދުވަސް އަންނާނެ ކަން ޔަގީން