ފޮޓޯ: ވޮއިސް

މާލޭގެ އެންމެ ކާރުބާރު ބޮޑު އެއް މަގުކަމުގައިވާ މަޖީދީ މަގުގައި ހުންނަ ޖަންގްޝަންތަކުން ނަޖިސް ލީކްވާން ފަށައިފިއެވެ.

މިގޮތުން މަޖީދީމަގު ޑިލައިޓް ކުރިމައްޗައް ވާގޮތައް ހުންނަ ޖަންގްޝަނާއި އޭޑީކޭ ކައިރި ސަރަހައްދުގައި ވާ ޖަންގްޝަންތަކުން އަންނަނީ ގިނައަދަދަކަށް ނަޖިސްފެން ބޭރުވަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި،  މިސަރަހައްދުތަކުން ނަޖިސް ވަސް ވަރަށް ގަދަޔަށް ހިފާފައެވެ. މިމައްސަލަ ހައްލު ކުރުމަށް ކަމާބެހޭ އެއްވެސް ފަރާތަކުން މަސައްކަތް ކޮށްފައިވާކަމެެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

ނަޖިސް ބޭރުވުމަކީ މާލޭ ސަރަހައްދުގައި އާއްމު ކަމަކަށް ވެފައިވާއިރު، އެމްޑަބްލިއުއެސްސީއިން މީގެ ކުރިން ވިދާޅުވެފައިވަނީ ޖަންގްޝަންތަކުން ނަޖިސް ބޭރުވުމުގެ މައްސަލަ ވަރަށް އަވަހަށް ހައްލުވެގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އަވަަހަށް ހައްލުކުރޭ

  2. ރައީސް ޔާމީނު ބޮލުގަ އަޅުވާފަ އަވަހައް ރެކެންވީ. ނޫނީ ނ

  3. ޖަޒީރާ ރާއްޖޭގަ ނަޖިސް ހުންނަންޖެހޭނީ ބޭރުގަ ފެންނަން..

  4. ޖަޒީރާ ރާއްޖޭގައި ޖަންކުސަންތައް ހުންނާނީ ނިކަން އެންވަޔަރަމެންޓަލީ ފުރީ ކޮއް. އެހެންވީމާ އެއީކީ މައްސަލައެއްނޫނެވެ. އެއީ ހަމަ ކޮންމެ އިންސާނަކުވެސް ހަށިގަނޑުން ގަވާއިދުން ބޭރުކުރާ އެއްޗަކައްވީއިރު މަގުމަތީގައި އެ ހުރުމަކީ މައްސަލައެއްނޫނެއްނުން.

  5. މިފަހަރު އެންމެނުބައި ކުނިއެޅީ ކާކު؟ނަންއިއުލާންކުރޭ.

  6. ނާޤާބިލް ވެރިން ތަންތަނަށްލައިގެން ނުވާނެ މިކަމެއް..މަސައްކަތެއް ނުކޮށް ކޫސަނި ހޭވުމުގައި

  7. ތިއީ 2012 ވަނައަހަރުގެ ފަހުން ވީކަމެއްކަމަށްވީމަ ތިކަމުގެ ޒިންމާ އުފުލަންޖެހޭނީ ރައިސްޔާމީން

  8. ނަޖިސް ސަރުކާރެއް މީ

  9. ކޮބާ ހެލްތް މިނިސްޓަރ.. ކޮބާ ޕްލޭނިންގް މިނިސްޓަރ. ކޮބާ މާލޭ ސިޓީ ކައުންސިލް ގެ މޭޔަރ ... ކޮބާ އާޒިމް... ކުރީ ސަރުކާރުން ކުރި ކަމެކޭ ބުނެލާފައި ޒިންމާއިން ރެކިލެވޭނެ ބައެއް ނެތްތަ؟

  10. ގުއި ޕާޓީގެ ވެރިކަމެއްގައި މަގުމަތީގައިވެސް އޮންނާނީ ހަމަ ހުސް ގުއި..

  11. އަސްލު ވަގުން ގިނަވޭ ހިދުމަދުގެ ބޭނުން ނެތޭ

  12. ގުންޑާ ރުފިޔާގަނޑު ދިރުވާލައިގެން ކޮށްފަ ހުރި މަސައްކަތް.

  13. ތިވެސް މުއީދުބޮލުގައި އަޅުވާ